ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އަލުން ރިވިއު ކޮށްދޭން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވާ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެމްޑީޕީ އިން އެދިއްޖެއެވެ.

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ މަސްލަޙަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައަކަށްވާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަކީ އެޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލަައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމާއި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަޢާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި ދެއްވުން އެދި އެމްޑީޕީގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ މައްސަލަ ދިވެހިރާއްޖޭ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ މަރުޙަބާއާ ޝުކުރު ދަންނަވާ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގުނީ ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްޢަޤުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ޚިލާފަށެވެ. އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަންރައިޓްސް ކޮމިޓީ އިންވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް، ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގާފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ މިނިވަންކަން އަނބުރާ ހޯދައިދިނުމަށް އެމްޑީޕީ އިން ކުރަމުން ގެންދާ މަސައްކަތްތައް އެއްވެސް ފަސްޖެހުމެއް، ހުއްޓުމެއްނެތި ކުރިއަށް ގެންދާނޭކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ރަސީދު

  އައްނީ ގެކަމެއް ވިއްޔާ އަވަހައް ނިއްމަން ޖެހޭތަ ކިތައް ދިވެހި ރައް ޔިތުންގެ މައްސަލަ ނުނިމި އެބަހުރި އައްނި އަކަކައް ވަކި ގޮތެއް އޮތުމަކީ އިން ސާފު ކަމުގަ ވާނަމަ ޖަން ގަލީގަވެސް އޮއްނަނީ އިން ސާފު

  • ނަސީމް

   އެމްޑީޕީ އަކީހަމަހަމަކަމާ އިސާފަތްލޯބިކުރާ އަދިއެކިޔާ ޑިމޮކްރަސީގެ ކަންފުޅެއްވެސް ތިބިބައެއްނޫން. ނަޝީދުވީމަ ހަމަމިނިވަން ކުރަންޖެހެނީ ވަގުތުން. އިސްލާމީޝަރީއަތަކީ ބޭރުފުށައް ހިނގާއެއްޗެއް ކޯޓް 3މަރުހަލާއިން ވެސްހުކުމަށް އޮތީތާއިދު ކޮށްފަ.

  • ބޭބެ

   ރައިސް ނަޝީދުގެ ސަރުކާރުން އޭރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހައްްޔަރުކޮށް ނުވަތަ ރަހީނުކޮށްފައި ބެހެއްޓި!! އަދި ކޯޓާ 100 ފޫޓަށްވެސް ފަނޑިޔާރަށް ކައިރި ނުވެވޭނެކަމަށްވެސް ރައިސް ނަޝީދު ބުނި!! އަދި ފަނޑިޔާރު އަބުދުﷲ ގާޒީ ހައްޔަރުކުރީ އެމަނިކުފާނުކަމާއި އެއީ ހެދުނު ގޯހެއްކަމަށް މީޑިޔާގެ ކުރިމަތީގައި އެއްބަސްވެ ވަޑައިގެންނެވި!! މިކަން ވަނީ ޝައްކެތް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފަ!! މިކަމުގެ އަދަބު ރައިސް ނަޝީދަށްކަމަކު ލިބެންޖެހޭނެ!! މިކަމުން ބަރީޢައެއް ނުވެވޭނެ!! އަވަސް އަރުވާލައިގެންނޭ ޓެރަރިޒަމްގެ ދަޢުވާއޭ ކިޔާ ފާޑުފާޑުގެ ވަހަކަތަކައި ބަހަނާތައް ރައިސް ނަޝީދުގެ ލީގަލް ޓީމުން ބުންޏެއްކަމަކު މިމައްސަލައިގެ ޕްރޮސެސްދިޔައީ ރައިސް ނަޝީދަށްވެސް އެކަށީގެންވާ ވަގުތު ދެވި އިސްތިއުނާފުކުރަންވެސް ވަގުތުދެވިގެންކަން ފާހަގަކުރެވޭ!! އަދި ހުރިހާ ކޯޓަކުން މައްސަލަ ނިންމާ ރާއްޖޭގެ ސްޕްރީމް ކޯޓުންވެސްވަނީ މައްސަލަ ބަލާ ޙުކުމް ދަމަހައްޓާފަ!! އެހެންވީމަ އިންސާފު ލިބެންޖެހޭނީ ހުރިހާ މީހުންނަށްވެސް ހަމަހަމަވާގޮތަށް!! ފަނޑިޔާރު އަބުދުﷲ ގާޒީގެ ޙައްގުތައްވެސް ހިމާޔަތްކޮށް އިޙްތިރާމްކުރަންޖެހޭނެ!! ޙާލަތު ބަދަލުވުމަކުން ރައިސް ނަޝީދުގެ މިމައްސަ މިއީ ނުވާ އަދި ނުކުރާކަމަކަށް ވެގެން ނުވާނެ!! ރައްޔިތުން މިމައްސަލައަށް އިންސާފު ބޭނުންވޭ!!

