ރާއްޖެއިން ބޭރު ކުރަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ އެއް ކިލޯގެ ރަނަކީ ދުބާއީން ރާއްޖެ އަށް އެތެރެކޮށްފައިވާ އެއްޗެއް ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާ އަށް ގެންދަން އުޅެނިކޮށް އެ ރަންގަނޑު މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނުނީ ލޮނުމަސް ފޮށިގަނޑެއްގެ ތެރެއިންނެވެ. އެ މައްސަލަ ފުލުހުންނާއި ކަސްޓަމްސްއިން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ، އެ ރަންގަނޑަކީ ދުބާއީން ރާއްޖެއަށް އެތެރެ ކުރުމަށް ފަހު، ލަންކާއަށް ބޭރުކުރަން އުޅުނު އެއްޗެއް ކަމަށެވެ. އަދި އިތުރު ރަންގަނޑުތަކެއް ވެސް ރާއްޖޭގައި ހުރުން އެކަށީގެންވާ ކަމަށާއި މިހާތަނަށް އެމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަތުލައިގަނެފައިވާ ރަންގަނޑުގެ ފޮޓޯތަށް މީސް މީޑިއާގައި ދައުރުވެފައި ވާއިރު، އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަންގަނޑުގައި ވަނީ "އެމިރޭޓްސް ގޯލްޑް" މިހެން ލިޔެފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި ރަންގަނޑު ފެނުނު މަސްފޮށިގަނޑު ލަންކާއަށް ފޮނުވަން އުޅުނީ އޭޒެޑްއެމް އިންވެސްޓްމަންޓް ކިޔާ ކުންފުންޏެއްގެ ނަމުގަ އެވެ. މަސްފޮށިތަށް ސްކޭންކުރަނިކޮށް ފެނުނު ރަންގަނޑު ލަންކާއަށް އެތެރެކުރާ އުޅުނީ ބޭރޔ ބަޔަކާ ދިވެއްސަކާ ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހޮހޯ

  ޢެެހެންވީމާ ކަސްޓަމްސްގެ ފެންވަރު ތި އެނގެނީ. ތިކަހަލަ ކިތައްމެ އެއްޗެއް ރާއްޖެ އެތެރެކޮށްފައި ހުންނާނީ. ތި ބޭރު ކުރަން އުޅުނު އިރު އެހެން ބަޔަކު ބެލީމަ ތި ފެނުނީވެސް. ބޭރުކުރާއެއްޗިސް ބަލަން ތި ކަސްޓަމްސް ތި ބޭނަމަ ބޭރުކުރާއެއްޗެއްވެސް ނުފެންނާނެ. ވަރަށް ވާހަކަ މީ

  • ދާމިން

   ﷲ އަށް ބިރުވެތިވުމެއް ނުވާ ޖާހިލުން ތަންތާގެ މަޤާމުތަކަށް އިސްކޮށްފައި ތިބޭތީ ދޯ! ޢެންމެ ކުޑަމިނުން އިސްލާމީ ޝަރީޢާ ތަންފީޒު ކުރާނަމަވެސް ދޯ!

   • ބޯޓްބޭ

    އެއްޗެއް އެތެރެވީމައެވާހަކަ ތިދައްކާއިރު ރާއްޖޭން ބޭރުން އައްނަ މީހަކު ފޮށި ހުލުވާލިއަސް އެމީހަކު ކަސްޓަމްސް އޮފިސަރާ ދިމާލަށް ކިއާ އެއްޗެހި ކަލެއަށް އެގޭބާ،
    ކަސްޓަމްސްގެ ފެންވަރު ތިކަހަލަ މީހުންނަކަށް ނޭގޭނެ

  • މީމަށޭ

   ދިމާވި ގޮތަކުން އެތާ ހުންނަންވާ މީހާ ނޫން މީހަކަށް ހުރެވުނީމަ ތި ފެނިނީ. ޢެތެރެކުރި އިރު ނުފެނޭ ދޯ

 2. ރާގީ

  ރަނގަޅު ވާހަކަޔެއް.

 3. ކަސްޓަމްސް މަސައްކަތު މީހާ

  އަޅުގަނޑުމެންގެ ޒިންމާ އެއްނ

 4. ޢަނީ

  ރަން އެތެރެކޮށް ބޭރުކުރުމުގެ މަސަލަޔަކީ ކޮބާ؟ ވަކި ބަޔަކަށް ދޯ މިތާ ވިޔަފާރި ކުރެވެނީ.

 5. އަހުމަދު

  ދެން ތި ރަންގަނޑު ފެނިގެން ހަބަރުލިބޭނީ ކަސްޓަމްސް ގެ ކޮންމެސް ބޮޑުމީހެއްގެ ގެއިން އަދި ތަންކޮޅެއް ކުރިން ކޮނމެސް މީހަކު ގެނާ ބޮޑެތި ގޯލްޑްފިޝްތަކެއްވެސް ހެސްކިޔާފަ ޑިއުޓީ މަތިކޮށްލާފަ އެމީހަކު އެއްޗެހި ނުގެންދިޔައިމަ ދެންފެނުނީ ކަސްޓަމްސް ގެ ކޮންމެސް ބޮޑުމީހެއްގެ ގެއިން

 6. ޢަނީ

  ކުރީގަ ކޮށްއުޅުނު ކަމެއްމީ ވިޔަފާރި ގާފިލާ ފޭރުން. މިއަދު މިކަން ކޮށް އުޅެނީ ހުދު ޔުނީފު ލައިގެން.