ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމަށް ހައިކޯޓުން ވަނީ ތާއިދު ކޮށްފައެވެ. އެޙުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ. ނަމަވެސް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަލާފައިވާ ޤަރާރަކާއި މެދު މިއަދު އެމަޖިލީހުގައި ބަހުސް ކުރާނެއެވެ. އަދި ޤަރާރު މިއަދު ފާސްކޮށް ރައީސް ނަޝީދު މިނިވަން ކުރަން މަޖިލީހުން ނިންމާނެކަން ވަރަށް ބޮޑަށް ޔަގީނެވެ. ސުވާލަކީ މަޖިލީހުން ފާސްކުރާ ޤަރާރަކީ ރައީސް ނަޝީދު މިނިވަން ކުރަން މަޖުބޫރު ނިންމުމަކަށް ވާނެ ހެއްޔެވެ؟

ރައްޔިތުން މަޖިލީހުގެ ޤަވައިދުގެ 142 ވަނަ މާއްދާގައި ބުނެފައި އޮންނަ ގޮތުގައި ރައްޔިތުން މަޖިލީހުން ޤަރާރެއް ފާސްކުރަނީ މަޖިލީހުގެ މަސައްކަތް ހިންގާނެ އުސޫލުތައް ބަޔާންކޮށްދިނުމަށާއި، މަޖިލީހުގެ ހިންގުމުގެ އުސޫލަށް ގެނެވޭ ބަދަލުތައް ފާސްކުރުމަށާއި، މަޖިލީހުގެ ގަވާއިދަށް ގެނެވޭ ބަދަލުތަކާއި އަދި މަޖިލީހުން ކަމަކާ ދޭތެރޭގައި ދެކޭގޮތް ހަމައެކަނި ހާމަކުރުމަށްޓަކައެވެ.

ރައްޔިތުން މަޖިލީހުގެ ޤަވައިދުގެ 144 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ކޮންމެ މެންބަރަކަށް ވެސް ރައްޔިތުންގެ މަޖިލީހަށް ޤަރާށެއް ހުށަހެޅި ދާނެއެވެ. އެމާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލަކާއި ޤަރާރާއި ދެމެދު ދެތަފާތެއް ހުރެއެވެ. 144 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި އެއް ތަފާތަކީ ޤަރާރުގައި ބިލާ ޚިލާފަށް ދީބާޖާއެއް އެކުލެވިގެންވުމެވެ. މާނައަކީ ޤަރާރު ފެށުމުގެ ގޮތުން ފޮތްފޮތުގެ ފެށުމުގައި އޮންނަ ފަދަ ބަޔާނެއް އޮންނަން ޖެހޭނެއެވެ. އެއީ ޤާނޫނުތަކުގައި އޮންނަން ޖެހޭ ބަޔާނެއް ނޫނެވެ.

144 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި ދެވަނަ ތަފާތަކީ އެ ޤަރާރު ފާސްވުމުން، ބިލު ތަޞްދީޤުކުރުމަށް އޮންނަ އުސޫލުން ތަޞްދީޤުކުރުމަށް ފޮނުވަންނުޖެހުމެވެ.

ރައްޔިތުން މަޖިލީހުގެ ޤަވައިދުގެ 142 ވަނަ މާއްދާ އާއި 144 ވަނަ މާއްދާ އަށް ބަލާއިރު ރައީސް ނަޝީދު މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ފާސް ކުރުމަކީ ރައީސް ނަޝީދު މިނިވަން ކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ ދެކޭ ގޮތް ހަމައެކަނި ހާމަކުރުމަށްޓަކައި ކުރާ ކަމެކެވެ. އެޤަރާރުގެ ސަބަބުން ރައީސް ނަޝީދު މިނިވަން ކުރުމަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް މަޖުބޫރެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކީ ހަމައެކަނި މެންބަރުންގެ ޚިޔާލެވެ. އެއީ މަޖިލީހުގެ މެންބަރުން ރައީސް ނަޝީދު މިނިވަންކުރުމާއި މެދު މިހާރު ޚިޔާލު ހުރިގޮތް ހާމަކުރުމެވެ. މަޖިލީހުން ފާސްކުރާ ޤަރާރަކީ ދައުލަތުގެ އިދާރާ އަކުން ނެރޭ ނޫސްބަޔާނެއް ފަދަ، ޤާނޫނީ ބުރަދަނެއް ނެތް ލިޔުމެކެވެ.

