ފ. ބިލެއްދޫގައި މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މިއަދު އެރަށުން ދަންޖެހިގެން މަރުވީ ފިރިހެނެކެވެ. ނަމަވެސް އޭނާ އާއި ބެހޭ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 7:41 ހާއިރު ކަމަށެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި އެމީހާ ދަންޖެހިފައި ހުއްޓާ ފެނުނުއިރުވެސް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މަ

  ރާއްޖޭގައިވެސް މިހާރު ތި ނުލަފާ ކަންތައް ފެށުނީ ދޯ[email protected]

 2. ކަމާ

  ކޮބާ. ދެންނެތްތަ މީހަކު*. މި ހަބަރު ކިޔާލާފަ މިކަމަށްބާރުދޭ މީހަކު ނެތްތަ

 3. މާމިގިލީ މީހާ

  ދަންޖެހުމަކީ ސަހީދު މަރެއް. އެއީ އެއްވެސް މީހަކު އަމިއްލަޔަކަށް ދަމެއް ނުޖެހޭނެ. ކޮންމެ ދަންޖެހުމުގެ ފަހަތުގައި ސިއްރެއް އޮންނާނެ.. ބައެއްގެ އަތެއް ވާނެ..

  • ...

   .ކޮން ފޮތެއްގަ އޮތް ވާހަކައް.?

  • ދިވެހި ކުއްޖާ

   ޝަހީދު މަރެކޭ! ސުބުހާނައްﷲ..އެވަރުގެ ނުބައި ކަމެއްނެތް! ޝަހީދު މަރަކަށްނުވާނެކަން ހަދާން ކޮށްދެން.. މާތްﷲ އެއްވެސް މީހަކަށް އެމީހަކު ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެ..މުއުމިނުންގެ ސިފަޔަކީ ކަމެއް ނުވަތަ މުސީބާތެއް ދިމާވުމުން ކެއްތެރިވުން..ފަރުލު ފަސް ނަމާދު ކޮށްގެން މާތްﷲ އަށް ދުޢާކުރުން..ކީރިތި ޤުރުއާން ކިޔެވުން.

 4. ދެރަ

  ހިތާމަހުރި ވިޔާނުދާކަމެއް އަމިއްލަޔަށް މަރުވުމަކީ މިދުނިޔޭގައި އެތަށްބަޔަކަށް ހިތާމަލިބި އަމިއްލަޔަށް ލިބިގަންނަ ދެދުނިޔޭގެވެސް ވޭންދެނިވި ހިތި ހަލާކެއް އަމިއްލަޔަށް މަރުވުމަކީ ކުޑަވެސް އީމާން ތެރިކަމެއް ހުރިނަމަ ނުކުރާނެ ދަންނަހުށި!

 5. ތޯމަރާ

  އަމިއްލައަށްވެސް ދަންޖެހެވިދާނެ ވީއިރު އޭނާއަކީ ށަހީދެއްކަމަށް ބެލެވޭނެގޮތަކީ ކޮބައިތޯ

 6. އަފްލާ

  ދަންޖެހިގެން މަރުވެއްޖެ މީހަކަށް ނަރަކަ ނޫން އެހެންތަނެއްނެތް

 7. ރޯނުބެ

  ޝަހީދުމަރެކޭ؟ ހަމަހިލާ ޝަހީދު މަރަކަށް ވާނެގޮތެއް ނޯންނާނެ.. ޝަހީދުންގެ ދަރަޖަ އެއަށްވުރެ މަތިވެރިވެގެންވޭ..
  މިސާލް: ޑރ ޝަހީދު އަފްރާޝީމް
  ޝަހީދު ހުސައިން އާދަމް

  • Anonymous

   އަދި ރަސޫލާ އަންގަވާފައި ވަނީ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރުމައް. ކަމެއްގެ ހަގީގަތް ނުބަލާ އެކަމާ ވާހަކަ ދެއްކުން މިވަނީ މިހާރު އާންމު ކަމަކަށް ވެފާ އެކަން ހުއްޓާލަމާތޯ.

  • ާަަްއައިކާ

   އަދި ރަސޫލާ އަންގަވާފައި ވަނީ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރުމައް. ކަމެއްގެ ހަގީގަތް ނުބަލާ އެކަމާ ވާހަކަ ދެއްކުން މިވަނީ މިހާރު އާންމު ކަމަކަށް ވެފާ އެކަން ހުއްޓާލަމާތޯ.

 8. ާަަްއައިކާ

  ކިހިނެއް އެގެނީ އޭނާ މަރުވީ އަމިއްލަ އަށް ކަމެއް. އެ ކަމުގައި ބައެއްގެ އަތެއް ވާނެކަން ކަށަވަރު. އެންމެހާ ކަންތައް މޮޅަައް ދެނެވޮޑިގެން ވަނީ ﷲ މާތް ﷲ އޭނާ އަށް ހެެޔޮ ރަހުމަތް ލައް ވާށި.

 9. Anonymous

  ކާކަށް އެނގެނީ އޭނާ މަރުވީ އަމިއްލަ އަށް ކަމެއް. އެކަމުގައި ބައެއްގެ އަތެއް ވާނެކަން ކަށަވަރު. އެންމެހާ ކަންތައް މޮޅައް ދެނެވޮޑިގެން ވާނީ މާތް ﷲ. އެކަލާންގެ އެއްވެސް މަހުލޫގަކައް ދެރަގޮތެއް މިންވަރު ނުކުރައްވާނެ. މާތް ﷲ އޭނާ އަށް ހެޔޮ ރަހުމަތް ލައްވާށި.

 10. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ

  ސިކުޑީގައި ބަލިމަޑުކަމެއްވާ މީހާ އެބަލީގައި އެމީހާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭފަދަ ޙަލަތެއްގައި، ޔަޢުނީ، ބުއްދި ގޯސްވެފައިވަނިކޮށް، ކުރެވޭ ކަމަކުން، ފުރާނަދިޔުމާ، އެނޫންއެހެން ޙާލަތެއްގައި އަމިއަށް މަރުވުމުގެ ނިޔަތުގައި ފުރާނަ ދުއްވާލުމާ، މިއީ މުޅިން ތަފާތު ދެކަމެކެވެ. قال تعالى " والله يعلم وأنتم لا تعلمون "