އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.

އިންޑިއާގެ އިސް އޮފިޝަލަކު އިންޑިއާގެ "ދަ ވަޔާ" އަށް ދިން އިންޓަވިއުއެއް ގައި ވިދާޅޫވީ އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވުމާ މެދު އިންޑިއާ ސަރުކާރުން ގޮތެއް ނިންމާނީ އެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުންގެ ލިސްޓް ލިބުމުން ކަމަށެވެ. ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭރުގެ ލީޑަރުން ގިނަ ނަމަ މޯދީ ވަޑައެއް ނުގަންނަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެންމެންނަށް ދައުވަތު ދީފި ނަމަ ދެން ޕްރޮޓޮކޯލްއާ އެއްގޮތަށް އިންޑިއާގެ ބޮޑުވަޒީރު ވެސް ވެވަޑައިގަންނަވާނީ ގިނަ ބޭފުޅުންތަކެއްގެ ތެރެއިން އެއް ބޭފުޅަކަށް (މޯދީ ހާއްސައެއް ނުވާނެ)،" އޮފިޝަލް ވިދާޅުވި ކަމަށް ދަ ވަޔާގެ ރިޕޯޓުގައި ވެއެވެ.

އިދިކޮޅު ފަރާތްތަކާއި ބޭރު ގައުމުތަކުގެ ގުޅުން ބަދަހި ނަމަވެސް އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް މޯދީ އާއި ސްރީލަންކާގެ ބޮޑުވަޒީރު ކަމުގައި ހުކުރު ދުވަހާއި ހަމައަށް ހުންނެވި ރަނިލް ވިކްރަމަސިންހަގެ އިތުރުން ގައުމެއްގެ އެންމެ މަތީ ފެންވަރުގެ ވެރިޔަކަށް ދައުވަތު ދެއްވިކަން އެނގިފައެއް ނުވެއެވެ.

މިހާރު ލަންކާގެ ސިޔާސީ މަސްރަހު އޮތް ގޮތުން ރަނިލް ވެސް އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައެއް ނުގަންނަވާނެއެވެ.

މޯދީ ބޮޑުވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ވަޑައިނުގަންނަވާ ހަމައެކަނި ދެކުނު އޭޝިއާގެ ގައުމަކީ ދިވެހިރާއްޖެ އެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް މިހާރު ޑިޕްލޮމެޓުންނަށް ފޮރިން މިނިސްޓްރީ އިން ގެންދަވަނީ ދައުވަތު ފޮނުއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ޜާޖަޕަޖްސަ

  މޯދީ އައް ބުނަން. ޢިބޫ ހުވާކުރާ ރަސްމިއްޔާތައް ރާއްޖެ ދާނެކަމެއްތެތް ބަސްނާހާ ހިނގައްޖެނަމަ ދެންގެންދަން ޖެހޭނީ މަސްގަނޑު

 2. ހެސް

  މޯދީ ތޯ ހުވާ ކުރައްވަނީ؟؟؟//

 3. Anonymous

  ކީއްވެ؟ އަންނަން ޖެހޭނެ. ނައިސް ހުރެގެން ނުވާނެ. އެއަރޕޯޓް އެއޮތީ ހީނލަ ހީނލާ.

 4. މަރިޔަން

  ނޫނޭ ތި މީހާ ނެތި ހުވާ ނުކުރާތި.

 5. މަވާ ސަލާން

  އަހަރަމެންނަށް ޙާއްސަވާންޖެހޭނީ އިސްލާމީ ވެރިންނަށް. އަޅުވެތިކަމާއި ދަހިވެތި ކަމުގެ ސިންގާ އިންޑިޔާ އަށް ޙާއްސަ ކަމެއް އޮވެގެން ނުވާނެ. ދިވެހިރާއްޖޭގެ މުޅި ސިއްޚީ ނިޘާމުގެ މާލީ ފައިދާ ނަގައި، އެ ދާއިރާ ހައިޖެކް ކޮށްގެން އުޅޭ ހިޔަޅުން އެއީ. އެމީހުންގެ ކިބައިން ސިއްޚީ ދާއިރާ ހިމާޔަތްކުރަން ޖެހޭ.