ޤާނޫނު އަސާސީ އަށް ބަލާއިރު ޖިނާޢީ ކުށްވެރިންނަށް މައާފު ދިނުން ނުވަތަ އަދަބު ލުއި ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫނެވެ. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޒ) ގައި ބުނެފައި އޮންނަނީ ޖިނާއީ ކުށްތަކުގައި ޙުކުމްކޮށްފައިވާ، އިސްތިއުނާފްކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ޤާނޫނުގައިވާ ގޮތުގެމަތީން މަޢާފް ދިނުމާއި، އަދަބު ލުއި ކޮށްދިނުން އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ކަމަށެވެ.

ނަމަވެސް މަޢާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ޤާނޫނުގެ (5) ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަމްބަރުގައި ބުނެފައި އޮންނަ ގޮތުގައި ޓެރަރިޒަމްގެ ކުށަށް މަޢާފު ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބިވަޑައެއް ނުގަންނަވައެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ބަލާއިރު ރައީސް ނަޝީދު މިނިވަން ކުރެވޭނެ ސާފު ސީދާ ބާރެއް މިހާރު ރައްޔިތުންގެ މަޖިލީހަކަށް ނެތެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ނެތެވެ. ނަމަވެސް މަޢާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ޤާނޫނަށް އިސްލާހެއް ގެނެސްގެން ރައީސް ނަޝީދު މިނިވަން ކުރުމަށް މަސައްކަތް ކުރުމުގެ ނުސީދާ ފުރުސަތެއް ރައްޔިތުންގެ މަޖިލީހަށް އެބައޮތެވެ. އެއީ އެޤާނޫނުގައި އޮތް މަޢާފް ނުދެވޭނެ ކުށްތަކުން ޓެރަރިޒަމްގެ ކުށް އުނިކުރުމެވެ. އެއީ ރައީސް ނަޝީދު މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ކުރެވުނު ނަމަވެސް އެއިސްލާހުގެ ބޭނުން ހިފައިގެން ވެސް ރައީސް ނަޝީދު މިނިވަން ކުރުން އެއީ ކުރެވިދާނެ ކަަމެއްތޯ ބައެއް ޤާނޫނީ ވަކީލުން ސުވާލު އުފައްދާނެއެވެ.

ސަބަބަކީ ފަހުން ހަދާ ޤާނޫނެއް، ނުވަތަ އިސްލާހު ކުރާ ޤާނޫނެއްގެ ބާރު ކުރިން މީހަކު ކޮށްފައިވާ ކަމެއްގެ މައްޗަށް ނުހިނގާނެ ކަމަށް ޤާނޫނު އަސާސީ ބުނާތީއެވެ. ރައީސް ނަޝީދު ކުށް ކޮށްފައި ވަނީ ކުރިންނެވެ. އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވީ ވެސް ކުރިންނެވެ. އެހެންކަމުން މާފަހުން ގެންނަ އިސްލާހަކުން އެމަނިކުފާނު މިނިވަން ކުރެވިދާނެތޯ އެއީ ޤާނޫނީ ސުވާލެކެވެ.

ދެން އޮތީ ސުޕްރީމް ކޯޓުން ރައީސް ނަޝީދު މިނިވަން ކުރުމެވެ. ސުޕްރީމް ކޯޓުން ބަލާފައިވާ މައްސަލައެއް އެކޯޓުން އަލުން ބެލުން އެއީ ދުނިޔޭގެ ޑިމޮކްރަޓިކް ގައުމުތަކުގައި ކަން ކުރާ ގޮތެކެވެ. ރާއްޖޭގެ ޤާނޫނީ ނިޒާމްގައި އެކަން ކުރިއަށް ގެންދާނެ އުސޫލެއް މިހާތަނަށް ގާއިމު ކޮށްފައި ނެތުމުން ހަމައެކަނި ރައީސް ނަޝީދުގެ ސިޔާސީ ބުރަދަނަށް ބަލާފައި އެމަނިކުފާނުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމުން ވެސް ރައީސް ނަޝީދުގެ ސިޔާސީ ދެކޮޅުވެރިން އެކަމާއި މެދު ސުވާލު އުފައްދާނެއެވެ. ނަމަވެސް ރައީސް ނަޝީދު ޤާނޫނީ ނިޒާމްގެ ތެރެއިން މިވަގުތު މިނިވަން ކުރެވެން އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރަކުން ރައީސް ނަޝީދުގެ ބަންދަށް ބަދަލެއް ގެނެވޭނެ އެއްވެސް ޤާނޫނީ ހުއްޖަތެއް އެޤަރާރު ހުށަހެޅި މެންބަރާއި، ޤަރާރަށް ތާއިދު ކުރައްވާ މެންބަރުންނަށް ވެސް ނުދެއްކޭނެއެވެ. ނަމަވެސް ސިޔާސީ ބޭފުޅުންނަކީ ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. އެހެންކަމުން ސިޔާސީ ކަންކަމުގައި އެބޭފުޅުން ވަގުތު ހޭދަކުރައްވާނެއެވެ. އެއީ ޤާނޫނީ މަސައްކަތެއް ނޫނެވެ. އަދި ޤާނޫނީ ބުރަދަނެއްހުރި މަސައްކަތެއް ވެސް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. ރުޒާނާ ޗޮއްޕަޓު

