ކޯލިޝަން ސަރުކާރެއް ހިންގުމުގައި ކުރިން ހެދުނު ގޯސްތައް ދެން ތަކުރާރެއް ނުކުރާނަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އިންޑިއާގެ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކޯލިޝަން އިން ކުރިން ހެދި ގޯސް ތަކުރާރު ނުވާ ގޮތަށް، އެކަކު އަނެކަކަށް އިނގިލި ދިއްނުކޮށް ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކޯލިޝަންގެ ހުރިހާ ބައިވެރިން ވެް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެއްބަޔަކު އަނެއް ބަޔަކާ އިނގިލި ދިއްކުރުމުން އަރައިގެނެ، ކުރިން ހެދުނު ގޯސް ތަކުރާރު ނުކޮށް ރައްޔިތުންގެ ހައްގުގައް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަން،" މައުމޫން ވިދާޅުވިއެވެ.

އާ ސަރުކާރުގެ ފުރަތަމަ މަސައްކަތަކަށް ވާނީ މިދިޔަ އަހަރު ތެރޭގައި ދިވެހިން ތަޖުރިބާ ކުރި ސިޔާސީ ހިތި ދުވަސްތަކުން ނިކުމެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރުން ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެކަމަކު އިންތިހާބުގެ ނަތީޖާއިން ފެންނަން އޮތް ފަދައިން ރައްޔިތުން ވަނީ ރައީސް ޔާމީނަށް އަދަބު ދިނުމުގެ ފިޔަވަޅު އަޅާފައި. ބޮޑު ގެއްލުމެއް ރައީސް ޔާމީން ސަރުކާރުން އޮތީ ދީފައި. އެކަމަކު ގާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާތަކާއި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާއި ގާނޫނުއަސާސީ، ކޯލިޝަން ސަރުކާރުން ރައްކާތެރިކޮށްދޭނެ،" މައުމޫނު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާއާ އެކު ބާއްވާ ގާތް ގުޅުމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"ޗައިނާ އާއި ގުޅުން ބަދަހި ކުރުމުން ޗައިނާ އިން ވަނީ ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ހިންގަވައި ދެއްވާފައި. ނަމަވެސް އެކަމުގެ ސަބަބުން ގައުމު ދަރަނިވެރިވެފައިވާ މިންވަރާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ. އަޅުގަނޑު ދެކެނީ މި ކަންތައްތައް ފަރުވާތެރިކަމާ އެކު މުރާޖައާކޮށް ހަމަަޖައްސަން ޖެހޭނެ ކަމަށް. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ދިވެހިންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ،" މައުމޫން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ގުޅުން ބަދަހި ކުރުމުން އިންޑިއާ އިން ވަނީ ތަކުރާރުކޮށް ހިންހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ދިވެހިންނަށް ވިސާ ދޫކުރުމުގައި ދުއްތުރާތައް ކުރިމަތިކޮށްފައި ވެއެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ޗައިނާ އާއި ދުރަށް ޖެހި އިންޑިއާ އާއި ގާތް ވާނެ ކަމުގެ ވައުދާއި އެކު ކަމަށް ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މިއަދު

    މިހާރު އެބަގަބޫލު ކުރެވޭދޯ ޔާމީނު ވެރިކަމުން މައުމޫނު ދުރަށް ދިޔައީ އަމިއްލައަށް ގޯސްތަކެއް ހަދައިގެން ކަމަށް ލިބުނުއަދަބަކީ ޙައްޤު އަދަބެއްކަމަށް

  2. ޒާ

    މުނާފިގުންނަކީ ހާދަހާ ނުބައި ބައެކެވެ.

  3. ޑިމޮކުރަސީ

    މިހާރު ވެސް ރޫޅިއްޖެ ތިޔަބުނާ ބަދަހި ކޯލިސަން އޑޕ އާ އެކު ކާން ވެސް ތާކަށް ދާން ނުވާ ނެ ކާފަ ވ ސަލާމް

  4. ނަންނޭގޭ

    ގޯހެއް ހެއްދެވިކަމަށް ޤަބޫލު ކުރެއްވީތޯ

  5. ތަކުރު

    ޢެހެންވީމަ ކުރިން ގޯސްތަކެއް ހެދީމޭދޯ އަމިއްލަޔަށް ތިޔަ އިއުތިރާފު ވެވުނީ؟

  6. އަހްމަދު

    ބައްލަވާ މަނިއްޕުޅަށް އެފުރުސަތެއްދެނެއް ނުވެސްލިބޭނެ މިހާރު %20 ބަހަންވެސް މަނިކުފާނަށް ވަރަށް ދަތިފުޅުވާނެ އަމުދުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީމަ ރައީސް އޮފީހުގެ މުއައްޒިފުންގެލިސްޓުހެދިހެން މިފަހަރު އެފުރުސަތެއްވެސް ނުލިބޭނެ

