އިންސާފު ހޯދައިދިނުމަށް ބޭރުގެ ފަރާތްތަކުގެ އަރިހުގައި ސަލާން ޖަހަން ޖެހުން އެއީ ދިވެހިން ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް މަޖިލީހަށް ހުށައެޅިފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މާރިޔާ ވިދާޅުވީ ރައިސް ނަޝީދާއި މެދު ކުރެވުނު ޝަރީއަތަކީ އިންސާފުން ބޭރުގައި ކުރެވުނު ޝަރީއަތެއް ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ އަރިހުން ދިވެހިންނަށް އިންސާފު ހޯދަން ސަލާންޖަހަން ޖެހުން އެއީ މިއަދު ދިވެހިން ލަދުވެތިވާން ޖެހޭ ކަމެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދާއި މެދު ކުރެވުނު ޝަރީއަތަކީ ހައްގުތަށް ނިގުޅައިގަނެގެން ކުރެވުނު ޝަރީއަތެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"ސިޔާސީ ހުކުމްތަކުގެ ތާރީހެއް އޮތީމައި އަޅުގަނޑުމެން މި ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަސައްކަތް ކުރިން. ދުނިޔޭގައި ނޯންނަވަރުގެ ބޮޑު ދިގު ތަފްސީލީ ހައްގުތަކެއް އަޅުގަނޑުމެންގެ ގާނޫނު އަސާސީގައި ހިމެނޭނެ. ޤާނޫނު އަސާސީގެ އެހައްގުތަކުގައި ތަފްސީލްކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނެކޭ އެއްގޮތަށް މީހުން ހައްޔަރު ކުރެވޭނެ ގޮތާއި، މީހުންނާއި މެދު ޝަރީއަތް ހިނެނޭނެ ގޮތާއި، ހެކިން ހާޒިރުކުރާނެ ގޮތާއި، ހެކިންނަށް ސުވާލު ކުރެވޭނެ ގޮތާއި، އަދި ޝަރީއަތަށް ގާނޫނީ ވަކީލުންނަށް ހާޒިރުވެވޭނެ ކަމާއި، ޝަރީއަތަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމާއި މިހުރިހާ ވާހަކައެއް ލިޔުނިން. މިހުރިހާ ވާހަކައެއް ގާނޫނު އަސާސީގައި އޮއްވާ އެ ހައްގުތަށް ނިގުޅައިގަނެގެން ކުރެވުނު ޝަރީއަތެއް ރައީސް ނަޝީދުގެ ޝަރީއަތަކީ" މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން މާރިޔާ ވަނީ ރައީސް ނަޝީދު ގައުމަށް ވަޑައިގަންނަވަން ޖެހޭނީ މިނިވަނެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވެފައެވެ.

13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮވެންބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމާފައިވާއިރު އެމަނިކުފާނި ރާއްޖެ ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޗެެއަރ ޕާސަން، ހަސަން ލަތީފް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުމާރު

    އަމިއްލައައް ތެޅޭ ވައްތަރުންނެއްނު ލަދުގަންނަން ޖެހެނީ. ޢަހަރެމެން ލަދެއް ނުގަނޭ . ޢަހަރެމެން ނޫޅެންވިއްޔަ ތިވައްތަރަކައް

  2. ބާނިޔޫސޭ

    ޒަާތްޒާތުގެ އަނގަނުގަޅާ ފަރާޓާ. އަމިއްލަ ގޭގެ ވަތުބަތާނަ ހިލޭމީހުންނަށް ކަޝްފުކޮށް ގޭފުރާޅަށް ހަތުރުން ލައްވާ ގާއުކުވާ ހައްސަބޮލި ދޭންބުނީމަ މައިމީހާގެ ކަރަށް ފައިންއަރާފަ ގޮހޮރު ދަމައިގަނެގެން ތިބި އީމާންތެރިކަމެއްއަމުދުންވެސް ނެތް ޖައްބާރު ބައެއް ތިޔަ ދައިތަ އާ ކެނެރީގޭ ޖައްބާރަކީ.

  3. ޟަލާ

    ބޭރު ގައުމުތަކުގައި ެިންސާފުހޯދަން ސަލާންޖަހަނީވެސްތި ބައިގަނޑުގެ މީހުން