ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ޕީޕީއެމްގެ އާއްމު މެންބަރުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ބޭސްފަރުވާއަށް މެލޭޝިޔާގައި ހުންނެވި މަޢުމޫން ޕީޕީއެމްގެ ޢާއްމު މެންބަރުންނަށް ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު ހެނދުނު ކުރެއްވި ޓްވީޓަކުންނެވެ.

މަޢުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ޤާނޫނީ ގޮތުން އިންތިޚާބުވެފައިވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން، ޕާޓީގެ ހަތްވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ޢާއްމު މެންބަރުންނަށް އަރިސް ކުރައްވާ ކަމަށާއި، ބާއްޖެވެރި މުސްތަޤްބަލަކަށް އެދިލައްވާ ކަމަށެވެ.

ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ޢާއްމު މެންބަރުންނަށް މަޢުމޫން ތަހުނިޔާ ފޮނުއްވިއިރު، ޕީޕީއެމްގެ ލީޑަރޝިޕާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. މިވަގުތު ޕާޓީ ހިންގަމުންދަނީ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ ބެލުމުގެ ދަށުންނެވެ. އަދި ދާދި ފަހުން ޚާއްޞަގޮތުން ބޭއްވި ކޮންގްރެސްގައި ޕާޓީގެ ރައީސްކަން ވެސް ވަނީ ރައީސް ޔާމީން އާ ހަވާލު ކުރައްވާފައެވެ.

ނަމަވެސް، ރިޔާސީ އިންތިހާބަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ޕީޕީއެމްގެ ޚާއްޞަ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާއިރު، އެ ޕާޓީގެ މިހާރުގެ ލީޑަރޝިޕާއެކު މުއާމަލާތް ކުރުންވެސް އީސީން ވަނީ ހުއްޓާލާފައެވެ. އަދި ޕީޕީއެމްގެ އާއްމު މެންބަރަކު ވަނީ ޕާޓީ ރައީސް މަޢޫމޫނާ ހަވާލު ކޮށްދެއްވުމަށްއެދި ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަހުގެ ތަހްނިޔާ މަޢުމޫން އާއްމު މެންބަރުންނަށް އަރިސްކުރެއްވިއިރު، ޕާޓީގެ އެކި ފަރާތްތަކުން ޕާޓީގެ އަހަރީ ދުވަހާ ގުޅިގެން ކުރައްވަމުން ގެންދަވާ ޓްވީޓްތައް ތަފާތެވެ. ބައެއް ފަރާތްތަކުން ރައީސް ޔާމީނަށް މަރުޚަބާ ދަންނަވާފައިވާއިރު، އަނެއްބައި ފަރާތްތަކުން މަރުޚަބާ ދަންނަވާފައިވަނީ ކުރީގެ ރައީސް މަޢުމޫނަށެވެ.

ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަހާ އެ ޕާޓީ ބައްދަލުކުރީ ސިޔާސީ ގޮތުން ދަތި ދުވަސްވަރެއްގައެވެ. ރިޔާސީ އިންތިޚާބުން ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ ޕާޓީއާ ފެޔަށް ޖެހި ޕާޓީއަށް ފާޑުކިޔަންވެސް ފަށާފައެވެ. ނަމަވެސް ޕީޕީއެމް އަކީ އަދިވެސް ގިނަ އަދަދެއްގެ އާއްމު މެންބަރުން ތިބި ޕާޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. އިބްރާހީމް މުހައްމަދު

  މަރުހާބާ ރާއިސް މައުމުނޫ

 2. Anonymous

  ޕީޕީއެމްގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މައުމޫނު ނުލައި ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއައް ތަހުނިޔާ ދަންނަވަން.

 3. Anonymous

  ޕީޕީއެމްގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މައުމޫނު ނުލައި ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ޕާޓީގެ ރައީސް ރައީސް އަބްދުﷲ ޔާމީންއައް ތަހުނިޔާ ދަންނަވަން.

 4. ޕީޕީ

  މައުމޫނު ތީ ޕީ ޕީ އެން ގެ ގިނަ މެމްބަރުން ބަލާގަނަ މީހެއްނޫން

 5. މަރިޔަމް މޫސާ

  މައުމޫނަށް ޕީޕިއެމާއި އަންނިއާއި ދެކަނޑި 1 އުރަޔަކަށް ނުލެވޭނެ. ކޯޓުން ޕީޕީއެމް މައުމޫނާ ހަވާލު ކުރިޔަސް ގެންދެވޭނީ ނަން އެކަނި. މެންބަރުން ތިބޭނީ ޔާމީނާއެކު. ދެން ޕީޕީއެމޭ ކިޔާފަ އެމްޑީޕީ ކުދިންކޮޅު ގޮވައިގެން މައުމޫނު ޖަލްސާއެއް ވެސް ބާއްވަންވީނު. ސަޅިވާނެ

  • އަލި

   އަޅުގަނޑުމެން ތިބީ ޔާމިން އާއެކު

  • ާަަަހހގފދދ

   އަޅުގަނޑުމެން ތިބީ ޔާމިން އާއެކު

 6. ޟިޖާ

  ޕީޕީއެމްގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މައުމޫނު ނުލައި ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ޕާޓީގެ ރައީސް ރައީސް އަބްދުﷲ ޔާމީންއައް ތަހުނިޔާ ދަންނަވަން. ޥަރށް ސަލާން

 7. ރައްޔިތުމީހާ

  މައުމޫނަށް ޕީޕީ އެމް ލިބުނީމަ ޕާޓީން ކެނޑޭނަން.