  7. Anonymous

    ލާހިކެއްނޫން 5 އަހަރު ތިހެން ކެތްކުރާކައް. ވެރިކަމާހެދި ބުރާންތިވަނީ

  8. ނަސޭހަތް

    ކުރިންހެއްދެވިގޯހެއް އަނބިމީހާ ބުރުގާނާޅުވާ ރަގަޅަށް އައުރަނިވާނުކުރުން ކުރިންހެއްދެވި
    ގޯހެއް ދަރިން ބުރުގާނާޅުވާ ރަގަޅަށް އައުރަނިވާނުކުރުން ކުރިންހެއްދެވިވަރަށްބޮޑު ގޯހެއް
    ނުވަތަ ވިދާޅުވެލެއްވި ވަރަށްގޯސްވާހަކަފުޅެއް ޤްރްޢާންައަކީ ހުއްޖަތެއްނޫންކަމަށް ވިދާޅުވެ
    ލެއްވުން މިކަންކަން ރަގަޅު ނުކުރައްވާނަމަ ކުރިން ހެއްދެވިގޯސްތައް ތަކުރާރުވާނެ

  9. ބޭބެ

    "އެކަމަކު އިންތިހާބުގެ ނަތީޖާއިން ފެންނަން އޮތް ފަދައިން ރައްޔިތުން ވަނީ ރައީސް ޔާމީނަށް އަދަބު ދިނުމުގެ ފިޔަވަޅު އަޅާފައި. ބޮޑު ގެއްލުމެއް ރައީސް ޔާމީން ސަރުކާރުން އޮތީ ދީފައި" މިއީ ރައިސް މައުމޫނު ބުނާވާހަކަ!! އެކަމަކު މައުމޫނުގެ 30 އަހަރުގެ ޚުދުމުޚުތާރު ދިގު ވެރިކަން ކުރީ ހިތުހުރިގޮތަކަށް!! މުޅި އާޢިލާއަށާއި ދުރުތަނުން ތިމާގެ މީހުންނަށް ވަޒީފާދީ ދައުލަތުގެ މާލިއްޔާތުން ޚަރަދުކުރިގޮތް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް!! ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ބޭނުންގޮތަކަށް އަތްބާނައިގެން ތެޅުވީ މައުމޫނުގެ ސަރުކާރުގައި!! ކޮންމެ ވޯޓަކާ ދިމާކޮށް ވޯޓް ފޮށީގެން ބަނޑު އަޅައިގެން ތިބީ މައުމޫނުގެ ރޭވުމުގެމަތިން ބުނާ މީހުން ގިނަ!! ދައުލަތަށް ލިބޭހާ ފައިސާއިން ބޮޑުބައެއް ކޮރަޕްޝަނަށް ގޮސް ހުސްވީވެސް މައުމޫނުގެ ދިގު 30 އަހަރުގައި!! އޯޑިޓް ރިޕޯޓުން އެނގެނީވެސް މަދުމިންވަރެއް!! މިހާރު މައުމޫނުގެ ބަހުރުވައިން ބުނާނަމަ 2008 ވަނަ އަހަރުގެ އިންތިޚާބުގެ ވޯޓްގެ ނަތީޖާ އޭރު ދެއްކިގޮތުން ރައްޔިތުންވަނީ މައުމޫނަށްވެސް އަދަބު ދިނުމުގެ ފިޔަވަޅު އަޅާފަ!! އޭރު އޮތީ 30 އަހަރުން ބޮޑު ގެއްލުމެއް ރައިސް މައުމޫނުގެ ސަރުކާރުން ދީފަ!! އެކަމަކު އަދިވެސް މައުމޫނު ދޫކޮށްލާކަށް ނޫޅޭ!! އެސަގާފަތް އަޝަގަނުވަން މަސައްކަތްކުރައްވާތަން ފެންނަނީ!!

  10. ރަޝީދު

    އެހެންވީމަ މައުމޫން އެއްބަސްވެއްޖެ ކުރިން ގޯސްކޮށް ކަންތައްތައް ކުރެވުނުކަން.

