ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެއްދި ފަހުން އެޕާޓީގެ ލީޑަރު ކަން މިހާތަނަށް ވެސް ހަމައެކަނި ކުރެއްވި ގާސިމް އިބްރާހިމް އެއްވެސް ވާދަވެރިކަމެއް ނެތް ފެންނަ ނުފެންނަ ވޯޓެއްގައި މިރޭ އަނެއްކާވެސް ޖޭޕީގެ ލީޑަރަކަށް އިންތިޚާބު ކޮށްފިއެވެ.

ޖޭޕީގެ ލީޑަރުގެ މަޤާމަށް ޤާސިމް އިބްރާހިމް އިންތިޚާބު ކުރެއްވީ، އެޕާޓީގެ ކައުންސިލުންނެވެ.

ޖޭޕީގެ މައި އޮފީސް ކުނޫޒުގައި ކުރިއަށްގެންދިއަ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަޤާމަށް ކުރިމަތިލެއްވި ޤާސިމް އިބްރާހިމް ޕާޓީގެ ލީޑަރުކަމަށް އިންތިޚާބުވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 62 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ. ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 42 މެންބަރުންގެ ވޯޓުއެވެ.

މިއަހަރުގެ އޮގަސްޓްމަހު ބޭއްވި ޖޭޕީގެ ގައުމީ ކޮންގްރެސް ގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރި ނަމަވެސް ލީޑަރުގެ މަގާމު އޮތީ ހުސްކޮސެވެ. އެ މަގާމު ހުސްކޮށް އޮތީ އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތިލައްވާފައި ނެތުމުންނެވެ. ކޮންގްރެސް ގައި ގާސިމް ލީޑަރު ކަމަށް ކުރިމަތި ނުލެއްވީ އޭނާ ޖަލު ޙުކުމެއްގައި ހުންނެވުމުން ޕާޓީގެ ލީޑަރުކަމަށް ކުރިމަތި ލުމުގެ ޝަރުތު ހަމަނުވާތީއެވެ.

ޖޭޕީގެ ލީޑަރަކަށް މިރޭ ގާސިމް އިންތިޚާބު ކުރީ ހައިކޯޓުން އޭނާގެ ޖަލު ޙުކުމް ބާތިލް ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަޒީރާ

    ތިއީކީ ޕާޓީއެއްނޫން ކޮމްޕެނީއެއް ޖުމްހޫރީ ކަނޑާލާފަ ވިލާ ޕާޓީ ކިޔާ

    • ދޮންބެ

      އެމްޑީޕީ އަށްވެސް ކިޔަންވީ ކެރަފާ ޕާޓީ. އެއީ ވަކި މީހެއްގެ އެއްޗެއް.

  2. ދިވެއްސެއް

    ގާސިމް ތާއަބަދު ޖޭޕީގެ ލީޑަރުކަމަށް ހޮވުމަކީ
    އެޕާޓީ ޑިމަކްރަސީގެ ހަމަތަކުން އެއްކިބާވެފައި
    ވާކަމުގެ ސާފު ހެއްކެކެވެ އޭނާއަށްވުރެ މާޤާބިލް
    ބޭފުޅުން އެމަގާމަށް ސައުގުވެރިކަން އޮތްއިރު
    އެއްވެސް ވާދަވެރިކަމެއްނެތި އެމގާމް ހިސޯރު
    ކުރުމަކީ ހުތުރުވެސް ކަމެކެވެ މިކަންކަމުން
    މިއެނގެނީ ގާސިމުގެ ޚޮދުމުޚްތާރުކަމެވެ

  3. ފައި

    ވަޓް އަ ސަޕްރައިޒް، އަޅޭ.................................، އަހަރެން ހީކުރީ ގާސިމް ނުހޮވޭނެކަމަށް. ހެހެހެ

  4. މާމިގިލީ މަހަމޫދު

    އަކުން ބަކުން ކުޅެނީ ތޯ

  5. އަންނި

    ތިއީ ވިލާ ކުންފުނީގެ ޗެއަރމަން ކަމުގެ މަޤާމު ކާސިމް ކާފަ އަށް ދިނުން ކަހަލަ ކަމެއް ނުން، މަޤާމު ދެނީވެސް މަޤާމު ލިބެނީވެސް ބުރުމާއަށް ހުވާ ވަރަށް މަޖާ

  6. ނުރަބޯ

    ކެކެކެކެ ސިޔާސީ ޕާޓީއެކޯ....؟?