  މިނިވަން ވާކަށް ނުޖެހޭ. ޤާނޫނަށްވުރެ މައްޗަށް އެރިފަ މިހާރު އެތިބީ. ދެން ޤާނޫނެއް ނޯންނާނެ އެމީހުންގެ މައްޗަކަށް. ކުރާނެ ކަމެއް ކޮށްފަ އުޅޭނެ ގޮތަކަށް އުޅެންވީ. އެއީނު ބޭނުން ގޮތަކީވެސް. ދެން ތިބޭ އަތް ޖަހަން.

 2. މަގޭޚިޔާލު

  ޖުމްލަކޮށް މި އާޓިކަލަށް ތާއީދުކުރަން. ނަމަވެސް ކުޑަތަންކޮޅެއް ފާހަގަކޮށްލާނަން. ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކުރީ ކުށްކުރި ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައި ޤާނޫނަށް ގެނައި ބަދަލެއްގެ ތެރެއިން.

  ކޮންމެޔަކަސް މާ ދުރުދުރުން މިއުޅޭ ސަބަބެއް ނޭނގެ. މުސްކުޅިން ބުނޭ ކުކުޅު ގޮވިޔަކަސް އައްޔެއް ނުވިލޭނެޔޭ. ހާގޮވީމައޭ އަލިވިލޭނީ. އެހެންވީމާ ސްޕްރީމް ކޯޓަށް ނުދާން މިއުޅޭ ސަބަބެއް ނޭނގެ.

  • ބޭބެ

   ޤާނޫނު އަސާސީ އަށް ބަލާއިރު ޖިނާޢީ ކުށްވެރިންނަށް މައާފު ދިނުން ނުވަތަ އަދަބު ލުއި ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫން!! ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޒ) ގައި ބުނެފައި އޮންނަނީ ޖިނާއީ ކުށްތަކުގައި ޙުކުމްކޮށްފައިވާ، އިސްތިއުނާފްކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ޤާނޫނުގައިވާ ގޮތުގެމަތީން މަޢާފް ދިނުމާއި، އަދަބު ލުއި ކޮށްދިނުން އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ކަމަށް!! ނަމަވެސް މަޢާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ޤާނޫނުގެ (5) ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަމްބަރުގައި ބުނެފައި އޮންނަ ގޮތުގައި ޓެރަރިޒަމްގެ ކުށަށް މަޢާފު ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބިވަޑައެއް ނުގަންނަވާ!! ރައީސް ނަޝީދު ޤާނޫނީ ނިޒާމްގެ ތެރެއިން މިވަގުތު މިނިވަން ކުރެވެން އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް!! އެހެން އެއްވެސް ޗޮއިސްއެއް މިވަގުތު ނެތް!!

   • ނޫންތަ؟

    މަޖިލީހަށް ތިކަން ވައްދައިގެން އުޅޭ މީހުންނަށްވެސް ތިކަން އެނގޭނެ. އެކަމަކު އެއީ އަބަދުވެސް ޖަރީމާ ހިންގާ ބައެއް ވީމާ މިކަމުގައިވެސް ހިންގާނީ ޖަރީމާ. އެއީ ކޮން ބައެއް. ރަތް ލާޖެހި "މެންބަރުން".

 3. އެސް.އާރ

  ވަރަށްފުރިހަމަ މައުލޫމާތުކޮޅެއް. ޝުކުރިއްޔާ

 4. ޙަމެ

  ޥާނަމަ ހުކުން ކުރުންވެސް ދެން ހަވާލް ކުރަންވީ މަޖިލީހައް.

 5. މިނިވަންހިޔާލް

  އެބޭފުޅާއަކީ ސްޕްރިމްކޯޓައްވުރެ މަތީފަރާތެއް މީދެކޭގޮތް އެމީހުން

 6. އިންސާނާ

  މަޖިލީހުން ފާސްކުރާ ގަރާރަކުން ނަށީދު މިނިވަން ވާނަމަ ޖަލުގަ ތިބި އެހެން މީހުންވެސް މަޖިލީހުގެ ގަރާރަކުން މިނިވަން ކުރަން ޖެހޭނެ އެގޮތައް ނުކޮއްފިނަމަ އެބައި މީހުން އެކިޔާ ހަމަ ހަމަކަމަައި މިނިވަންކަން ކޮބާ ?

