ކުރީގެ ރައީސް ރައީސް ނަޝީދު މިނިވަން ނުވަނީސް ޕާޓީގެ މެމްބަރުން ހިތްހަމަ ނުޖެހޭނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރާއްޖޭގައި ހިންގާފައި އޮތް އެންމެ ބޮޑު ބޭއިންސާފު ހިންގާފައި އޮތީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކަމަށާއި އެމްޑީޕީގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ނަޝީދު މިނިވަންކުރުން ކަމަށެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތުން އުންމީދު ކުރަނީ ރައީސް ނަޝީދު މިނިވަންވެގެންދާނެ. އިންސާފުގެ މަގަށް އަޅުގަނޑުމެން ކުރަމުންދާ މި މަސައްކަތުގައި ބޮޑު ކާމިޔާބީއެއް އިހުސާސްވާ ހިސާބެއް ކަމަށް އަޅުގަނޑުމެން ދެކެނީ އެންމެ ބޮޑު ބޭއިންސާފަށް އިންސާފު ލިބުމުން. މި ރާއްޖޭގައި މިއަށްވުރެ ބޮޑު ބޭއިންސާފެއް ނެތް،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ މިއަދު މިހިސާބަށް އެމްޑީޕީ އަށް އާދެވުނީ އެ އަޒުމުގައި މަސައްކަތް ކުރެއްވުމުން ކަމަށާއި މިހާރު ރައްޔިތުން މަޖިލީހުގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ރައީސް ނަޝީދު މިނިވަން ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"ރައީސް ނަޝީދުގެ އެންމެ ބޮޑު އެއް ހައްގަށް ރައީސް ޔާމީން ވަނީ އަރާފައި އެ ހައްޤަކީ އެމަނިކުފާނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުން" ޝިފާޒް ވިދާޅުވިއެވެ.

ވެރިކަމުގައި ހުންނެވި އިރު ޤާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.

އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު "ވީ ހާލެއްގައިވާން" ރާއްޖެ ވަޑައިނަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އެނބުރި ރާއްޖެ އެ ވަޑައިގަންނަވަނީ، ތިން އަހަރާއި ނުވަ މަހާއި 10 ދުވަސް ވަންދެން އަމިއްލަ ގައުމުން ބޭރުގައި އަރުއްވާލެވިގެން ހުންނެވުމަށްފަހުއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާއި ގުޅޭގޮތުން އެމްޑީޕީން ބުނެފައި ވަނީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މަދަނީ، ސިޔާސީ ހައްގުތައް ބޭނުން ކުރުމުގައި އެއްވެސް ހުރަހެއް އެދުވަހު ނޯންނާނެކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދޮންކަލޯ

    ނަޝީދު މިނިވަން ކުރަން ޖެހޭނީ ޖަލުގައިތިބި އެހެން ކުއްވެރިން މިނިވަން ކޮށްފައި

  2. އަލީ

    އެމް.ޑީ.ޕީ ގެ ސަޕޯޓަރުން ބޭނުންވާހާ ގޮތެއް ކޮންމެހެން ހަދަންޖެހޭތަ

  3. ހުސައިން

    ސަޕޯޓަރުން ބޭނުންވަނީ މިޤައުމުގައި ރާބޮވޭގޮތަށް ހަދާށޭކިޔާފަ އެކަންވެސް ކުރަންވީއެއްނު. އެމް.ޑީ.ޕީ އަީ މިގައުމަށް ޖެހިފައި އޮތް ބޮޑު މުސީބާތެއްނު

  4. ާާއަލި ބެއްޔާ

    ތިގޮލާ މިރާއްޖެ އަށް އަންނަން، ގެންނަން ބޭނުމެއްނޫން.

  5. އައްޑޫސިޓީ

    އެމްޑީޕީ އަކީހަމަހަމަކަމާ އިސާފަތްލޯބިކުރާ އަދިއެކިޔާ ޑިމޮކްރަސީގެ ކަންފުޅެއްވެސް ތިބިބައެއްނޫން. ނަޝީދުވީމަ ހަމަމިނިވަން ކުރަންޖެހެނީ ވަގުތުން. އިސްލާމީޝަރީއަތަކީ ބޭރުފުށައް ހިނގާއެއްޗެއް ކޯޓް 3މަރުހަލާއިން ވެސްހުކުމަށް އޮތީތާއިދު ކޮށްފަ.

  6. މުޙައްމަދު

    އެހެންވިއްޔާ އަދީބުވެސް ދޫކޮށްލަން ޖެހޭނެ

  7. ކުމާރު

    އެކަމަކު ވަރައް ހިތްހަމަޖެހެޔޯ ވެބްކެމްސީރީޒް ކުޅެވުނީމަ

  8. އަބުލޯ

    އައްނި ސަލާ ވުމަކީ ވަރައް ދެރަކަމެއް

  9. ކާޅުކެއަސް ސޮއްނުގޮވާ

    އިބިލީސް ވެސް އިންސާނުން އެސޮރަށް ހެއްލެންދެން ސިކުންތަކަށްވެސް ދޫކޮށްނުލާ. ނަމަވެސް މިހާރު އިބިލީސް ވެސް ނުބައި ކަންތައް ދަސްކުރަނީ އިންސާނުގް ފަރާތުން .

