ރައީސް ކަމަށް އިންތިހާބުވާ ބޭފުޅަކު ނޮވެމްބަރު 11 ގައި ހުވާ ކުރައްވަންޖެހޭ ވާހަކައެއް ގާނޫނު އަސާސީގައި ނެތް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާނެ ދުވަހަކާއި މެދު ސުވާލުތަކެއް އުފެދިފައިވާއިރު، އެ މައްސަލަ އާއި މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ ނިންމަވާފައެވެ. އެ މައްސަލަ އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ޕީޕީއެމްގެ އަށް ނިސްބަތްވެ ވަޑައިގެންނަވާ ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނެތް ކަމަށާއި، ގާނޫނު އަސާސީގައި އޮތީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރު ކަމަށެވެ. އެހެންކަމުން ނޮވެމްބަރު 11 ގައި އިބޫ ހުވާ ކުރެއްވުން ވެގެންދާނީ އިންތިހާބު ވުމަށްފަހު ގާނޫނު އަސާސީ އާއި ހިލާފަށް ކުރައްވާ ފުރަތަމަ ކަންތައް ކަމުގައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
QA ga noavey Raeesul Jumhooriyya huvakuravva dhuvahakee 11 Nov kamakah. QA 107 (Haa) ga onnanee Raeesul Jumhooriyya kamuge dhaurakee 5 aharu dhuvaskamah.11 Nov ga Inthikhabee Raees IMS huvakurevvun vegendhaanee inthikhabvumah fahu QA aa khilaafah kuravva furathama kanthah kamugai pic.twitter.com/5PKdNaNWvg
— Ahmed Shiyam (@Shiyamaldives) October 25, 2018
އިބޫ ހުވާ ކުރައްވާ ދުވަހުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާއިރު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓް ސުޕްރީމް ކޯޓުން ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމާއި އަދި ފަހުން ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ ކަންތައް ދިގުލައިގެން ގޮސް އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުނީ ނޮވެމްބަރ 16 ވަނަ ދުވަހު ކަމަށްވާތީ، ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރ 17 ގައެވެ.
ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މީލާދީ ފަސް އަހަރު ކަމަށް ބުނެފައި އޮންނާތީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރ 17 ގައި ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީންގެ ރިޔާސީ ދައުރު ނޮވެމްބަރ 11 ވަނަ ދުވަހު ހަމަވެ، އާރައީސަކު އެދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެއެވެ.
އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައެވެ.
އާޒިމާ ފިލާހުރެގެން ދިން ރަޢުޔެއްތަ؟ އާޒިމާ ވަނީ ފެއިލްވެފަ! މިހާރު އެހާ ފުންނާބު އުހެއްނޫން!
އަސްލު އޮވޭ ދައުރު ފެށޭނީ ނޮވް 11 ގައޭ
ފުންނާބު އޮތީ ބިންދައިގެން ގޮސްފަ،
11 ނޮވެމްބަރ ގައި ހުވާނުކުރެވޭނެ ކަމަށް އޮތީ ކޮން ޤާނޫނެއް އަދި ކޮންްްޤޥާއިދެއްގައި..، .11 ގައި ހުވާ ކުރެވެން ވާނެ...!!
ކޮން ކަމެއް މަޖިޅިސް އިންތިޚާބާ ހަމައިން ރެނދު އަޅާނެ ހެހެ ބަޅަން މިތިބީ
- ޤާނޫނުއަސާސީގެ 70 (ހ) "ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖްލިސްއަށެވެ".
- މަޖިލިސްގެ މެމްބަރުންނަކީ ޤާނޫނުއަސާސީ އާއި ޤާނޫންތަކާއި ޤަވާއިދުތަކަށް އަހުލުވެރިބަޔެއްކަމުގައި ވުމަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.
- ޤާނޫނުއަސާސީގެ 301 (ށ) "އިންތިޚާބް ކުރެވޭ ރައީސުލްޖުމްހޫރިއްޔާ 2008 ނޮވެމްބަރ 11ވަނަ ދުވަހު އޭނާގެ މަޤާމްގެ ހުވާކޮށް އެމަޤާމާއި ހަވާލުވާންވާނެއެވެ" ބަޔާންކުރެވިފައިވާތީ ކޮންމެ 5 އަހަރަކުން 11 ނޮވެމްބަރުގައި އިންތިޚާބްކުރެވޭ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކޮށް އެމަގާމާއި ހަވާލުވާންވާނެކަމުގައި ދެކެމެވެ.
- ޤާނޫނުއަސާސީގެ 145 (ށ) "ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި ސްޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ".