 2. ޖަަންބު ހަސަން އަފީފު

  އަވަހަށް މިނިވަންވެ ރާއްޖެ ދުރުވެ މިނިވަން އިންސާފުވެރި އިންތިހާބަކަށް ގޮވާލާ ބައިވެރިވެ ކުރިހޯދާށެވެ.އަޅުގަނޑުމެން ބޭނުންވާ ރައީސަކީ ތީއެވެ.

 3. ރިޔާޒް

  ކުރިން ބުނަނީ މައްސަލަތައް އަވަސްއަރުވާލާގެން ނިންމާ ވާހަކައެވެ. މިހާރު އެ އަނަގަތަކުން މި ގޮވަނީ މައްސަލަ އަވަހަށް ނިންމުމަށެވެ. ތީގައި ދެން މައްސަލައެއްނެތްތާއެވެ! ވޭތުވދިޔަ މަސްދުވަހުގެ ހަރަކާތްތަކަށް ބަލާއިރު މައްސަލަވައްދާތާ އެއްދުވަހުން ވަނީ މައްސަލަ ނިންމާފައެވެ. މައްސަލަ ނިމިފައިވެސްވަނީ ހަމަ ކަލޭމެން ބޭނުންވާގޮތަކަށެވެ. ކޯޓުތަކުން އިންޞާފްލިބުަމަކީ މިއީތޯއެވެ؟

 4. އެމް ޑީޕީ

  މި ޤައުމުގެ ހަލާކު

 5. ޒަވައި

  ބަލަ މިހާރު މިވީ ކިހިނެއް މަޖްލިސް އިން އަންނި ދޫކޮއްލަން ނިންމައިގެން ތިބެފަ އަދި ކިރިޔާދޯ ވިސްނުނީ ކޯޓު ހުކުމެއް ކޯޓުން ކަން ބާތިލް ކުރެވޭނީ ރޫހާނީ ލީޑަރަކަސް ބޭނުންހާ ގޮތެއް ނެހެދޭނެކަން

 6. ފެންފުށީ ތަލަ ހަަަަަަސަނު

  ބޭއްވުނު އިންތިހާބަކީ ޔާމީނުގެ މުށުތެރޭގައި މުޅި ދައުލަތް އޮވެގެން ބޭއްވި އިންތިހާބެކެވެ. މަނިކުފާނަށް ހަގީގަތުގައި ކުރިމަތިލެވެން އޮއްވާ އެކަމަށް ދޫނުދެއްވާ އަވަސްް އަރުވާލައިގެން އެ ބޭއްވީ އިންސާފުވެރި އިންތިހާބެއް ނޫން.
  ބޭނުންވަނީ އެންމެންނަށް ހަމަހަމަކޮށް ބައިވެރިވެވޭ އިންސާފުވެރި އިންތިހާބެއް!

 7. ސޭޓު ލުުުއާ

  އެމްޑީޕީން ތިޔަ ގޮވާލެއްވީ ވަރަށް ވެސް ބޮޑު މާނަފުން ގޮވާލެއްވުމެއް ކަމާއި މެދަކު ދެބަސްވާނެ ދިވެއްސެއް ނުހުންނާނެއެވެ. ޔައުނީ އެމީހުންގެ އަސްލު ރައީސް މިނިވަންވުމާއި އެކު ދެން ގޮވާލާނީ އަވަސް އިންތިހާބަކަށެވެ. ހަޤީޤީ ރައީސް ދިވެހިން ބޭނުންވާ ރައީސަކީ ތީއެވެ.ވީ ލަވް ޔޫ!

