އެމްޑީޕީގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާރަށުގައި ބަންދުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ޖުލައި، 2010 ގައި ރައީސް ޔާމީން ސިފައިންގެ ބެލުމުގެ ދަށުން ކ.އާރަށުގައި ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި އަމީނަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވިދާޅުވީ ހެކިންގެ ހެކިބަހުން އަމީން ފައިސަލްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އަމީން ފައިސަލްގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އަމީންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ.
ގާޒީ އިބްރާހިމް ވިދާޅުވީ ގާނޫނުއަސާސީ އޮތްގޮތުން މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތް ދިނުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށެވެ. އެ މައްސަލާގައި ރައީސް ޔާމީން އާރަށުގައި ބެހެއްޓީ އޭރު މާލެ ތެރޭގެ ހާލަތު އޮތްގޮތުން ހިމާޔަތް ދިނުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އަމީން ފައިސަލްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވި ނަމަ، އަމީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.
ރައީސް ޔާމީން ބަންދުކުރި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެކަމަކު މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އަނބުރާ ޕީޖީ އަށް ފޮނުވާލައިފަ އެވެ.
ސާބަހޭ ކޯޓް ތަކުގަ ތިތިބަޣާޒީން ނަށް.މީ އަދިރިވެފަ ތިބިބައެް.
ރައްޔިތުން ވިސްނައި ފިކުރުކުރައްވާށެވެ! އަމީންގެ ދުލުން ބުނެފަ އެބައޮތް ނަޝީދުގެ އަމުރަށް އެކަންކުރިކަމަށްވެސް! މިއަދު އެ މިނިވަންވީ! ޤާނޫނު ރަގަޅަށް ހިނގާނަމަ ދަމާމީހެކޭ ލިޔާމީހެކޭ ކުށުން ބަރީއަވެވޭކަށްނޯންނާނެ! އަދަބު ތަފާތުވިޔަސް އަދަބުލިބެންޖެހޭނެ! ފަހަރުގައ މީކަމަށްވެދާނެ "އެބޭފުޅުން އެ ވިދާޅުވި "އިންޞާފްގެ މަގަކީ".
ކުރިމިނަލްކޯޓުގެ ގާޒީން ކުރިމަތީގަ މީހަކު މަރާލިއަސް ސާބިތެއް.ނުވާނެ
ކޮބާތަ ގާޒީ ބާރީ. އޭނާ ގެނެސްބަލަ . އެންމެ މައްސަލައެއްވެސް ނުނިމޭނެ ސާބިތު ނުވާކަމައް. އެއީ ނަސީދު ޖަލަލައްލި މިގައުމުގެ ހީރޯއެއް
2010ގަ ޔާމިން ހައްޔަރު ކުރެވުނު، އޭރު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގަ ހުރީ ނަސީދު. ޑިފެންސް މިނިސްޓަރަކައް ހުރީ އަމީން ފައިސަލް އެވަރު ދުނިޔެ ހެކިވެ. ދެން ނަސީދު ނަސީދުގެ ކޯޓުން ބޭރުކޮއްލާފަ އަމީން ފައިސަލް މައްޗައް ކުއްސާބިތު ނުވީމަ މާނައަކީ ޔާމިން ހައްޔަރެއް ނުކުރޭބާއޭ، އެއި ބަޔަކު ކުރިކަމެއް ނޫންތޯ އޭ؟ މޑޕ އެކްޓިވިސްޓުން ޔާމިންގޭ ދޮށައްގޮސް ފޮނުވައިގެން ގާއުކުވާފަ މަސްރަހު ގޯސްކޮއްފަ ދެންމީހަކު ހިފާހައްޔަރު ކުރީ ހިމާޔަތްދިނުމުގަ ކަމައް ކޯޓުން ގަބޫލްކުރަންޔާ ދެން ހަމަތިކަން ކުރަންވީ. އެހެންވެއްޖެޔާ ރ.ޔާމިން މައްޗައް ކުރާ ހުރިހާ ތުހުމަތުން ރ.ޔާމިން ބަރީއަވާނެ.
ދަރިފުޅާ ގާަޒީ ވިދާޅުވެފަ އެއޮތީއެްނު ހިމާތްދީ ސިކިއުރިޓީ ދިނީކަމަށް
ގާޒީންނައް އެގޭތަ ކިޔޭއެއްޗެއް
ހައިރާނެއް ނުޥޭ. މީއަދި ފެށުން. ޖަޒީރާ ރާއްޖޭގެ އިންސާފު. ހަނާވާނީ ނިކަމެތި ރައްޔިތުން.
މިހާރަކު ދެނެއް ސާބިތެއް ނުވާނެ. އާދައިގެ ނިކަމެތިންގެ މައްޗަށް ސާބިތުވާނެ. ޤިޔާމަތް ދުވަސް އޮތީ ވަރަށް ކައިރީގަ. ސާބިތު ނުވާކަން ވާކަން އެނގޭނެ ދުވަސް އެބައޮތް.
