އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ އިކޮނޮމިކް މިނިސްްޓަރ ކަމަށް އޭނާއަށް ވުރެ ގާބިލް އެހެން ބޭފުޅަކު ނުހުންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ އަލަށް އުފެދޭ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ކަމަށް އެމަނިކުފާނު ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ ބައެއް މީހުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ކަމަށާއި ނަމަވެސް ފާޑުކިޔުންތަކާއި މެދު ކުޑަވެސް ޖެހިލުމެއް ނުވާ ކަމަށެވެ. އަދި އެމަގާމަށް އޭނާ އަށް ވުރެ ގާބިލް އެހެން ބޭފުޅެއް ނެތް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުން އަޅުގަނޑު އިނޮކޮމިކް މިނިސްޓަރ ކަމަށް ޝައުގުވެރިކަން ފާޅުކުރުން އެކަމާއި ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުން. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަޤީގަތަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި އަޅުގަނޑަށް ވުރެ ގާބިލް މީހެއް އެމަގާމަކަށް ނެތްކަން" ޖާބިރު ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތުގައި ރައީސް ނަޝީދާއި އެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އިބޫގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ކަން ހައްގުވާނެ އިތުރު ބޭފުޅަކު ނުހުންނާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިކޮނޮމިކް މިނިސްޓަރ ކަމަށް ގެނައުމަށް ގުޅިފައިވާ ޕާޓީތަކުގެ ބައެއް އެކްޓިވިސްޓުން ކެމްޕޭން ކުރަމުންދާއިރު ޖާބިރު ވަނީ އޭނާގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްދީ ޑޮލަރުގެ އަގު ތިރިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ އިކޮނޮމިކް މިނިސްޓަރ ކަމުގެ ދަށުން ދިވެހި ރައްޔިތުން އުޅޭނީ ފަސް ތަރީގެ ފެންވަރުގައި ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ބަޑުހަންގަޑު

    ނާހަމަ ތެދާއް!

  2. ސައްލޭ

    އިސްލާހީ މަސައްކަތުގައި ރައީސް ނަޝީދާއި އެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އިބޫގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ކަން ހައްގުވާނެ އިތުރު ބޭފުޅަކު ނުހުންނާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
    ބަލަ އިސްލާހީ މަސައްކަތުގަ އުޅެނޭ ކިޔާފަ ކަލެއަށް މިނިސްޓަރުކަން ލިބންޖެހޭތަ؟ ކޮންތާކުން ކިޔެވީ؟ މަކްތަބަކަށް ސްކޫލަކަށް ކޮލެޖަކަށް ދިޔައިންތަ؟ އެގެޭތަ ކޮންވޙާކައެއްކަން ތި ދައްކަނީ؟ ނޫނީ އަދުވެސް ހޮޑާފުށީ އަތިރިމަތީގަތަ؟

  3. ޙަސަނު

    ވިޔަފާރީގެ ދާއިރާގައި ޖާބިރު ހޯއްދަވައިފައިވާ ކާމިޔާބީތަކަށް ބަލާނަމަ ދިވެހިރާއްޖޭގެ އިގުތިސާދު ޖާބިރަށް އާ އުސްމިންތަކަކަށް ގެންދެވޭނެ ކަން ޔަޤީން.. ހަމަ ވަރަށް ސަޅިވާނެ! މަރުހަބާ! ކާމިޔާބުވާނެ އިންޝާﷲ!

    • ޙހަހަހ

      ޙަސަނާ އައި.ކެޔާ އިންނާނެ ގަޑިބުރު ކައިރީ. އެތަނަށް ވަދެ އައިނު ހައްދާލާ. ޢަދި މެންޓަލް ކެޔާ ސެންޓަރަކުން ޗެކްކޮލާތި އަމިލަ ސިކުނޑި ހަމަތޯ ބަލަން. ތިޔަ ދައްކަނީ ހޭޖެހޭ މީހުން ދައްކާކަހަ ވާހަކަޔެއް ނޫން ވިއްޔާ.