 7. ޔޫސުފް

  ޤާނޫނީ ތަފާތަކީ ރާއްޖޭގައި އޮތް ކަމެއް. ކޮންމެ ވެރިއަކު އަޔަސް ކަން ކުރަނީ އެހެން.

 8. އަހުމަދު

  ނުކުރެވޭނެ ތިކަމެއް.. ހުއްޓާލާ

 9. އަނާރު

  ރައީސް ނަސީދު މިނިވަންކުރުންއޮތީ ގާސިމްގެ އަތްމަތީގައި ގާސިމް ނޭނުންނަމަ ތިކަންވާނެ ގާސިމް ބޭނުންނޫންނަމަ ތިކަމެއްވާކަށްނޯންނާނެ މީ ވަރަށްވާހަކަ

 10. އެދުރުބެ

  ނަޝީދަކަސް ކާސިންބެއަށްވިޔަސް ޤާނޫނު އަސާސީ ވާންޖެހޭނީ އެންމެންނަށް ހަމަހަމަ

 11. ޙަފްޞާ / މާލެ

  މިއަދު މަންޒަރުތައްފެންނަގޮތުން އޮތީ "އަންކަލެޔަށް ، އަންކަލެޔަށް" ބުނާ އުޞޫލެވެ. ބޮޑަތި މުޖުރިމުން އެތިބަ ބޫންބޫންލާފަ މިނިވަންވަނީއެވެ. ދިވެހިންގެ ބަޔަކު އެބުނާ "އިންޞާފްގެ މަގަކީ" އެއީއެވެ. ފެންނަމުންދާ މަންޒަރުތަކުން ، ރާއްޖޭގެ ކުރު މުސްތަޤުބަލެއް އޮންނާނޭގޮތް އެދަނީ ސާބިތުވަމުންނެވެ. ހަމަޔެއް ލަމަޔެއް ނެތެވެ. ބާރުތައް އެއްކުރަނީކަމަށްބުނެ އެކަމާދެކޮޅަށް އަޑުއުފުލިމީހުން އެތިބަގެން ބާރުތައް އެއްކުރަނީއެވެ. ދީނީ ޢިލްމުވެރިންނާ ، ޤާނޫނީ މާހިރުންނާ މުރައްބީންގެ ލޯތައް ކަނުވެ ، ކަންފަތްތައްބީރުވެ ، ދުލުގެ ޙަރާކާތާ ހިތުގެވިންދު އެހުރީ ބަދަލުވެފައެވެ. މާތްﷲ މިިފަދަ ޖައްބާރުންގެ ކިބައިން މި ދީބު ސަލާމަތްކުރައްވާށިއެވެ.

 12. ނިކަމެތި

  ޤާނޫނު މިހާރު އޮތީ ހަމައެކަނި ނިކަމެތިންނަށް މިހެންވީމަ ޤާސިމްއެބުނުއްވަނީ މިހާރު ކޯޓްތައް އިންސާފު ވީވާހަކަ ބަލަ އިންސާފު ދަނީގޯހުންގޯހަށް އެކޯޓުން ނިންމާފަވާކަންތައް ހަމައެކޯޓުން ބާޠިލްކޮށް ލައްވަނީ މިއީކޮން އުސޫލެއްކަމެއް ނޭގެ

 13. ނިކަ

  ޤާނޫނު މިހާރު އޮތީ ހަމައެކަނި ނިކަމެތިންނަށް މިހެންވީމަ ޤާސިމްއެބުނުއްވަނީ މިހާރު ކޯޓްތައް އިންސާފު ވީވާހަކަ ބަލަ އިންސާފު ދަނީގޯހުންގޯހަށް އެކޯޓުން ނިންމާފަވާކަންތައް ހަމައެކޯޓުން ބާޠިލްކޮށް ލައްވަނީ މިއީކޮން އުސޫލެއްކަމެއް ނޭގެ

 14. އެދުރުބެ

  މަ ހިޔާލެއް އެބައޮތް ޤާނޫނަށްވުރެ! ކުއްވެރިން ދޮށީވާކަށް ނުޖެހޭނެ! ނިކަމެތި މީހާއަށް ހުކުމްކޮށް ޖަލަށް ލާފައި ފައިސާވެރިންނާއި، ސިޔާސީވެރިން މިނިވަންކުރުން! މީތޯ މަޖްލިހުގައި ތިބެގެން ފާސްކުރި ޤާނޫނު ައަސާސީއަކީ

 15. ހުވާ

  މާއްކަލާކޯ ހިތައްވެސް ނާރުވާތި މިނިވަންނުވާގެ މިހާރު ކޯޓްތައް އުވާލަންވީ އެނޫންގޮތެއްނެތް ިއލެކްޝަންއިން ޙުކުމްކުރަނީ މަޖިލީހުން ޙުކުމް ކުރަނީ ސިޔާސީ ވެރިން ޙުކުމް ކުރަނީ .