މިހާރު ނުވޭ ދޯ ސަދޫމުގެ ކޯޓްތަކަކަށް މިހާރުގެ ކޯޓްތަކަކީ ސުވަރުގޭގެ ކޯޓްތަށް ނުހުރޭ ދެން ކިހިނެތް މިސާލުވެސް ޖަހާނީވެސް
ސުބުޙާނަﷲ! ދިވެހިޤަވްެމެއް ނެތް! މިހުރީ ރޯމާދުވާލު އެންމެންގެ ލޯމަތިން ހިންގާފައިހުރި ބޮޑަތި ޖަރީމާތައް ވިއްޔާއެވެ. ކޯޓުގެ އަމުރެއްނެތި މީހަކު ހިފާހައްޔަރުކޮށް ނިޒާމުން ގެއްލުވާލުމަކީ ޚާލިޞް ޓެރަރިޒަމް އެވެ. މިނޫން ދުވަހެއް އެބަ އޮތްކަން ޤާޟީންނަށް ހަމަ ނޭގެނީހެއްޔެވެ؟
އައްސަރިބަހުންސާބަސް ކޯޓުތަކަށް.
ޢަދުލު އިންސާފު ތިޔަހަރީ ހަމަ “ހަކުރު ދެންޏާ ބޮޑުބޭބެ”އުޞޫލުން. އެމްޑީޕީ އަދިވެސް ބުނާނަންދޯ ކޯޓު ތަކަށް އަތެއް ނުބާނަމޭ؟
ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ޑިފެންސް މިނިސްޓަރުކަން ދޭން ހެޔޮވާވަރު މީހެއްނޫން ތީކީ. ކޯޓްތައް މީހާރު ހާދަ އިންސާފޭދޯ!!!!!
މި ލިބެނީ އިންސާފުބާ؟ ރޔ އޭރު ވިދާޅުވި ތިމަން މަނިކުފާނު މިތާ ރިސޯޓަކަށްވެސް އަމިއްލަ ފުޅަށް ހިގައިދާނަމެޭ. އެހެން ވިދާޅުވެފަ އޮއްވާ ވެސް ހަމަ ބަދެފަ އާރަށުގައި ލޯޔަރުންނަށް އެކްސަސް ނުދީ ބެހެއްޓީ. މީ ހަގީގަތް. މީ ރަހީނުކުރުން
މޮޅު ގޮތެއް: ކޮންމެ ރިޔާސީދައުރެއްގަ ހުށަހެޅޭ ސިޔާސީ ދައުވާ ތައް ބަލާފަ ނިންމާނީ އަނެއް ރިޔާސީދައުރެއް ފެށެންވީމަ
ޢެހެންވެޔޭ ބުނަނީ 70000 ހާކިމުންގެ ތެރެއިން 1 އޭ އަދުލުވެރި ކަމާއެކު ހުކުމްކޮއް ސުވަރުގެ ދާނީ . ޢަނެއް 69999 ހާކިމުންނަކީ ނަރަކައިން ޖާގަހޯދި މީހުންނޭ
އަމިއްލައަށް އިޢްތިރާފްވެލައްވާފައިވާތީ ކުށެއްނެތްބޭފުޅަކު ބަންދުކުރި މައްސަލާގައި އަމީންގެމަށްޗަށްކުށް ސާބިތުނުވާންވީ ކީއްވެތޯ؟ މިއީ ސުވާލުއުފެދޭކަމެއް މިއީ އިންސާފްގެ
މަގުތޯ ކޯޓްތަކުގަތިއްބަވާ ޣާޒީން އަދިރިއެކޭ ނުދަންނަވަން ނަމަވެސްކޯޓްތަކުގަ ތިއްބަވާ
އާޒީން އަދިރިވެފަތިއްބަވާ ބޭފުޅުންކަމަށާ ކުރިމަތީގައި މީހަކުމަރާލިއަސް ސާބިތުނުވާނެ
ކަމަށް ދެކިލައްވާފަރާތްތަކުންވިދާޅުވެލައްވަނީ މިހެންވެ ކޯޓްތަކުގަތިއްބަވާއާޒީން ރަގަޅަސް
ވިސްނަވާ އިންސާފުންކަންތައްކުރައްވާ
މި ފެށޭ ދައުރު ނިމެން ކާރިވީމަ ރިވިއު ކުރާނީ
މިހާރު ދެން ދިމާއަށް ފެންނަން ހުންނަ ކަންކަންވެސް ސާބިތެއް ނުވާނެ. އެންމެ ކޮރަޕްޝަން ބޮޑީ ކޯޓު ތަކުގައި. ދެން މިވާހަކަ ދައްކާ މީހާ އަށް ކޯޓުން އަދަބުދޭނެ. ބޭނުމަކީ ކޯޓުތަކަކީ ކޮރަޕްޝަންނެތް މުސްތަޤިއްލު މިނިވަން ތަނެއްކަމުގައި ދެއްކުން. އެހެން ނަމަވެސް ކަން ހިނގަނީ މުޅިން އިނދިކޮޅަށް.
