އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ޖޫރިމަނާ އަނބުރާ އެސްޓޭޝަންތަކާއި ހަވާލު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުން މުހިންމު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވުމުން އެމްޑީޕީގެ ސަޕޯޓަރަކު މަހްލޫފް އާއި ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.

މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބުރު ރައްކާތެރިކުރުމުގެ ޤާނޫނު (އުވާލުމަށް) ފާސްވެގެން އަންނަ އިރު ނުޙައްޤުން ޖޫރިމަނާ ކޮށްފައިވާ (ޓީވީ) ސްޓޭޝަންތަކަށް އެފައިސާ އަނބުރާ ލިބޭނެ ގޮތައް ފާސްކުރުން މުހިންމު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މަހްލޫފްގެ ޓްވީޓަށް ޖަވާބު ދިން، އެމްޑީޕީގެ ލޯގޯ ޕްރޮފައިލްގައި ބޭނުންކޮށްފައިވާ ޓްވިޓާ އެކައުންޓަކުން ބުނީ އިދިކޮޅު މެންބަރުން މަޖިލިސް އަށް ހާޒިރުނުވެ ނެގި މުސާރަ ވެސް އަނބުރާ ދައުލަތައް ދެއްކުމަށް ފާސް ކުރަން ކެރޭނެތޯއެވެ.

އެޓްވީޓަށް މަހްލޫފް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެމްޑީޕީ ސަޕޯޓަރު އިޝާރާތް ކޮށްފައި ވަނީ އިދިކޮޅު މެންބަރުން ފާއިތުވި 15 މަސް ދުވަހު މަޖިލީހުގެ އެއްވެސް ޖަލްސާ އަކަށް ހާޒިރުވެ ވަޑައިނުގެން މުސާރަ ނެންގެވި މައްސަލަ އަށެވެ.

ފާއިތުވި 15 މަސް ދުވަސް ތެރޭގައި މަޖިލިސް ޖަލްސާ އަށް ވަޑައިނުގެން އިދިކޮޅު ކޮންމެ މެންބަރަކު ވަނީ މުސާރައިގެ ގޮތުގައި 1.2 މިލިއަން ރުފިޔާގެ މުސާރައެއް ނަންގަވާފައެވެ. އިދިކޮޅު މެންބަރުންގެ ގޮތުގައި ފާއިތުވި ދޮޅު އަހަރު ދުވަސް ތެރޭގައި 47 މެންބަރަކު މަސައްކަތް ކުރެއްވިއެވެ. އޭގެތެރެއިން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ 12 މެންބަރުންނާއި، ކުށެއް ސާބިތުވެ، މަޖިލީހުގެ ގޮނޑި ގެއްލުނު ގާސިމް އިބްރާހިމް އުނިކުރުމުން އިދިކޮޅު މެންބަރުންގެ ގޮތުގައި 34 މެންބަރުން ތިއްބަވާނެއެވެ. އެ 34 މެންބަރުން ވާނީ 15 މަސް ދުވަސް ތެރޭގައި މަޖިލިސް އަށް ހާޒިރު ނުވެ، މުސާރައިގެ ގޮތުގައި 41820000 (ސާޅީސް އެއްމިލިއަން އަށްލައްކަ ވިހިހާސް ރުފިޔާ) ނަންގަވާފައެވެ.

މިއަދުގެ ޖަލްސާ އަށް ފަހު ޖަލްސާއަށް ހާޒިރުނުވެ، މެންބަރުން މުސާރަ ނަންގަވާ މައްސަލަ މިވަނީ ހައްލު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސަޢީދު

  މަޖިލީސް ތި މުއްދަތުގައި ހިނގީ ޤާނޫނީ ހަމަތަކުންތޯ؟ އެތައް މެމްބަރުންނެއް އެ މަޖިލީސް ކުރާގެއަށް ނުވެއްދީމާ ދެން އެއީވެސް ރަނގަޅުގޮތް ކަމުގައި ދެކިގެން ޖަހާހާ ބެރަކަށް ނަށަންވީތޯ؟

  • މަރިއްޗާ

   ޙައްގުނުން މުސާރަކަައިގެން މިއަދުތިބެވިދާނެ
   ވޭންލިބޭ ދުވަހެއް އައްނާނެ.

