23 ސެޕްޓެމްބަރު ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އިދިކޮޅު ޕާޓީތަށް ހިމެނޭ ކޯލިޝަންގައި މައްސަލަ ޖެހެން ފަށައިފިކަން ހާމަވެއްޖެއެވެ.
އިންތިޚާބު ކާމިޔާބު ކުރެވުނު ނަމަވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް އަދި މަގާމާއި ހަވާލު ނުވެވިގެން އުޅެނިކޮށް ކޯލިޝަންގެ ތެރޭގައި އެކި ހިޔާލުތަށް އުފެދެން ފަށާފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިންމަން ޕާޓީތަކުން ވަނީ އެއްބަސްވުން ތަކެއް ވެފައި ކަމަށާއި އެ އެއްބަސްވުމަށް އިހުތިރާމް ކުރުމަކީ ބަދަހިކޮށް މި ކޯލިޝަން ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށެވެ.
"އިންސާފު ހޯދަން އެތަށް އަހަރެން ވަންދެން މަސައްކަތް ކުރި ރައްޔިތުން އަލުން މަގުމަތި ނުވާނެ ހުރިހާ ފޯމިއުލާއެއް ކޯލިޝަން ތެރެއިން ހޯދަން ޖެހޭ " މަހުލޫފު ވިދާޅުވިއެވެ.
YAG ge aniyaaverikan ninman party thakun vanee ehbasvunthakeh vefa.Eyah ikhthiraam kurumakee badhahikoh mi 5 aharu kuriah gendhiumah muhimmu kameh.
Insaaf hoadhan ethah aharuthakeh masahkaiy kuri rayyithun alun magumathi nuvaane hurihaa formula eh coalition thereyn hoadhanjehey.— Ahmed Mahloof (@AhmedMahloof) October 25, 2018
އިދިކޮޅުން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) އިންތިޚާބުކޮށް ދިނުމަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އިންތިޚާބުގައި ވޯޓު ދީފައިވާއިރު، ވޯޓަށް ފަހު އެމްޑީޕީން ވަނީ އިބޫގެ ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެއްގެ ގޮތުގައި ސިފަކުރާން ފަށާފައެވެ. އަދި ހުރިހާ ޕާޓީތަކަށް ވޯޓުން ލިބުނު ކާމިޔާބީއާއި އެކު، ނިންމުންތައް ނިންމުމުގެ އިޚްތިޔާރު އޮތީ ހަމަ އެކަނި އެމްޑީޕީއަށް ކަމަށް ވަނީ ސިފަކޮށްދޭން ފަށާފައެވެ. މިކަމުގެ ސަބަބުން އިދިކޮޅުން ހެދި އެކުވެރި ކޯލިޝަން ވަނީ ބައިބައިވާން ފަށާފައެވެ.
އިދިކޮޅު ކޯލިޝަން ތެރޭގައި މައްސަލަ ޖެހެން ފަށައިފި ކަމަށް ބެލެވޭއިރު 2008 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ހެދި ކޯލިޝަނާއި، 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވަން ހެދި ކޯލިޝަންވެސް ވަނީ ރޫޅިފައެވެ.
ކޯލިޝަން ފަނިވާނެ....3 އަހަރުން ވެއްޓޭނެ
ތިކޯލިޝަން ރޫޅޭތޯ އަބަދުމެ ދުއާކުރަމު. ﷲ އިރާދަފުޅުން އެކަން ކާމިޔާބުވާނެ. މިހާރުވެސް ރޫޅޭނެ ކަމުގެނިޝާންތައް ފެންނަމުންއެބަދޭ. އަލްހަމްދުލިލްލާހި
މާނައަކީ ބާކީ ދެން ތިބި ރައްޔިތުންމަގުމަތި ކޮއްލާނެ ދޯ އެ ފޯމިއުލާގ ވާ ގޮތުން
ކިތަންމެ ވަރަކައް އުޅުނަސް މައްސަލަ ނުޖެހި ނުދާނެ. ގާސިމުބުނީ އެއްއުރައެއްގަ ދެކަނޑި އަކައްނޯވެވޭނޭ. ދެެން ކިހިނެތް ބޮޑު ހަތަރު ކަނޑި އޮންނާނީ. ބޮޑު ހަތަރު ކަނޑި ނުލާ އަރިއަރި މަތަިން އައިސް އުޅޭ ތިކަހަލަ ކުދި އުރަތްޕެއް ނެތް ކަނޑިތަކެއް ވެސް އެބައުޅޭ....މަހުލޫފު ރީލޯޑް ކޮއްލަނިކޮއްވެސް އެނިމުނީ.
ސޭޓް ގޮވައިގެން ނޫޅެވޭނެ ވަރަށްސޮރީ
އެމްޑީޕީ އުޅެނީ ވެރިކަމަކީ ހަމައެކަނި އެމީހުންގެ އެއްޗެއްކަމަށް ދައްކައި ބޮޑުބައިހޯދަންވެގެން. ހަމަހިލާ އެހެންވިޔަދީގެންނުވާނެ.
އެމްޑީޕީ އަކީ ކޯލީޝަންގެ އެއްމެ ބޮޑު ބައިކަން އެއްމެނަށް ވެސް އެނގެއެވެ. ޢެކަން ޤަބޫލުވެސް ކުރަންވާނެއެވެ. މެޖޯރިޓި އަށް ބޮޑު ހިއްސާދިނުމަކީ ޤަވްމީ މަސްލަހަތު އިސްކުރުމެވެ. އެއީ ޑިމޮކްރަސީ ގެ އުސޫލެވެ.
