ރައީސް ޔާމީން ޖަލަށް ލުމަށް ކިތަންމެ ވަރަކަށް ގޮވި ނަމަވެސް އެމަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން އިންޒާރެއް ނުލިބޭ ކަމަށާއި ނަމަވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސަޕޯޓަރުން އެއާއި ތަފާތު ކަމަށް އެމްޑީޕީގެ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ބުނެފިއެވެ.

ލޫކަސް މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ "އަހަރެމެން މިހާ ވަރަށް ޔާމީން ޖަލަށް ލާން، ހައްޔަރު ކުރަން، ތަޙްޤީޤު ކުރަން ގޮވާ އިރު ޔާމީންގެ ސަޕޯޓަރުން ހަމަ ގައިމުވެސް މަށަށް އިންޒާރުދީ ނޫޅޭ. އަދީބުގެ މީހުން އެއާއި ތަފާތު. ވަރަށް ހަަޑިކޮށް ތްރެޓެން ކޮށް ރިޕްލައި ކުރަނީ. އަދީބުގެ ސަޕޯޓަރުންނަށް އިޙްތިރާމް ކުރުން ނިމުނީ." ކަމަށެވެ.

https://twitter.com/Lucasjalyl/status/1056605714968264704

ލޫކަސް އިތުރަށް ބުނީ އިރު އަރާނީ އަދީބުގެ ސަޕޯޓަރަކު ޓްވިޓާގައި އުޅޭ ކޮންމެވެސް އަންހެން ކުއްޖަކަށް ހަޑިކޮށް ކޮށްފައި ހުންނަ ޓްވީޓަކާއި އެކުގައި ކަމަށެވެ. އެކަން ކުރަނީ އަދީބަށް މިނިވަން ތަޙްޤީޤެއް ކުރަން ޖެހޭނެއޭ ބުނެގެން ކަމަށާއި މިފަދަ ކަންކަން ބަލައި ނުގަނެވޭނެ ކަމަށް ލޫކަސް ބުންޏެވެ.

ލޫކަސް، އަދީބުގެ ސަޕޯޓަރުންނާއި ދެކޮޅަށް ކުރި ޓްވީޓްތަކާއި ގުޅިގެން އޭނާ އަށް ޓްވިޓާގައި މިރޭ އަދީބުގެ ސަޕޯޓަރުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ބޭސް ފަރުވާ އަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވަން އިދިކޮޅު ސިޔާސީ ލީޑަރުން ގޮވާލަމުން ގެންދާތީ ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިފިނަމަ ދެން ރާއްޖެ ނާންނާނެ ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

ދައުލަތަކުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ އަދީބުގެ މައްޗަށް މިހާރު ވެސް ވަނީ ގިނަ ޙުކުމްތަކެއް އައިސްފައެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރާ ތިރީހަކަށް މައްސަލަ މިހާރު ވެސް ކޯޓުގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. .ކޮބާ

    .ޔަގީނުން ވެސް ތިކަމުން އެނގުނީ ޔާމީނުގް ޚުލްގު ފުޅު ހެއޮކަން ރައްޔިތުނަނަށް އޯގާތެރި ކަމާ އެކުވެރީން ނާއި ޕާޓުނަރުން ނަށް ވެސް އޯގާތެރި ކަމާއި ތެދު މަގު ދައްކައި ދީފިކަން

  2. ޙަމެ

    ޢަންނި ދޫކުރަންޏާ އަދީބުވެސް ޖެހޭނީ ދޫކޮއްލަން ކިތަންމެބޮޑެތި ހުކުމެްކޮއްފަ އޮތަސް އިންސާފު ވާނީ އިންސާފައް .އިންސާފަކީ މިނިވަންކުރުން

  3. ޙަސަން

    ތައީސް ޔާމީންގެ ސަޕޯޓަރުންގައިވެސް ހުންނާނީ ރައީސް ޔާމީންގެ މިޒާޖު. އެއީ ވަށްވަށް ޖަހާހާ ކުއްތާ އަކާ ނުފޮށޭނެ.

  4. ނުރަބޯ

    އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހަކަށް ނުވަތަ ބަޔަކަށް ކުރެވޭނެ ގަދަރެއް، އިޙްތިރާމެއް ނޯންނާނެ. އޮވެގެންވެސް ނުވާނެ.

