ކޯލިޝަނުން ވަކިވުމުގެ މިސްޓޭކް (ގޯސް) ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ދެން ހަދައިގެން ނުވާނެ ކަމަށް މިރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އިންތިޚާބު ކުރެއްވި، މިހާތަނަށް އެޕާޓީގެ ލީޑަރު ކަން ފުރުއްވި ހަމައެކަނި ބޭފުޅާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ކައުންސިލް މެންބަރުންނާއި މުހާތަބު ކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

"އެ މިސްޓޭކް (ގޯސް) ދެން އަޅުގަނޑުމެން ހަދާއިގެން ނުވާނެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މި ސަރުކާރުގެ ފަސް އަހަރު އޮމާންކަމާ އެކު މިކުރާ ފަހި ދަތުރުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާ އެކު ތިބެން ޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.

2008 ވަނަ އަހަރު ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވީ ޖޭޕީ ވެސް ހިމެނޭ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް ގާސިމް ވަނީ ރައީސް ނަޝީދުގެ ސަރުކާރަށް 21 ވަނަ އަށްވީ ދުވަހު ކެބިނެޓުން އިސްތިއުފާ ދެއްވާފައެވެ. އެފަހަރު ގާސިމް އާއި އެމްޑީޕީ އާއި ދެމެދު ޚިޔާލު ތަފާތުވުން އުފެދުނީ ރިސޯޓެއްގައި ހަޅުތާލު ކުރަން ތިބި މުވައްޒަފުންތަކެއް ރިސޯޓުން ބަލާން ގާސިމް ފުލުހުން ފޮނުވި މައްސަލައިގައެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް ޖޭޕީ އާއި ކޯލިޝަން ހަދައިގެންނެވެ. އެފަހަރު ގާސިމް އާއި ޕީޕީއެމްގެ ޚިޔާލު ތަފާތުވުން އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ގާސިމަށް ދެއްވަން ޕީޕީއެމް އިން އެއްބަސް ނުވުމުންނެވެ.

ގާސިމް ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކުގައި ސަރުކާރު ފަސް އަހަރަށް ހަލުވި ކަމާއެކުގައި ދަތުރު ކުރަން ޖެހޭނެ ކަމަށާއި އެ ދަތުރުގައި ސާބިތުކަމާއެކުގައި ޖޭޕީ އިން ތިބެން ޖެހޭނެއެވެ.

އަދި އެއްގޮތަކަށް ވެސް ޖޭޕީ އަކީ ދަތުރުގައި ހަލަބޮލިކަން ގެންނާނެ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ހަލަބޮލިކަމެއް ކޯލިޝަންގެ ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑު ކަށަވަރު ކުރަނީ އެއްވެސް ޖާގައެއް ނެތް ކަމަށް، އެއީ ކޮންމެ ބައެއް އަދި ކޮންމެ މީހަކަށް ވިޔަސް، ދިވެހިން ބޭނުން ވަނީ އިބޫ އާއި ފައިސަލްއާއެކު ފަށާ ފަސް އަހަރުގެ ދަތުރު ވަރަށް ބާއްޖަވެރި އަމާން އޮމާން ދަތުރެއްގެ ގޮތުގައި ނިންމުން،" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވާތީ އެކަމަށް ވެސް ވިސްނައިގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އިންތިހާބަށް ފަހު ޖޭޕީ ހައިބަނޭޝަންގައި ނޯވެ އެކްޓިވްކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެ ޕާޓީ އަކީ ސިޔާސީ ދާއިރާގައި މުހިންމު ޕާޓީއަކަށް ވާއިރު އެ ޕާޓީ ވަރުގަދަ ކަމާ އެކު މަސައްކަތް ކުރެވޭ ވަރުގެ ބޭފުޅުން ޕާޓީގައި މިހާރު އެބަތިބި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް

  ތިޔަކަހަލަ ގަމާރުން ގައިގަ 100 ފަހަރުވެސް އެއް ހަރަކުން ކަށިޖަހާނެ.. މަ މިހިރީ އެދުވަހެއްގެ އިންތިޒާރުގަ..

 2. ބާނިޔޫސޭ

  ޙަދީޘް ބަސްފުޅެއްގައިވެސް އެބައޮތް ދޯ ކާސިމާ ތިވާހަކަ.

 3. ޙަސަން

  މުސްލިމަކު ގައިގާ އެއްހަރުން ދެފަހަރަކަށް ކައްޓެއް ނުޖަހާނެ.

  • ވަހީދު

   މުސްލިމެއްކަމަށް ނުވަންޏާ 1000ފަހަރުވެސް ކަށި ޖަހާނެ.

 4. ޅިޔަނު

  ކޮބާކިހެނެއްމިހާރު ސާބަސްބޮޑުސޭޓު

 5. ނުރަބޯ

  އަމިއްލަ އެދުން މާބޮޑުވެފައި ސާބިތު ކަމެއް ނެތްމީހުންނަކަށް އެއްގޮތެއް ގައި ހިފަހައްޓައިގެން ނުތިބެވޭނެ.

 6. ކުމާރު

  ޔޫ އެއްނުންތަ ބުނީ އެއްއުރައެްގައި 2 ކަނޑިއަކައް ނޯއެވޭނެޔޭ. މިހާރު އެ ހަނދާން ނެތުނީދޯ. ތިހާ ހަނދާން ބަލިވިއްޔާ ކޯލިސަން ނުރޫޅި ނުހުންނާނެ. ޢެހެންނޫނަސް އަނެއްކާ 4 ކަނޑި އެއް އުރައެއްގަ އޮންނާނެ ހަމައެއް ގޮތެއްވެސް ނޯންނާނެ.

