އެންޓިޑިފެކްޝަން ގާނޫނު މުޅިން އުވާލުމަކީ ރައްޔިތުންގެ މަޖިލީހުގެ ޓްރާންސްފާ މާކެޓެއް ހުޅުވި މެންބަރުން ނުޙައްޤުން މުއްސަނދި ވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އެންޓިޑިފެކްޝަން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޚަބަރު ޝެއާ ކުރައްވަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާއިޒް ވިދާޅުވެފައި ވަނީ އެ ގާނޫނު އެއްކޮށް އުވާލުމަކީ ނުހައްގު މުއްސަނދިކަމަށް ޖާގަދިނުން ކަމަށެވެ.

"އެންޓިޑިފެކްޝަން ގާނޫނުގައި ހުރި ގާނޫނު އަސާސީއާ ހިލާފު މާއްދާތައް އުވާލިކަމުގައި ވިޔަސް އެގާނޫނު އެއްކޮށް އުވާލުމަކީ އެމްޕީސްގެ ޓްރާންސްފާ މާކެޓެއް ހުޅުވާލުމެވެ. ނުހައްްގު މުއްސަނދިކަމަށް ޖާގަދިނުމެވެ." ފާއިޒް ވިދާޅުވިއެވެ.

އެންޓިޑިފެކްޝަން ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅި ޕީޕީއެމްގެ މެންބަރު ރިޔާޒް ރަޝީދެވެ. ނަމަވެސް މިހާތަނަށް އެޤާނޫނާއި އެންމެ ބޮޑަށް ދެކޮޅު ހައްދަވާފައި ވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އެހެންކަމުން އެންޓިޑިފެކްޝަން ގާނޫނު އުވާލަން ފާސްވާނެ ކަމަށް މިހާރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ގޮތައް ބަލާއިރު ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި ވީނަމަވެސް އެޤާނޫނު އުވާލުމާއި އެކު އަނެއްކާވެސް ޕާޓީ ބަދަލު ކުރުމަށް މަޖިލިސް މެންބަރުންނަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެހެންކަމުން އެޤާނޫނު އުވާލުމަކީ މަޖިލިސް މެންބަރުންނަށް ނާޖާއިޒް ފައިދާތަކެއް ނަގަން ލިބޭ އިތުރު ފުރުސަތަކަށް ވެގެން ދާނެއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރިޔާޒް ހުށަހެޅި މައްސަލަ އެޖެންޑާ ކުރާނެ ދުވަހެއް އަދި ނޭނގެއެވެ. އަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. އާންމު އާދުމީ

  ޔާމީނު އެޅި އެންމެ ޅައެއްޗަކީ ފާއިޒު މަގާމުން ދުރުކުރުން. ތިމާ ބޭނުންގޮތެއް ނުހަދާތީވެ ބަދަލު ކުރިއިރު، ތިމާއަށް ގަނެވޭ މީހާ އެއަށްވުރެން ބޮޑުއަގެއް ހުށަހަޅާ ފަރާތަކަށް ވިކޭނެކަން ޔާމީނުއަށް ނޭނގުނީތީވެ ހުރިހާ ބޮނޑިއެއް ލިބުނީ.

 2. ފޭކް

  އިންތިޚާބު އަށް ކެމްޕޭނު ފެށުނުން ރައްޔިފުން މުއްސަދި ވިޔަސް އެއްމެ ރަގަޅު ތޯއެވެ؟

 3. ދޮމްބެ

  އެންޓި ޑިފެކްޝަން ޢާނޫން އަކީ އޮތުން މުހިއްމު ޤާނޫނެކެވެ.އެކަމަކު އެއްމެ ފުރަތަމަ ހަދަން ޖެހޭ ޤާނޫނަކީ މިއެއް ނޫނެވެ.މީގެ ކުރިން ސިޔާސީ ޕާޓީތަށް ހިންގުން ހަރުދަނާ ކުރަން ޖެހެއެވެ.
  ވަކި މީހެއްގެ މައްޗަށް ހިސޯރު ކުރެވިފައިވާ ޕާޓީއަކަށް ސިޔާސީ ޕާޓީތަށް ވެގެން ނުވެއެވެ.
  ޢަދި މަޖްލީސް މެމްބަރުންގެ ހައްޤު ތަށް ވެސް ޤާނޫނުން ހިމާޔަތް ކުރަން ޖެހެއެވެ.

 4. ހަނދާން

  މި ޤާނޫނު ހެދީ ވެސް ޕީޕީއެމުން ނެވެ.

