ސްރީލަންކާގެ ޑިފެންސް ޔުނިވާސިޓީން ދިވެހި ދަރިވަރުންނަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފިއެވެ.

ނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރާއި ސްރީލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) އާއި ދެމެދު ވެވުނު އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ސޮއި ކުރެއްވިއިރު، ކޭޑީޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ރެއަރ އެޑްމިރަލް ޖޭޖޭރަނަހިންހްއެވެ.

ސްރީލަންކާގެ ޑިފެންސް ޔުނިވާސިޓީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު، ކޮންމެ އަހަރަކު ދިވެހި 20 ދަރިވަރުންނަށް ކޭޑީޔޫ އިން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ލަންކާގެ ޑިފެންސް ޔުނިވަސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީ އިން އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ލަންކާގެ ޑިފެންސް ޔުނިވަސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީ އިން އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ސަރުކާރަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ތަމްރީނުތަކުގައި ދިވެހި ދަރިވަރުން ބައިވެރިވެ، ތައުލީމު ފުރިހަމަކޮށް އެނބުރި ރާއްޖެއައިސް ދިވެހިންނަށް ހިދުމަތް ކުރުން" ޑރ.އައިޝަތު ޝީހާމް ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި ސްރީލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) އާއި ދެމެދު އަހުދުނާމާ (އެމް.އޯ.ޔޫ) ގައި ސޮއި ކުރެވިގެންދިޔައިރު، ކޭޑީޔޫ އަކީ ދިވެހި ދަރިވަރުންގެ ތެރޭގައި މަޤްބޫލު ދިވެހި ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ޔުނިވާސިޓީއެކެވެ. އެގޮތުން މިހާރުވެސް އެ ޔުނިވާސިޓީގައި ސަރުކާރުގެ ލޯނު ސްކީލްގެ ދަށުން 34 ދިވެހި ދަރިވަރަކު ކިޔަވަމުންދެއެވެ. އޭގެ ތެރޭގައި ބެޗެލަރ އޮފް ހިއުމަން ސައިންސް އެންޑް ސައިކޮލަޖީ ކިޔަވަމުންދާ ދަރިވަރަކު ވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ފަހިވެގެންދިޔަ ފުރުޞަތުތަކަކީ މެޑިސިންގެ ދާއިރާއަކީ މަތީ ތައުލީމު ހާސިލުކުރުމަށް ޖާގަ ހޯދަން ދަތި ދާއިރާއަކަށްވާތީވެ، ދެގައުމުގެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކޞަތުތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަވަށްޓެރި އަދި ދުރު ޤައުމުތަކާއި ގާތް ގުޅުމެއް ބާއްވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުލީމީ ދާއިރާގެ ގިނަ ފުރުޞަތުތަކެއް ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ސަރުކާރުން ދިވެހި ދަރިވަރުންނަށް ފަހިކޮށްދޭފައިވާކަން ފާހަގަކޮށްލެވެއެވެ.