- 2013 ވަނަ އަހަރު 17 ނޮވެމްބަރުގައި އިންތިޚާބްވި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވަން ސްޕްރީމް ކޯޓުން ނިންމެވީ ޙާލަތަށް ބެއްލެވުމަށްފަހުގައި ކަމަށް ވުމުން 2018ވަނަ އަހަރު އިންތިޚާބްވި ރައީސުްޖުމްހޫރިއްޔާ ހުވާ ކުރެއްވުމާިމެދު ސްޕްރީމް ކޯޓުން ގޮތެއް ނިންމެވުމަކީ ޚިޔާލު ތަފާތުވެފައިވާ ހުވާކުރުމުގެ ދުވަހުގެ މައްސަލައަށް ހައްލެއް ގެނެވިދާނެކަމަށް ދެކެމެވެ.
ގާނޫނުއަސާސީގެ 107 ވަނަ މާއްދާގަ ބުނަނީ ރައީސްގެ ރިޔާސީ ދަވްރުގެ މުއްދަތަކީ 5 އހަރު ކަމަށް .ގާނޫނުއަސާސީ އަކުނެތް ދަވްރު ފެށޭ ތާރީހެއްވެސް ދަވްރު ނިމޭތާރީހެއްވެސް. ގާނޫނުއަސާސީ ބުނާގޮތުން ގާނޫނުއަސާސީގެ 114 ވަނަ މާއަދާގަ ބުނަިީ މަގާމާ ހަވާލުވުމުގެ ކުރިން ހުވާކުރަންވާނެ.ކަމަށް. ވީމާ ދަވްރު ފެށޭ ތާރީހަކަށް ވާނީ މަގާމުގެ ހުވާކޮށް ސޮއި ކުރާތާރީހް . ވީމާ 5 އަހރުގެ ދަވްރު ނިމޭނީ މީލާދީތާރީހުން ހުވާކުރި ދުވަހުގެ ކުރީދުވަހަށް . އެންމެފަހުން ރިޔާސީދަވްރުގާ ހުވާކޮށްފާވަނީ 17 ނޮވެމްބަރު2013ގައި ކަމަށްވނަމަ5 އަހަރުގެ ދަވްރު ހަމަވާނީ 16 ނޮވެމްބަރު2018 ދުވަހުގެ ނިޔަލަށް . ވީމާ އަލަށް ހޮވޭ ރައީސަކަށް މަގާމާ ހަވާލު ވެވޭނީ 17 ނޮވެމްބަރު 2018 ދުވަހު މަގާމްގެ ހުވާކުރެއްވުމުން. ކުރިން މަގާމްގާ ހންނެވި ރައީސް ގެ 5 އަހަރުގެ މުއްދަތު ހަމަނުވަނީސް ހުވާކޮށް މަގާމާ ހަވާލުވުމަށް ހިންގޭ ހުރިހާކަމަކީ ބާތިލް ކަންކަން އެއީ އެއްވަގުތަކު ގައުމުގާ 2 ރައީސުންނަށް ނުތިބެވޭނެތީ އާއި ފަހުން ހުވާކުރާ ވެރިޔާ ވާހުށީ ގައިރުގާނޫނީ މީހަކަށް އެހިސާބުން އެމީހާގެ މަގާމުގެ ސައްހަކަންވާނީ ގެއްލިފާ .11 ނޮވެމްބަރަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް އެއީ ފެންނަނުފެންވަ ވޯޓަކުުން ގައުމުގާ އޮންނާނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ ބެލުމަ ވޯޓް ނަގާ އޮންނާނީ ޖުމްހޫރިއްޔަތެއްކަމަށް ކަނޑައެޅުނު ދުވަސް. އެއީ ކޮންމެ ރައީސަކު ހުވާކުރަންޖެހޭ ދުވަހެއްނޫން.
މަޖްލިސްމެދުވެރިކޮށް ރައީސް ޔާމިނު މަގާމުން ދުރުކުރަންފެނޭ މިހާރު އެއުޅެނީ މީހަކު ލައްވާ އެއްޗެކޭ ކިޔައިގެން އަދިވެސް މަގާމުގައި ގިންދުވަހު ހުރެވޭތޯ
މިވަރުގެ ހިޔާނާތެއް ވާކައް ގާނޫން އަސާސީއަކުނެތް
ޤާނޫން އަސާސީއަކު ނެތް މެންބަރުން ބޮޑުކަމުދާންޖެހޭކަމެއް އެކަމަކު މަޖްލީއިމާރާތުގަ ފާޚާނާ ބަހައްޓަން ޖެހޭ
ގާނޫނުއަސާސީގައި އޮތަސް ނެތަސް މިހާރު ހުވާކިއްކުރަން ހުރިހާ ކަމެއްވެސް ކުރެވޭނެ މާދަމާވެސްަެއެބޭފުޅުންނަށް ހުވާކުރެވިދާނެއަވަސް ކުރޭބިރަކާނުލާމަޖާކުރުންމާލަސްވެސްވެއްޖެ