ޕީީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި މައްސަލައިގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި އޮތް ޙުކުމް ހައިކޯޓުން އިއްޔެ ބާތިލް ކުރުމުން ފާރިސް އޭނާގެ ޤާނޫނީ ވަކީލުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ފާރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ޤާނޫނީ ވަކީލުން ކަމަށްވާ މައުމޫން ހަމީދު، އިބްރާހިމް ޝަމީލް، މުހައްމަދު ފައިސަލް، މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، އަލީ އަބްދުލްލަތީފް، މަހްފޫޒް ސައީދު، ހުސައިން ޝަމީމް އަދި މޫސާ ސިރާޖަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
ފާރިސް ވިދާޅުވީ އޭނާގެ ޤާނޫނީ ވަކީލުން ވަނީ ދައުލަތުން ކުރިއަށް ގެންދިޔަ ހަޤީޤަތެއް ނެތް، ޖޯކް ދައުވާތަކުން އޭނާ ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރައްވާ، އަދި މޫސުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޖަލަށް، އޭނާ އަރިހަށް ޒިއާރަތް ކޮށްފައި ކަމަށެވެ.
އަނދިރި ދުވަސްތަކަށް ފަހު އަނބުރާ ގެއަށް ވަޑައިގެންނެވުނީ ވަކީލުންގެ މަސައްކަތުން ކަމަށް ފާރިސް ވިދާޅުވިއެވެ.
A special thank u to my lawyers@maanhameed @IbrahimShameel @cappi5 @Lawyer_Waddey @latheefaliabdul @MahfuzSayd @HuShameem @MoosesSiraj who put in the hard hours, fought thru legal absurdities, visited in all weathers, through the darkest months n eventually brought me home 🙏🏼
— faris 🇲🇻 🇵🇸 (@afarismaumoon) October 26, 2018
ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވުމުންނެވެ.
އެ މައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެލުމަށް ފަހު ހައިކޯޓުން އިއްވި ޙުކުމުގައި ވިދާޅުވީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރަން ޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން ފާރިސް ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ.
ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ދަށު ކޯޓުގައި އަދި ނުނިމެ އެވެ.
ތިއީވެސް ޖޯކުމީހެއް. ބައްޕާފުޅު30އަހަރު ދައުލަތުގެ ހަޒާނާއިން ބަލާބޮޑުކުރި ދަރިއެއް. ދަތުރުކުރީ ދައުލަތުގެ ވެހިކަލުގަ. ނިދިކުރެއްވީ ދައުލަތުގެ އެނދުދާންކޮޅުގަ. ފަރީކުއްޅުވީ ދައުލަތުގެ މޭޒުކޮޅުގަ. ތުރުކުރެއްވީ ދައުލަތުގެ ފޭރާންކޮޅު. ޖޯކެނޫންތަ. ބައްޕާފުޅު އެއްބަފާ ލޭ މަގުމައްޗަށް އޮހުރާލީ ބައްޕާފުޅުގެ ވެރިކަމުގަ ނުހިގާކޮންކަމެ ހިގައިގެންތަ.. ބައްޕާފުޅުގެ ދިފާއުގަ އައްޑަނައަކަށްވި އެއްމެން ދުޝްމަނުންނަހަދާ ދުޝްމަނުން މިތުރުންނަހެދީ ތަސައްރަފުނުފުދޭ ބުއްފުޅިބޯވަރުގެ ކުޑަކުއްޖަކަށް ވެރިކަންދޭން. ޖޯކެއްނޫންތައް. މަނިކުފާނު ބޮޑުބޭބެގެ ދުވަސްދުއްވާލަން ބޭރުގައުމުތަކުންދިން ކަޅުފައިސާބެހިކަން ކޯޓުގަ ސާބިތުނުވިއެއްކަމަކު އެއީ ނުކުރާކަމެއްކަން ދުނިޔެގަބޫލެއްނުކުރޭ އެފައިސާދިންމީހުން އެބުނަނީ މަނިކުފާނަށޭދިނީ ބެހިމީހުންވެސްއެބުނަނީ ހިފިމީހުންވެސްއެބުނަނީ. ދެންއޮތީ ﷲގެހަޒުރަތަށްދާދުވަހު ހެކިނެތިގެން އުޅެންނުޖެހޭނެ... ހީނުކުރާތި ގާސިމުގެއެހީގަ ތިމަންނައަށް ވެރިކަންލިބޭނެއޭ އެހެންނަމަ ވެރިކަންކުރާނީ ގާސިމު.. ރޔާމީންގެ އެހީއާނުލާ ތިއަކަށްވެސް ވެރިކަމަކަށް ނާދެވޭނެ.. މިތިބީބަލަން ދެން ދައްކާ ޖޯކުތައް.
ޖަލުހުކުމް އިން ސަލާމަތް ވީ އެއްގޮތަކަށްވެސް ޤާނޫނީ ވަކީލުންގެ މޮޅު ކަމަކުން ނޫން އެކަންކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން.
ފަގީރަކުއުލުނީ ކޮންހާލެއްގާކަމެއްވެސް އެނގުނުތިރީސް އަހަރެއްނޫން އޭގެފައިދާލިބުނުބަޔަކުވެސް އުޅޭނެ
ގައުމުގެ ހަމަޖެހުމަށް ބޮޑެތި ލޮޅުންތަށް އަރުވަން ރިޝްވަތުދީ ވެރިކަމާއުހެދި އުޅުއްވުމަކީ ކުށެއްކަމަށް ކޯޓުން ބަލައިނުގަނޭ ނިކަމެތު ރައްޔިތެއްގެ ހައްގު ނިގުޅައިގަންނަން ކޯޓަކުން ނުބަލާނެ ކިހާވަރެއްގެ ހެއްކެއްތޯ ހުރީ ހަމަ ގުކުމްކޮށް ޖަލަށް ފޮނުވާލާނީ އެއީ ބޭފުޅެއްގެ ލަގަބު ލިބިފަނެތީމަ