 8. އާލު

  އިބޫއަށް ވެރިކަން ލިބުނީ ރައީސް ނަޝީދުގެ ތާއީދާއި އެކުއެވެ. ކުރިޔަށް އޮތް ފަސްއަހަރަށް ފަހު އަނެއްކާވެސް އިބޫ ކުރިމަތިލައްވަފާނެއެވެ. އެ ފަސް އަހަރު އިބޫއެއް ބޭނުމެއް ނުވާނެ ނަޝީދުގެ ނަމެއް! މިހެން ބުނީ ރައީސް މައުމޫނާއި ނުލާ ރައީސް ޔާމީނުވެސް އެއޮތީ 1 ލައްކަ ވޯޓު ހޯދާފައެވެ.

 9. އަޙްމަދު

  ޑިސެމްބަރުގެ ކުރިން މިޤައުމަށް އެރުނަ ނުދޭތި. އެއުޅޭނީ އިބޫއަށް ލޮޓިއެއްދޭން. ވެރިކާމާ ހެދީ މިނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްވާނެ.

 10. ޖަޒީރާ ރާއްޖެ 1

  ޑިމޮކްރަސީއަށް ގުރުބާންތަކެއް ވި ބަތޮލަށް ވެރިކަންކުރަން ލިބުނު 5 އަހަރުގެ ތެރެއިން 2 އަހަރު ލިބުނީ! ދެން ލިބުނު ފުރުސަތުވެސް ޔާމީނު ފޭރުނީ.
  އެހެންވީމަ އެބަޖެހޭ ރައީސް ނަޝީދު ބައިވެރިވާ އިންތިހާބެއް ބާއްވައިދޭން!
  އަޅުގަނޑުމެން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރައީސް ނަޝީދު މިނިވަން ކުރަން....

 11. މުޙައްމަދު

  ޖަލު ހުކުމްތައް އިއްވާފައިވަނީ ތިޔަ ވިދާޅުވާގޮތަށް ބޭއިންސާފުންނަމަ، އެ ހުކުމްތައް އިއްވި ފަރާތްތައް އަދާލަތުގެ ކުރިމަށްޗަށް ނެރެ ހަރުކަށި އަދަބު ދެވެންޖެހޭނެ. ހަމަ އެކަނި ތިޔަ ވިދާޅުވާ ބޭފުޅުން ޖަލުން ދޫކޮށްލުމުން އިންސާފު ލިބުނީ ކަމަށް ނިންމައިގެން ތިބޭނަމަ އޭގެން ދޭހަވަނީ އެހެން މާނައެއް. އަދުލު އިންސާފަކީ ހުރިހާ އެންމެންނަށްވެސް ހަމަހަމަ އެއްޗަކަށް ވާންނާނެ. ހަމައެކަނި އަޑުގަދަ މީހާގެ ރުއް ގިނަވާހެން އަޑުގަދަ މީހާގެ އިންސާފެއްނޫން ހަމައެކަނި އޮންނަންވާނީ.

  ރައީސް ނަޝީދުއާ ގުޅޭގޮތުން އަޅުގަނޑު ދަންނަވަން ބޭނުންވަނީ ޢަބްދުﷲ ޣާޒީ ހައްޔަރު ކުރަން އަމުރު ކުރިތޯ ނުވަތަ ނޫންތޯ؟ ނޫނީ އަބްދުﷲ ޣާޒީ ނިޒާމުން ބޭނުން މިލިޓަރީ ކޮންޓްރޯލްގަ އޮންނަ ރަށަކަށް ގޮސް އެރީތޯ؟ އެގޮތަށް ގޮސް އެރި ނަމަ އެފަދަ ތާކަށް ހުއްދަ ނެތި އެރުމުން ޢަބްދުﷲ ޣާޒީއަށް އަދަބު ދެވެންވާނެ.

