ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މެންބަރުންގެ ތެރެއިން މިހާތަނަށް ސުޕްރީމް ކޯޓުން މައްސަލަ ނުނިމި ތިއްބެވި އަށް މެމްބަރުންގެ ބަޔާންތަކުގައި ވަކީލުން އިއްޔެ ސޮއިކުރައްވައިފި އެވެ.
ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން އަށް މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފަ އެވެ.
މިމައްސަލައިގެ ޙުކުމް އިއްވާނެ ތާރީޚެއް އަދި ސުޕްރީމް ކޯޓުން އިއުލާން ނުކުރި ނަމަވެސް ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބައެއް މައްސަލަތަކުގެ ޙުކުމް އިއްވާނެއެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހު ވަނީ ހުކުމްކޮށްފަ އެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ އެވެ.
ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އަނެއް އަށް މެމްބަރުންނަކީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.
މަޖިލިސް ޖަލްސާތައް ނުބާއްވާތާ ދެމަސް ދުވަސް ފަހުން އަންނަ އާދީއްތަ ދުވަހު ޖަލްސާތައް ފަށާނެއެވެ. އާދީއްތަ ދުވަހު ބާއްވާ މަޖިލިސް ޖަލްސާ ވެގެން ދާނީ ދޮޅު އަހަރަށް ފަހު އިދިކޮޅު މެންބަރުން ބައިވެރިވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށެވެ.
ޝައްކެއް ނެތް ތިހުކުމް މިހާރު އަންނާނީ ޤާސިމާ މައުމޫނާއި އިބޫ ބޭނުންވާގޮތަށް
ވަކިވެފާތިއްބަސް ހަލާލްނޫން ފައިސާ ދެވޭތޯ ބަލާތި ތިވެސް އޭގެމީހުން ވިއްޔާ ރިޝްވަތުގެ ކަނޑު
ޤައުމެއްނެތް. އިއްޔެ ތިމާ އަމިއްލައަށް ކުރި ކަންތައް މިއަދު ހަމަ ތިމާ މިދަނީ ބަދަލު ކުރަމުން މިކަމަކަށް އެއްވެސް ނިމުމެއްނެތް. އިއްޔެ މަޖުބޫރު މިއަދު ހަމަ ހެޔޮ ހިތުން. އަމިއްލަ ނަފްސްގެ ކޮންމެވެސް އަގެއް ހުންނަން ޖެހޭނެ ފުރިހަމަ މުސްލިމުން ކަމުގަ ވަނީނަމަ.
2މިލިއަން ރުފިޔާ ކޮންމެ މެމްބަރަކު ދިރުވާލައިގެން އެތިބީ މިއެއްނޫން އުޅެން އޮތްދުނިޔެއަކީ