އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ދުވަހަކީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްވީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

އިބޫ ހުވާ ކުރެއްވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރިޔާސަތުން ކަމަށްވާއިރު، މި މައްސަލައިގެ ބަހުސް މަރުހަލާގައި އިދިކޮޅު މެމްބަރުން އިއްތިފާގުވީ ނޮވެމްބަރު 11 ގައި އިބޫ ހުވާ ކުރެއްވުމަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި 2013 ވަނަ އަހަރު މަޖިލީހުގެ ރައީސް އާއި އޭރުގެ އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާފައިވާ އިގުރާރަކަށް ރިއާޔަތްކޮށް އިބޫ ހުވާ ކުރައްވާާނީ ނޮވެމްބަރު 17 ގައި ކަމަށް ވަނީ ނިންމާފައެވެ. އެ އިގުރާރުގައިވާ ގޮތުން ރައީސް ޔާމީން ހުވާ ކުރައްވަނީ ނޮވެމްބަރު 17، 2013 ވަނަ ދުވަހުން ފެށިގެން، ފަސް އަހަރުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ހުވާކުރައްވާނެ ތާރީހާއި ބެހޭ ގޮތުން އެންމެންނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ގޮތެއް ނިންމުން ކަމަށާއި އެމަނިކުފާނު ޤާނޫނާއި ހިލާފަށް ދައުރު ފަށަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މީގައި ވީހާވެސް ރަނގަޅަށް ވާހަކަ ދެކެވި އެންމެން އެއްބަސްވާ ގޮތަކަށް މިމައްސަލަ ނިންމެވުން. އަޅުގަނޑު ހަމަޔަޤީނުން ވެސް ދަންނަވާކަށް ނެތިން ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރައްވަން ބޭނުން ވާހަކަ" އިބޫ ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ގަލޮޅު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޗޮކުހުން

  އުނހޫ ނޮވެމްބަރު 11 ގަ ހުވާ ކުރާނީ.....ހޮޅިވާހަކަ އެހެންވީމަ ނުދައްކާނީ. ޔަހޫދީ އެމްޑީޕި ނެތިކުރައްވާށި....

  • ޑޮންޑޮން

   އެއްބައިފަހަރު ބުނާނެ ލާދީނީ ސެކިއުލަރިސްޓުންނޭ ، ދެންބުނާނެ ފާރިދީއޭ، އަނެއްކާ މިހާރު މާ މަޝްހޫރު ޔަހޫދީންގެ ގޮތުގަ...

   • އާންމު އާދުމީ

    ނަޝީދުގެ ދައުރުގަ ސިއްރު ދަތުރެއްގައި ފޮރިން މިނިސްޓަރު އިޒްރޭލަށް ދިޔުމާ، އިޒްރޭލުގެ ޔަހޫދީންނާ ބޭއްވި ގުޅުންތަކާ، އިޒްރޭލުގެ އެމްބެސަޑަރ ނަޝީދާ ބައްދަލު ކުރުމާ، ޚުދު ނަޝީދުގެ އަނގައިން ޖެސުއިޓްސް ރާއްޖެެ އަންނަން ގޮވާލި ގޮވާލުމުން އެނގެނީ އެއީ ހަމަ ޒަޔަނިސްޓު ޔަހޫދީންގެ ތާޢީދު އޮތް ސެކިއުލރިސްޓު ލިބަރަލް ފިކުރުގެ މީހެއްކަން. މިބުނާ ޒަޔަނިސްޓުންނަކީ އަދި އާންމު ޔަހޫދީ ދީނަށް އުޅޭ މީހުންނަށްވުރެ ނުބައި ބައެއް. އެމީހުންގެ އެޖެންޑާއަކީ ވަކި ދީނެއް ފެތުރުމެއްނޫން. ހުރިހާ ފާޙިޝަކާ ޝައިތޯނީ ކަންކަން ފެތުރުން. ރާއްޖޭގައި މިކަމަށް އޮތް ހަމައެކަނި ހުރަހަކީ ނަމުގަ ނަމަވެސް އިސްލާމްދީން އޮތީތީވެ.

 2. ހަސީން

  މި ސިޔާސީ މީހުންނަށް ޑްރާމާ ކުޅުން ނޫންކަމެއް ކުރާކަށް ނޭނގޭ. އެންމެ ފުރަތަމަވެސް ތިގޮތްއޮތޭނުން. އިބޫ ބޭނުންފުޅުވާގޮތް ހާމަކުރެއްވިނަމަ މަޖިލީހުގެ މުވައްޒަފުންގެ ވަގުތު ބޭކާރުނުވެ އެތަނުގެ ކަރަންޓްގެ ޚަދަދުކުޑަވީސްކަންޔަގީން. މިހެންވީމައި ތިޔަ މުޑުދާރު ސެކިއުލަރ ޑިމޮކްރަސީއަށް ނޫނެކޭބުނަން ޖެހެނީ. ނިކަން މިމުޑުދާރު ސެކއުލަރ ޑިމޮކްރަސީގައި އިހައްދުވަހު ލަންކާގައި ކަންތައްވީގޮތް ދެކިބަދަ. ބޮޑުވަގެއް ކަމަށް ބުނިމީހަ އިރުކޮޅަކުން ބޮޑުވަޒީރަކަށް.