  5. ޞަލަ

    އެެެއީ މި ބުނާ ވަހަކައަކީ.ޔާމީންގެ ހެޔޮއެދޭ ސަޕޯޓަރުން (ގިނަމިހުން) ނަކީ އަޚްލާގް ރަގަޅު ބައެއް. ސަޕޯޓަރެއް ގެ ހައިސިއްޔަތުން އަހަރެންނަށް ފެނިފަ ހުރީމަ މިބުނަނީ. ޢަހަރެމެން މިތިބީ ސުޕްރީމްކޯޓުގެ ހުކުމްވެސް ބަލައިގަނެގެން މަޑުން ގޭގަ. ޢެކަމަކު އެދުވަހު ވޯޓު ބާތިލް ވި ނަމަ ކަލޭމެން މިހެން މަޑުން ތިބެނެތަ؟ މަށަށް ޔަގީން ސުޕްރީމް ކޯޓު ނުވެސް އޮންނާނެ މިއަދު. ޜައީސް ޔާމީން ސަޕޯޓަރުންގެ ކިބައިން ވިޔާނުދާ ކަމެއް ފެންނަންޏަާ އެކަމެއް ހުއްޓުވުމަށް ބާރުއަޅައި ނަސޭހަތް ދެއްވާ. ޢެކަމަކު މޑޕ ރޫހާނީ ލީޑަރު ހޯދަނީ ތަޅާނެ ކުދިން. މީ ތަފާތަކީ

  6. އަލީ

    ނެތް ބަޔެއްގެ ތްރެޓެއްވެސް ނާންނާނެ އެއްނު... ދެން ލޫކަސް ވެސް ދައްކާ ވާހަކަ. ޔާމީނުގެ ކޮންތާކު ތިބި ހާޑްކޯ ފޭނުން ތަކެއް؟ ލޮލް

    • މަ

      ތިޔަހެން ނުބުނޭ... އެއީ ހާރޑްކޯ ނުވެވިގެނެއްނޫން..

    • އަލީ-12

      އަންޑަރއެސްޓިމޭޓް ނުކުރޭ އަދި ސަރުކާރުވެސް ބާރުވެސް ބޭނުން ކުރެވޭނެ ހަމަނުޖެހުން ބޭނުމިއްޔާ..
      ސައިޒް ނޯޅޭ ރައީސް ޔާމީން އަކީ ގައުމު އާރާސްތުކުރުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެއް، ނުރުހެވޭ ކޮންމެ ފަހަރަކު ގައުމަށް ގެއްލުން ދޭނެ ބޭފުޅެއްނޫން..

  7. އެޑަމް

    އަދީބު ސަޕޯޓަރުންނާއި ޔާމީންގެ ސަޕޯޓަރުންނަކީ ހަމަ އެއްބައެއް. އެބައި މީހުންނަކީ އަމިއްލަ ޖީބަށް ވަންނަ އެއްޗަކަށް އެކިފަހަރު އެކީ މީހުނަށް ތާއީދުކުރާ ބައެއް...

  8. މިއަދު

    ޕީޕީ އެމްގެ ސަޕޯޓަރުންނަކީ ހެޔޮލަފާ ބައެއްކަން ތިއެގުނީ މިއަދުދޯ އެއީ ރައިސްޔާމީނުގެ ލީޑަރޝިޕުން ސަޕޯޓަރުންނަށް ދެއްކި މަގު އެމަގުގައި އަދިވެސް މިތިބީ އެކަމު ރައިސް ނަޝީދު އަމިއްލައަށް ވެރިކަމުން އިސްތިއުފާ ދީފައި އަނެއްދުވަހު ނުކުމެ ކުރީ އެހެންކަމެއްދޯ

  9. މަގޭ ޕްރެސިޑެންޓް

    ޗިލް ލޫކަސް. ލޫކަސްމެން އަދި މާބޮޑަށް ޅަވާނެ މިކުޅީގަ. އަސްލަށް ކޮށާލާއިރު މާބާވަރު ވޯނިންގެއް ނުފޮނުވާނެ. . . 🙂 ކަންކުރާ މީހުންނާ އަނގައަރުވާމީހުންގެ ތަފާތުއެއީ. ޗިލް. ހެހެހެހެހެހެ އަދިނުވޭ ޕެނިކްވާކަށް އެކަމަކު، އޯކޭ

  10. ޙަސަން

    ތިކަމުން ކަލޭމެންނަށް ތިއެގިގެން ދިޔައީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ޑިސިޕްލީން

  11. ހަލޯ

    ކަލޯފިތުނީދޯމާޒީންއިބުރަތްހާސިލްކުރީމަފައިދާވާނެ

  12. މުންޑު ހައްވަ

    ރ. ޔާމީނުގެ ތިބޭނީ ސަޕޯޓަރުން ،، ނަޝީދގެެވެސް އަދީބުގެ ވެސް ތިބޭނީ ގޭންގްސްޓާރުން .....

  13. ޢަބްދުﷲ

    ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ހަމްދަރުދީ ހޯދޭނީ، ކެތްތެރި، ހިތްތިރި ބަޔަކަށް ވެގެންނެވެ. ހިތިރަހަ ދޭނަމަ، ބުރުސޫރަ ގެއްލޭނެއެވެ.

  14. ކަނަކުރި

    ޢަލީ ގާތު ބުނެލަން ބޭނުމީ ރޔ ގެ ސަޕޯޓަރުން އެބަ ތިބީމޭ. ވަކި ހިސާބަކުން އިން ޝާ ﷲ އެކަން އެނގިގެން ދާނެޔޭ!