ރާއްޖޭގެ މުޅި ނިޒާމް ހަރާބްވެގެން ދިޔައީ ސިޔާސީ ވާދަވެރިކަން ނައްތާލުމުގެ ބޭނުމުގައިކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިޥާ ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ، ރައީސް ނަޝީދަށް ކުރެވިފައިވާ ޓެރަރިޒަމް ދައުވާއަކީ ގާނޫނީ އިންތަކާއި ހިލާފަށް ސިޔާސީ ބޭނުމަކަށްޓަކައި، އަދި ސިޔާސީ ހަސަދައިގައި ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

މި ރާއްޖޭގެ މުޅި ނިޒާމް ހަރާބްވެގެން ދިޔައީ ސިޔާސީ ވާދަވެރިކަން ނައްތާލުމުގެ ބޭނުމުގައި ކަމަށާއި އެކަން ރާއްޖޭގެ އެއްވެސް މީހަކު ވެސް އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ވެސް ގަބޫލުނުކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާހަކަތައް ތަފާތު ޕޯޑިއަމްތަކުގައި ތަފާތު ފޯރަމްތަކުގައި ދައްކަމުންދާތާ ވަރަށް ދުވަސްވެއްޖެ. މިއަދު މީ އެންމެން އަޑުއަހަން ތިބެ ހަމަހިމޭންކަމާއިއެކުގައި މި ރައްޔިތުންގެ މަޖިލީގައި މި ވާޙަކަދެކެވިގެންދާ ދުވަހެއް". ޝާހިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ރާއްޖޭގެ ބޭރުގެ އެކި ފަރާތްތަކުން ގޮވާލަމުން އަންނަ ކަމަށާއި، މިއަދު ހުށަހާޅާފައިވާ ގަރާރުގައި ވާފަދައިން ރައީސް ނަޝީދު އާއި ކާނަލް ނާޒިމް އާއި ޝެއިހް އިމްރާން ފަދަ ސިޔާސީ ކުށްވެރިން ވަގުތުން ދޫކޮށްލުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުން މިހާރައަށް އަޅުއްވައިދެއްްވުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

މިފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރަސީދު

  ތިޔަބުނާމީހުން އެކަނިތަ މި ދިވެހި ރާއްޖެގަ ތިބީ

 2. ޢަފްލާ

  ކޮބާ ދެން ޖަލުގަ ތިބި އާންމު ރައްޔިތުން ނިކަމެތި މީހާ ހަމަ ނިކަމެތހި ވަނީ ރައްޔިތުން ނަކީ މިއުޅޭ 4 ގުންޑާއިންތޯ މީ ތޯ ގައުމުގެ މަސްލަހަތު އޮންނަންޖެހޭ ގިތަކީ ބޮޑު ކާފަ ކުޑަކާފަ ބޮޑު ކެކުރި ކުޑަކެކުރި މައުމޫން ފަޅާލަންވީ ފާރުގަ ކާއްޓެއް ޖަހާހެން ޖަހާ

 3. ޢި

  މުޅި ދަޢުލަތް ޚަރާބުވެގެން ދިޔައީ ކަލޭމެން ބަޤާވާތް ކުރަން ދިމާކުރި ހިސާބުން.

 4. ޝާހިދު ކަޕޫރު

  ނޫން...ނޫން...ޝާހިދޫ.....ބުނަންވީ..

  މުޅި ރާޢްޖެ ހަލާކުވެގެން މިދަނީ ތިޔަ ސިޔާސީ މީހުންގެ ކޯޅުމާއި ހެދީ އޭ...!

 5. ޚާލިދު ވަޙީދު

  ރާއްޖެ އަށް މިހުރިހާ ދުއްޕާނެއްޖެހުނީ ތިޔަ عبدالله شاهد ކަހަލަ ސިޔާސީ މީހުންނޭ ކިޔައިގެން އުޅޭ ހައެއްކަ ގުންޑާ އިންނާހެދި.

 6. އަންނި

  ރާއްޖޭގެ މުޅި ނިޒާމު ފުޑުކޮށްލީ ކަލޭ ކަހަލަ އަމިއްލަ އެދުމުން ފޯވެފައިވާ މުނާފިގުންގެ ސަބަބުން މީ ހަޤީޤަތް