ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅޭ ވާހަކަ ދުންޔާ މައުމޫން އެކި ފަހަރު އެކި ގޮތަށް ދައްކަވަމުން ގެންދަވާތީ އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ކޯފާވެއްޖެއެވެ.

އެގޮތުން ދެންމެ ހަސަންލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުންޏާ ވަނީ ރައީސް ނަޝީދުގެ މައްސަލައާއި ބެހޭ ގޮތުން މާގިނަ ވާހަކަ ދައްކައިފައިކަމަށާއި އިތުރަށް ރައީސް ނަޝީދުގެ ވާހަކަ ނުދެއްކުމަށް އެދޭކަމަށެވެ.

"ރައީސް ނަޝީދުގެ މައްސަލައާއި ގުޅޭގޮތުން ދުންޔާ މައުމޫނަށް ވަނީ މާގިނަ ފަހަރު މާގިނަ ގޮތްގޮތަށް މާގިނަ ވާހަކަ ދެއްކެވިފަ. އަޅުގަނޑުގެ ހިތުގެ ހާލިސް އިލްތިމާސަކީ ރައީސް ނަޝީދުގެ މައްސަލައާއި ގުޅޭ ވާހަކަ ދުންޏާ އިތުރަށް ނުދެއްކެވުން" ހަސަން ލަތީފްގެ ޓްވީޓުގައިވެއވެެ.

ހަސަން ލަތީފު މިހެން ވިދާޅުވި އިރު ރާއްޖޭގެ އޮންލައިން ނޫސް "އަވަސް" އިން އިއްޔެ ފެށި "ހުކުރު އަވަސް" ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ މައުމޫނު ވިދާޅުވެފައި ވަނީ ބޭރުގެ ޖަމިއްޔާ ނުވަތަ ޖަމާއަތް ތަކަކުން ރައީސް ނަޝީދު ދޫކޮށްލަން ނިންމިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށާއި އެކަން ކުރިޔަށް ގެންދަން ޖެހޭނީ ރާއްޖޭގެ ސިސްޓަމްތަކުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދަށް ވެސް އިންސާފު ލިބިވަޑައިގަތުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ދުންޔާގެ ވާހަކައިގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ އައުމަށް ނިންމަވާފައިވާއިރު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށް މީގެ ކުރިން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު މިނިވަން ކުރުމަށް ގަރާރެއްވެސް މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. ހަވަރު

  ހަސަނާ ހާދަ ރުޅޮއެކޭ ދެއްތޯ.

 2. ޙަސަން

  މީގަ ކޮބާތަ ރަތައް އަރާފަ

 3. އަބޯ

  ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފަ ނުވަތަ އަތަށް ނަގާފަ މަޖިލީހުގެ ގަރާރަކުން މިނިވަން ކުރެވޭނެތަ ؟ ތިޔަގަރާރަކީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާ އަށް ނުފެތޭ ގަރާރެއް . ވީމާ ތިޔައީ ބާތިލް ގަރާރެއް އަދި ގާނޫނުއަސާސީގެ 115 އާއި 20،17،18 މިމާއްދާތަކާވެސް ހިލާފު ގަރާރެއް.

 4. މޫސާ

  ނަޟީދަށް ލިބިފައި އެވަނީ އިންސާފު! އިތުރު އިންސާފެއް ބޭނުންވާނަމަ އަދިވެސް އިތުރު ޙުކުމެއް އިއްވަން ޖެހޭ!

 5. ބޮޑު ދެލޯ

  ނަޝީދު އެކައްޏެއްނޫން ދޫކޮށްލަންވީކީ! މިހާރު ޖަލުތަކުގައިތިބި އެއްމެން ޖެހެނީ ދޫކޮށްލަން! އެހެނީ އެ އެންމެންނަކީ "އަނިޔާ" ލިބެމުންދާ ދިވެހި ލޮބުވެތި ކުށެއްނެތް ރައްޔިތުންނަށްވާތީ! ކޮއްމެ ނަމެއްކިޔާފަ ވިޔަސް މިހާރު ޖަލުގައި ހުއްނާނީ/އޮއްނާނީ އަނިޔާއިން އެތަނަށް ގެންދެވިފައިވާ ރައްޔިތެކެވެ. މިއީ ދޮގެއްތޯ؟ "ރަން ރީނދޫ"!!!!!

