ޗެނަލް 13 އިން އިއްޔެ ވަކިކުރި މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން ވަކި ކުރި މުވައްޒަފުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އޭނާ ނިންމާފައިވާކަން މޫސާ ސިރާޖް ހާމަކޮށްފައި ވަނީ ޓްވިޓާ މެދުވެރިކޮށެވެ. އެގޮތުން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ބޭއިންސާފުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިގެން ނުވާނެ ކަމަށެވެ.

"ޗެނަލް13ގެ ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ބޭނުންވާނަމަ، އަޅުގަނޑު މި ހުރީ އެ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް،" މޫސާ ސިރާޖުގެ ޓްވީޓްގައި ވެއެވެ.

ޗެނަލް 13 އިން އިއްޔެ ވަނީ ދިހަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެވެ. އެ މުވައްޒަފުން ވަކިކޮށްފައި ވަނީ ނޯޓިސްއެއްވެސް ނުދީ ކުއްލިއަކަށް ކަމަށް ވެއެވެ.

"ހަމަ ގެންގޮސް ކަނޑާލީ ބައިވަރި މީހުން. ނޯޓިސްއެއްވެސް ދީފައި ނުވޭ،" ޗެނަލް 13 ގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަކު ބުންޏެވެ.

އެ ޗެނަލްއިން ކުއްލިއަކަށް މުވައްޒަފުން ކަނޑަން ފަށާފައި ވަނީ، ހަރަދު ކުޑަކުރުމަށް ކަމަށް ބުނެއެވެ. އެގޮތުން ކަނޑާލި މުވައްޒަފުންގެ ތެރޭގައި ސީނިއާ ބައެއް މުވައްޒަފުންވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިލްސަން

    ޔާމީން ނުހޮވުނީމަ ތިޔަ ޗެނަލަށް ހަރަދުކުރާނެ ބަޔަކު ނެތިގެން މީހުން މަދު ކުރަން ޖެހުނީ.. ލަޔާލޫ!!!!

  2. ދިއެންޑް

    ޗެނަލް 13 އިން ގިނަ އަދަދެއްގެ މުއައްޒަފުން ވަކިކުރަނީ ނަމަ މިފެނިގެން ދަނީއޭ ފުރަތަމަ ވެސް އިބޫގެ ވެރިކަން ނުފެށެނީސް ރާއްޖޭގެ އަމިއްލަ ކުންފުނި ތަކުން ހަދާލާ ބޮޑެތި ލޭއޮފް މަމެންނަށް ޔަގީނޭ އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ނިމޭ އިރު މާލޭގެ މަޖީދީ މަގަށް ދަންދެން އޮންނާނީ އިންޑިއާގެ ކޮރަޕްޓް ކުންފުނި ތަކަށް ޕިޕިޕީ ގެ ދަށުން އެމެން ޕުއްޕު ލާފައި ދޫކޮށްފައޭ އެއިރުން ދެން މިރާއްޖޭގައި ތިބި ޕޮޓެންޝަލް އިންވެސްޓަރުން ރާއްޖެ ދޫކޮށް ދާނެއޭ އޯއް ރާއްޖޭގެ އިކޮނޮމީ މިއޮތީ ޑައުން ޓާރން އަށް ޖަހާފައޭ ލަންކާގެ އިގްތިސާދަށް މިހާރު އެވާ ގޮތޭ ދެން މިގައުމުގެ އިގްތިސާދަށް ވާނީ އިގްތިސާދުގެ އަލިފުބާ ދަންނަ އެކަތި ވެސް އެމްޑީޕީ އަކު ނެތޭ މުޅިން ވެސް އީގޯ ސިންޑްރޯމް ޖެހިފައިވާ ދަ ކަންޓްރީ ސައިޑޭ މެންނޭ އުޅެނީ އެމެންނަަށް އިނގޭނެ އިގްތިސާދީ ކަންކަން ނުހުންނާނެއޭ އެއް ހިއްސު މަދުވާނެއޭ ސޯމެނީ ނެގެޓިވް ތިންގްސް އާރ ގޮނާ އޮކަރ ޓު ދަ އިކޮނޮމީ އައި ޑޯން ނޯ ވަޓް ޓު ސޭ....

  3. އަހަންމާ

    ޗެނަލް13 ގަ ކުރެވޭނެމަސައްކަތެއްނެތް ކިނބޫ ހިތުންއެއުޅެނީ މުޅިގައުމުން ޕޕމ ގެއަޑުކނޑާލަން އިާދަކުރެއްވިއްޔާ އެހެނެއްނުވާނެ

  4. އީސަ

    ލަޔާލް ކަނޑާލިތަ. ކަނޑާލިއްޔަ މަ ވަރަށް ދެރަ ވާނެ.

  5. ހުވަދު

    ދިއެންޑްތީ ހަމަހޭގަ ހުންނަ މީހެއްތަ. ޗެނަލް 13 ހިންގަނީ އިބޫއެއް ނޫނޭ. އެއީ ޔާމީނު ހިންގާ ޗެނަލެއް. ވެރިކަން ގެއްލުނީމާ މުސާރަ ދެވޭނެ ގޮތެއްނެތުނީ. އެގިއްޖެތަ.

  6. ވަޒީފާ ގެއްލުނު މީހާ

    ޗެނަލް 13 އިން މީހުން މަދު ކުރަނީ ކުރާނެ މަސައްކަތެއް ނެތިގެނެއް ނޫން. އެތަނުން އަހަރެމެން ވަކި ކުރީ ތަނުގެ ދުވަސް ދުއްވާލަން. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކެހިދިން ބައިގަނޑު މިހާރު ތިބީ ޗެނަލް 13 ހިންގުމާ ހަވާލުވެގެން އޭގެ ތެރޭގައި އެންމެ އިސްކޮށް ހުރީ ވެލިދޫ ދާއިރާގެ އެމްޕީ ޔާމީން. އޭނަ އަކީ އަދީބުގެ މީހެއް. އިންތިހާބުގަ ރައީސް ޔާމީނަށް ދޯކާދީފަ އޭނަ މިހާރު އެ އުޅެނީ މަޖިލިސް އިންތިހާބު އަންނަވާއިރަށް 13 ގެ ދުވަސް ދުއްވާލަން. މި ކޮމެންޓް އެމްޕީ ޔާމީނަށް އަދި ރައީސް ޔާމީނަށް އަދި ޕީޕީއެމް އިސްމަގާމު ތަކުގައި ތިބި މީހުނަށް ދައްކާލުމަށް އަހަރެން އެދެން. އަދި ރައީސް ޔާމީން ޗެނަލް 13 ސަލަމާތް ކުރުމަށް ގޮވާލަން