ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ހިލާފަށް ރިޔާސީ ދައުރު ފަށަން ބޭނުން ނުވާ ކަމަށް އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އަލަށް ރައީސްކަމަށް އިންތިހާބުވި ރައީސް ހުވާކުރައްވާނެ ޖަލްސާ ބާއްވާނެ ދުވަހާއި ބެހޭ ގޮތުން މަޖިލީހަށް ހުށައެޅިފައިވާ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ހުވާކުރައްވާނެ ތާރީހާއި ބެހޭ ގޮތުން އެންމެންނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ގޮތެއް ނިންމުން ކަމަށާއި އެމަނިކުފާނު ޤާނޫނާއި ހިލާފަށް ދައުރު ފަށަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މީގައި ވީހާވެސް ރަނގަޅަށް ވާހަކަ ދެކެވި އެންމެން އެއްބަސްވާ ގޮތަކަށް މިމައްސަލަ ނިންމެވުން. އަޅުގަނޑު ހަމަޔަޤީނުން ވެސް ދަންނަވާކަށް ނެތިން ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރައްވަން ބޭނުން ވާހަކަ" އިބޫ ވިދާޅުވިއެވެ.

އަދި ހުވާކުރައްވާނެ ދުވަހާއި ބެހޭ ގޮތުން ހިޔާލުތަފާތުވުންތަށް އެބަހުރިކަމަށާއި އޮޅުން ފިލުވަންޖެހޭ ކަންތަށްތަކެއްވެސް އެބަހުރިކަމުގައި އިބޫ ފާހަގަކުރެއްވިއެވެ.

"2013 ވަނަ އިންތިހާބުވި ރައީސް ޔާމީން ހުވާކުރެއްވި ދުވަސްކަމަށް އަޅުގަނޑުމެންނަށް އެނގެން މިއޮންނަނީ 17 ނޮވެންބަރުގައި. މިކަމުގައި ސާފުކުރަން ޖެހޭ ވަރަށް ގިނަ ކަންތަށްތަކެއް އެބަހުރި. މިސާލަކަށް އޭރު ރައީސްކަމުގައި ހުންނެވި ޑރ ވަހީދު ނޮވެންބަރު 11 ގެ ފަހުން ހުންނެވީ ކޮންދައުރެއްގެ ކިހާ ހިސާބެއްގައިތޯ އޮޅުން ފިލުވަން އެބަޖެހޭ" އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން މި ފެށޭ ދައުރުގެ ހުވާ އެމަނިކުފާނު ކުރެއްވީ ޤާނޫނު އަސާސީއާއި ހިލާފަށޭ ބުނާނެ ޖާގަ ދޭން ބޭނުންފުޅު ނުވާކަމަށް އިބޫ ވިދާޅުވިއެވެ.

ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް އިބޫ ވިދާޅުވީ އެމަނިކުފާނު އެންމެ ބޮޑަށް ހިތާމަކުރައްވާނެ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ދޫކޮށް ވެރިކަމާއި ހަވާލުވުމަށް ދާން ޖެހޭ ދުވަސްކަމަށެވެ.

"އަޅުގަނޑު ގިނަ އަހަރުތަކެއްގައި މި މަޖިލީހުގައި އުޅެފީމު އެނގިވަޑައިގަންނަވާނެ. ދެތިން ހަފްތާއެއްގެ ތެރޭގައި އަޅުގަނޑު މި ގޮނޑި ދޫކޮށްދާން ޖެހޭ. އެދުވަސްވެގެން ދާނީ އަޅުގަނޑު އެންމެ ހިތާމަ ކުރާނެ ދުވަހަށް" އިބޫ ވިދާޅުވެފައިވެއެވެ.