 7. ބރމ

  މިފަހަރު ކަށި ޖަހާޖަހާ ފޫ ދިޔަސް، ލޭކޮށުނަސް ހޮރުގަ އޮއްނަން ގަސްތު ކުރީތޯ؟

 8. ކުޑަބެ

  އެންމެ ފުރަތަމަ ފުންމައި ގަންނާނީ ހަމަ ކަލޭ އަބަދުވެސް ތިތެޅެނީ ލިބޭބައި މަދުވެގެން މިހާރުވެސް ތިއުޅެނީ ދައުލަތައް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ވާނެގޮތެއް ހެދޭތޯ.

 9. ކަރާ

  ތިގަމާރު މީހާގެ އަނގައިން ތިހެން ބުނާތާ އިރުކޮޅެއްވާނީ. ތެޅިގަންނާނެ. މިހާރު އަދި ތިއުޅެނީ ހަވާޅުނުވެ. ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭހެން. ކަލެޔޭ ރޫޅާލާނީ. ކަލޭ ބޭނުންވާވަރަށް ދިވެހިރައްޔިތުންގެ މުދާތައް ފޭރިނުގަނެވިގެން

 10. ކާށި ބޯޓް

  މާނައީ ،، ތިމަން މިއީ މުސްލިމެއްނޫނޭތަ ،، އެއީދޯ އެބުނާއެއްޗަކީ... ހހހހ

 11. ޖޭޕީ(ޖަޔަ ޕްރަކާޝް)

  ކޯލިޝަނުން ވަކިވުމުގެ މިސްޓޭކް ހަދަނީ ޕާޓީ އަކުންނޫން. ގާސިމް. ގާސިމް ބޭނުންވާގޮތަށް ހުރިހާކަމެއް ސަރުކާރުން ނުކޮށްދިނީމާ ގާސިމް އެކަންކުރަނީ. ޕާޓީގެ ބޮލުގައި އަޅުވާނެކަމެއްނެތް. ކަމެއް ރަނގަޅަށްކުރަން ބޭނުމިއްޔާ ސަރުކާރަށް ދައްކަންޖެހޭ ފައިސާ އަވަހަށްދައްކާ.

 12. އަންނި

  ކަލޭތީ އަމިއްލަ އެެދުމުން ފޯވެފައިވާ މީހެއް، މަށަކަށް ޤަބޫލެއް ނުކުރެވޭ ގޯސްނުހަދާ ކާލެން ތިބޭނެހެން، ތިބިއްޔާ ތިބޭނީ ދައުލަތުގެ މާލިއްޔާ ހުސްވަންދެން ދިނީމަ

 13. މިއަދު

  މީގެ ކުރިން އެއްމެން ގަބޫލު ކުރަމުން ގެންދިޔައީ 2008 އަދި 2013ގެ ކޯލިޗަނުން ޖޭޕީ ވަކިވެގަތީ ސަރުކާރުން ކަންކުރާގޮތުން ކަމު ނުގޮސްގެން ކަމަށް އެކަމު މިއަދި ތި އެއްބަސްވީ ހުރިހާ ގޯހެއްހަމަ އެދީ ޖޭޕީންކަމަށް ގާސިމު ބޭނުންވާހާގޮތަކަށް އެއްވެސް ސަރުކަރަކުން ކަން ކަން ކުރާކަށް ދުލެއް ނުކުރާނެކަން މިއަދު ގާސިމަށް ވިސްނުނީތީ އުފާކުރަން

 14. އަބްލޯ

  ﷲ ގެއިރާދަ ފުލުން އެދެނީވީ ހާވެސް އަވަހަކައް ތިބައިމީހުން ރޫޅޫން

 15. މަރަދޫ

  ގާސިމު އެހެން އެބުނަނީ ކޯޅިސަނުގައި ކޯޅުންތައް އުފެދި ހަލަބޮލިވެ ބައިބައި ވެފައިވާތީ ކޯޅިސަން ރޫޅޭދުވަސް ގާތްވުމުން.

 16. ޢަބްދުﷲ

  އެ އީ އެކަން ހިނގާފައިވާ ގޮތްކަމަށް މަހުޖަނުގެ އިޢުތިރާފުގެ މައްޗަށް ބުރަވެވެއެވެ. 2008 ގައިވެސް އަދި 2013 ގައިވެސް ހިނދު ކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅައި ސުންނާފަތި ކޮށްލުމާ ގުޅިގެން އުފަންވެފައިވާ މައްސަލަތަކުގެ ތެރޭގައި މިރާއްޖޭ ރައްޔިތުންނަށް ލިބިފައިވާ ދެރައަކީ، ވަރަށްބޮޑު ދެރައެކެވެ. އިއްޔެއާއި މިއަދާއި މާދަމާ މަޖިލީހުގެ ތެރެއިން ނެރެދެއްވާ ރިޒެލްޓުގެ މައްޗަށް ރައީސް ނަޝީދަކީ، މަޢުޞޫމް ފަރާތަކަށް ވެއްޖެނަމަ، ވެރިކަން ވެއްޓިފައިވަނީ، ބަޣާވާތަކުންތޯ ސުވާލުނުއުފެދެއެވެ. 5 އަހަރުގެ ތެރެއިން ބާކީއޮތް މުއްދަތަށް މުސާރައާއި ޢިނާޔާތްވެސް ޙައްޤުވާނެއެވެ.