މަދަމާއަކީ ރީކޯ މޫސަގެ އައު ފިލްމު ސްކްރީންގައި އަޅުވާ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

"ރީކޯ މޫސަގެ އައު ފިލްމު ސްކްރީން ތަކުގައި އަޅުވާ ދުވަސް، މާދަމާ (28 އޮކްޓޯބަރ 2018، އާދީއްތަ)" މުސްޠަފާ ދާދި ދެންމެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުސްޠަފާ މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށްފަހު ރާގު ބަދަލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ ބެލުމުގެ ދަށުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށް އެޖެންޑާ އާއްމު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މުސްޠަފާ މިހެން ވިދާޅުވިއިރު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ރިޔާސަތުން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވާކުރައްވާ މަޖިލީހުގެ ޖަލްސާ ބާއްވާނެ ތާރީޚުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް އެޖެންޑާ ކުރެވިފައިވެއެވެ.

މާދަމާގެ މަޖިލީހުގެ އެޖެންޑާއަށް ބަލާއިރު، މިކަމުގެ އިތުރުން އެންޓި-ޑިފެކްޝަން ޤާނޫނު އަދި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަށްވެސް ހުށަހަށާ ހުށަހެޅުންތައް މަޖިލީހަށް ހުށަހެޅުމާއި، އެ ބިލްތައް މަޖިލީހަށް ބަލައިގަތުމާމެދު މެންބަރުންގެ ވޯޓަށް އެހުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރައްވާ މަޖިލީހުގެ ޖަލްސާއާއި، ބައެއް ޤާނޫނުތައް އުވާލުމަށް ހުށަހެޅުމުގެ އިތުރުން ކުރީގެ ރައީސް ނަޝީދި މިނިވަން ކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރުވެސް މާދަމާގެ މަޖިލީހަށް ހުށަހަޅާނެއެވެ.

މާދަމާއަކީ ރީކޯ މޫސަގެ ފިލްމެއް ސްކްރީން ކުރާ ދުވަސްކަމަށްބުނެ މުސްޠަފާ މަލާމާތުގެ ރާގަކަށް ޓްވީޓް ކުރެއްވިއިރު، މުސްޠަފާ ގެންދަވަނީ ރުންކުރު އަދި އިންޒާރުގެ ސިލްސިލާ ޓްވީޓްތަކެއް ކުރައްވަމުންނެވެ. ޚާއްޞަކޮށް ބޭރުގެ ހަނގުރާމަމަތީ މަނަވަރުތަކުގެ ހަނގުރާމަވެރި ފޮޓޯތަކާއެކު މުސްޠަފާ ރައީސް ޔާމީނަށް ދެމުންދާ އިންޒާރުތަކަށް ގިނަ ބަޔަކު ގެންދަނީ ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ާސީފުޑް

  މުސްތަފާ އަކީ މުޅިން ހަމަ މީހެއްނޫން

 2. މާމާ

  މާދަމާ އަކީ ލަނޑާ ނަގަން ފީނަން ފަށާ ދުވަސް،

 3. ސަލީމް

  ޑރ ޢާރިފަށް މީނަ ދައްކަން ފެންނަނީ. ނޫނީ ތިމަރަ ގޯންޏެއް ދީފަ ކޮށްޓަށް ވައްދަންވީ.

  • ކަސޯޓީ

   ތިކަލޭގެ ގޮނޑިގެއްލުނުފަހުން އެހުންނަނީ ސިކުނޑި އެއްފަޅި ގަރާރުވެފައި. ތިޔާ ރަގަޅުވާނީ މީހަކު ގާތްނުވިއްޔާ!

 4. ޓިންޓިން

  ބޮޑުމޮޔަ

 5. ނުރަބޯ

  ބަލަ މޫސަ އަކީ މިހާރު މުސްޠަފާމެން ފަޅީގެ މީހެއްނު.....؟

 6. މޫސާ މަނިކް (ރީކޯ)

  ޝުކުރިއްޔާ މުސްތަފާބެ އަޅުގަނޑު ހުންނާނީ އަބަދުވެސް ގައުމައް ވަފާތެރި ދިވެހި ދަރިޔެއްގެ ގޮތުގަ. އަޅުގަނޑައް އިތުބާރު ކުރައްވާ ...

 7. މަނަވަރު މުސްތަފާ

  މޮސްތަފާ ވެސް މޮޔަވީ ތި ދެން.

 8. އީސީސަރީފޫ

  އާރު.ކޭ.އެލް އަށް ބާޖެއް ވިއްކާފަ، އޭގެ ފައިސާ ނަގާފަ، ބާޖު ހަވާލުކުރުމުގެ ކުރިން އެބާޖު ފައްތާލާފައި އިންޝުއަރެންސް ކުންފުނިން ފައިސާ ނެގިންތޯ އެވެ.

 9. މައިސަން

  މުޞްޠަފާ ޓުވީޓް ކުރައްވާ ފޮޓޯ ތަކަކީ އެއީ މަނަވަރެއްނޫން އެއީ ތިމަރަ ބޯޓު

 10. ދަސްވެނި

  ކަލޭގެ ވައްކަމުގެ ފިލްމު އަޅުވާނީ މާދަމާ. މާމުލިވަގު

 11. ޢަބްދުﷲ

  މަޖިލީހުގެ ފަރުމަތިން އުކާލާފައިވާ ޢިއްޒަތްތެރި މެންބަރުންނަށް މޫސާގެ ފަރާތުން ހަމަޖެހުމެއް ހިމޭންކަމެއް ލިބިއްޖެއްޔާ އޯކޭވާނެއެވެ.

 12. ތުރާމު

  އޭ މިފަހަރު ފިލްމުގަ ޒޫނާ އުޅޭތަ؟؟ ???

 13. ޜީކޯ

  ޢަހަރެން ޕީޕީއެމްއަށް ދިޔައީ މައުމޫނު ޖަލަށް ލުމަށް. އެކަންވެއްޖެ. މިކަން ކުރީ އެމް .ޑީ. ޕީ އިން ވ އަޑިން ރާވައިގެން. މައުމޫނު ޖަލަށް ލުމުގަ އެންމެ އަޑީ ހުރީވެސް އަހަރެން (ރީކޯ).

 14. ވިސްނާ މީހާ

  ޓެރަރިޒަމްގެ ތިޔަ އިންޒާރުތައް ހަމަ ދޭންވީތާ؟ މިއަދު ޕީޖީއަކަށް ފުލުހުންނަކަށް ކޯޓުތަކަކަށް ތިޔައިން އެކަކު ކުރާ އެއްވެސް ކަމެއް ކުށަކަށް ނުވާނެވިއްޔަ! އެތަންތަނަކީ މިއަދު ނީލަން ފިހާރަތަކެއް ކަމަށް މީހުން ވާހަކަދައްކަނީ ގައިމު ކަމެއް ވެގެންތާ! މި ހުރިހާ މީހުންގެ ވެސް އަމާޒަކީ ރައީސް ޔާމީން ޖަލަށްލުން. ކުށަކީ 30 އަހަރުން ނުކުރެވުނު ތަރައްގީ 5 އަހަރުގެ ތެރޭގައި ކުރުން. ޖީޑީޕީ އާއި ޤައުމީ ރިޒާވް 2 ގުނަކުރުން. ޞިއްޙީ ނިޒާމު ހަރުދަނާކުރުން. 24 ގަޑިއިރު ކަރަންޓް ޔަގީންކުރުން.