 5. ކުޅޭކުޅޭ

  އަމިއްލަ އަށް ތިމާ މީ ޢިއްޒަތްތެރިއެކޭ ބުނީމާ ޢިއްޒަތްތެރި ވަންޏާ ދުނިޔޭގައިވާ ވަރަށް ގިނަ މީހުން އެ އިއްޒަތްތެރިވީ...

  ހުރިހާ ޤާނޫނެއް ހަދަމުން ތިމާމެންނަށް އުނިވާނަމަ އުވާލަމުން... ވާ ސަރީވާ... މިއޮތީވާ ފިސާރި ސިސްޓަމެއް...
  ވަރަށް ސަލާމް .

 6. ކަލޯ

  ޑިމޮކްރަސީގެ ސިއްރު އަސާސް އެކޭ ކޮރަޕްޝަން އަކީ! އެ ފެށިގެންވެސް އަންނަނީ ރައްޔިތުމީހާއިން. އެއީ ވޯޓައް ސަލާންޖަހަމުން އިންތިހާބުތެރޭ ދުވާ މެމްބަރުން ދިއްކޮއްލާ އެތިކޮޅުގައި ހިފާ ހިސާބުން!

 7. ށަރީ

  ތިގާނޫން އުވާލަން އުޅެނީ ސީދާ ވައްކަން ކުރުމާއި ޚިޔާނާތާއި ކަރަޕްޝަނާއި ފަސާދައާއި ފިތުނަވެރިކަން އިންތިހާބޮޑުކުރިމީހުން. ޢެސްޓީއޯ އަށް ދައްކަން ޖެހޭ 19މިލިއަން ރުފިޔާކޮބާ؟ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި އެއްވެސް މީހަކަށް މިފަހަރު ވޯޓް ނުދިނުމަށް ރައްޔިތުންނަށް އާދޭސް ދަންނަވަން. ނާޖާއިޒްގޮތުގައި ސަރުކާރުގެ ޕްރޮޖެކްތަކާއި ރަށްތައް ވިއްކައިގެން ދިރިއުޅުމުގެ ބާކީބައި ގޯތިތަކާއި، ފެންވަރުގެ ފްލެޓްތަކާއި މިލިއަނުން ފައިސާ ނުހައްގުން ހޯދައި މުއްސަނދިކަން ހޯދި މެންބަރުންނަށް ވޯޓް ދިނުމަކީ ސީދާ ހަރާންކަމެކެވެ. އަދި ޤައުމަށް ޚިޔާނާތްތެރިވުން. ވީމާ، އަންނަންޢޮތް ޖީލުތަކުގެ ޙައްޤަށް އަރައިގަތް އެންމެން ބޭރުކޮށް މުޅިން އަލަށް މެންބަރުން ހޮވަންޖެހޭ...ހެޔޮނުވާނެ ﷲއަށްޓަކައި މިމީހުން ބޭރުކުރޭ...ވައްކަމާއި ކޮރަޕްޝަނާއި ނުހައްޤު ފައިސާ ހޯދި މިހުން އެއްކޮށް ހުއްޓުވޭނީ މަޖިލީހުގެ ތެރެއިންވެސް އެކަން ހުއްޓުވިގެން. މިފަހަރު އެކީއެކައްޗަކަށް މިކަންހުއްޓުވާ...ތިޤާނޫނު އުވާނުލާﷲއަށްޓަކައި....އުވާލަން ހުށައެޅިމީހާއަށް އެކަނި ބެލީމަވެސް ފުދޭ ތިކަމާ ދެކޮޅުހަދަން...މީވަރަށް ވާހަކަ...ފަހުން ހިތާމަކުރަން ނުޖެހެނީ އޭރުން....ޔާމިން ހެދިޔަސް ތިޤާނޫން އުވާނުލައްވާ...

