ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމު ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އޭނާގެ ދެވަނަ ވައުދު މިރޭ އިއުލާން ކުރައްވައިފިއެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަށް ރައްޔިތުން މަޖިލީހުގެ ރައީސް ކަން ލިބިއްޖެނަމަ ކޮންމެ ފަސް އަހަރަކުން ރައްޔިތުން މަޖިލީހަށް ގޮނޑި އިތުރުވަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
Alhugadah majilis Raees kan libijje nama Konme 5 aharakun 5 aharakun majileehah godi ithuruvamun dhaa dhi’un nimumakah genaumah masahkaiy kohdheynan #manifestoAR @VaguthuOnline @avasmv @Ch13official @haveeru
— Abdul Raheem Abdulla (@Banafsaa) October 25, 2018
މިހާރު ޤާނޫނު އަސާސީ އޮންނަ ގޮތުން ކޮންމެ 5000 މީހުންނަކަށް ރައްޔިތުން މަޖިލީހުގައި މެންބަރަކު އިންނަވަން ޖެހެއެވެ. އެހެންކަމުން ކޮންމެ ފަސް އަހަރަކުން ރައްޔިތުން މަޖިލީހަށް މެންބަރުން އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި ވެސް އިތުރު ދެ ދާއިރާ އަކަށް މެންބަރުން ހޮވާނެ ކަމަށް ލަފާކުރެވެއެވެ.
ކޮންމެ ފަސް އަހަރަކުން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން ދިއުމަކީ ދައުލަތުގެ ޚަރަދުތައް އިތުރަށް ބޮޑުވެގެން ދާނެ ކަމެކެވެ. އެހެންކަމުން ބައެއް އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމަަކަށް އެކަން ވަނީ ވެފައެވެ. ނަމަވެސް އެއުސޫލަށް ބަދަލު ގެނެވެން އޮތީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ.
ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ފާސްވެއްޖެ ނަމަ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެ އަދުރޭ ގެންދަވަނީ ވަރަށް ވަރުގަދަ އަށް ކެމްޕޭން ކުރައްވަމުންނެވެ. އޭނާ ވަނީ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ މެންބަރުންގެ މުސާރަ ދޮޅުލައްކަ ރުފިޔާ އަށް ބޮޑުކުރަން ވެސް ވައުދުވެ ވަޑައިގެންފައެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ބޭނުން ވަނީ މަޖިލީހުގެ ރައީސް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެންނާށެވެ.
މަސީހް އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަންނަ މަހު 08 ވަނަ ދުވަހު އޮންނަ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ގައުމު ފަސާދަކުރި ބަތަލު
އަޅޭ މީލަދެއްވެސް ގަންނަ މީހެއްނޫންދޯ ލަދެއްހުރިމީހެއްނަމަ ނުކެރޭނެ މިމީހުންނައް މީހުން މިހާ ނަފުރަތު ކުރާއިރު މިކަހަލަ ވައްތަރު ޖައްސަން
ޢަޅެފަހެ އަދުރޭގެ ކާބަފައިންގެ މުދާގަނޑެއްތަ އަދުރޭ މެންބަރުންނަށް ދެނީ