އެންމެ ހިތާމަ ކުރައްވާނެ ދުވަހަކަށް ވާނީ ރައްޔިތުން މަޖިލީހުގެ ގޮނޑި ދޫކުރައްވުމަށް ފަހު، ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވަން ދާން ޖެހޭ ދުވަސް ކަމަށް އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވާތާ 25 އަހަރުވެފައިވާއިރު މިއީ ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެމަނިކުފާނު މަޖިލީހުގައި ހޭދަކުރައްވާނެ އެންމެ ފަހު ދުވަސްތަކެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކުރިޔަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި މަޖިލީހުގެ ގޮނޑި ދޫކޮށް އެމަނިކުފާނު ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދުވަސް ވެގެން ދާނީ އެމަނިކުފާނުގެ ހަޔާތުގައި އެންމެ ހިތާމަ ކުރާނެ ދުވަސް ކަމަށް އިބޫ ވިދާޅުވިއެވެ.

"ދެ ތިން ހަފްތާގެ ތެރޭގައި އަޅުގަނޑު މި މަޖިލީހުގެ ގޮނޑި ދޫކޮށް ދާން ޖެހޭ، އެ ދުވަސް ވެގެން ދާނީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ހިތާމަވެރި ދުވަހަކަށް،" ވާހަކަފުޅު ނިންމަވާލައްވަމުން އިބޫ ވިދާޅުވި އެވެ.

އިބޫ ރާއްޖޭގެ ރައީސްކަމަށް ހުވާ ކުރައްވާނެ ތާރީހާކާ ގުޅޭ މައްސަލައަށް މިއަދުގެ މަޖިލީހުގައި ބަހުސް ކުރެވިފައިވާއިރު އެ މައްސަލާގައި މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަށް އުފެދިފައެވެ. އެގޮތުން ބައެއް މެންބަރުން އިބޫ ހުވާކުރައްވަން ވާނީ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުގައި ކަމުގައި ވިދާޅުވާއިރު އަނެއްބައި މެންބަރުން ވިދާޅުވަނީ އިބޫ ހުވާކުރައްވަންވާނީ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގައިކަމަށެވެ.

މި މައްސަލައާއި ބެހޭ ގޮތުން އިބޫ ވިދާޅުވީ އެމަނިކުފާނު ހުވާ ކުރައްވަން ބޭނުން ވަނީ އެންމެނަށް ވެސް އެއްބަސްވެވޭ ތާރީހެއްގައި ކަމަށާއި އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މޫސާ ހަލީލު

  ތީ މަޖިލީހުގާ ކީކުރާ މީހެއްތަ؟ އިނީމޭކޭ ނީނީމެކޭ ވަނީ އެއްވަރު ނޫތަ ހުސް ގޮނޑިޔެއް ބެހެއްޓިމެކޭ ކަލޭ އެތާ އިނީމެކޭ ވަނީ އެއްވަރު ނޫތަ ހީ ހީ މަހަލު ކަލޯ ތިދައްކާ ވާހަކައިން

 2. ސަލީމް

  ދެރަނުވޭ. މެމްބަރަކަށްތުރެ ގިނަ ލާރި ލިބޭނެ. އެގޮތުން އޯކޭ. ދެން މައްސަލައަކީ ތި މަްާމްގަ އަގައިން ނުބުނެ ނީދެވޭކަން.

 3. ނޫރާނީއާގެއަމާ

  މަޖުލީހައް ކޮންކަމެއް ކޮއްދީގެން ދާންޖެހޭތީ ދެރަވަނީ. ގޮނޑިގަނޑު ފީކޮއްގެން ދެރަވަންޏަ ދެރަވަންވީ. ދާއިރާއައްޓަކައި.އެއްކަމެއްވެސް ނުކުރޭ. ނުވިތާކައް ބަޖެޓައް ވޯޓެއްވެސް ދެނީކީނޫން. ބުއްދާއެއް ތަނަކައް އަރުވާފަހެން ބައިންދާފަ އިންނަނީ. އަހަރެމެން އުފާވޭ ދެން ހިންނަވަރު ދާއިރާއައް ތިޔަ އިބޫއައް ނާދެވޭތީ

 4. ޓިމް

  މަޖިލިސް މެމްބަރެއްގެ ގޮތުގައި ނަމެއްގައި ހުއްޓަސް، މަޖިލީހަށް ވަދެ ޚިދުމަތެއް ނުކުރުންޏާ ކީއްކުރާ މީހެއް؟ 25 އަހަރުގެ ތެރޭގައި، ޤައުމަށްޓަކައި ކޮއްދިން ކަމެއް ބުނެބަލަ؟ 50 އަހަރު ވިޔަސް އެއްވެސް ލޯތްބެއް ކުލުނެއް ނޯންނާނެދޯ އެ ތަނަށް ވެދެވެސް ނުލަންޏަކާ. ދެން ވެރިކަން ލިބިފައެއްނު ތިއޮތީ. އަދި ވެރިކަން ދޫކޮށްލަންޖެހޭ ދުވަހުން މާ ހިތްދަތިވާނެ. އެދުވަސްވެސް ވަރަށް އަވަހަށް އަންނާނެ. އިންޝާ ﷲ