  11. ޢަބްދުﷲ

    ނިޢުމަތަށް ޝުކުރުކުރުމާއި، މިންވަރަށް އީމާންވުމާއި، މިއީ ވަރަށް މުހިންމު ކަންކަމެވެ.

  12. ހުސޭނުބޭ

    ކޯލިޝަނު މެންބަރުނާ ދިމާލަށް ލާހިކެއްނޫން އިގިލިދިއްކުރާކަށެއްވެސް! ދިއްކުރާ އިނގިއްޔެއްވިއްޔާ ބިންދާލާނެކަން ޔަޤީންވިއްޔާ! މިހާރު ތިހުރީ މުސްކުޅިވެ ހުރިހައި ބާރެއް ކެނޑިފައި! ކުޑަމިނުން ތިމާޔަށް ހިމަޔަތެއް ދޭން ތިބި މީހުންވެސް އެ ތިބީ ތިމާގެ ނުލަފާކަމާހުރެ އަލިފާނަށްވެފައި! މިހާރު ޖެހޭނީ ބާ ގޯނިގަނޑެއް ދިނަސް ބަލައިގަންނަން!

  13. ފްރީޑަމް މޫވްމެންޓް

    އިންޑިއާ ގުޅުން ބަދަހި ކުރުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް .. މިކަމައް ސިޔާސީފަރާތްތަކުން ވިސްނުމަކީ މުހިންމު ކަމެއް މާޒީ ގައި އިންޑިއާ އިން ދިވެހިންގ ވަކިވަކީ ފަރުދަންނަށް ވެސް ވަނީ ޖިސްމާނީ ބޮޑެތި އަނިޔާދީފައި .. އިންޑިއާ އަކީ ނޮވެމްބަރ 3 އުދުވާނު ރާވާ ފައިސާ ހަރަދުކުރި ފަރާތް ..ތަހުގީގުގެ ފުނަށް ގޮސް ބަލައިފިނަމަ މިކަން ފެންނާނެ.. އިންޑިއާ އަކީ ކޮމެންވެލްތް އެޖެންޑާގައި ދިވެހި ރާއްޖެ ހިމެނުމަށް އެންމެބޮޑަށް މަސައްކަތް ކުރި އެއް ގައުމު.. އިންޑިއާ ދެކަނީ ދިވެހިރާއްޖެ އަކީ އެމީހުން ގެ އަޅުވެތިކަމުގައި އޮންނަން ޖެހޭބައެއްގޮތުގައި.. އަބަދުވެސް އިންޑިއާ އިން ބުނަމުން ދަނީ ދިވެހިރާއްޖެ އިން ކަންކަން ކުރަންވާނީ އިންޑިއާގެ މަސްލަހަތަށް އިސްކަންދީގެން ކަމަށް .. އިންޑިއާ އަމިއްލަ އެދުން ބޮޑޫ ބައެއް. މި ގައުމު ގެ މަސްލަހަތު މައްޗަށް އިންޑިއާ އިސްނުކުރުމުގެ ވިސްނުން އިންތިހާބު ވި ރައީސް އިބޫ އަދި ނައިބު ރައީސް ފައިސަލް ނަސީމް އަށް ގޮވާލަން... އިންޑިއާ އެއްކޮޅަށް ދީލާލައިފިނަމަ ..ފުރަތަމަ ދުވަހު ވެސް އަހަރުމެން މަގުމައްޗަށް ނިކުންނަން ޖެހިދާނެ

  14. ސައިބޯނި

    ރައްޔިތުންގެ ހައްޤުގައި..... ހެހެހެެހހެ. ތިމާގެ ޢާއިލާގެ ޙައްޤުގައޭ ބުނިނަމަ އަޑއަހާލަން ވަރަށް ފަސޭހަވާނެ.

  15. ޒާ

    ރައީސް އޮފީހުގެ ފެންޑާގައި ނަމަވެސް މައުމޫނަށް މޭޒަކާއި ގޮނޑިއެއް ބަހައްޓައިދޭތި.