    • ވަހީދު

      ކާމިޔާބީއަކަށް ވާނީ ޖެހުނުތާކުން ޖަހައިގަނެގެން ފައިސާ ހޯދުމެއްނޫން. އެހެންވެއްޖިއްޔާ ފޭރޭމީހުންނާއި ވަގުންނަކީ އެންމެ ކާމިޔާބު މީހުންނަށްވާނީ. މިފްކޯގައި އުޅުނުއިރު ވަގު ފައިސާ ކޫއްޑޫ ފިޝަރީޒްގެ ތިޖޫރީއަށް ވަގު ފައިސާތަކެއް ލައިގެން މަސްވެރިންނަށް ދިންކަމަށް ތުހުމަތު ކުރެވޭ މިބޭފުޅާއަށް. ދައުލަތަށް ދައްކަން ޖެހޭ 7.6 މިލިޔަން ޑޮލަރު ނުދައްކަން އެއުޅެނީ.

  4. ޭމޑޕ

    ތީގެމާނައަކީ މިނިސްޓަރުކަން ނުދީފިއްޔާ އިދިކޮޅަށް ނިކުންނާނީއޭ ދޯ.!

  5. ރަޝީދު

    މީހެއްގެ ގޮތެއްނޭގޭނެ ހަމަ ރަނގަޅުވެސް ވެދާނެ

    • ޖާބެ

      ކުރިން ކަންހިނގާފައި އޮތްގޮތް ބެލީމަ އެނގޭނެ ހަގީގަތް. މިފްކޯގެ ޗެއަރމަންކަން ދިނީމަ ކޫއްޑޫގެ ތިޖޫރިއަށް ވަގު ފައިސާއަޅައިގެން ދެކުނު މަސްވެރިންގެ އަތުން މަސްގަތްކަމީ ހަގީގަތެއް.

    • ނައިބް

      ރަނގަޅު ނަމަ އަމިއްލައަށް ނުބުނާނެ ތިމާ ރަނގަޅު ވާހަކައެއް

  6. އަހުމަދު

    ތިމާއަށް ވުރެ މޮޅުމީހަކު ނެތްކަމަށް ދެކުމަކީ ފުރަތަމަވެސް ނާގާބިލުކަން!

  7. ދަލޭކާ ދިޔެ

    ޖާބިރޫ ކަލޭ ލަދެއް ނުގަނޭ ދޯ... އަޗާ ތަޅަން އުޅުނިއްޔާ މާ ރަނގަޅުވާނެ.

  8. ޕޮއް

    ޖާބިރޫ.. ކަރާ ފަޅާނެ ކަމެއްނެތް

  9. އަހަންމަ

    އެންމެފުރަތަމަ އަހަރެންގެ ބޭބެ އަށްދޭން އޮތް މުސާރަކޮބާ؟؟؟ ރަނުންޖަރީ ކުރަނީ އަމިއްލަ ޖީބުތޯ؟؟

  10. އަލްޖިބްރާ

    ތިމާގެ މޮޅުކަން ތިމާއަށް ފެނިއްޖެ މީހަކު ރަގަޅެއް ނުވާނެ ! ތިއުޅެނީ ތިމާއަށް ތިމާގެ ހިޔަނި ފެނިގެން !

  11. ޙަހހަހަަ

    ހެހެހެހެ، ނޯ

  12. ހަލީމަދައިތަ

    އިސްލާހީ މަސައްކަތް ކޮށްގެން މީހަކަށް މިނިސްޓަރު ކަން ހައްގުވަންޏާ، ނައީމާއްތަ އަށް އަށް މިނިސްޓްރީއޮފް ޑިސިޕްލިން ފޯ އެލްޑަރލީ ވިމެން ގެ މަގާމު ވަރަށް ބޮޑަށް ހައްޤުވާނެ. އަދި، ނައީއްމާތަގެ މިނިސްޓަރު ކަމުގައިި އެސްއޯފުލުހުންނަށް ކައްގަޑު ގާޑުހޯދަދޭން ޖެހޭނެ.

  13. ހުދާ

    ތިހާ ފޮނިކެޑީމަ ކަމަކުނުދޭ

  14. ޞޖގ

    އެއީ ހުރިހާ ދިވެހިން ރަނުން ޖަރީ ކުރެވޭތީތަ ފޮނިކެޓުން ހުއްޓާލާ

  15. ގައުމުދެކެލޯބިވާ

    މަނިކުފާނު ނޫންބޭފުޅެއް އެމަގާމަށް އެކަށީގެން ނުވަންޏާ އެދާއިރާއިން ލިބިފަހުރި ސެޓިފިކެޓް އެންމެނަށް ދައްކާލަންވީނުން

  16. ޝެހެންޝާހު

    މަނިކިފާނު އެންމެގާބިލުވާނީ އިސްލާމިކް އެފެޔާސް ގެ މިނިސްޓަރުކަމައް..