 6. ދެންލަލަލާ

  އިބޫ އަކީ ބޮޑު ރަސްކަލެއް ވިއްޔަ. މޯދީ ކީއްކުރަން ޓުރަންޕު ވެސް ގެންނަނަވީނު

 7. ނިޝާން

  މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް މިހާރު ޑިޕްލޮމެޓުންނަށް ފޮރިން މިނިސްޓްރީ އިން ގެންދަވަނީ ދައުވަތު ފޮނުއްވަމުންނެވެ..މޯދީތަ ހުވާ ކުރަަށް ވަނީ؟؟؟؟

 8. ާއަލީ

  އިބޫ އެއްމުހިއްމެއްނޫން މޯދީގެ މީހަކީ ނަޝީދު
  ނަޝީދުއަށް ބަދަލުކުރަންވީ ހުވާކުރުން ޢެނައަށްދިން ވޯޓު ތަކެއް

 9. ޝަރޫ

  އިބޫ އަށް ވެސް ގެންނަން އެނގެނީ ތަންތާ ހުންނަ ބޮޑެތި ގަޅިން ވިއްޔަ

 10. ޔާމިން

  ވަރައްއުފާ

 11. ގެރިމޯދީ

  ގާންދީ ވާލާ ޖިހާދީ...

 12. އަޙްމަދް

  الحمدالله ތިމީހަކު މިޤައުމަށް ނާރައިފިއްޔާވާ ހާދަހާ ރަނގަޅެވެ.

  • ދިވެހި ދަރިއެއް

   الحمدالله ތިމީހަކު މިޤައުމަށް ނާރައިފިއްޔާވާ ހާދަހާ ރަނގަޅެވެ.
   މުސްލިމުންނާއި ދެކޮޅަށް މަސައްކަތްކުރާ މީހަކު މިފަސްގަނޑަށް ނޭރިއްޔާ ރަގަޅު

 13. ދޮންބެ

  އިބޫ ހުވަނުކުރިއަސް ދުވަހަކު ތި މޯދީނަޔަސް ހެޔޮ

 14. ބޮޑު ހަސަންބެ

  މޯދީ އަކީ ވެރިކަން ލިބުމުގެ ކުރިން އިންޑިޔާގެ ގުޖުރާތުގައި އެތައްހާސް މުސްލިމުންނެއް އަންދާ ގަތުލު ކުރި ޖާހިލެއް. އިބޫމެން ހެޔޮނުވާނެ މި ޝައިތޯނު އެ ރަސްމިއްޔަތައް ގެންނާކަށް

 15. އަލީ ބަފާ

  ވާގޮތަކީ ޕާކިސްތާނުގެ ވެރިޔަކު މާލެ އައިސްފާނެތީ ތި ޔަ ފޫކަހަނީ.... މޯދީ އަކަށް ނުކެރޭނެ... ޕާކިސްތާނު ގެ އިސްވެރިޔަކާ ހަތރު ކަޅި ހުރަސްކޮލަންވެސް. މޯދީ އަކީ ހަމަ ހިޔަޅެއް.

 16. ޖަޒީރާ

  ގެރި މޯދީ މިގައުމައް ނާރުވާތި

 17. ސައިވިއްކާމީހާ

  މޯދީ މި ގައުމަށް ނާންނާތި. އަހރުމެން ގަބޫލެއްނޫން މޯދީ މިގައުމަށް އަންނާކަށް

 18. Abdul Latheef

  މިތަނައް އައިސްގެން ނުވާނެ. އަތުވެއްޖެނަމަ ގެރި ބިރިޔާނީ ކައްކާފަ ކާން ދޭން ޖެހިދާނެ އެވެ. ޝުކުރިއްޔާ މޯޑީ

 19. މުދިމު

  ހުރި ކިބުރުވެރިކަމަކާެވެ. މިހާރުވެސް ގެރިފަޅި ބޮޑާ ހާކަންފެށީ އެމީހުންގެ ބަހާއަމަލުން އެދައްކަނީ އެމީހުންގެ މަގާމު ހައިރާނެއްފަހެ ނުވާނެތަ. ކަލޭކޮންމެވެސް އަންނާތި އާދޭސްކޮށްފަ މިބުނީ

 20. ރޮކް123

  މޯދީ ނާންނަންޔާ ގެނޭ ޗައިނާ ރައިސް، މާ ހެޔޮފުޅުވާނެ

 21. ދުރުސޭނާ

  ތިޔަ އެތިފަހަރު ރާއްޖެ ނައިއްޔާ ރަނގަޅީ. ގެރިއެއްގެ ކަރުގަ ވާޖަހައިގެން އިޒްރޭލަށް ކޮފޭ.