  16. އަހަންމާ

    ރަންފާހާނާ ތަށި އަދިވެސް ހިތުގަ ވެރިކަމުގެބައްޔެއް ހަށިގަނޑަކުން ނުފިލާނެ

  17. ކޮއެފުޅާ

    ކަލޭމެންގެ ހައްގުގައޭ ކިޔާބަލަ ކޮން ރަށްޔިތުންނެއް. ކަލޭތީ ރަށްޔިތުންނަށް ގައްދާރުވި މީހެއް. ދެންވެސްތިބީ ހަމަ އެކަހަލަ ޖައްބާރުން. ކަލޭމެންނަށް އަދަބު ނުދެވޭ އާންމުންނަށް އަދަބުދެވޭގޮތަށް ހުރިހާގާނޫނެއް ހަދާ.. ކަލޭގެ ސުންޕާކަމުން އަޅަމެން އަބަދަށް ސަލާމަތް ކޮށްދެއްވުމަށް ކާއިނާތުގެ ވެރި ރައްބަށް ދުއާކުރަން.

  18. ބޮއިކަޓް ޢަލީ

    މިހާރު ތިބި މަޖުލިސް މެންބަރުންގެ ބަދަލުގައި ކިޔަވައިގެން ތިބި ޤާބިލު އާމީހުނަށް ފުރުސަތު ދެމާ، އިނގިރޭސިން ކިޔަން އުނދަގޫ، އެކަކަށް ޓަކާއި މުޅި ޖަލު ހުސްކޮށްފާނެ. އެވެރިންގެ މުސާރަ ބޮޑު، 15 މަސް ޖަލްސާގައި ބައިވެރިނުވެ

  19. ދީބު

    ވަރަށް ރަނގަޅު ތެދެއް އެ ވިދާޅުވީ! ހަމަ ޔަޤީން ކުރިން ހެއްދެވި ގޯސް ނުހައްދަވާނެކަން! މިފަހަރު ހަދާ ގޯސް ކުރިއަށްވުރެ ބޮޑަށް ގޯސްވެފައި ނުރައްކާތެރި ވާނެ. މިފަހަރުގެ ގޯހުގެ ސަބަބުން، އަހަރެމެން ރައްޔިތުންގެ ފުރާނަ ނުދިޔައްޔާވެސް ކިތަންމެހާރަނގަޅު!

  20. މާމީ

    އަނެއްކާ އިންޑިއާގެ އެހީތެރި ކަމާއެކު ވެރިކަން ބަދަލު ކުރެއްވި ގޮތަށް އިންޑިއާގެ އެހީތެރި ކަމާ އެކު އެއްޖިންސުން ކާވެނި ކުރުން ހުއްދަ ނުކުރުވާތި މަނިކުފާނު ވިދާޅުވީމަ ކޮއަްދޭނެ،

  21. ޝީން

    މައުމޫނު ތިކަހަލަ ވާހަކަ ނުދައްކަވާ. 30 އަހަރު ނުފެނުނު ތަރައްޤީ 5 އަހަރު ތެރޭ ފެނިއްޖެ. ބްރިޖު އެކަނި ވެސް 5 އަހަރަށް ފުދޭ. 5 އަހަރުގަ ކާކާފަ ވެސް ރައްޔިތުންނަށް ކޮށްދެއްވި ކަންތައް ފެންނަން އެބަހުރި. 30 އަހަރު ކާގެން ޤައުމަށް ކޮއްދެވުނީ ކޮންކަމެއްބާ؟

  22. އަބްދުއްލާ

    އަޅުގަނޑުމެންނަކީ އެހީ ބޭނުންވާބައެއް . ހިލޭ އެހީވެސް ލޯނު އެހީވެސް ބޭނުންވޭ . އިންޑިޔާ ސަރުކާރަކަށް ހިލޭ އެހީއެއް ނުދެވޭނެ. ލޯނު އެހީއެއްވެސް ނުދެވޭނެ. އެއީ މިހާރުވެސް އިންޑިޔާގައި ޗައިނާގެ ކުންފުނިތަކުން ޗައިނާސަރުކާރުގެ އެހީގަ ހިންގާ މަސްރޫއުތަކަށް ބަލާލުމުން މިކަން ޔަގީންވާނެ. އިންޑިޔާއަށް އަލުވެތިވެ ތަރައްގީ ހުއްޓާ ލައިފިނަމަ އެއީ ގައުމަކުން ހެދޭނެ އެންމެ ބޮޑު ގޯސް. މިހާރުނަގާފާ ހުރި ގިނަލޯނުތަކަކީ ދަރަންޏޭ ނުކިޔޭފަދަ ލޯނުތަކެއް . އެއީ އެލޯނު ވިއްކައިގެން އެލޯނު އަދާކުރަން ފައިސާ ލިބޭނެތީ .އެއީ ޓީބިލަށް ނަގާފަ ހުރި ދަރަންޏެއްނޫން. ވާތިވެދިޔަ 5 އަހަރު ދައްކަންޖެހުނީ ޓީބިލްގެދަރަނި 2013 ފެށުނީ ބަގުރޫޓް ވާންވެފަ އޮތް ގައުމެއްގެ ގޮތުގާ އެކަމަކުމިހާރު މިއޮތީ ދެވެނަ ދަރަޖާގެ ގައުމެއްގެ ގޮތުގާ . ޑޮލަރު ތާށިވެގެން 18/20 ހިސާބަށް ކުރަންޖެހުނު ދަތުރު 15/16 އާހަމަޔަށް ގެނެވުނު މިއީވެސް ބޮޑުމަސައްކަތެއް. ސުވާލަނީ އަނެއްކާ އެނބުރި 20 އަށް ނުދާނެ ބާއޭ