 3. މައުސޫމު

  ގާނޫނާ ހިލާފަށް ބޭއްވިއިންތިހާބެއްކަން ގިނަރައްޔިތުން ބުނަމުންދަނިކޮށް ވެރިކަންކުރަންތިއުޅެނީވެސް. ވޯޓުން ވައްކަންކޮއްފިކަން ސާބިތުވާވަރަށް ހެކިއެބަހުރިކަމަށް ރައްޔިތުން ގަބޫލުކުރަނިކޮށް ސައްހަވޯޓުންހޮވިއްޖެކަމަށް ތިބުނަނީ. އެހެންވީމަ ފުރަތަމަ އިންތިހާބު އުވާލަބަލަ.

  • ފޯރިއަރާ

   ހެކި ހުރިއްޔާ ދައްކަބަލަ ލަދުން ނުހުރެ

 4. އޮންމީ

  އިބޫ ހުވާކުރައްވާނީ ނޮވެމްބަރު 17 ގައި ކަމަށް މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އިން ދިސް ރޯންގް ސިޗުއޭޝަން ގައި މަމެން ޕިންކީން ނަށް އަދި ވެސް އެބަލިބެއޭ 20 ދުވަސް މި 20 ދުވަސް ތެރޭގައި ތިލަފުށިން ބިން ދޭން ނިންމަންވީއޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް ކޮޒް ވީ ކޭން ޓްރީޓް ދެމް ބެޓަރ ދެން ދޭ ކޭން ކޮޒް އައި ނޯ ވީ ކޭން ޓްރީޓް..

 5. ސަމްޓައިމްސް

  ނޮވެމްބަރު 17 ގައި ތަމެން ހުވާކުރާ ގޮތަށް މަޖްލީހުން ނިންމި ނިންމުމުން އެގިގެން މިދަނީ މަމެން ޕިންކީން ކުރިން ވެސް ބުނަމުން ދިޔާ ރަނގަޅު ވާހަކަ އެއް ކަން އަދި ތަމެން ޑިފަމޭޝަން ގާނޫނު އަދި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުން އެކަމާއި ދެރަ ވާނެއޭ ސްޕެޝަލީ ތަމެންގެ ވެރިކަމުގެ ހަނީ މޫން ސްޓޭޖް ދިއުމުން ތަމެންނަށް އެކަން އިހްސާސް ކުރެވޭނެއޭ ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ދަ ރިއަލިޓީ އީވެން ދޯ ޔޫ މައިޓް ގެޓް މޭޑް އެޓް ޖެލަސީ ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ދަ ރިއަލިޓި ރިއަލިޓީ ރިއަލިޓީ...

 6. ހައްގު ބަސް

  ނޮވެމްބަރ 17 އަދި ނޮވެމްބަރ 11 ގައި ހުވާކުރައްވަން މަޑު ކުރައްވައިގެންވެސް އެއްގޮތަކަށްވެސް ކަމަކު ނުދާނެ. ތިކަންތައް ސުޕްރީމް ކޯޓަށް ވައްދައިގެން އެތާ ތިބި ކޮންމެ ފަނޑިޔާރަކަށް އަނެއްކާވެސް 1 މިލިއަން ޑޮލަރު ދީގެން ހުވާކުރަން ޖެހޭ ދުވަސް އަވަސް ކުރުމަށް ހުކުމެއް ނެރެންވީ. އޭގެ ފަހުގައި އީސީ ޝަރީފް ޖަޒުބާތުގައި ނުޖެހި ޓްވީޓެއް ކޮށްލަންވީ ކޮބާ ޔާމީނޫ އަހަރެން މި ހުރީ އޭ ކިޔާފަ

 7. ޖޮއްބެ

  މަކަރާ ޙީލަތުން ފޭރިގަތް ވެރިކަމެއް ގައި ކޮންމެހެން ހުވާކުރުމުގެ ބޭނުމެއް ނެތް.

 8. އަފްލާ

  ރައްޔިތުންގެ ހިތުގަ މިވަރަށް ޝައްކު އުފެދިފަވާ އިންތިހާބެއް ކާމިޔާބު ކުރެވިޖޖެ ކަމަށް ދެކި ކުރެވޭ ހުވަޔަކީ ބޭއިންސާފުން ނުހައްގުން ކުރެވެ ހުވައެއް ވެރިކަން ދެމި ނޯންނާނެ ކަމުގެ ހެއްކެއް ދޮގު ހުވަޔަކީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް މަކަރާއި ހީލަތުން ވަލިއްޔުލް އަމްރު ކަމަށް އަރާގަތުމަކީ ހާދަހާ ވާ ނުބައިކަމެކޭ ދެން ވާނެގޮތެއް ބަލަން ތިނެމާ