 6. ހުސެން

  ނަސީދަކީ މަތިން ފައިބަފަ ހުރިމީހެއްތަ؟ މޑޕ ގެ އުސޫލް އެންމެންވެސް ދަސްކޮއްފި އެހެންވީމަ މޑޕ ނިސްބަތްކޮއް ވާހަކަދައްކާނީ ވެސް ހަމަ އެފަހަރަކު ހިތައްއެރިގޮތަކައް. ހަތަރުކަށިމަތި މާލެ ލަތީފް ކިތަންމެ ރުޅިއަޔަސް އަހަރުމެނައް ހެޔޮ

 7. މަސްވެރިޔާ

  ރައީސް ނަޝީދަކީ ސިޔާސީގޮތުން އެންމެބޮޑް ނއިންސާފުގެ އާދަޔާޚިލާފް އަދަބް ލިބިވަޑަެިގެންނެވި ހަމަ އެކަނި ލީޑަރ .

  1. ރައީސް ނަޝީދު 20 ފަހަރަށް ޖަލަށް ލެވުނު. ޜ. މައުމޫންގެ 30 އަހަރު
  2. ރައީސް މައުމޫން 2 ފަހަރަށް
  3. ރައީސް ޔާމިން .. އާރބިޓަރީ 1 ފަހަރު އެކަހެރި ކުރެވުނު.
  4. އޮނަރަވަލް ޤާސިމް އ. 4 އަށްވުރެގިން
  5. ޑރ. ޖަމީލް 5 ފަހަރަށްވުރެ ގިނަ.
  6. ޝެއިޚް އިމްރާން 2 ފަހަރަށްވުރެގިނަ.
  އެއްވެސް ޝަރުތެްނެތި ރައީސް ނަޝީދު ދޫކޮށްލަންޖެހޭ.ބަދަލް ހިފުމުގެ ރޫހުގަ އަދި އެއްވެސް ހާލެެއްގައި ރައީސް ޔާމިން ހައްޔަރުކުރެވޮގެންނުވާނެ.

 8. ދުންޔާ

  ރައީސް ނަޝީދަކަސް އަދި ކޮންމެ ޝައިތާނަކަސް ބޭރުގެ ފަރާތްތަކާ ގުޅިގެން މިގައުމަށް ޣައްދާރު ވަމުން ދާއިރު، އެފަދަ ކަންކަމާ ރުހިގެން ތިބޭކަށް ނޫން ކޯލިޝަންގައި ބައިވެރިވީކީ، އަދި ހަސަން ލަތީފު މެން މިފަދަ ކަންކަމުގައި އަޑިއަޑިން ބައިވެރިވާކަމީ އަހަރެމެން ޢަޖައިބު ވާކަމެއް ނޫން!

 9. ނަސްރީނާ

  ހަސަން ލަތީފް މެނަށް ހާދަ ހަޖަމް ނުވެޔޭ، ޑިމޮކްރަސީ އަކަށް ވެސް ފިޓެއްނޫން! އެހެންކަމުން ޑިމޮކްރަސީއޭ ކިޔައިގެން ހުސް އަނގަ ނުތަޅާ!

 10. ދޮންބެ

  ތިބުނާ އައްނި އަކީވެސް ދެފަހަެރު ދެގޮތައް ބުނާމީހެއް

 11. Anonymous

  މަވެސްހާދަހާ ފޫއްސެއްވެޔޭ ތިޔަ ދުންޔާއެއްދެކެ. މަހިތައްއަރާ އެގޮއްޔެ ހާދަހާވަރަކަށޭ ނަސީދުއާބެހެނީ.

 12. ޔޫތުމިނިސްޓަރީކާލި ހަސަންޓޭ

  ކިތަންމެ ވަރަކައް ހަޅެއްލެވިއަސް ދުންޔާ އެބުނީ ތެދެއް. ސާބަހޭ ދުނިޔާ

 13. ޔޫތުމިނިސްޓަރީކާލި ހަސަންޓޭ

  ބުނަން ވާހަކައެއް. ޢަންނި ވަނީ ގާޒީ ވަގައްނެގި ކަމައް އަމިއްލައައް އިއުތިރާފު ވެފައި. 1 ނޮވެމަބަރުގަ މިގައުމައް އަތުވެއްޖެނަމަ ލާނީ ހަމަ ޖަލައް. ޢަންނި ގާސިމު ޖަލައް ގަޅުވާލިހެން ހަމަ ގަޅުވާލާނީ

 14. ބަލާމީހާ

  ދުންޔާ ހުއްޓާ ލައްްވަވާ، ހަތަރު ކަށިމަތި ބޭފުޅެއް!

 15. ތަރިކަ

  އަދީބު "ގްލޯކޯމާ"(ރަގަޅުވާ ބައްޔެއްނޫން) އަށް ފަރުވާ ހޯދުމުގެ ނަމުގައި ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ގޮވާލާ ބައިގަނޑަކީ، މައުމޫނުގެ "ޖަލުގެ ވާރޓިގޯ"ގައި އަވަހާރަވެދާނެކަމަށް ގޮވައި އަވަހާރަވުމުގެކުރިން ޖަލުން ނެރުމަށް ގޮަވަމުންދިޔަ "އިންސާފު" ހޯދަން ގޮވާ ރީނދޫ ބައިގަނޑެވެ.!!!!

