އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ނޮވެމްބަރު 11 ގައި ހުވާ ކުރެއްވުމަށް ހުށަހެޅި ހުށަހެޅުން ފާސް ނުވުމުން މައްސަލަ ކޮމިޓީ އަށް ފޮނުވައިފިއެވެ.

މި ހުށަހެޅުން މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ. މި ހުށަހެޅުން ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 9 މެމްބަރުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް 29 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވިއެވެ.

މި މައްސަލަ ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުވުމަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުއެވެ. އެ ހުށަހެޅުން ފާސްވީ 68 މެމްބަރުންގެ ވޯޓުންނެވެ. ކޮމިޓީ އަށް މައްސަލަ ފޮނުވަން އެއް މެމްބަރަކު ދެކޮޅު ހެއްދެވިއިރު ވަކި ގޮތަކަށް ނުދީ ވެސް އެއް މެމްބަރަކު އިންނެވިއެވެ.

މި ހުށަހެޅުން ފާސްވެފައިނުވާއިރު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ހުވާކުރައްވާނެ ތާރީހާއި ބެހޭ ގޮތުން އެންމެންނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ގޮތެއް ނިންމުން ކަމަށާއި އެމަނިކުފާނު ޤާނޫނާއި ހިލާފަށް ދައުރު ފަށަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މީގައި ވީހާވެސް ރަނގަޅަށް ވާހަކަ ދެކެވި އެންމެން އެއްބަސްވާ ގޮތަކަށް މިމައްސަލަ ނިންމެވުން. އަޅުގަނޑު ހަމަޔަޤީނުން ވެސް ދަންނަވާކަށް ނެތިން ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރައްވަން ބޭނުން ވާހަކަ" އިބޫ ވިދާޅުވިއެވެ.

އަދި ހުވާކުރައްވާނެ ދުވަހާއި ބެހޭ ގޮތުން ހިޔާލުތަފާތުވުންތަށް އެބަހުރިކަމަށާއި އޮޅުން ފިލުވަންޖެހޭ ކަންތައްތަކެއް ވެސް އެބަހުރިކަމުގައި އިބޫ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިސްވޭއޭ

    ތަމެން ކެބިނެޓް އަށް ލާނެ މީހަކު ނުލިބިގެން އުޅޭ ކަން ޕައްލަންބެ ވެސް ދަނެއޭ ތަމެން ތިޔާ ތިބީ ވެރިކަން ސިކްނެސް ސިންޑްރޯމް ޖެހިފައި ވުމުގެ ސަބަބުން ބުއްދިފިލާ ގޮސްފައޭ މަމެން ބުނަން ނެތީމު ދޯ...

    • ތަމެން

      ތަމެން ދޭބަލަ ފަރަށް