 12. އަލީ

  ނޮވެމްބަރ 17 ގައި އަންނި ރައީސްކަމުގެ ހުވާ ކުރާ ގޮތަށް ނިންމަދިނުން އެދެން. އޭރުން އެމް.ޑީ.ޕީގެ ކުދިން ވަރަށް އުފާވާނެ

 13. ބާގިރު

  ކޮބާ ނިކަމެތި މީހާގެ ޙާއްގު ، ނިކަމެތިމީހާގެ އިސްތިއުނާފްގެ މައްސަލަތައް ވަކި ދުވަހެއްގެކުރިން ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ، އަންނި ވީމާ ނިިމިފައި އޮތް މައްސަލަވެސް މުރާޖާކރަންޖެހޭ . ކޮންމެ ދުވަހަކުންވެސް މުރާޖާކުރަން ޖެހޭ. ނިކަމެތިމީހާ އިންނަން ޖެހޭނީ އަބަދުވެސް ޖަލުގައި ރޯލަ ރޯލާ. އެކަކުވެސް ނުގޮވާނެ ނިމަމެތި މީހާގެ މައްސަލަ މުރާޖާކުރާކަށް. މިވެސް އިންސާފުދޯ ؟ ހާދަހާ ދެރައޭ،

 14. މާރިޔާ

  ކަލޯ އެދިއެދި ނުތިބެ އަވަހަށް ކޯޓް ދޮށަށް އެއްވޭ، ނުވިތާކަށް ޤައުމު ހުޅުޖަހާ، ކަލޭމެންގެ ސްޓައިލް އަށް އުޅެން ޖެހޭނީ، ބަލަގަ އޭނަކުރި ކުށަކަށް ނޫންތަ އަދަބު ލިބިފައެހެރީ .....

 15. ޙަސަން

  އަވަހަށް ނިންމައިދޭނެ. ލަހެއްވެސް ނުކުރާނެ. ނިންމާނީވެސް ތިމީހުން އެދޭ ގޮތަށް. އެއަކީ ޝައްކެއްހރިކަމެއްނޫން.

 16. ޙަސަން

  އެއީ މިހާރު ސާފު ހުދު ކާފޫރުކޮޅެއް.

 17. ނީބުމަ

  މިހާރުމަގޭ މުސާރަ 7000ރ، މިމުސާރަ މާކުޑަ. އެހެންވީމާ 70000 ރ މުސާރަ އަވަހަށް ބޮޑު ކޮށް ދިރިއުޅެން ފެންވަރުރަނގަޅު ފުލެޓެއް ބޭނުން. މާދަމާ އަށްލަސްނުކުރުން ވަރަށްބޭނުން. ވަރަށް ސަލާމް

 18. ނަޝާ

  ހަމަ ހަބޭސް!!!

 19. މިއަދު

  އެދުވަހުވެސް މައްސަލަތައް އަވަސް އަރުވައިގަނެގެން ނިންމީމަ ދިޔައީ ގޯހުން ގޯހަށް މިއަދުވެސް ތިގޮވަނީ އަވަސް އަރުވާލައިގެން މައްސަލަތައް ނިންމުމަށް ހައްތަހާ ބޮޑުފަޅި

 20. އަބޯ

  އަވަހަށް ނުނިންމާތި ؟ މިހާރުވެސް އޮތީ އަވސް ވެގެން ފަޓާސް ބަރި އަކަށް ވެފަ. މިހާރު މިއުޅެނީ ލަސްވެގެން . ކިޔޭ އެއްޗެއް އެބައެގޭތަ ؟ ނަސީދު ދޫކުރުމަކީ ވެވޭނެ ކަމެއްނޫން. ނަސީދު ގެ މަތިން ހަނދާންނައްތާލާފަ އިބޫ ގޮވައިގެން ގައުމާއިގެން ކުރިޔަށް ވަޑައިގަންނަވާ.

 21. ސިންގ ސާހަބު

  ޖަލުހުކުމް އިއްވާފައިތިބި އެންމެން ދޫކޮށްލާ ސިޔާސީމީހުން ނޫނަސް އެބަތިބި ޖަލުގައި މީހުން