 16. ޑެލްބޯއި

  މަޖިލީހަކަށް ނަޝީދެއް މިނިވަނެއް ނުކުރެވޭނެ. ޔޫ.އެން އަދި ރާއްޖެ ބައިވެރިވެފައިވާ ކޮންވެޝަންސްތަކުގެ ދަށުން ވެސް ނަޝީދު މިނިވަނެއް ނުވާނެ .އެހެނެއް ނޫން ޔޫ.އެން ގެ ނިންމުމުން ރާއްޖޭގެ މައްޗަށް އޮބްލިގޭޝަނެއް އުފެދޭ ނަޝީދު މިނިވަންކުރަން އެކަން ނުކޮށްފިއްޔާ ރާއްޖެ ސޮއިިކޮށްފައިވާ މުޢާހަދާތަކާ ހިލާފުވާނެ އަދި އެކަމުގެ ނަތީޖާއާ ރާއްޖެ ކުރިމަތިލާންޖެހޭނެ. ނަޝީދު މިނިވަންކުރެވޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް.

 17. ޑެލްބޯއި

  ބައެއް މީހުންނަށް ހީވާކަހަލަ އެތަށް ބައެއް އެއްގޮތަކަށް ވާހަކައެއް ދެއްކުމުން އެއީ އެކަން އޮންނަން ގޮތޭ!!! ހަޤީޤަތަކީ އެ ސައިކޮލަޖީއަކީ ސިޔާސީ މީހުން ބޭނުންކުރާ އުކުޅެއް.

 18. ކުޑަހުވަދޫ

  ވާނެ.. އަޅެ މަ ބުނީތީވެސް މަޖިލީހުން ގަރާރެއް ފާސްކޮބަލަ..ނަޝީދުގެ ތުނބުޅި މަތިމަސް ދިގުވޭތޯ.. މިއަދު ނެރޭއިރަށް މާދަމާ ހުންނާނީ ބަލާލަން ރީތިވަރަކަށް ދިގުވެފަ..

 19. ޒުލްފިގާރު.

  މަޖިލީހުން ފާސް ކުރާ ޤަރާރަކުން ހުކުމްތަންފީޒް ކުރަމުން އަންނަ ފަރާތްތަށް މިނިވަން ވާނެކަމަށް ބުނާ އެއްވެސް ގާނޫނެއްނެތް. ދެވަނަކަމަކީ 3 ބާރުވަކި ކުރެވިފައިވާ ނިޒާމެއްގައި އެއްބާރުން އަނެއްބާރެއް ގެ އަރައިގަތުން މިއީ. ތިންވަނަ ސަބަބކީ ރައްޔިތުން މަޖްލިސް އިން ފާސް ކުރާ ޤަރާރަކަށް އަމލު ކުރަން ނުޖެހޭނެ ކަމަށް ބުނެފައި ވުން

 20. ނަފީލް

  ގޯސްހެދިއްޖެ! މިހާރު ދެރަވޭ.

 21. ސޮމެޮނެ

  ނުވާނެ. އެދެވިދާނެ...

 22. އާތިފް

  ތިހެން ނުބުނޭ! ހަސަން ލަތީފް ރުޅިގަދަވާނެ. ބުނެފާނެ އެކަކުވެސް ވާހަކަނުދައްކާށޭ. ދެން ރައްޔިތުން ތިބެންޖެހޭނީ ހަނު.
  އިންސާފުގެ މަގަށް ކުރަންފެށި ދަތުރު މިހާރު ވަކިމީހަކާ ޖެހުނީމަ ތިދަނީ ޤާނޫނީ ނިޒާމުން ބޭރުން. އަދި މިއުޅެނީ ވެރިކަން ނުފެށިގެން. އަވަހަށް ކޯޓަށް ވަޑައިގެން ނިޒާމުގެ ތެރެއިން ތިކަން ކުރައްވާ!