އިބޫ ރައީސް ކަމުގެ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން މިއަދު 13:30 މަޖިލީހުގައި ވޯޓަށް އަހާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މަހަށްދޭބަލަ

    ތަމެން ހުވާ ކުރިއަސް އަދި ނުކުރިއަސް އެއިން ރައްޔިތުންނަށް ކުރާނެ ފައިދާ އެއް ނޯންނާނެއޭ އެންޓި ޑިފެކްޝަން ގާނޫނު ތަމެން އުވާލައިފިނަމަ ދެން މަޖްލީހުގެ މެމްބަރުންނަށް އެމްޑީޕީން ކަޓްދީފައި ދެން ރައްޔިތުންނަށް ދޭނެ އެއްޗެއް ނޯންނާނެ ނޫންތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  2. ދޭދޭދޭދޭ

    އެއްވެސް ވަރަކަށް ސުވާލު އުފެދޭ ތާރީހެއްގައި ހުވާކުރަން ބޭނުމެއް ނޫން ކަމަށް ތަމެން ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ތަމެން ނޮވެމްބަރު 11 ގައި ހުވާ ކުރަން އިންޑިއާ އާލާތުންނަށް ދައުވަތު ކާރޑާއި އެއްޗެހި ފޮނުވާ އަދި ވެލާނާ އެއާރޕޯރޓް އިންޑިއާ އާލާތުން ނަށް ވިއްކާލަން އުޅެނީ އެއީ އެއްވެސް ވަރަކަށް ސުވާލު އުފެދޭ ކަމެއް ނޫންތޭ ޔޫ ނޯ އައި ރިއަލީ ހޭޓް ޓު ހިއަރ ދީސް ޓައިޕް އޮފް ޓްރޫ ލަޔާރސް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް...

  3. ފަޅުވެރިން

    ޚަބަރުދާރު! ރައީސް ޔާމީންގެ ރިއާސީ ދައުރުން 06 ދުވަސް އިބޫ ވަގަށް ނަގައިފިނަމަ، އޭނަގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލޭނެ ދުވަހެއް އަންނާނެކަން އޭނަ ދަންނަންވާނެ!!

  4. ލުޠުފީ

    ޤާނޫނާޚިލާފަށް ހޮވާފަވެސް ތިހުރީ! ވޯޓަށް މަކަރުހަދާ ، ރިޝްވަތުދީ ، ދޮގުހަދާ ، ފިތުނައުފައްދާ ، ފަސާދަކޮށް މިހުރިހާ ގަނޑެއް ގަނެފަވަނީ! ތަންކޮޅެއް ރީތިވާނެ މިގޮތަށް ލިބިފަހުރި ވެރިކަމެއް ތިމަންނަ ބޭނުމެއްނޫނޭ ބުނީމާ! ރަގަޅުގޮތުގައި ދެމިހުންނާނީ ރަގަޅަށް އައި ކަމެއް! ނުބައިކޮށްއައިކަމެއްގައި އޮންނާނީ ދެކޮޅުނުޖެހުމާ އަރަރުން. މިކަން ފެންނާނެ އަދި!

  5. ިއިސްމާލު

    ހުވާކުރިއަސް ތިޔައީ ރަމްޒީމީހެއް ދޯ!

  6. ދަވޭ

    ރާއްޖޭގެ ރިޔާސީ ދައުރެއް ފެށޭނީ މިހާރު ހުރި ރައީސްގެ 5 އަހަރުގެ ދައުުރު ނިމުމުންނޭ އެ ނިމޭ ދުވަހަކީ އެއީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހޭ 5 ދުވަސް މަދުކޮށް ތަމެންނަށް ހުވާ ނުކުރެވޭނެއޭ ރައްޔިތުންގެ %85 ވޯޓް އިން ހޮވާ ރާއްޖޭގެ ވެރިކަން ހަވާލު ކޮށްފައިވާ ރައީސް އެއްގެ އަތުން ތަމެން ރާއްޖޭގެ ވެރިކަމަށް ހޮވުނުތާ 1 މަހަށް ވުރެން ގިނަދުވަސް ވަނީ ވެފައޭ ތަމެން ކަމަކީ ބޮނޑިބަތް ގަނޑު ގަނޑު ކެއުމޭ އަދި މަޖާ ކުރުމޭ ކޮބާތޭ ތަމެންގެ ޕްރައިމަރި ޒިންމާ....