  • Abdul Latheef

   ހިތުގައި ﷲ އަށް ޓަކާ އޮއްޓަރެއްގެ މިންވަރަށްވެސް ޤަދަރެއް އިޙުތިރާމެއްނުވާ ފާސިގުމީހުން މި އުޅެނީ. އެމީހުން ތިހެންބުންޏަސް ލައްކައެކޭވެސް ހިތަކަށް ނާރަނެއެވެ. އަދި ބުނަން ވޯޓު ވިއްކުމަކީ ރިޝްވަތު ހިފުން ކަމަކަށްވެސް ގަބޫލެއްނުކުރާނެއެވެ. މިކަހަލަ ބައިގަނޑެއް މިރާއްޖޭގަ ލޮބީކުރަމުން މިދަނީ. ސިޔާސީ ބޭރަށްހިނގުން ޖެހިފަ މި މީހުން މިތިބީ. ރޫޙާނީ ލީޑަރު ކިތަންމެ ނުލަފާ ކަމެއް ކުރިޔަސް ދެލޯކަނުވެފަ އެކަމެއް ނުދެކި ތިބޭނެއެވެ. ސަރުކާރުގެ އެންމެ މަތީވެރިޔާ އަށް ނިސްބަތްކޮށް ކިތަންމެ ނުބައި ވާހަކަ އެއްބުންޏަސް އެވާހަކަ ތެދު ކުރާނެއެވެ. އެކަމަކު ދީނުގަ ކަމެއް އޮތީ މިހެންނޭ ބުނާއިރަށް ޤުރްއާނުގެ ކޮން އާޔަތެއްގަ ތިވާހަކަ އޮތީ ބުނެ ސުވާލު އުފައްދާނެއެވެ. ވީމާ ބުނެލަން އޮތީ ތެދުވާހަކައަކަށް މިރާއްޖޭގަ އެއްވެސް ޖާގައެއްނެތްކކަމެވެ. ދޮގު ގިނައިން ހެދިވަރަކަށް އެމީހަކީ އެންމެ ބަރާބަރު މީހާކަމަށް ދެކޭނެއެވެ.

 8. ޢަހްމަދު މުހައްމަދު

  މެމްބަރުކަން ލިބުީމަ ހޭވެސް ނުހުރޭ ނުހައްގު ގޮތުގައި މއްސަނދިވާން

 9. ޗާބޫކުން

  އެންޓި ޑިފެކްޝަން ގާނޫނެއް ބަދަލަކާއެކު މުހިންމު ކަމަށް އަމީތު ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މަޖްލީހުން ކޮރަޕްޝަން ހުއްޓުވޭނެ ކަމަށް ހެޔޮ ނުވާނެއޭ އެންޓިޑިފެކްޝަން ގާނޫނު އުވާނުލާށޭ އެއުވާލައިފިނަމަ މަޖްލީހަށް ހޮވޭ މެމްބަރުން ސަރުކާރުގެ ގައި ގައި ޗާބޫކުން ތަޅާނެއޭ ސަރުކާރު ބްލެކްމެއިން ކުރަން ޗާބޫކުން ތެޅީމާ ވަރަށް ތަދުވެ ރިއްސައޭ ގައިގައި އަވަހަށް އެޗާބޫކުނޭ ގެންދަވާ ހޯއް އޯއް

 10. މޫސަ

  ފާއިޒު ވިދާޅުވި ވާހަކައަށް 100%ތާއިތު މަޖިލީސް މެމްބަރުންނަކީ ކޮރަޕްޓް ބައެއް. އަމިއްލަނަފުސު ވިއްކާން ތައްޔާރުވަނީ

 11. ނަފާ

  ކަލޭމެން ހަދަން އުޅުނުގޮތައް ވަނީނުން.

 12. ހަސަންބެ

  ފާއިފު އެވިދާޅުވީ ވަރައް ބޮޑުތެދެއް އެއީ ހަމަ މިއުޅޭ ގަނެވިއްކާ ދެފުއްކެހެރި މަޖިލިސް މެންބަރުން ގެ އަމިއްލަފާތްދާ އައް ކުރަން އުޅޭ ކަމެއެގާނޫން އުވާލަން މިއުޅޭ ހުރިހާ ގަނެވިއްކާ މެންބަރުން ވޯޓު ދޭނެ މީކަށަވަރުކަމެއް

 13. ސައްމޫނު

  ޟޟީ އުވާލަން ހެޔޮވާ ވަރުގެ ގާނޫނެއް ނޫން މިގާނޫނު އޮތީމަ އެންމެނައްވެސް ރަނގަޅު މިއިގެންވެސް މި އިނގެނީ ވިލިފުށީ ނުކިޔަވާ ހުރި ލާރިއަށްުތުައިފަ ހުރިޖާހިލުގެ ވިސްނުން

 14. ބޮލި މުލައް

  ބަލަ ދައުލަތް ހިންގުމުގެ 3 ބާރުގެ މީހުން ނޭނގި ތިއްބާ ތިޔަވާ މުއްސަންޖެއް ބަލާބަލަ. ބޭންކުތަކަށް ނޭޅިގެން ފަނޑިޔާރުން ފައިސާ ރަށްކާކުރަން އެނދުތަންދަށަށް ދަބަސް ދަބަހުގަވެސް އަޅަނީނު