 16. ވާނުވާ

  ދުންޔާގެ ވާހަކާގަ ގޯހެއް ނެތް

 17. ޙަލީމަ ދައިތަ

  ރައީސް ނަޝީދާ ބެހޭގޮތުން މީހަކު ރަގަޅުވާހަކައެއްވެސް މި މީހުން ނޭދޭ ގޮތަކަށް ދައްކައިފި މީހަކު ގޯސްވާނެ. އަޖައިބެއް. މިމީހުން ވަރިހަމަ ރައީސް ޔާމީނުގެ ބޮލުގައި ކިތަންމެ ސާބިތު ނުވާ ވައްކަމެއް އެޅުވިޔަސް. ޜައީސް ޔާމީނަށް ހަސަން ލަތީފު ވަގަށް ގޮވާއިރު، ރައީސް ނަޝިދުގެ މައްޗަށް ޝަރުޢީ ކޯޓެއްގައި، ދައުލަތުގެ ފަރާތުން “ލޯބިވާ” “ފިސަހަރި” މާރިޔާ ދައުވާކޮށް ވައްކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ހުކުމް ކުރެވި ތަންފީޒް ކުރެވިފަވޭ. ދެން ކޮބައިތޯ ވަދަކީ؟

 18. ސައިބޯނި

  ތިކިޔާ އެއްޗެއްނޭގުނު. އިންސާފުލިބުމަކީ ކޮބާ؟؟؟؟ ކުށެއްކުރިކަން ޔަޤީންވޭ. އަދަބު ލިބެންޖެހޭނެކަމާއި ލިބެންޖެހޭ އަދަބަކީ މިއީކަން ރައީސް ނަޝީދު އަމިއްލަ ފުޅަށް ވިދާޅުވި. އެއަދަބު ލިބެމުންދަނީ. ދެން އިނަސާފު ލިބުމަކީ ޙުކުމްތަންފީޛުނުކޮށް ދޫކުރުންހޭ... މަޖްލިހުން ނިންމަންވީ ސިޔާސީ އެއްވެސް މީހަކަށް އެއްވެސްކަހަލަ އަދަބެއް ނުލިބޭނެކަމަށާއި ކުށްވެރިވެ އަދަބު ލިބޭނީ ދެރަ ނިކަމެތިންނަށް ކަމަށް.

 19. ބޮގޯސް

  އޭލަތީފާ ކަލޭ ހޭބަލިވެގެން ނުތެޅެބަލަ. ކަލޭހީކުރީ ކެނެރީގޭ ނަޝީދަށް ހުރިހާކަމެއް ޝ ޗާޓުން ބޭރުން ވާނެކމައްތަ؟

 20. ހަސީން

  ބޭގަރާރަކުން ނަޝީދު މިނިވަން ކޮށސްފަ ބޭގަރާރަކުން އިބޫ ހުވާކުރީމަ ހުންނާނީ ތަމެންނަށް ރާކަނިމަސް ކެވިފަ.

 21. Ali Amiru

  Dhunyaa rbunee rangalhuvaahakaeh, nasheedhu raajjeyn beyrah dhiyaama jaluhukum afoo vanyaa, adheeb vess, ehn gaidheenge vess jaluhukum afoo vaanjeheyne, hassanlatheef men Maariyaanen adhulu insaafuge vaagaka dhakkan ladheh nuganeyths

 22. ޖަޒީރާ

  ހިނދުކޮޅުގަ ހުންނަ ޓެރަރިސްޓެއް ނަސީދަކީ އެހެންވީމަ 10 ގޮތައްވެސް ވާހަކަ ދެއްކޭނެ