 23. ނީބުމަ

  ހިނގާވޯޓެއްނަގަން. މަބުނާނީ އަސްލު ނުވާނެއޭ. އެއީ ތިބުނާހެން ގަރާރުހަދާފަ ކަންކަން ކުރަންޏަ މަސްބާނައިގެން އަންނަ އޮޑީގަ ހުރިމަސްވެސް ވިއްކޭނީ ގަރާރެއްފާސް ކޮށް އެގަރާރުގަ ބުނާއަގަކަށް. ދެންހަމަ ކަޏޑައެޅިގެން ލޮލައްފެންނަންހުރިކަންކަމުގަ ހިތައްއަރާހާ ގޮތަކަށް ކަންކުރަންޏާ ގަރާރެއްހަދާފަ ސކޯޓް އުވާލާ. ދެރަކަމެންނު.

 24. ޙިލްމިއްޔާ

  ބަލަ އެދުރުބޭ! ރައްޓެއްސެއް ، ބޭބެޔެއް ، ކޮއްކޮއެއް ބެލުމެއްނެތި އެންމެނަށް ހަމަހަމަޔަށް ޤާނޫނު ހިންގާތީނޫންތޯ އެގޮތް ދިވެހިންނަށް ކަމުނުދިޔައީވެސް؟

 25. އަހްމަދު،

  މިއަދު އެމީހުންގެ ބާރު އޮތީމާ މަޖްލިސް ތެރެއިން ތި ގަރާރު ފާސްކޮށް ނަޝިދަކީ މިނިވަނަކޭ ކިޔާފަ ތިބެވިދާނެ... އެކަމުން މާދަންވެސް ޕަވަރ ޝިފްޓް ވެއްޖިއްޔާ، ނަޝީދު ގެންގޮސް ޖަލަށް ވައްދާނެ - ހުއްޖަތަކަށް ވާނީ، ކުއްވެރިޔަކު މިނިވަން ނުވާނެއޭ މަޖްލިސްއިން ފާސްކުރާ ގަރާރަކުން.... އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ސުޕްރީމް ކޯރޓް މެދުވެރިކޮށް ތިކަންތައްކުރުން

 26. ވިސްނާ

  ނަޝީދުއަކީ ކުށްވެރިއެއް ވީމާ މަޖިލީހަށް ނަޝިދުމިނިވަންކުރަން ގަރާރެއްފާސްކުރުމުގެ
  ހައްގުލިބިދޭނަމަ ޖަލުގައިވާ އެހެންކުށްވެރިންވެސް މިނިވަންކުރެވޭނެނޫންތޯ ނަޝިދުއަކީ
  ގައުމުގެ ވެރިކަންކުރެއްވި ބޭފުޅެއް ނަމަވެސް ކުށެއްކޮށްފިނަމަ ގާނޫނުގެ ކުރިމަތީގައި
  ނިކަމެތިމިހާއާ މޮޅުމީހާވެސް ހަމަހަމަވާނެކަން އެގިފައިވާތީ ޖަލުގައިވާ އެހެންކުށްވެރިނަނާ
  ކުށަކާނުލާ ގާޒިއަކު އެކަހެރިކުރި މައްސަލާގައި ޖަލުގެހުކުންއައިސްފައިވާ ނަޝީދުަޢާ
  ތަފާތުވާނެކަމަށްނުދެކެން ﷲޖަޒާދެއްވަނިީ މޮޅުދެރައަށްބައްލަވަފައެއްނޫން މީހާކުރާޢަމަލަށް
  ﷲއީ ހުރިހާކަމެއްއެންމެމޮޅަށް ކުރައްވާރަސްކަލާގެ ވީމާ އެފަރާތަށްްވުރެމޮޅަށް މަޖިލީހުގައި
  ތިއްބަވާބޭފުޅުންނަށް ކަމެއްކުރެއްވޭނެކަމަށް ނުދެކެން

 27. ޤައުމީ ލޭ

  މި ޤައުމުގަ އެބަތިބިތަ ޤާނޫނު ދަންނަ ބައެއް އަޅެ(.) އަމުދުން މެންބަރު ރިޔާޒު ރަޝީދު މިއީ ބޮލުރޮދި ކެނޑިފަ ހުރި ބޭފުޅެއްތޯ(.) މަޖިލިހުގެ އިޙްތިޞާސް ނެތް ކަންކަން މަޖިލުގެ ތަޅުމަށް ވައްދާނީ ހާދަ ހަމައެއް ލަމައެއް، އުޑެއް ބުޑެއް ނުދަންނަ މީހަކުތާ(.) ރައީސް ނަޝީދު މިނިވަންކުރުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއްތޯ ސުވާލު އުފެދޭ(.) ރައްޔިތުންނަށް ރިޔާޒްމެން ކަންކަން އޮޅުވާލަން ނޫޅުއްވާ(.) މެރީޑިއަމް މައްސަލައަކީވެސް ދައްކަން މާ ރީތި ވާހަކައެއް ނޫން އެހެން ނޫންތޯ؟ ވަރަށް ސަލާމް މެންބަރު ރިޔާޒް(.)

