ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ފިލޭނެ ފުރުސަތު ނުދިނުމަށް ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާއިން އެދިއްޖެއެވެ.
އެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަދީބަކީ ރިލްވާން ވަގަށް ނެގި މައްސަލާގައި ސުވާލުކޮށް ތަހުގީގު ކުރަންޖެހޭ މީހެއް ކަމަށް އެ އާއިލާއިން ދެކޭ ކަމަށާއި ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ކަމުގައި ބެލެވޭ ބަޔަކާ، އަދީބު ގުޅުންތަކެއް ވާކަމަށް މީގެ ކުރިން ހާމަވެފައިވާ ބައެއް މައުލޫމާތުތަކުން ޔަގީންވާން ކަމަށެވެ.
އަދި އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮވާލާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ސިޔާސީ ލީޑަރުން ހިމެނޭތީ ހިތާމަކުރާ ކަމަށާއި އެއީ އެ މައްސަލާގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު( އިބޫ) ވި ވައުދު ފުރިހަމަ ކުރުމަށް އެޅޭ ހުރަހެއް ކަމަށްވެސް ރިލްވާންގެ އާއިލާއިން ބުނެފައިވެއެވެ،
ރިލްވާންގެ އާއިލާގެ ބަޔާނުގައި ބުނީ ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގު އަލުން ފަށައި ސުވާލު ކުރެވޭއިރަށް އަދީބު ފިއްލެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ގައިދީންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭ މީހެއް ކަމަށާއި އެކަމުގެ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި ބޮޑެތި ކުއްތަށް ކޮށްފައިވާ މުޖުރިމަކު ފިލައިގެން ދިއުމުގެ ފުރުސަތު ހުޅުވާލުމަކީ އެކަމަށް ސަރުކާރު ފުރިހަމައަށް ޒިންމާ ނަގަންޖެހޭނޭ ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ރިލްވާން ވަގަށް ނެގި މައްސަލަ އަލުން ތަހުގީގުކޮށް ރިލްވާންއަށް ވީގޮތް ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަކުރާނެ ކަމުގައި ވިދާޅުވެފައެވެ.
ރިލްވާން ވަގަށް ނެގިތާ ހަތަރު އަހަރު ވީއިރު އޭނާ އަށް ވީ ގޮތެއް އަދިވެސް ނޭނގެ އެވެ.
ކޯލިސަނައް ވޯޓުދީފަ ދެން ރާކަނިމަހާ ރާގޮނޑިއާ ކައިނަގާ. ފުރަތަމަ 24 ގަޑި އިރު ތެރޭ ރިލުވާނުއައް ވީގޮތެއް ހޯދާނަމޭ ބުނީމާވެސް އެނގޭ އެއީ ތާއްޔާޖެހިފަ އިދެގެން އިބޫ ބުނި އެއްޗެއްކަމައް. އިބޫ ސެލްފީނަގާފަ ބާކީ ވަގުތެއް އޮތިއްޔާތާ އެހެން ކަމެއް ކުރާނީ . އަދިވެސް އުޅެނީ ސެލްފީ ނަގާނުނިމިގެން 5 އަހަރު ދުއްވާލާނީ ސެލްފީ ނެގުމާ ކޯލިސަނައް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގަ. އެހެންނާފަހެ އިބޫ ހޮވުނީމަ އަދީބު ބޭސްފަރުވާއައް ފޮނުވާނަމޭ ކެމްޕޭނުތަކުގަ ގޮވާ ބުނެފަ އޮއްވަ އިބޫއައް ވޯޓުދީފަ މިކިޔަނީ އަދީބު ބޭރައް ނުފޮނުވާށޭ.
އަދީބު ވެސް ބޭރަށް ފޮނުވައިދޭން ޖެހޭނެ އޭރުން ކަންތަށް ރަގަޅަށް
މިހާރު އަދީބު ފުރުވާލުމަށް އެންމެބޮޑަށް ބާރޫއަޅަނީ ފަހުލޫފާއި މައުމޫނުކަން ފާހަގަ ކުރެވޭ، ވިސްނާފިކުރުކުރޭ