ކުރިން ކޯޓުތަކުން ނުފޫޒުން އެއްކިބާވެ މިނިވަން ކަމާއިއެކު އިންސާފުވެރިކަމާއި ހިންގާފައިވާ އަދި ޙުކުމްކޮށްފައިވާ މައްސަލަތައް މިއަދު ހަމަ އެމައްސަލަ އަލުން ކޯޓުން ބާޠިލުކޮށް ނުކުރާ ކަމަކަށް ހެދުމުން ކޯޓުތަކުގެ މިނިވަންކަމާއި އިންސާފުވެރިކަން ސާބިތުވޭ.
3 ޤާޟީންގެ ތެރެއިން 2 ޤާޟީން ވަނީ ނަރަކައިގާ ކަމަށް ވާއިރު، ރާއްޖޭގެ 3 ޤާޟީންގެ ތެރެއިން އެންމެ ޤާޟީއެއްވެސް ސަލާމަތްވާނެބާ، މިފަދަ އަމިއްލައެދުމާއި އަނިޔާވެރިކަމަށް ޙުކުމްކުރާއިރު.
ތިހުރިހާ އެއްޗެއް ވަކީލުންނާ ޤާޒީންނާ ވެރިންނާ ވެރިކަމަށް އަންނަންތިބި ބަޔަކާ ނުކޮޔާ ރާއްޖެ މިވީހާ ތާކަށް ކޮއްފަ އޮތް ހުކުމަކާ ދައުވާއެއް އެންމެހާ ދިވެހީންގެ ބޮލުންނަގަނީއޭ މާފުދީފައޭ ބުނެފަ ނިންމާލަންވީނު. ވަކިވަކިން ޓައިމްއާ މަނީ ސްޕެންޑް ނުކޮށް. އެއްމައްސަލައެއްގަ އެކިއެކިވަކީލުންނާ ހާކިމުންގެ ޚީޔާލުތަފާތުވިޔަސް ބޮޑުވަރުމީ.
ކޯޓްތައް ފުށް ބަދަލުވެއްޖެ.
މީ އަނެންކާ ސަދޫމުތަ،ހާދަ ދެރައޭ.
އެމް،ޑީ.ޕީ ގެނައި ކަމަށް ބުނާ ފައިސާ ތަކުން ނަތީޖާ ނެރެވިއްޖެކަމަށް ޤަބޫލުކުރަން، އިލެއްކްޝަން ކޮމިޝަން، ގަނެ، އެންޓިކޮރޮޕްޝަން ގަނެ، މަޖިލިސްގަނެ، ރައްޔިތުންގެ ތެރެއިން ބައެއް ގަނެ، މިހާރު ކޯރޓްތަށް ވެސް ގަނެފިކަމަށް ގަބޫލުކުރެވޭ، ދެން އެފައިސާ އަދާކުރުމަށް ވިއްކާނީ ގައުމު. އަދި ދީން، މިހާރުވެސް އިވޭ އަޑުތަކަށް ބަލާ އިރު އެކަން ވުން ވަރަށް ބޮޑަށް ގާތް.
މިހާރު ސާބިތެއް ނުވާނެ ކޯޅޭޝަންގެ ގުންޑާއެއްގެ މައްޗަށް ކުރެވޭ އެއްވެސް ދަޢްވާއެއް. ޤާޟީން މިހާރު އެތިއްބެވީ ފުރިހަމައަށް ރީފްރެޝް ކުރެވިފަ. ނަންވާނީ ބަނީއިސްރާއީލް ބާގާގެ ފަނޑިޔާރުން.
ރައީސް ޔާމީނު އަމިއްލައަށް ކީއްވެގެން އާރަށުގައި ހައްޔަރުވެ ހުރީ ޔާމީނުވެސް ދޯ!! އަބުދުﷲ ގާޒީ ގިރިފުއްޓަށްވެސް ދިޔައީ އަމިއްލައަށް ވާސަރީވާ
ss
އަލްކޯޓުވަލްފުޓުބޯޅަ ހަ ހަހް
ރައިށް ޔާމީން ނުވަތަ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންދު ކުރިތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
މައުމޫނަށާއި ފާރިޝް އަށް ވެސް ހަމަ ހިމާޔަތް ދިނީ.
މިހާރު އހުރީ އަދީބަށް ވެސް ޙިމާޔަތް ދީފަ.
މީހުން މަރާ މީހުނަށްވެސް އެމީހުން ނަށް އާއްމުންގެ ފަރާތުން ގެއްލުމެއް ވެދާނެތީ ހިމާޔަތް ދެނީ
ހުކުމް ކުރިއިރު އިންނެވީ ހަމައިތޯ! ހިމާޔަތްދެވެނީ އާރަށަށްގެންގޮސްގެންތޯ! އެހެންގޮތަކަށް ހިމާޔަތް ދެވެންނެތުނީތޯ! އަބިދަރިންނާ ވަކިން އެހެންރަށެއްގައި މީހާގެ މިނިވަންކަން ގެޢްލޭގޮތައް ބެހެއްޓުމަކީ ހިމާޔަތް ދިނުންތޯ!