ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި އޭނާގެ ވީޑިއޯއެއް އާންމު ކުރުމަށް ފަހު ފުލުހުން ވިދާޅުވީ މިމީހާ ހޯދަމުންދަނީ 2018 ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ގެއެއްގެ ތިރީގައި ބަހައްޓާފައިހުރި ފިލާތަކެއް ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    މިހާރު ވައްކަން ނުކުރާނެ، ރާއްޖޭގަނޫޅޭކުއް ކުރާ މީހުން

  2. ނަންނަަ

    ވައްކަން ކުރިޔަސް ހައްޔަރު ކުރުމުގެ ބޭނުމެއް ނެތް. އެއްވެސް މުޖުރިމެއް ނޫޅޭނެ އެންމެންވެސް މިނިވަން ކަމާއެކު އުޅެންވީ