  • އައްޑޫސިޓީ

   އެކަކު ކުށެއްކުރީމަ އެހެންމީހުންވެސް ކުށްކުރަން ޖެހޭތަ؟ މީހަކުގާނޫނުއަސާސީއާ ޚިލާފު ވެއްޖެއޭ ކިޔާފަ ނުވަތަމަޖިސް މެމްބަރުންގެ ތެރެއިން ބަޔަކާދޭތެރޭ ފިޔަވަޅެއް އެޅިއޭކިޔާފަ ތިމާގެ ޒިންމާތިމާ އަދާނުކޮށް މުސާރަނެގުން ރަންގަޅު ކަމަށް ފެނޭތޯ؟

 2. ޢަދުރޭ

  މަޖްލިސްގެ ގަވާއިދުވެސް ބަދަލުކުރަން ފެނޭ އެހެންނާ ފަހެ ޖަކްސާއަށް ހާޒިރު ނުވެ ޗުއްޓީ ނުނަގާ އެކަމަކުވެސް ފުރި ހަމަ މުސާރަލިބޭ މީއަޖައިބެއްނު ރައްޔި ތުންގެލާރި ނުހައްގުންކާ ބައިވަރު ގަނޑެއް މަޖްލިސް މެމްބަރުންނަކީ ރައްޔި ތުންގެ މަޖްލިހޯމީ ހުރިހާ ކަމެއްގަ ރައްޔިތުންނަށް ގެއްލުން އެންމެހާ ބޮޑު މުސާރަ ނަގަނީ މުސާރަ ހަމަޖައްސަނީ އަމިއްލަޔަށް އަދި އޭގެ އިތުރުން ކެއުމާސައި ބޭސް ފަރުވާ ބެންކޮކާ ސިިންގަޕޯރއިން މީ ބޮޑުވަބާޢެއްނު ރައްޔިތުންނަށް ޖަހިފަ އޮތް މިނޫންގޮތެއް ހަމަޖެއސުމަށް އިބޫއަށް ދަންނަވަން

 3. މޯޑީ

  މަޖުލީހައް ނުވެއްދީ ރިސްވަތު ނަގައިގެން ދިޔަ ބައިގަނޑެއް. އެމްޑީޕީ މީހުންނައް އެއްވެސް ހުރަހެއްނެތް މަޖިލީހަކައް ވަންނާކައް. އެމީހުން.ނުވަދެ ހަރާންލާރި ކައިގެން ތިބިވާހަކައޭ ކިޔަނީ . ޙަޖަމު.ކޮއްބަލަ

 4. އައްޔު

  މަހުލޫފުމެން ގޮޅިއަށް ލުމަކީ އަނިޔާއޭ އެކަމަކު ގޮޅީގައި އޮވެގެން 87 ހާސް އެކައުންޓަށް ނިކަމެތި ރައްޔިތުމީހާ ގޮޅިއަށް ލީމާ ކުލިނުދެއްކިގެން އަނބިދަރިން ގޮވައިގެން ރަށަށް ކާކަށްތޯ އަނިޔާ ލިބެނީ

 5. މުހައްމަދު އަހްމަދު

  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކޮރަޕްޝަނުން ފުރިފައިވާ ބައެއް.. ޤައުމުގެ ހަލާކު..

 6. އަބްދުއްލާ

  ނަސީދުގެ ވެރިކަމުގަ މަޖިލީހުން ވަކިކުރުމުން ވެސް ކޯޓަށް ގޮސް ނެގި މުސާރަ ވެސް