އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ.ދަރަވަންދޫ ޕޮލިސް ޑެސްކްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ނައްތާލާފައިވަނީ އޮކްޓޯބަރު 23 ވަނަ ދަރަވަންދޫގައެވެ.

އެ ދުވަހު ނައްތާލާފައިވަނީ، އެކި ބްރޭންޑް ތަކުގެ 140 ފުޅި ބަނގުރަލާއި 97 ބިޔަރު ދަޅު ކަމަށާއި މިތަކެެއްޗަކީ މިއަހަރުގެ ޖޫން، ޖުލައި އަދި އޮގަސްޓް މަހުގެ ނިޔަލަށް ދަރަވަންދޫގައި ޤާއިމްކޮށްފައިވާ ދަރަވަންދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބަނގުރާ ނައްތާލުން ދަރަވަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.