ތުރުކީގައި މަރާލާފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާއި ގުޅިގެން ރާއްޖޭގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބެވިކަން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނަށް އެނގިވަޑައި ނުގަންނަވަނީތޯ ބައެއް މީހުން މިއަދު ސުވާލު ކޮށްފިއެވެ.

ދުންޔާ އާއި ބައެއް މީހުން މިސުވާލު ކުރީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގެ ސަބަބުންނެވެ.

ޚަޝޯގީގެ މައްސަލައިގައި ސަރުކާރު އަދިވެސް އޮތީ ސައުދީ އަރަބިއްޔާ އާއި އެކުގައި ކަމަށް ބުނެ "މިހާރު" ނޫހުގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން ދުންޔާ މިއަދު ވިދާޅުވީ ސަރުކާރުން ސައުދީ އަރަބިއްޔާ އާއި އެކު އޮތުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އުއްމީދު ކުރަނީ އިބޫގެ ސަރުކާރުން ދިފާޢު ކުރާނީ ރަނގަޅު ގޮތް ކަމަށް. ފައިސާ ލިބޭ ކޮޅު ނޫން ކަމަށް" ދުންޔާ ވިދާޅުވިއެވެ.

ދުންޔާގެ ޓްވީޓަށް ރައްދުދީ މީހަކު ބުނީ ޚަޝޯގީގެ މަރަށް މިހައި ދުވަސް ވެގެން ދިޔައިރު އިބޫ އާއި ފައިސަލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޚަޝޯގީގެ މަރު ކުށްވެރިކޮށް ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން އާސަރުކާރުގެ ސިޔާސަތު ސާފުވާކަމަށް އޭނާ ބުންޏެވެ.

ޚަޝޯގީ މަރާލި ފަހުން ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް ވަޑައިގެން ވަލީއަހްދު މުހައްމަދު ބިން ސަލްމާނާއި ބައްދަލު ކުރެއްވުމުން ވެސް މީގެ ކުރިން ފާޑުކިޔުން އަމާޒުވިއެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓާއި ގުޅިގެން އޭނާ އަށް ރައްދުދިން މީހަކު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ދުންޔާ ހުންނަވަނިކޮށް ރިލްވާން ގެއްލުނު މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅުނުވީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އިތުރު މީހަކު ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ކަންތައް ހިނގީ ކިހިނެއްތޯ ވެސް ސުވާލު ކޮށްފައެވެ.

ދުންޔާ ފަހަކަށް އައިސް ގެންދަނީ ވަރަށް ބޮޑަށް އިބޫ އަށް ތާއިދުކޮށް ޓްވީޓްތައް ކުރަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ދުންޔާ މިހާރު އުޅުއްވަނީ އިބޫގެ ސަރުކާރުން މަތީ މަގާމެއް ހޯއްދެވުމުގެ ޝައުގުވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހުސޭނު

  ވާނުވާއެއް ނޭގޭނެތާ:
  ދުންޔާ މެންއުޅެނީ ބައްޕާފުޅު ބާރު ގަދަވާ ގޮތްތައް ހޯދަން.
  އިބޫ ފައިސަލް މެނައް އެއްޗެކޭ ބުނެވޭނީ ފުރަތަމަ ވާނުވާއެންގިގެންތާ. އެދެމީހުންނަކީ ދެމީހެއްގެ ބަދަލު ހަމައެކަނި ދައްކާލަން ތިބިބައެއް.

  • އަހުމަދު

   ދުންޔާ ގެ ބައްޕަ ފާޅުގައިބަޑިޖަހައިގެން ޖަލުގައި މީހުން މެރީމާ ސަޢޫދީ ސަރުކާރުން ރާއްޖެއާއި ގުޅުން ކެޑިތޯ ވިޮސްނާލިންތަ؟ ކިތަންމެ ފަހެއް އެޅިޔަަސް މާޒީއެއް ނުފޮރުވޭނެ.... ކަމަނާ ހަމަހޭގަތޯ ވާހަކަ ތިދައްކަނީ ސައިޒު އޮޅިގެންނޫލތި...

