ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ގއ.ގެމަނަފުއްޓަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
"ވަގުތު " އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވިދާޅުވީ ރިކޯޑްތަށް ދައްކާގޮތުން ގެމަނަފުއްޓަށް 92 މިލިމީޓަރު ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ގދ.ތިނަދޫއަށް 83 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
During the past 24 hours, fairly widespread rain with occasional heavy showers were experienced over the country with the heaviest rainfall of 92 mm in GA.Gemanafushi. pic.twitter.com/G4EuyXyhMV
— Maldives Meteorology (@MetMaldives) October 29, 2018
އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ އުތުރު ފިޔަވައި އެހެން ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.
މެދު ރާއްޖެތެރެއާއި ދެކުނުގެ ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
ރާއްޖޭގެ މެދުތެރޭގެ ކަނޑުތަކާއި ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައިހުއްޓާ ނުލާ ވަރޭ ވެހުމުގެ ސަބަބުން އިއްޔެ ވަނީ މާލޭގެ ގިނަ މަގުތަކާއި ގިނަ ރަށްރަކުގައި ވެސް ފެން ބޮޑުވެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވިގޮތުގައި މިހާރު ކުރަމުން ދަނީ މޫސުމީ ވިއްސާރައެއް ކަމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، ބޯކޮށް ވާރޭވެހިދާނޭކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.
މިލިމީޓަރުތަ ނޫނީ މިލިލީޓަރުތަ؟
މިލި މީޓަރ.
މިއީ ވަކި ސައިޒެއްގެ ކޮންޓެއިނަރަކަށް އެވަގުތު އެޅޭ ފެން ނަގެމުަށްފަހު ޚާއްސަ އަދި ވަކި ސައިޒެއްގެ ޓިއުބެއް ބޭނުންކޮށްގެން އެއިގެ ލެވެލް ބަލައި ނެރޭ ނަތީޖާއެއް.
ޥެހުނު އަދަދު މލ އިން ނުވަތަ ލީޓަރުން ބަލާނަމަ އިތުރު ހިސާބެއް ހަދަން ޖެހޭނެ. ޢެއީ އެރަށެއް ނުވަތަ ސިޓީއެއްގެ އޭރިޔާއޢަި އަޅާކިއުމަށްފަހު.
ހަދަހާ މޫސުމް ގޮހޭ ދޯ