  7. ހަނަފަސް

    ހުވާކުރުމަށްފަހު ނޯށުން ރޯންޖެހޭނެކަން ދަންނަންވާނެ. ސަބަބަކީ އަމިއްލަ ޒަމީރުވެސް ގަބޫލު ކުރާ އެހެނަސް އާންމުންނަށް ދައްކަން ބޭނުންނުވާ ތިމާގެ ގާބިލްކަމެވެ.ދެވަނަ ކަމަކީ އިސްލާމްދީނުގެ އަދުއްވުންގެ ބަސް އެދީނުގެ އަސާސްތަކާ ހިލާފަށް މިފަސްގަޑުގައި ވިއްކަން ވެފައިވާ އެއްބަސްވުން. ތިންވަނަ ކަމަކީ ކޯލިޝަންގައި ހިމެނޭ ބޮޑުންގެ އަމިއްލަ އެދުމާއި އެއްކަމެއްގައި އެމީހުންނަށް އަދަބު ނުދެވޭ އެހެންސް އާންމުންނަށް އަދަބު ދެވޭ މެޖިކް ގާނޫން.

  8. އެވްރީ

    ތަމެން ތިޔާ ގޮތަށް ދައްކާ ވާހަކަ ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގުތަކޭ ތަމެން ތިޔާ ގޮތަށް ބުނީމެއް ނޫންތޭ މާލެ ސަރަހައްދުން ހުޅުމާލޭން ގޯތި ވެސް ދޭނަމޭ ދިން ތޭ އެކަމަށް ހުރަސް ދޯ އެމްޑީޕީން އެޅީ އެވްރީ ވެލިއު ޔޫ ބްރޭކް އައި ވިލްބީ ވޮޗިންގް ޔޫ...

  9. ވެންއިޓް

    ތަމެން ނޮވެމްބަރު 11 ގައި ހުވާ ކުރުން އެއީ މަމެންގެ މައްސަަލަ އެއް މިހާރު އޮތް ކަމެއް ނޫނޭ ރީޒަން އަކީ މިހާރު މަމެންގެ ރައީސް އަކީ އެއީ ފަންކްޝަން ނުކުރާ ރައީސް އެކޭ ޚިދްމަތް ތަކުން އެއްކިބާވެ ހުރުމުން އެއީ ގައުމުގެ އުމުރުން ދުވަހެއް ގެއްލިގެން ދިއުމޭ އެގޮތުން 45 ދުވަހަށް ވުރެން ގިނަ ދުވަސް ގައުމުގެ މެއިން އޯގަންސް ތައް މަސައްކަތް ނުކުުރުން އެއީ ގަބޫލުކުރެވޭ ވަރަށް ވުރެން ބޮޑު ކޮމްޕްރޮމައިސް އެކޭ އެކަން އެހެން ނުވާނެއޭ ވެން އިޓް ކަމްސް ޓު...

  10. ޖަމީ

    ލާއިލާހަ އިލައﷲ މުޙައްމަދުއްރަސޫލުﷲ ޞަލައްﷲ އަލައި ވަސައްލަމް . ތީ ހިތާމަ ކުރަންވީކަމެއްތޯއެވެ. އެހެންޏާ ވެރިކަމަށް އައުމަށް އެމްޑީޕީ ކޮންގްރެސް އިން ނިންމެވިދުވަހު ތިކަން ހަނދާންވާނެ ތާއެވެ. ތިވެރިކަމާ ހެދީ މިއޮއްހުރިހާ ދުވަހު ރައީސް ޔާމީންގެ އަބުރު ފުޅު ކަތިލައްވަމުން ޙަޤިޤަތާއި ޚިލާފު ދޮގުވާހަދައްކަވަމުން އެއްރަށުން ފައިބައިގެން އަނެއްރަށަށް ފިތުނަ ފަސާދަ ކުރަމުން ހެއްދެވި ނެހެއްދެވި ދޮގުވާހަކަފަތުރަމުން އިންސާފުޤާމުކުރާށޭ ތިމަންނަ ވެރިކަމަށް އަރަން ބޭނުންފުޅުވަނީ ބުނެފަ އެވޯޓަކާއި ދޭތެރޭ ރައްޔިތުންގެ ހިތުގެ ތެރޭގައި އެތަކެއް ޝައްކާއި ވަހުމު އޮތް ވޯޓަކުން ވެރިކަމެއް ކުރަން ލިބުނީމަ ތިޔައި ހަމަ އުފަލުން ފޮޅިގެން ދެކެވުނު ވާކައެއްނޫންބާވައޭ ހިތަށް އަރާ.ހަމަބުނެވޭނީ އިބްރާހީމް މުޙައްމަދު ޞާލިހަށް ސާބަހޭ.