 28. ދިވެހިން

  ނަޝީދަކީ 13 އަހަރުގެ ޖަލުޙިކުމެއް ތަންފީޒް
  ކުރަންޖެހިފައިވާ ޓެރަރިޒަމްގެ ކުށްވެރިއކަށްވާއިރު އޭނާ ޙުކުމުން އަދި ތަމްފީޒްވެފައިވަނީ ވަރަށްކުޑަ މިންވަރެކެވެ
  އެހެނވީމާ އޭނާއށް މިނިވަންވެވޭނެ އުސޫލެއް
  ނެތެވެ

 29. ރައްޔިތުން

  މަޖިލީސްގެ މީހުން މިހާރު އެތިބީ ކަންކުރަންވާނެ ގޮތް ނޭގި ފައި. ބަލަ ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ލައިގެން އެ މައްސަލަ ގޮތެއް ހޯދައިދޭން ބޭނުން ނަމަ އެކަން އެ އޮތީވާގޮތަށް އެ ގޮތަށް ކުރިއަށް ގެންެދަން ފެނޭ

 30. މިއަދު

  މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަކީ ހަމަބުއްދި ފިލާ ތިބި ބަޔަކަށް ނުވުމަކީ އަޅުގަނޑު އެދޭ ކަމެއް ތިއަކީ އެމްޑީޕީންގެ ޕަޕެޓުން ތަކަކަށް ވެނުލައްވާ ޤާނޫނާއި ޤަވަޢިދާ ޚިލާފު ހުށައެޅުންތައް ހުށައަޅުއްވައިގެން އަދި މަދިލަހަށް ޤާނޫނީ ގޮތުން ލިބިފައި ނުވާ ބާރެއް އޮތްކަމަށް ބޭރުގެ ދުނިޔެއަށް ދައްކަން ތިކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން

 31. މިއަދު

  ތި ޤަރާރުގައި ޤާނޫނާއި ސޮއިކޮށް މަޖިލިހުގެ ކޮންމެ މެމްބަރަކީ 5000 މެމްބަރުން ކަމަށް ދެކުން އެދެން އަޅުގަނޑުމެންދާއިރާއިން ދާއިރަގެ މެމްބަރަށް މިގޮވަލަނީ މަނިކުފަނު ތިގަރާރުގައި ސޮއި ކުރެއްވިނަމަވެސް އެއަކީ އަޅުގަނޑުގެން ނިންމުމެއްނޫނޭ އަދި ތިއަކީ އަޅުގަނޑުމެން ރުހޭކަމެއްވެސް ނޫނެ މަނިކުފާނު ތިގޮޑިއަށް ހޮވީ އެމްޑީޕީ ގެ އެއްމެމީހަކުވެސް ވޯޓެއްދީގެނެއްނޫން ޕީޕީ އެމާއި ޖޭޕީގެ މަދުބައެއް ގުޅިގެން ކުރި ބުރަމަސައްކަތެއް އެހެންވެ ތިފަދަ ކަމެއްގައި ބައިވެރި ނުވުމަށް އަޅުގަނޑުމެންގެ މެމްބަރު ފައިސަލް ނަސީމަށް ގޮވާލަން

 32. އަލިބިޔާއްކަލޯ

  ނުވާނެ ވިޔަދީގެންވެސްނުވާނެ
  ކެނެރީގެ ބޮޑު އިބުލީސް

 33. މާރިޔާ ބާރަށް

  ފުރަތަމަވެސް ތިއަޅަނީ ކަތިބިންގަލެށް މިތިބީކަރިންބަލަން ކުރިއަށްވަރިން މާއަވަހާ ﷲ އިރާދަކުރއވިއްޔާ ހަމަވެޓޭނެ.

