އިއްޔެ މާލޭގައި ހިންގި މާރާމާރީއެއްގައި މެއަށް ވަޅި ހަރާ ޒަހަމް ކޮށްލި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު ހިންގި މާރާމާރީ އާއި ގުޅިގެން ފަރުވާ ދެމުން ގެންދަނީ 28 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސްކަން އޭޑީކޭ ހޮސްޕިޓަލުން ކަށަވަރު ކޮށްދެއްވި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ސައިކަލެއްގައި އައި ދެމީހަކު އޭނާ އަށް ވަޅިން ހަމަލާ ދީފައި ވަނީ އޭނާ ރިންގް ރޯޑުން ސައިކަލް ދުއްވާފައި އައިސް ޕީޕީއެމް އޮފީހާއި ހަމަވި ހިސާބުންނެވެ. ވަޅި ޖެހުމަށް ފަހު ހަމަލާ ދިން ދެމީހުން ވަނީ އެސަރަހައްދު ދޫކޮށް ފިލާފައެވެ.

އިއްޔެގެ މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން އަދި ވިދާޅެއް ނުވެއެވެ.

އިއްޔެ މާރާމާރީއެއް ހިންގާފައި މިވަނީ ފާއިތުވި ދެތިން މަސް ދުވަހު މާލޭގައި މާރާމާރީ ވަނީ އިތުރުވުމަށް ފަހު ބޮޑު މާރާމާރީއެއް ނުހިނގާ އޮންނަތާ ދެތިން ހަފްތާ ފަހުންނެވެ. ފަހަކަށް އައިސް މާރާމާރީތައް އިތުރުވުމުން ފުލުހުން ވަނީ މާލޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ޝައްކު ކުރެވޭ މީހުން ފާސްކުރުމުގެ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޒޯޒޯ

  ޖަޒީރާ ރާއްޖޭގަ މާރާމާރީ އެއް ނުހިނގާނެ.

 2. ނަސީދު

  ޥަރައްދެރަ އަވަސް ސިފާއަކައް އެދެން

  • ސަޓޯ ތުރާކުނު

   ކީއްކުރަން އަވަސް ޝިފާއަކައް އެދެނީ... އެކަލޭގެ ރަގަޅުވެގެން ވެސް ދުވާނީ ހަމަ މީސްމީހުން އަތުން ފޭރި މާރާމާރީ ހިންގާ ވަޅިހަރަން ވިއްޔަ.....