  23. ގޮޓާ

    މިހާރުވެސް ކޯޓަށް އަތް ބާނައިފި

  24. ފިކުރު

    މައުމޫނަށް ހެދޭގޯސް މައުމޫނަށް ނޭނގެއެވެ
    ޔާމީންގެ ސަރުކާރު ވައްޓާލުމަށްޓަކާކުރިނުރައްކާ
    ތެރިކަން ކަންކަމުން އަވައްޓެރި ގައުމެއްގެ އަތްދަށުނުވެ މިގައުމު ސަލާމަތްވީ ﷲ ރަޙްމަތާ
    އެކު ޔާމީންގެ ސަރުކާރުން އެޅި ހިކުމަތްތެރި
    ފިޔަވަޅު ތަކުގެ ސަބަބުންނެވެ މިއަދު ކ ކޯލިޝަނުގައި މައުމޫނަށް ތި ހުރެވެނީ ރާއްޖޭ
    ގައި މިނިވަންކަން އޮތަތީއެވެ ކ ކޯލިޝަނުން
    ގެންނަން އުޅުނު ބަޢާވާތުގައި ހިމޭ ނުރައްކާ
    ތެރިކަން މައުމޫނަށް އެނގޭހޭ؟ މިބަޣާވާތުގައި
    އެންމެ ނުރައްކާތެރި ބައެއް ކުޅުނީ މައުމޫން
    ކަމަށް ގަބޫލްކުރަންހޭ؟

  25. ސޭކުސްތާން

    ދެން ކާފަމެންނަށް ކުޑަކުޑަ ސަރުކާރެއް ހަދާދީ ގޭތެރޭގަ. ނޭގޭނެ ބޮޑު ޓީވީ އެއް އަޅުވާފަ ބައިތިއްބީމަ.

  26. ޖޮއްބެ

    ކުޑަދުވަސްކޮޅެއް ފަހުން ވިސްނޭނެ ގޯސްމައްޗަށް ގޯސް ކަން ތިޔަހެދުނީ. އަމިއްލަ އެދުމަށްޓަކައި ތިމާގެ ލެޔާ ދުޝްމަންވެ، ތިމާގެ ޙަގީގީ ދުޝްމަން ގެ ފައިދޮށަށް ދިޔުމަކީ ކާފަބޭ، ކުޑަ ގޯހެއްނޫނޭ.

  27. ފާރިސު

    ދިގު 30 އަހަރުވަންދެން މިކަހަލަ މުނާފިގަކު މިގައުމު ހިޞޯރުކޮށް، ރައްޔިތުން ނިކަމެތިކޮށް ސަލާންޖަހަން އުޅެ، ބޭނުންހާގޮތަށް ހެދީ، އަދި ކިރިޔާ މިއެގެނީ މީނަގެ ޙަޤީޤަތް އަހަރުމެން ކުރިން ހީކޮއްގެންތިބީ މިއީ ވަރަށް ދީންވެރި އަދި އެހާމެ އިޙްލާޞްތެރި މީހެއްކަމަށް، މިހާރު ޤަބޫލުކުރެވޭ މީނަ އާއިބެހޭގޮތުން ރީދޫ މީހުން ދެއްކި ވާހަކައިގެ %60 ތެދަކަށް ވެދާނެކަމަށް، މިކަލޭގެ އަށް މީގެކުރިން ތާޢީދު ކުރެވުނީތީ ލޮބުވެތި ރައްޔިތުން އަރިހުން މަޢާފަށް އެދެން، ކުރިން ހެދުނު ގޯސްތައް ދެން ތަކުރާރެއް ނުކުރާނަން