 34. އަބްދުއްލާ

  ވިސްނާލުން މުހިންމީ ގަރާރު ން ސްޕްރިމް ކޯޓަށް ހުށަހަޅަންޖެހޭ ކަންކަމުގާ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގަ ބުނަނީ ކީކޭތޯ ؟ނަސީދުގެ ނަން 95 ގަ އާދޭތޯ .ގާނޫނުއަސާސިގެ 155 ގެ ޒ ން ބާރުލިބިގެން ހަދާފައިވާ މައާފް ދިނުމާ އަދަބަށް ލުއިދިނުމުގެ ގާނޫނާ ހިލާފަށް ގަރާރަކަށް ކޯޓުން އަމަލް ކުރެވިދާނެތޯ ؟އެއްވެސް މީހެއްގެ އިސްތިއުނާފު މަޖިލީހުން ހުށަހެޅުމަށް ގާނޫނު ތަންދޭތޯ ؟ގާނޫނުއަސާސީގެ 17،18،20 މިމާއްދާތަކުގަ ބުނާ ހަމަހަމަ ކަން ކޮބައިތޯ ؟ގާނޫނުއަސާސީގެ 133 ގެ ޅ އަށް ބަލާއިރު އެއްވެސް މުވައްސަސާ އަކަށް ވަކިކަމަކަށް ދަވްލަތަށް މަޖްބޫރު ކުރެވިދާނެތޯ ؟ ގާނޫނުއަސަސީގެ 142 އަށް ބަލައިރު 115 ގެޒ ގެ ބާރުން ހެދިފައިވާ ގާނޫނަކުން ކުރަން ޖެހޭކަމެއް އެހެން ބަޔަކަށް ބަސްކިއުމުގެ ހައްގު އެބައޮތްތޯ ؟ ގާނޫނުއަސސީގެ 64 އަށް ބަލާއިރު ގާނޫނާ ހިލާފަށް ބަޔަކު ކުރާކަމަކަށް އަމަލު ނުކުރުމެ ބާރު ހުރިހާފަރާތަކަށް ލިބިގެން ދޭތޯ ؟

 35. ހުސޭނު

  ގޮއްމުށު ބާރުން ކަންކުރެވިދާނެ. 2010ގަ ޔާމިންގޭ ދޮށައް އޭރުގެ ސަރުކާރުން މޑޕ އެކްޓިވިސްޓުން ފޮނުވައިގެން ގާއުކާ ހުރިހާކަމެއްކޮއްފަ ޔާމިން އާރަށައްގެންގޮސް ބަންދުކޮއްފަ ބެހެއްޓީ ހިމާޔަތް ދިނުމައްކަމައް ބުނީމަ ކޯޓުން އެކަން 7އަހަރުފަހުން ބަލައިގަތީމަ އޭރުގެ ރައީސްވެސް އަދި ޑިފެންސް މިނިސްޓަރުވެސް އަދި ދެންތިބި އެންމެން ކޯޓުން ސަލާމަތްވާ ގައުމެއްގަ ރައްޔިތުން މަޖްލީހުން ނިންމާނިންމުން ވެސް ސްޕްރީމް ކޯޓައްޖެހޭނީ ގަބޫލުކުރަން. މީވާ ގައުމެއް.

 36. Anonymous

  މަޖްލީހުން ފާސްކުރާ ޤަރާރަކުން މީނާ ވެރިކަމަށް ވެސް އައިސްދާނެ. އިބޫ ނިކަން ވިސްނައިގެން ހުންނަށްޗޭ!

 37. ޢަބްދުﷲ

  ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލުޙުކުމަށް މަޖިލީހުން އެއްވެސް ބަދަލެއް ގެނެވޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނުއޮންނާނެއެވެ. އެހެންނަމަވެސް، އެމަނިކުފާނު މިނިވަންކޮށް ދޫކޮށްލުމަކީ، މިރާއްޖޭގެ ޤައުމީ މަޞްލަޙަތަށް ލުޔެއް ހޯދުމުގައި ކުރެވޭ ކަމެކެވެ.

 38. ާަެރަމއު

  އެއްވެސް ރައްޔިތަކަށް ޝަރުޢީ ކޯޓަކުން ހުކުމެއް ކޮހފިއްޔާ ގޮތެއްނިންމަން ފުރަތަމަ ރައްޔިތުންގެ ބަގީޗާ އަށް ހުސހަހަޅުއްވާ ބަހުސް ކުރަން ފާސް ވެއްޖެނަމަ ބަހުސްކޮށް އަވަހަށް ވޯޓަށް އަހާ ހުކުމް އިއްވާނީ އެނދުތަންދޮށުން ކުނާ ނުވީދޭ ހިސާބުން ހުކުމް ކުރާނީ ޑޮލަރު ދިންބަޔަކަށް

 39. ޖޮއްބެ

  އިސްފިރޭނު ކޯޓަށް ގާނޫނޭކިޔާ ކްލޭގަނޑުން ލިބިދީފައިވާ ބާރެއްގެ ދަށުން ކެނެރީގޭ ނަޝީދު މިނިވަން ކުރެވޭނެނަމަ ދެން ތިޔަކަމަށް ލަހެއް ފަހެއް ނޯންނާނެ.....!!!!

 40. މަޒް

  އެއޮތީ މިނިވަން ކޮއްފަ.. އިނގިލި ކުރި ޖައްސާލިޔަސް އިނގިލި ބިންދާލާނަން.. އާރާ ބަރުގަ އުޅުން ކޮރަޕްޓް ފުލުހުން ކޮބާ؟