  10. ޑަމް

    ނަޝީދު މިނިވަންކުރޭ ! އޭރުން މި ފަސްއަހަރު ގަޑުބަޑު ވެގެންދާނީ ! ނަޝީދު މިނިވަން ވުމަކީ މި ވެރިކަމަށް ދަމާމަފަ ދޫކޮށްލާ ތީރެއްފަދަ ހަމަލާއެއް! އިބޫ މެންނަކަށް ހަމަޖެހުމުގެ ނޭވާއެއްވެސް މިކަލޭގެ މިނިވަން ވެއްޖިޔާ ނުލެވޭނެ. ބަލާތި ! ކޮކްޓެއިލް ކޯލިޝަން ހަލުވާ ގަނޑަކަށް ބަދަލު ކޮށްލާނެ!

  11. ޑަމް

    ކުދިންނޭ މިވެރިން ކޮންމެހެންވެސް ހިތަހަމަޖައްސާފަ ބައިތިއްބަން ވާނީ ނޫނީ ކުރިން ނިކުތްކަހަލަ ވެބްކެމް ސީރީސްތަކެއް ރިލީޒް ކޮށްލަފާނެ ! ސީރީޒްގެ ކޮންޓިނިއޭޝަން ކުރިޔަށްދާނީ ބޮސް މިނިވަން ކުރެވިގެން ދޯ !މިކަން ކުރަން ފެނޭ އަވަހާ

  12. ޙަމެ

    ޢަންނި ވެރިކަމައް ހުވާ ނުކުރަންޏާ ސަޕޯޓަރުން ވަރައް ރުޅިގަދަ ވޭ. ޥީމަ ވީހާވެސް އަވަހަކައް ވެރިކަމުގެ ހުވާ ކޮންމެވެސް ގޮތަކުން ކުރެވޭނެ ގޮތް ހައްދަވައިދެއްވުން އެދެން

  13. ޙުސައިން ޢަލީ

    ރައްޔިތުން ހިންހަމަ ނުޖެހޭ އެއްވެސް މީހަކު ޖަލުގަ ބާއްވައިގެން (ނަޝީދު ޖަލުން ސަލާމަތްކުރާ ފަދައިން އެހެން ހުރިހާ މީހުންވެސް ޖަލުން ނެރެން ޖެހޭނެ) ރައްޔިތުން

  14. ބޯހަލާކު

    ކަލޭމެން ގެއަށް ވަދެ ހިތްހަމަޖެހޭނީ އެހެން ދީންތައް މި ސައްތައިން ސައްތަ މުސްލިމު ޤައުމަށް ގެނައުމުން!!!!!

  15. ބޮންދު

    ނަޝީދު މިނިވަނެއް ނުވޭ. އެކަމަކު ލަންކާއާއި ޔޫކޭގަ. އޭނަ މިނިވަންވެއްޖެއްޔާ ދެން އުޅޭނީ ޖައްވުގަ. ފަޒާގަ.

  16. އަހްމަދު

    ޝިފާޒު ތިބޭފޫޅުން މަސައްްކަތްކުރަމުންތިދަނީ އިންސާފުގެމަގަކުންނޫން މިހާރު ތިމަސައްކަތް ކުރަމުންދަނީ ނާއިންސާފުގެމަގުން މިހާރުކޯޓުތަކުން ނިންމުންތަށް ނިންމަމުންއެދަނީ އިންސާފަކުންނޫން ތިބޭފުޅުންގެ ރޫހާނީލީޑަރުވެސް ސަލާމަތްވާނެ އެވެސް ނާއިންސާފުން މިހާރުތިބޭފުޅުން ހުށަހަޅާހުރިހާކަމެއްވެސް ބޭނުންވާގޮތަކަށް ނިމިގެންދާނެ އިންސާފު ނާއިންސާފު ކިޔާނެކަމެއްނެތް

  17. ތަކުރު

    އެކަމަކު ވަރައް ހިތްހަމަޖެހެޔޯ ވެބްކެމްސީރީޒް ކުޅެވުނީމަ.ހަހަހަހަހަހަ

  18. ދޮހޮއްކޮ

    މިވަރު ހަރާންކޯރު ބަޔަކު ނުތިބޭނެ. އަމިއްލަ އެދުމުން ފޯވެފައިތިބި ބައެއް .އެންމެ ބޮޑު ބޭއިންސާފޭ ކިޔައިގެން ހަލާލަވާ ނަގަނީ.. ކޮބާ އަބުދުﷲ ގާޒީ އަށް 7 އަހަރުދުވަސް ވީއިރުވެސް އިންސާފެއްނުލިބޭ.. ނަޝިދު މިނިވަން ވުމަކީ އިންސާފު ގާއިމު ކުރެވުމެއްް ނޫން

  19. ޢަބްދުﷲ

    އެއްވެސް ކުށެއްނެތް މަޢުޞޫމް ފަރާތެއްގެ ގޮތުގައި ގޮޅިން ނުކުތުމުން، ދެންހުރި ޑިމާންޑްތައް މަދެއްނޫނެވެ.