ވައްކަމާއި މާރާމާރީ އާއްމުވެ އެކަން ހުއްޓުވުމަށް ފުލުހުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. މަގުމަތީގައި ފޭރުމާއި، ފިހާރަތަކުން ވައްކަން ކުރުންވެސް މި ވަނީ އާއްމުވެފައެވެ. އާއްމުކޮށް ބޮޑެތި ފިހާރަކުން ވައްކަންކޮށްގެން ފަޅާ އާރާ އެކަން ފުލުހުންނާއި ހަމައަށްދާއިރު ވެސް އެފަދަ ކަންކަން ކުރާ ބައެއް މީހުން އެކަން ތަކުރާރުކޮށް ކުރަމުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅޭތީ ކަން ޔަގީނެވެ.

އަނެއްކާވެސް މި ވަނީ ފިހާރައަކުން ވައްކަން ކުރި މީހަކު ފަޅާ އަރާފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން އެ މީހާ ވައްކަން ކުރި ތަކެތި ލައިގެން ހުރި ޖީންސް ތެރެއިން ނަގާ މަންޒަރުވެސް ފެނެއެވެ. އޭނާ ވަގަށް ނެގި ތަކެތީގެ ތެރޭގައި ބޮޑީ ސްޕްރޭ ފަދަ ތަކެތި ހިމެނެއެވެ.

އެ މީހާ ވައްކަން ކުރީ ސީދާ ކޮން ފިހާރައަކުން ކަމެއް ޔަގީން ނުވާއިރު، އެ ވީޑިއޯގައި އެ ވައްކަން ކުރި މީހާ އޭނާއަށް މައާފް ދިނުމަށް އެދި އާދޭސް ކުރަ މަންޒަރު ފެނެއެވެ.

އެ މީހާއަކީ އާއްމުކޮށް ފިހާރަތަކުންނާއި މީހުންގެ ގޭ ތަކުންވެސް ވައްކަން ކުރާ މީހެއްކަމަށް ވެއެވެ. އަދި ބައެއް މީހުން ބުނާގޮތުގައި، އެ މީހާ މިގޮތަށް ވައްކަންކޮށްގެން ގެންދާ ތަކެތި ގާޑިއާތަކުން އަގުހެޔޮކޮށް ނަގާކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ، އަދި އެ މީހާގެ އުނދަގޫ ވަރަށް ބޮޑުވެފައިވާކަމަށް ވެއެވެ.

އެ ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހެޅިކަމެއް ނުވަތަ ނޫންކަމެއް އަދި ޔަގީނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިލިއަނަރު

    މިލިއަނުން ނަގާ މީހުންނަށް އާދެ ވަޑައިނ ކިޔާފަ އިއްޒަތްތެރި ކިޔާފަ ދެރަ ނިކަމެތިން ޖަލަށް އަޅާ ފުރައި އެމީހުނގެ ދިރިއުޅުން ހަލަކު ކުރުމުގެ ބޭނުމެއް ނެތް

  2. ޑޮން

    އިހުސާނު ފިހާރަ އިން ގަލޮޅުގަ ހުންނަ