މިއީ އިދިކޮޅު ކޯލިޝަނަށް އަދި އެމްޑީޕީއަށްވެސް ކާމިޔާބުވި ވެރިކަމެކޭ ބުނީމަ ތެދު ހަގީގަތެކަށްނުވޭ، ރަނގަޅުގޮތަކީ ބޮޑެތި މަކަރާއި ބޮޑެތި ކޮރަޕްޝަންގެ ތެރެއިން ނަގާފައިވާ ވެރިކަމެކޭ ބުނުން، ވޯޓްކަރުދާސް ޗާޕްކުރަންފެށިހިސާބުން ފެށިގެން ހިންގިހާ ޖަރީމާތައް ދުވާލުގަ އިރުފެންނަފަދައިން ވަނީ ހާމަވެ ފަޅާއަރާފައި، ﷲގެ ރަޙުމަތްފުޅުން މަކަރުވެރިން ނިގުޅާފައިވާ ރައީސު ޔާމީނުގެ ސަޕޯޓަރުންގެ ޙައްޤުތައް ލިބުމުގާ މަދަދާއި ނަޞްރު ދެއްވައި ޚިޔާނާތްތެރިންނަށް ހަލާކު ހުއްޓެވެ. ޢާމީން.
އިރު ފެންނަފަދައިން ފެންނަޔާ ބުނިބުންޔަށް ނުކިޔާ ކޯޓަށްގޮސް ސާބިތުކޮށްދޭންވީނު، ދުވާލު އިރު ފެންނަފަދައިން ފެންނާނެ އިލެކްޝަންއަށް ކުރިއަގެންދިއުމަށް ބޭނުންވާ މީހުން އައްޔަނު ކުރިގޮތާއި އައްޔަނު ކުރި މީހުން
ހިޔާލު ތަފާަތު ވުމަކީ މައްސަލަ ޖެހެން ފެށުމެއް ނޫން، މައްސަލަ ވެސް ޖެހޭނެ އެކި އެކި ފިކުރުގެ ޕާޓީ ތަކުގެ މީހުން އެއް ކޯލިޝަންގަ އުޅެންޔާ. ވަގުތު ނޫސްވެރިން ވެސް ފިތުނަ އުފެދޭ ކަހަލަ ހަބަރު ނުލިޔަން ވަރަށް އާދޭހާ އެކު އެދެން! ޝުކުރިއްޔާ.
އެއީ ކޯލިޝަން އެއް ނޫން، ކޯޅޭޝަން.... އަދި ހުވާ ނުކުރެވިގެން މިއުޅެނި... ކެއްކެއް..އަހަރެމެން ތިބޭނަން ތިޔާ ޖަރީމާ އިބޫގެ ކޯޅޭޝަން ރޫޅޭތަން ބަލަން....މާތްﷲ އިރާދަފުޅު ކުރެެއްވިއްޔާ ވ ވ އަވަހަށް އެމްޑީޕީ ބައިގަނޑު މަގުމަތިވާނެ...
އާޓިކަލްގަ ތިހުރީ ހުސް ތެދު ވާހަކަ. އެމްޑީޕީގަ އުޅެނީ ހާމިދު އަބްދުލް ޣަފޫރުމެން ކަހަލަ ރާ ބޯ މީހުންވީޔަ
ސާބަހޭ ކޯލިޝަން. މައްސަލަތައް ގިނައިން ޖައްސާ. ކޯލިޝަން ރޫޅާލާ.
ކޯލިޝަންގެ ވެރިކަން އެމްޑީޕީގެ އަމިއްލަ އެއްޗަކަށް ހެދުމަށް ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ ތިމަރަ ޝަރީފެވެ. އެއީ ވޯޓުކަރުދާހުގެ ދެވަނަ ކެންޑިޑޭޓްގެ ނިޝާނަކަށް އިނީ އެމްޑީޕީގެ ނިޝާނެވެ. އެހެންވީމާ ފުރަތަމަ ގޯސް ހަދާފައި އެވަނީ އެމްޑީޕީން ތިމަރަޝަރީފާ ގުޅިގެންނެވެ. އެވޯޓުކަރުދާސް އެހިސާބުން ބާތިލުވާނެއެވެ.
ރާއްޖޭގަ ތާރީހު ނުދައްކާ އަދި ކޯލިޝަން ސަރުކާރެއް ދެމިއޮތްތަނެއް. ތީތި ރޫޅާ އިރާ ކުދި ވާތަން ވަރަށް ކައިރިން ފެންނާނެހެން ހީވަނީ. އެއީ އުއްމީދަކީވެސް.
މާރުކޭޓްގަ މަސްކަޑަން ތިބޭ ކުދިން އިބޫ ހޮވުނު ދުވަހުވެސް ކިޔަމުން އައީ މިހާރުވެސް ކޯޅޭސަން ރޫޅިއްޖެ އޭ. ބުރުމާ ވާތައް އެނބުރެން ފަށައިފިއޭ.
މޑޕ ވެރިކަންވައްޓާލި ބާޣީންގެކިބައިން އަހަރެމެން ބަދަލުހިފާނެކަން ނޭނގި އަލުން ވެރިކަން ހޯދުމުގަ އެހީވިއަސް މިއަދު މީ މޑޕ ގެ ވެރިކަމެއް. ހުރިހާ ބާގީން ބާކީކޮށް މަގުމަތިކޮއްލާނަން
ސުބަހާނަﷲ! ވަރަށްދެރަ
އަލްޙަމްދު ލިﷲ.
ވ.ދެރަ
ދެންނިއިންނާނެ ޔާމިނުއަށް ވެރިކަންލިބޭނެ ފޯމިއުލާއެއް ޕީޕީކުދިން ހަނދާނައްތާލާ
ހޯއް!!!!