 23. ފަލަކް

  އޯޔެ ސާބަހޭ ސާބަހޭ ސާބަހޭ އައްސެރިބަހާއި

  ސާބަހޭ
  ކީއްހޭކުރާނީ މަޖުބޫރުވީމާ

  މިނޫންގޮތެއް މަށަކައްނެތީމާ

  އަދިގެޙާލަތު ނިޔާކުރާގޮތުންނޭ

  ފައިބުޑަށްވެއްޓެން މަޖުބޫރުވެއްޖެ

  އަހަރެންނަކީ އޮޔާދާ އޮޑިއަކީމޭ

 24. Anonymous

  އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ކޯފާވިޔަސް ނުވިޔަސް މީގަނެތް ގޯސްކޮށް އެއްޗެއްބުނެވިފައެއް.ގާނޫނުގެ މައްޗަކަށް އެއްވެސް މީހަކަށް ނޭރޭނެ.އޮންނަ އުސޫލަކާ ހަމައިގެތެރެއިން އަންނިވެސް ސަލާމަތްވާންވީ.ބޭރުބަޔަކަށްނޭގޭނެ ދުކުރަންވާ މީހުންނާ ހިފަހައްޓަންޖެހޭ މީހުން.އަންނިއަށްވެސް އިންސާފު ލިބެންވާނެ.ގާނޫނުގެތެރެއިން މިނިވަންކުރޭ.ހަސަން ލަތީފު މެން ގަދަބާރުން ކަންތައްކުރަންއުޅުނީމާ ވެރިކަން ބީވެގެންދިޔައީ.އަދިވެސް ވެއްޖެނުން ރިވެތި އުސޫލު ދަމަހައްޓަން.

 25. ކަމަނަ

  ކޮބާ ހީވޭ އަދި ކިރިޔާ ތިދަނީ ރަނގަޅަށް ކޮޅުމަތި ފެންނަނީ

 26. ދޮންބެ

  ދުނިޔާ އެއް ނޫން ރަގަޅި ދުވަހަކުވެސް ތި އައްނި މި ދިވެހިރާއްޖެ އައް ނައްޠަޔާ

 27. Anonymous

  މީހުން ވަގައް ނެގީމާ ގިނަގިނައިން އެވާހަކަ ދައްކާނެ

 28. މަރްޔަމް

  ހަތަރު ކަށިމަތި

 29. ސަނަމް

  ދުނިޔާ ދައްކަންވީ ވާހަކައެއް ހަސަން ލަތީފަކަށް ނޭނގޭނެ ދުނިޔާ އެދެއްކެވީ ވަރަށް ރަނގަޅު ވާހަކަފުޅެއް.

 30. ދުންޔާ މައުމޫން

  ޝުކުރިއްޔާ...

 31. ރާޅު ބޯއީ

  ދުންޔާ މިއޮއް ހުރިހާ ދުވަހު ހިމޭނުން ހުރެފަ މާހިލިގަނެގެން އުޅޭނެ ކަމެއް ނެތް. މައުމޫނާއި އޭނާގެ ދަރިން މީ ގައުމުގެ ހަލާކު

 32. Anonymous

  ދެފަހަރު އެއްގޮތަށް ވާހަކަނުދެއްކޭ ވާލަށްވާގޮތަށްވެފަ

 33. ރަން30

  އހަރުމެންނަށް ރަނގަޅީވެސް ހުރިހާ މީހުން ރަތަށް އެރީމާ. ތިވަނީ ރަނގަޅަށް

 34. ކެރަފާ

  ރައީސް ނަޝީދު ރާއްޖެ އަރައިގެން ނުވާނެ އަރައިފިނަމަ ގާނޫނުން ލިބިދޭ ބާރުގައި ހައްޔަރުކުރެވެންޖެހޭނެ ސަލާމަތުގެ އައްސޭރި އަށް ވާސިލުވާން ބޭނުންނަނަ ގާނޫނައް ހުރުމަތް ތެރިވާންޖެހޭނެ އެހެން ނޫނީ ރާއްޖޭގެ ޖަލުތަކުގައި ތިބި އެންމެން މިންޖު ކުރަންޖެހޭނެ .

 35. ޢަބްދުﷲ

  ޝަރީޢަތުގެ މަރްޙަލާގައި، ޙުކުމުކޮށް ޙުކުމުތަންފީޒު ކުރުމުގެ މަރްޙަލާގައި އެހެން ޤައުމެއްގެ ސިޔާސީ ޙިމާޔަތް ހޯއްދަވާފައިވާ ބޭފުޅަކު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޤަރާރަކުން މިނިވަންކޮށް ދޫކޮށްލެވޭނެ އެއްވެސް ހަމައެއް މިރާއްޖޭގައި ތަޝްރީޢުވެ ޢަމަލުކުރެވޭ ޤާނޫނީ އުޞޫލުތަކުގެ ތެރޭގައި އެބައޮތްތޯ ސުވާލުއުފެދެއެވެ.

 36. ދޮހޮއްކޮ

  ހަސަންލަތީފް ހުރި ހަމައިގަތޯ ޓެސްޓް ކުރަންޖެހޭ... ތިޔަ ހަސަން ލަތީފަކީ ސީދާ ބުރާންޗެއް.. ގާނޫނު އަސާސީއާއި ގާނޫނުތަކާ ދެކޮޅަށް މަސައކަތް ކުރަން ބޭނުންވާ ލ... އެއް