  17. މެޑަމް އައިސަ

    ޖާބެ އަށް ދޭންވާނެ އެހާ ޚަރަދު ކުރި

  18. ޖަޒީރާ

    މިނިސްޓަރީ އޮފް ލޮލީ

  19. ހުސޭނުބޭ

    ހުރިހައި ދިވެހިން ރަނުން ޖަރީކޮށް ނިމޭއިރު ދިޔާނާ ހުންނާނީ ދުރަނުން ޖަރީކޮށްފައި! ކެކެކެކެކެކެކެ

  20. ލީމަން

    ތިއުޅެނީ އަހަރުމެންގެ މުސާރަ ނުދެވިގެން.. މަހުގެ މެދައް އަންނައިރު ގިނަފަހަރު މުސާރަ ނުދެވޭ...

    ކޮން ހިންގުމެއް ގެ ވާހަކަ..

    ލޮލީ ވިއްކަން ދޭ ބަލަ... ނޫނީ މޫނުގައި ވެލި އުގުޅައިގެން ހޮނޑާގިރި ގައި އޮވޭ..

  21. މާޔޫސް...

    އިސްލާމިކް މިނިސްޓަރަކަށް މީނަ ވާނެނަމަ ހަދަހާވާ ރަނގަޅޭ....ހެހެ

  22. މުހައްމަދު އަހްމަދު

    ޖާބިރަކީ އެއްވެސް ޝައްކެއްނެތް. އެމަޤާމަށް އެންމެ ޤާބިލު ފަރާތް. އެމްޑީޕީން އޭނަޔަށް އެމަޤާމު ނެދޭންވީ ސަބަބެއްނެތް. އެމްޑީޕީ އަކު ނުހުންނާނެ އޭނަޔަށްވުރެ މޮޅު މީހަކު.. ޖާބިރު ނުކިޔަވާ ވާހަކަ އެމީހުން ދައްކާއިރު އެމީހުންގެ ތެރޭގައި ނުހުންނާނެ ކިޔަވައިގެން ހުރި އެކަކުވެސް.

  23. ޚިޔާލު

    ޖާބިރު ބުންޏަސް އެއީ ރަގަޅު ވާހަކައެއް، މިފެށޭ ވެރިކަމަށް އޭނަޔަށްވުރެ ވަކިން ތިމަޤާމަށް ކުފުރު ހަމަވާ އިތުރު މީހަކު ނެތް!!!

  24. ޙިއްސާ

    ޢަސްލު ކޮންމެސް މިނިސްޓަރ ކަމެއް ދޭން ރަނގަޅު.ހީ ސްޕެންޓް ލޮޓް ފޯރ ދެމް.ރިއަލީ ހީ ޑިޒާރވް ދެޓް.???

  25. ޢަލީ ދިއްދޫ

    އެކޮނިމިކް މިނިސްޓަރ ހަނުހުރެދާނެ ދެން ކިހާބޮޑު ގެއްލުމެއް ލިބޭނީ އެކޮނަމީއަށް

  26. ޢަހަހަހަ

    އަޅުގަނޑު މޮޅުވާނީ ފިލްމު ހޮނޑައިދޫ ކުޅެން. ލަދުހަޔާން ނުހުރެޔޭ މީހުން ތެރެޔަށް ނުކުމެ އަނގަހުޅުވާން. މިކަހަލަ މުޖުރިމުނގެ ކޯލިޝަން އިން ގައުމު ފަނާކުރާތަން ބަލން ތިބޭ.

  27. ބުރުމާކަށި

    ސެލްފީކުމާރު ނުވެސް ދެނަހުއްޓާ އެހެރީ ދެފައި ދޮއްވައިފައި ގެނެސް ތަހުތުގައި ވަޑުވައިފައި. ނިފާސްކަން ނޫން އެހެން ފާހެއް އޭނަ އަތުގަ އެބައޮތްބާ؟ ޖާބިރު މިނިސްޓަރުކަން ބޭނުންވެގެން އެބަ އުޅޭ. ކީއްވެ ނުދޭންވީ؟ އޯކޭވާނެ. ޖަޒީރާ ރާއްޖޭގައި ކަންކަން އޮންނާނީ އެހެން.