  • ހަސީން

   ހަމަ ތެދެއް ތިބުނީ.

 2. އަލީ ޙުސައިން

  ޚާރިޖީ ވަޒީރަކަށް މައުމޫނާ ޤާސިމް ބޭނުންވަނީ ދުންޔާ
  ނަޝީދު ބޭނުންވަނީ އަޙުމަދު ނަސީމް
  އިބޫ ބޭނުންވަނީ ޢަބްދުﷲ ޝާހިދު

 3. ނަޒަރު

  ވެދާނެ އިބޫގެ ހިތުން ޖާގައެއް ހޯދަންވެގެން އުޅެގޮތަކަށްވެސްދޯ

 4. 0ލާރި

  ޓަކި ތަޅަނީ ތި އަމިއްލަ ބޮލުގާ ތިމާ ފޭހުނު އިލޮށި ގަނޑު ތިމާއަށް ފެނޭތަ އަދިވެސް ކޭތަކެތީ ރަހަ ކަރު ބުޑުން ނުފިލާނެ ސާނާ ސައުކަތުގަ ތިބެން އަދިވެސް ފުމެނީދޯ މިވަރުގެ ނުދެކެން ސާބާސް

 5. ޑހަޖޖޖ

  ފިތުނަ އުފައްދަން މަސަކަތް ނުކުރަވާ!!!!!

 6. އަހުމަދު

  ދުންޔާ.... ތިފާޑުގެ ވާހަކަދެއްކީމާ އަންނަނީ ހިނި ހަމަ ހިނި ސަޢުދީއާގުޅުންކަނޑަންވީ ކީއްވެކަން ރަނގަލަށް ބުނެދީބަލަ...
  ބައްޕަގެ ވެރިކަމުގައި ބައްޕަގެ އެންގުމަށް ޖަލުގައި އީވާންނަސީމުމެން ގަޔަށް ބަޑިޖަހައި މަރައިލީމާ ބައްޕަ ސަޢުދީ އަށްނާރުވައި ބެހެއްޓިތަ؟ އަދި ސަޢުދީން ރާއްޖެއާ ގުޅުން ކެނޑިތަ؟
  ބައްޕަގެ ވެރިކަމުގައި ކޮށްފައިވާ އަނިޔާތައްމާގިނައިރު ކޮންހާ އާގުރާނައެއް ގޮވަކަށްތަ/ ކަމަނާ އިބުއާ ހިތާވީހެން ހީވަނީ ކަސްރަތު ކުރަންދިޔަތާހުރި އިންސްޓަރަކްޓަރާއެކުވެސް ގަނޑުގަތްގޮތަށް މިހާރު އާގަނޑެއްގަންނީނޫންބާ ... މިވެރިން ލަދެއް ޙަޔާތެއްވެސް ނެތޭ....

 7. ޢާސިދާ

  ޚޮބާތަ މައްސަލައަކީ ދުންޏާމެންގެ ފެންވަރު އެބަ ހުއްޓޭ އެއީ ގްރޭޑް ނުވަެއްގެ ފެންވަރެއްނޫނެވެ.. ތިވެރިން ނަކީ އަބަދުވެސް މީހުންނާ ފޮށިފޮށި ތިބޭބަެއް

  1
  1
 8. ޗިއްލޫ

  ދުންޔާ އެވިދާޅުވީ ހަމަ ހަގީގތުގަވެސް ވަރަށް ވަރަށް ރަގަޅުވާހަކައެއް! އިބޫމެން އެއްޗެކޭ ނުކިޔާ ތިބި ތިބުމަކީ ފައިސާގެ ދަހިވެތިކަމުގަ ތިބި ތިއްބެވުމަށް ކަމެއް ދެކެން!!

  1
  1
 9. ރައްދު

  ޚަޝޯގީ މައްސަލާގައި އިންތިޚާބީރައީސް ހަނު
  ހުރުމަކީ ކަންބޮޑުވާކަމެކެވެ.

 10. ޝިމާޒު

  ދުންޔާ އަކީ ކޮންމެ ކަމަކައްވެސް ގާބިލިއްޔަތު ކަނބަަލެއް..

  1
  1