  11. Anonymous

    މަށައް ހެޔޮ ދުވަހަކު ހުވާނުކުރިއަސް. ރައްޔިތުންނައް އެއްކަމެްްވެސްނުކޮއްދޭނެ

  12. ކުމާރު

    ކޮބާ ރައީސްކަމައް ހޮވުނުފަހުން ބާއްވާ.ފުރަތަމަ ޖަލްސާގަ ސެލްފީ.ނެގުމެއް ނެތްތަ. ތި ވަރައް ކަޑަވީ މަޖުލިސް ނިންމާގެން ނުވާނެ ސެލްފީ ނުނަގަ

  13. ޤައުމުގެ އޑު

    ޤާނޫނު އަސާސީގައި ވަކިގޮތަކަށް ބުނެފައިވާ ކަމެއް މަޖިލީގައި ނަގާވޯޓަކުން ބަދަލު ކުރެވިދާނެތޯ؟ ޤާނޫނު އަސާސީއަށް ބަދަލު ނުގެނެސް؟ ވަހީދުގެ ވެރިކަން ދެމިގެން ދިޔައީ އޭރުގެ ހާލަތައް ބަލައި ކޯޓްގެ އަމުރާއެކު، އެއީ އަލަށް އިންތިހާބުވާ ވެރިއެއްގެ ދައުރުން ބައިކުޅަބައި ކެނޑިގެން ދާގޮތަކަށްނޫން. އެންމެ ރަނގަޅުގޮތަކީ 17 ގައި ހުވާކުރުންކަމުގައި ދެކެން. ރައީސް ޔާމީން ވެރިކަމާއި ހަވާލުވީ ހިގަމުންދާ ދައުރެއްގެ ވަކިހިސާބަކުން ނުވާތީ. އެއީ އަލަށް އިންތިހާބުވީ އާރައީސްއެއް. މިއީ ވަރަށް ސާފުކަމެއް.

  14. މުޖޫ

    އިބޫ ތިވާހަކަ ދައްކާއިރު 15 މަސްދުވަސް ވަންދެން ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ އަޑު އިއްވަން މަޖްލީހަށް ފޮނުއްވާފައިވާއިރު ރައްޔިތުންގެ މަތީން ހަނދާނެއް ނެތް. އުޅުއްވީ ވެރިކަން ނުލިބިގެން.ތީ ޤަވާޢިދާއި ޚިލފަށް ލިބިފައި ހުރި ވޯޓެއް. ސުޕްރީމް ކޯޓުން ނިންމި ނިމުމަކީ ބޭރުފުށުގެ ޢަމަލެއް. ޝަރީ ޢަތަކީ ބޭރުފުށުން ހިނގާއެއްޗެއް. ތިގޮތަށް ހުވާކޮށްގެން ވެރިކަމަށް އަޔަކަސް ލަހެއްފަހެއްނުވާނެ.
    އިބޫހަދަނީ ދޮގު.

  15. ވެންއިޓް

    ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރަކަށް އަންނަ މީހަކީ މުޅިން ވެސް ދަ ކިއްލި ތަޅާ ކިޔަވައިގެން ތިބި މީހުންނޭ އެހެންވެއޭ ރާއްޖޭގައި އިންވެސްޓްމެންޓްސް މަދުވެގެން އުޅެނީ ރާްއްޖޭގެ އިކޮނޮމިކް މިނިސްޓްރީ ހަވާލު ކުރަންވީ އިނޮވޭޓިވް ބައިވާރކް ހުންނަ ބިއުޓިފުލް މައިންޑަކާއި އަދި އެމީހަކީ އެއީ މާލެ ސަރަހައްދުން އައިސްފައި ހުރި މީހަކަށް ވާން ޖެހޭނެއޭ އެއިރުންނޭ ތިލަފުށި ފަޅު ހިއްލާ ގޯތި ދެވޭނީ ވެން އިޓް ކަމްސް ޓު ޔޫ ޑޯންޓް ބީ ބްލައިންޑް އޮން އިޓް ވޮންޓް ޔޫ ނޯ