 15. Miadhu

  ކޮބާ މައްސަލަޔީ. ތިބުނާ އެމްޕީން މިހާތަނަށް މުއްސަދިވެފަތިބީ ހައްގުގޮތުގައި ހޯދިފައިސާއިންތަ. ޖަލްސާތަކަށްނުގޮސްތިބެ މުސާރަ ނަގައިގެން އެކަނީ އެއީ ހައްގު އެއްޗެއްތަ
  ޢެމްޕީއިންނަކީ އަބަދުވެސް ނުހަގު ގޮތުގައި ގިނަ ފައިސާ ހޯދާ ބައެއް އެފަދަ ކޮންމެކަމެއް ކުރުމަށް އެމީހުންގެ ސަޕޯރޓް ލިބޭނެ ބޭނުމީ އެހީތެރިވެދޭނެ ރައީސެއް

 16. ޓްރާންފަ

  ޓްރާންސްފާ މާރކޭޓަކީ ސަރުކާރުން އުފައްދާ މާރްކޭޓެއް.ސަރުކާރުން ބޭނުންވާ ކަންތައް ކުރުވަން މެމްބަރުން ހަމަކުރަން ބޮޑު އަގު ދީފައި މެމްބަރުން ގަތުން ހުއްޓާލާ. ސަރުކާރުން ފާސްކުރާ ބިލްތަ ހަދަން ނޫނީ ސަރުކާރުން ބޭނުންވާ ކަންތަ ފާސްވަން ޖެހެނީ މެމްބަރުންގެ ސީދާވިސްނުމުގާ ހުންނަ ގޮތަކަށް. އެ ގަންނަން ސަރުކުރުން ނުޖެހޭ

 17. ޗިއްލޫ

  ކަރަޕްޝަނޭ އަނެކައްޗަކީ ކިޔާފަ މަގުމައްޗަށް ނިކުމެ ހަޅޭލަވާނެ، އެކަމަކު ކަރަޕްޝަނުގެ އަމަލުތައް ކުރުމުން ދުރުހެލިނުވާނެ، އެމްޑީޕީ ވެރިކަމުގާ ތޮއްޑޫ މީހުން ކިއްލި ވިއްކާފަވެސް ހުޅުމާލެއިން ބިންގަންނަނީ، އައްޑޫ ހުރި ފުލައިންއިސްކޫލް ހުޅުވަންވެސް އަމީނު ފައިސަލް މެންގެ ޖީބައް ކިތައްމިލިޔަން ލާފަތޯ ހުއްދަ ދެއްވީ ބަލާބަލަ ބަޔަކު!

 18. ނަސީދު

  ޥައްކަންކުރަން ދޮރެއް ހުޅުވަނީ ހަމަރައްއިތުމީހާއައް ބަލާއެކަކުވެސް ނެތް ކީއްކުރާނީ

  • ސާބަހޭ

   ކީތްކުރަން ރައްޔިތުންނަށް ބަަލަންވީކީ. މާދަމާވެސް ސިޔާސީ ލީޑަރުން ޖަލަށް ދިޔައީމާ އެމީހުންގެ ހައްޤުގަ ގައުމުގެ ހުރިހާކަމެއް ހުއްޓާފައިވެސް ނުކުންނާނެކަން އެނގޭ. އަނެއްކޮޅުން އެމީހުން ވޯޓުގަންނަން އެކުރާ ޚަރަދު އެބަ ޖެހޭ ހޯދަން. ޚުދު ރައްޔިތުން އަމިއްލައަށް ގަންނަ ގަނޑު މިއީ. މަށެއް ދެނެއް ނުދާނަން ވޯޓުލާށެކޭ ކިޔާފައެއް. ކަޑަ ސިސްޓަމެއް ކޮޅަށް ނަގާކަށެއް. ވޯޓާރ ޓާރން އައުޓް މަދުވީމާ ސިސްޓަމް ފެއިލްވާނެ.

 19. އަޖޫބާ

  ދެން އެއްޗެތި ކުޔާނެ ކަމެއްނެތް ދެން ފެންނާނެ ހުރިހާ ކަމެއްވެސް. މިކަންތައްތަކުގެ ޒިންމާވެސް ކަލޭމެން އެންމެން ނަގަން ޖެހޭނެ ގައުމު ފާލުން ނައްޓުވާލި ތިޔަ ކިޔާ ކޯލިޝަން އާއި އެމީހުންނަށް ވާގި ދިން އެންމެން ޒިންމާ ނަގަން ޖެހޭނެ

 20. ކަރު

  އެންމެފުރަތަމަ މުއްސަނދިވާނީ ޤާނޫނީ ބޭފުޅުން މިހާރުވެސް ޝަރީޢަތްތައް ދާގޮތައްބަލާއިރު މިކަން އޮތްގޮތް ބައްލަވާ. ކޯޓްތަކުން ކުރާޙުކުމް ހަމައެކޯޓުން ބާޠިލްކޮށް ދޯކޮށްލަނީ . މިހިތާމަހުރިކަމެއް