 8. އަލިމާ

  މަރުހަބާ ރ ޔާމީން

 9. މޫސަ

  ކަލެއަށް 40 އަހަރުން ވެސް ނުފުދުނީތަ ވެރިކަމާ ހެދި މޮޔަގޮވަނީ އަދިވެސް.

 10. ނަޖީ

  ނަސްރީނާގެ ރަޣިސް

 11. މޫސަ

  ޕީޕީއެމްގެ ރައީސް މައުމޫނުއަށް މަރުހަބާ: ޔާމީނަކީ ގަދަކަމުން ޕާޓީގެ ރައީސްކަން އަތުލައިގެން އުޅޭމީހެއް!

 12. މައުމޫނު

  ކަލޭ ޕީޕީއެމް ކިޔަން ލަދުގަންނަން ޖެހޭނެ. ކަލޭތީ ފައުންޑަ މެމްބަރެއްވެސް ނޫން. އަދި ފިޒިކަލީވެސް ފިޓެަްނޫން.

 13. ތަކުރު

  ޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީން އަށް ތަހުނިޔާ ދަންނަވަން. މައުމޫން ނަޝީދު އަށް ތަހުނިޔާ ފޮނުވާލާ

 14. މާމީ

  މައުމޫނުގެ ތަހުނިޔާ އެއް އަހަރެމެން ބޭނުމެއް ނޫން. އެން ޑީ ޕީ މީހުނައް ފޮނުވާލާ،

 15. ޖައުފަރު

  އައި ސަޕޯރޓް ރައީސް ޔާމީން ވަން އެންޑް އޮންލީ ރައީސް ޔާމީން !

 16. ާއެދުރު

  އަދުރޭ ހިސާބު ޖެހީމަ އަންނަނީ 8 ވަނަ އަހަރީދުވަސް.. މިވަނީ ކިހިނެތް

 17. އަބްދުއްލާ

  ނާކާމިޔާބުވީ މައުމޫނު ޕާޜޓީން ބޭރުކުރުމުން.

  • އަންނި

   ނާކާމިޔާބެއްނުވޭ ވައްކަންކުރީ، މައުމޫނު ބޮޑަކަށް ހުރީ، ކަލެއަށް ނޭގެންޏާ ބުނެލީ އޯކޭ ދޯ

 18. ހައިދަރު

  މައުމޫން ޕީޕީއެމް އެކޭ ނުކިޔާ މަޑުން ހުރޭ

 19. އަޑޭ

  މައުމޫނަކީ ޕީޕީއެމް އާއި ގައުމުގެވެސް ހަލާކު. ނަޝީދު، މައުމޫނާއި ، ގާސިމު ފަދަ އަމިއްލަ އެދުން ބޮޑުމީހުން ޖެހެނީ ސިޔާސީ ކަންކަމާ ދުރަށް ޖެހިލަން.

 20. މާނު

  ތިޔައީ ޕީޕީއެމްގެ މެމްބަރެއް ކަމާމެދު ޝައްކު ޕީޕީއެމް އުފެދުނީ ރައީސް ނަޝީދުގެ ޕާޓީގެ ލާދީނީ ކަމުން ލާގައުމީ ކަމުން ލާދީނީ ކަމުން އެފަދަ ބަޔަކާއި އެއްޕްލެޓްފޯމަށް އަރާ ހިސާބުން ޕާޓީގެ މެމްބަރު ކަމުގެ ހައިސިއްޔަތެއް ނޯންނާނެ.

 21. މުޙައްމަދު

  ކަލޭތީ ޕީޕީއެމްގެ ރައީސްކަން މަށަށް ކަށަވަރުވާދުވަހު ޕާޓީން ވަކިވާނަން، އެއްއިރަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ މަޤާމުގައި ހުރީތީ މިހާރުވެސް މަމީ ރައީސުލް ޖުމްހޫރިއްޔާއޭ ކިޔައިގެން އުޅެންވީނުން، ހުދުމުހުތާރު ވިޔަސް ތީބޮޑުވަރު

 22. ޢަލީ

  މައުމޫނުގެ ހަރުމުދާގަނޑެއްތަ ޕީޕީއެމް އަކީ. ކަލޭގެ ތަހުނިޔާ އަހަރެމެން ބޭނުމެއްނޫން.