  16. ރަށުމީހާ

    11 ނޮވެމްބަރ ގައި ހުވަކުރަން އިބޫއަށް ފުރުސަތުދެއްވާ މަޖިލިހުގެ ރައިސްކަމަށް ޤާސިމު އިބުރާހިމް ގެނައުމަށްވެސް ތާއިދު ކުރައްވާ ދެން 3 މަސްފަހުން ޕީޕީ އެމް އެމްޑީއޭ އަދި ޖޭޕީގެ ގެ ޕާލިމެންޓުރީ މެމްބަރުން ހިމެނޭގޮތުން އިބޫގެ އިތުބާރުނެތްކަމަށް ހުށައަޅާ އަލުން އިންތިޚަބަކަށް ދިއުމަށް ތައްޔާރުވޭ މިނޫންތޯ ގޮތަކީ މިގައުމުގައި އެމްޑީޕީން ރަޢިއްޔަތުންނަކަށް ވެރިކަމެއް ކޮށެއް ނުދޭނެ މިރާއްޖެ އަމަން ބަދަރަކަށް ގެންގޮސްދެވޭނީ ގަސިމާއި މައުމޫނު ގުޅިގެން ކުރާ މަސައްކަތަކުން މިއީ ވަރަށް ވާހަކަ

  17. އައްޑަނަ

    އެތިވަރެކޭ ލިޔަނީ ގާނޫނު އަސާސީޔާ ކިލާފަށް އަިއ ވެރިކަމެކޭ ޖޭ ވަނީ ދޯ މާރަގަޅު ބައެއްކަމަށް

  18. ކްރޯޑް

    ގިނަދުވަސްތަކެއްގަ ގޮނޑީގަ އިންނަވައި ގެން ކުރެއްވި ކަމެއް ފެންނަން ނެތަތީ މަމެން ހިތާމަކުރަން

  19. އަޒޭ

    ލާދީނީ ބައިގަޑަކަށް ކޮން ޤާނޫނު އަސާސީއެއްތަށް އޮންނާނީ

  20. ނުރަބޯ

    މަކަރާ ޙީލަތުން ވެރިކަމަށް އައި މީހަކު، ގާނޫނަށް ކޮންމެހެން ތަބާ ވާކަށް ނުޖެހޭނެ.....!!!

  21. ޙަސަން

    ތިގޮނޑި ހިފައިގެން ދަގާ

  22. ވެންއިޓް

    ތަމެންގެ ވެރިކަން އަދި ނުފެށޭ ކެބިނެޓް މިނިސްޓަރު ކަމަށް އަމިއްލަ އަށް ލޮބީ ކޮށްގެން ތަމެން އަންނަން ތިޔާ އުޅެނީ އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް އޮންނަ އިޚްތިޔާރެކޭ އޭނާ ބޭނުންވާ މީހަކު ކެބިނެޓް އަށް ލުން ހަގީގަތުގައި ނުވެސް ޖެހޭނެ ކެބިނެޓް އަށް ރައީސް އައްޔަން ކުރައްވާ މެމްބަރުން ނަށް މަޖްލީހުގެ ރުހުން ވެސް ހޯދަން އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެެއޭ ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ އެގްރީ ވިދް މީ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް..

  23. ސަލީމު

    ވަގުވޯޓު ކޮންހުވައެއް

  24. މުހައްމަދު އަހްމަދު

    އިބޫ ވަރަށް ރަނގަޅުވާނެ. އެއްވެސް ކަމެއް ރޫހާނީ ލީޑަރު އަންނި ބުނާގޮތަކަށް ނޫނީ ނުކުރާނެ.

  25. ސަލީމު

    މިފަސްއަހަރު ކަލޭމަޖިލިހުގައިދެގެން ކޮންކަމެއްރައްޔިތުންނަށް ކޮށްދިނީ މޑޕ ބައިގަނޑާއެއްބައިވެގެން ޖެއްސުންކުރީ ވަގުވޯޓް ކައިގެން ފެންބޯންތިއުޅެނީ

  26. އެމީހާ

    ތިވެރިކަން ކޮރޮޕްޓް އުފެދުމުަވެސް

  27. ހާމާނު

    ސެލްފީކުމާރަށް މިހެން ބުނަން އެނގުނީ މިއަދު މަޖިލީހުން އެ ގޮތަށް ނިންމީމަ.