  28. ޢި

    ދާއިރާގެ ގޮނޑިއަށްވެސް ޖާބިރު، މިނިސްޓަރުކަމަށްވެސް ޖާބިރު!!! ނޫނޭ ވާ ކުޅަދާނަ އިނގޭ

  29. އަޙްމަދު

    ހެއްހެއް.ޖާބިރޫ،އަމިއްލަޔަށް މާ ޤާބިލް މީހަކަށް ވެގަނެގެން ތިއުޅެނީ.ގުޅިައިވާ ކޯލިޝަނުން ކެމްޕެއިން ކުރި އިރު ޖާބިރު ކޮބާ،ހަމަ ވެރިކަން ލިބުނީމަ ތިޔަ ތެޅެންފެށީ ޤާބިލޭ ކިޔައިގެން،ކޮން ޤާބިލެއް ވެވޭނީ ތީ ކޮން ދާއިރާ އަކުން ކިޔަވާފަހުރި މީހެއް،ޖާބިރުގެ މާޒީ ނިކަން ރަނގަޅަށް އަހަރެމެންނަށް އެނގޭ.އެހެން ވީމަ އަމިއްލަޔަށް ބޮޑާނުވެ މަޑުންހުރޭ،

  30. ޖޮއްބެ

    އެއީތެދެއް އެއީ ލޮލީވިއްކުމުގެ ތަޖުރިބާ ހުރީމާ. އަމިއްލައަށް ތިމާ އަށް ނިސްބަތްކޮށް ބޭފުޅެކޭވެސް ބުނެފިއެއްނު؟

  31. ސަލީމު

    ސައްލޭ!! ޢިބޫ ކިޔަވަން ދިޔަ ތަނެއް ވެސް މަށަށް ބުނެދީބަލަ!!؟

  32. ސޭޑް

    ޑިސަޕޮއިންޓެޑް. ޖާބިރުއަށް ދަންނަވާލަން ބޭނުން ގާބިލު މީހުން އަމިއްލައަށް ނުކިޔާނެ މަށޭ އެންމެ ގާބިލުވާނީ.. ބޯ ހަލާކު

  33. ހުސްބަނޑު.

    ޖާބިރުގެ މުއްސަދިކަން ކުރިއެރުވުން މާރަނގަޅުވާނެ.

  34. މާކަނާކަލޯ

    މިނިސްޓަރު އޮފް ލޮލީ އެންޑް ވަގުނޫޓް..

  35. ޖިލޭބީ

    ބުނެބަލަ ތިމަންނަ ކުރި ޚަރަދާ އެއްވަރަށް ކާން އެބަޖެހެއޭ. އެކަން އެންމެ ފަސޭހައިން ވާން އޮތީ އިކޮނޮމިކް މިނިސްޓަރުކަން ލިބިގެނޭ

  36. އަބްދުއްލާ

    މީހާ ސއިޒަށް ވުރެ ބޮޑު ނުވޭ. ތިޔައީ އެކަމުގެ މާހިރެއްނޫން

  37. Anonymous

    އަމިއްލައަށް އެބުނީ ބޭފުޅެކޭ.

  38. ދޮންސޮރު

    ޢޭ މިހިރަ ޖާބިރޫ ތިމާގެމޮހުވާހަކަ އަމިއްލަ އަށްދެއްކުމަށް ވުރެ މީހަކަށް ބައިރުފިޔާ އެއްދީގެން ވިޔަސް އެހެން ބަޔަކުލައްވާދހެއްކިއްޔާ މާ ތާހިރު ވާނެ

  39. ދިވެހި ރައްޔިތެއް

    ޖާބިރު އެއްވެސް މޖނިސްޓުރީއަކަށް އަދި އެއްވެސް އިސްމަގާމަކަށް ކަމަކު ނުދޭ. މީ މަގޭ ޚިޔާލު.

  40. ދިވެހި ރައްޔިތެއް

    ޖާބިރު އެއްވެސް މޖނިސްޓުރީއަކަށް އަދި އެއްވެސް އިސްމަގާމަކަށް ކަމަކު ނުދޭ. މީ މަގޭ ޚިޔާލު. ޢެހެން ނޫންތޯ.