ވެރިކަން ކުރާ ޕީޕީއެމްއާ އެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދަވާ ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފި ކަމަށް ބުނެ ދެކެވޭ ވާހަކަތަށް އޭނާ މިއަދު ދޮގުކުރައްވައިފިއެވެ.
ކާނަލް ނަޝީދު ސްރީލަންކާގައި ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވާ ގޭގައި ބައްދަލު ކުރެއްވި ކަމަށް ރާއްޖޭގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާއިރު "ވަގުތު" އާއި ވާހަކަ ދައްކަވަމުން ކާނަލް ނަޝީދު ވިދާޅުވީ ރައީސް ނަޝީދާއި ބައްދަލު ކުރެއްވި ކަމަށް ބުނެ ދައުރުވަމުންދަނީ ކުރީގެ ފޮޓޯއެއް ކަމަށެވެ.
" ކުރީގެ ރައީސް ނަޝީދާއި ބައްދަލު ކުރެއްވި ކަމަށް ބުނެ ދައުރުވަމުންދަނީ ކުރީގެ ފޮޓޯއެއް, އަޅުގަނޑާއި ރައީސް ނަޝީދުގެ ކުރީގެ އެތަށް ފޮޓޯއެއް ހުންނާނެ" ކާނަލް ނަޝީދު ވިދާޅުވިއެވެ.
ކާނަލް ނަޝީދު ވަނީ މީގެކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އެމްޑީޕީން ވަކިވެވަޑައިގެން ކާނަލް ނަޝީދު ޑީއާރްޕީއަށް ސޮއި ކުރެއްވީ 2013 ވަނަ އަހަރުގެ ތެރޭގައި އެވެ.
ކާނަލް ނަޝީދު ޑީއާރްޕީގެ ލީޑަރުކަމާއި ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
ތިވާހަކަ ފެތުރީ ދޮގު ޓީ ވީ، ރާ ޓީ ވީ، ފިތުނަ ފަސާދަ އުފައްދާ ޓީ ވީ، ރާއްޖެ ޓީވީއިން އިނގޭތޯ
ފޮޓޯ ކުރީގެ ފޮޓޯ އަކަސް ބައްދަލުވުން ފަހުގެ ބައްދަލު ވުމަކަށް ވެދާނެ ތާއެވެ؟ ފޮޓޯއަކީ އެޑިކްޓް ކުރާއެއްޗެކޭ ތޮ ކިޔަނީ ވެސް ކަލޭ މެން ވިއްޔާއެވެ.