ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތަކީ ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގާއިމް ކުރުމުގެ މަސައްކަތް ކަމަށް އިންތިހާބީ ނައިބް ރައީސް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ ރައީސް ނަޝީދު މިނިވަންކުރުމަށް ބުނެ މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
"ރައީސް މުހައްމަދު ނަޝީދު ރާއްޖޭގައި ކުރެއްވި މަސައްކަތްތަކަކީ ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގާއިމް ކުރުމާއި އިންސާނީ އެތަށް ހަޢްްޤުތަކެއް ކަށަވަރުކޮށްދިނުމާއި ހެޔޮ ވެރިކަން ކުރެއްވުމަށް ކުރި މަސައްކަތް" ފައިސަލް ނަސީމް ވިދާޅުވިއެވެ.
އަދި ރައީސް ނަޝީދާއި މެދުގައި ނުހައްޤުން ދައުވާ އުފުލިގެން އައި ދުވަހުވެސް އެމަނިކުފާނަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ ކަމަށް ތަކުރާރުކޮށް ސިޔާސީ ލީޑަރުންނާއި ރާއްޖޭގެ އެތަކެއް ރައްޔިތުން ވިދާޅުވެފައިވާ ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
"މި ދައުވާ ނުހައްޤުން އުފުލިގެން އައި ދުވަހުވެސް ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރާއްޖޭގެ އާންމު ރައްޔިތުންވެސް އެކަމަކާއި ވަރަށް ބޮޑަށް ކަންބޮޑުވެ، މިއަދަކީ އަންނާނެ ދުވަހެއް ކަމަށް ތަކުރާރުކޮށް އެބޭފުޅުން ވިދާޅުވި" ފައިސަލް ވިދާޅުވިއެވެ.
މިއަދު ފެނިގެން މިދަނީ ކެތްތެރިކަމާއި އެކު ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި މިއަދު ފެނިގެން ދަނީ ގައުމު އިންސާފުގެ މަގަށް ދަތުރުކުރަން ފަށާފައިވާ މަންޒަރު ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އިންސާފަކީ ވަކި މީހަކަށް ލިބެން ޖެހޭނެ އެއްޗެއް ނޫންކަމަށާއި އިންސާފަކީ އެންމެންނަށް ހަމަހަމަކަމާއި އެކުގައި ލިބެން ޖެހޭނެ އެއްޗެއް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. ރައީސް ނަޝީދު މިހާރުން މިހާރުން މިނިވަން ކުރުމަކީ އެތަށް ރައްޔިތުންނަކާއި ހުދު އެމަނިކުފާނުވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވެފައިވާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ލީޑަރުން މިނިވަންވެގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެެވެ.
13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮވެންބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމާފައިވާއިރު އެމަނިކުފާނި ރާއްޖެ ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޗެެއަރ ޕާސަން، ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީއިން އަންނަނީ ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފައިސަލޫ ނަޝީދު ގެނައިޑިމޮކްރަސީ ރައްޔެތުން ބަލައިނުގަތް ކަންފައިސަލް އައްނޭނގުނީތީ ހިތާމަކުރަން. މަގާމުގެ ދަހިވެތިކަމުގަ ތިގޮތައް ވާހަނުދެއްކުމަށް ނަސޭހަތްތެރިވަން.
ގާޒީ ހައްޔަރު ކުރީމަ ޑިމޮކްރަސީ ދޮންވެ ފައްކާވެފަ އޮތީ
އިންސާނީ ހަޢްްޤުތަކެއް ކަށަވަރުކޮށްދިނުމާއި ހެޔޮ ވެރިކަން ކުރެއްވުމަށް ދޯ ގާޒީ އަކު ވަގައް ނަގައިގެ ގޮސް ތަހުގީގެއް ނުހިންގާ އެތައް ދުވހަކު ހައްޔަރު ކޮއްފައި ބެހެއްޓީ. މުޅި ދުނިޔެއިން އެކީ އެކައްޗަކަށް ގާޒީ ދޫކޮށްލުމަށް ގޮވި ނަމަވެސް އެކަން ނުކުރީ އެއީ ޒަމާނީ ޑިމޮކްރަސީ ދޯ. ހީ ހީ ހަލާކު.
.ތިއަބުނާ ޒަމާނީ ޑިމޮކްރަސީ އަކީ ދީނަށް ފުރައްސާރަ ކުރުމާ މަސްތުވާ ތަކެތި ބޮވެން ޖެހޭނެ ކަމަށް ބުނުމާ ހުރިހާ ހުތުރު ކަންތައް ޕުރޮމޯޓޮ ކުރުން ވިއްޔާ ތިއައީ ވަރަށް ބޮޑު ތެދެއް.
ޒަމާނީ ލާދީނީ ޑިމޮކްރެސީ
ދިވެހިން އެޑިމޮކްރަސީ އަށް 2013ގައި ބުނީ ނޫނެކޭ، ފަސްފަހެތިން.
ފައިސަލޫ އަނެއްކާ ކޮޅުބަދަލުކުރަނީތަ؟؟ ޒަމާނީ ޑިމޮކްރަސީއަކީ ބިރަކާނުލާ މަޖާކުރުމެއްނޫން މީ ކުޑަކޮށް
ނަޝީދު ކުރެއްވީ ޒަމާނީ ޑިމޮކްރަސީއާއެކު ޔޫރަޕުން ބޭނުންވާފަދަ ދީނީ މިނިވަންކަން ރާއްޖެއަށް އެތެރެ ކުރުމުގެ މަސައްކަތް. ޢެމަސައްކަތް ރާއްޖޭގެ ގިނަބައެއްގެ ތާއީދާއެކު ކިތަންމެ ރަނގަޅަކަށްވެސް ވަނީ ކާމިޔާބުކުރެވިފަ. ދެން ބޭނުންވަނީ އެކަމުގެ ފޮނިމޭވާ ލިބިގަތުން.
ނައިބު ރައީސް ކަމުން ވަކިކޮށްފާނެތީ ބިރުގަތަސް ތިޔައީ ދެން ބޮޑުވަރު. ޒަމާނީ ޑިމޮކްރަސީގައި އޮންނަނީ ގައުމު ދަރުވާލުންތަ؟
ޒަމާނީޑިމޮކުރަސީ އަކީ އިސްލާމް ދީނާދުރުއެއްޗެކެވެ ފައިސަލައް ފަހުން ވާނެ ވަގުތު ފާއިތު ނުވަނީސް ވިސްމނާ
ރާއްޖޭގައި ހުޅުޖަހައި އަންދާލުމަކީ ޑިމަކްރަސީ
ކަމަށްވާނަމަ އެކަން އެމީހާ ވަނީކޮށްފައެވެ
ޒަމާނީ ޑިމޮގުރަސީއަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރި އެއްބައިވަންތަކަން ގަލާލުމާއި އިސްލާމްދީން ނޫން އެހެންދީންތަކަށް މި ސައްތައިން ސައްތަ މުސްގައުމެގައި ފުރުސަތު ހުޅުވާލުމާއި ދިވެހިންގެ އަގުބވޮޑެތި މުދާ އަންދާ އަޅިކުރުން އެއީ ފައިސަލް ތިވިދާޅުވާ ޑިމޮގުރަސީ ކަމުގައި ވާނަމަ އެކަން ކެނެރީގޭ މުޙައްމަދު ނަޝީދު ވވ ރަގަޅަށް ކޮށްފި އެހެންވިއްޔާ އެޑިމޮގުރަސީ ފައްކާކޮށް ކުރިއަރުވަ ތަރައްގީ ކުރުމަށްޓަކައި އެއާދަ ދިވެހިން ދަމަހައްޓަން ޖެހޭނެތާ
ފައިސަލް އަށް ސާބަސް...ތިކަހަލަ ބޭފުޅުން މިޤައުމަށް ބޭނުންވަނީ...ބަޔަކު އަޅުވެތިވެ ދަށުނުވެ ހައްޤު ބަސް ބުނަން ކެރޭ ބޭފުޅުން...މިއީ ހިތާ ހިތުގެ ގުޅުމެއް...އަންނިއަކީ ހިތްތަކުގެ ރައީސްއެއް... އެއީ އަހަރުމެން ބޭނުންވާ ކަހަލަ ރައީސަކީ...މިހާރު އިބޫގެ ވެސް ހަމަ އެހުންނަނީ އެ ހިތްތިރި ކަމާއި ހިތްހެޔޮކަން...އުންމީދު ކުރަނީ ފައިސަލް އަކީ ވެސް ހަމަ އެހާމެ ހިތްތިރި ހިތްހެޔޮބޭފުޅަކަށް ވާނެ ކަމަށް.
ފައިޞަލް ނިކަން ހުރިވަރެއް ދައްކާލައްވަބަލަ(.) ބަލަން ތިބޭނަން(.) ފައިޞަލަށް ވާގޮތް(.)
ފައިސަލް މާބޮޑަން އަނގަ ނުހުޅުވާ. ޑިމޮކްރަސީގެ ބައްޕަ އައިސް ސައްޕެއްޖާހާ ބޭރުކުރާނެ. ވީމާ ނަޝީދު މާބޮޑަށް ޕްރޮމޯޓް ނުކުރޭ.