ކޮންމެ ކަމަކަށް "ފައިސާ" އަކީ ބަސް ބުނާ އެއްޗަކަށް ވާން ފަށައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
މުއާޒް މިހެން ވިދާޅުވީ މިއަދު އޭނާގެ އަމިއްލަފުޅު ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު ކަން ވެސް ކުރައްވާ މުއާޒްގެ ޓްވީޓްގައި ވިދާޅުވީ އާރާއި ބާރު، މަގާމުގެ ހައިސިއްޔަތު، އިންސާފުގެ ތަރާދަކަށް މިނެކިރުމުގައި ފައިސާ ބޭނުން ކުރާ މަންޒަރު ފެންނަން ފަށައިފިއެވެ.
"ރައްޔިތުން އޭގެ މައްޗަށް ބިނާވެ އެކަށައަޅާފައި އޮތް ނިޒާމުތައް އެފުއް މިފުށަށް ޖެހިގެން ހިނގައްޖެ." މުއާޒް ވިދާޅުވިއެވެ.
Komme kamakah ‘faisaa’ aky bas bunaa ecchakah vaan fashaifi. Aaraai baaru, magaamuge haisiyyathu, insaafu ge tharaadhakah minekirumugai beynun kuraa manzaru fennan fashaifi. Rayyithun eyge macchah binaave ekashaelhifai oi nizaamu thah efuh mifushah jehigen hingajje. No4Corruption
— 𝗠𝗨𝗔 𝗙𝗢𝗥 𝗛𝗨𝗟𝗛𝗨𝗠𝗔𝗟𝗘 𝗠𝗘𝗗𝗛𝗨 (@IbrahimMuazAli) October 29, 2018
މުއާޒް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އެކަށައެޅިފައި ހުރި އެންމެހައި ނިޒާމްތައް އެފުއް މިފުށަށް ޖެހިގެން މިދަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެންދާ ކޮރަޕްޝަނާއި ފައިސާގެ ނުފޫޒުން ކަމަށެވެ.
ކޮންމެ ކަމަކަށް "ފައިސާ" އަކީ ބަސް ބުނާ އެއްޗަކަށް ވާން ފަށައިފި ކަމަށް މުއާޒް ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ހުށަހެޅި ޤަރާރާއި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމުގެ ޤަރާރުގައި ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެންބަރުންތަކެއް ވަނީ ސޮއި ކުރައްވާފައެވެ. ޕީޕީއެމްގެ ބައެއް އާންމު މެންބަރުން ގެންދަނީ މެންބަރުން ސޮއި ކުރެއްވި ސަބަބާއި، އަދި ރައީސް ނަޝީދު މިނިވަން ކުރުމާއި ގުޅޭ ގޮތުން ޕީޕީއެމްގެ ބައެއް މެންބަރުން މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި ބެހޭ ގޮތުން ސުވާލު އުފައްދަމުންނެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު ދައުލަތުގެ ގިނަ އިދާރާތަކުގެ ނިންމުންތައް ވަރަށް އާދަޔާއި ހިލާފު ގޮތަކަށް ބަދަލު ވެގެން ގޮސްފައި ވާތީ ވެސް ގިނަ އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެއީ އެއްވެސް ނުފޫޒެއް، އެއްވެސް އަމިއްލަ މަޤުޞަދެއް ނެތި އަންނަމުންދާ ބަދަލުތަކެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ކޮންމެ ކަމަކަށް "ފައިސާ" އަކީ ބަސް ބުނާ އެއްޗަކަށް ވާން ފަށައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވިއިރު ފަނޑިޔާރުންނަށް ފައިސާ ދީގެން ވެރިކަން ވައްޓާލަން އުޅުނު ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް މިހާރު ވަނީ މިނިވަން ވެފައެވެ. އަދި ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ އަޅުގަނޑުމެން ކަމަށް ވިދާޅުވެ، އަމިއްލަފުޅަށް އިއުތިރާފްވި ގާސިމް އިބްރާހިމް ވެސް މިހާރު ހުންނެވީ މިނިވަނެއްގެ ގޮތުގައެވެ.
ބޮލު ރޮދި.. މިއަދުތަ ތިކަން އެނގުނީ؟؟ ވަޒީފާ ގެއްލޭތީ ވާނުވާ ނޭނގި މޮޔަވާ ސޮރެއް
ތިކަންފެސް ދަސްކޮށްދިނީ ހަމަ ތިބޭފުޅުން....... ކުރިން ބަސްބުނިނަމަ މިހެން ނުވީސް ... މިއަަދު އަގަ ފުޅާކޮށް އެންމެން ޔާމިން ބޮލަށް ޖަހަން ނޫޅޭ.... ތިއެންމެންސް ޝާމިލްވޭ،،،،،
ތިފަދަ ކަންކަމުގެ ތެރޭގައި އުޅުއްވާ ފަރާތްތަކަށް މިއަދު އިހްސާސްވާނެ ރިޝްވަތު ޢާންމުވެފައި ވާ މިންވަރު.. މިއަދު ޙަސަނަށް ހީވާނެ ފުޅޮއްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެއޭ.. އެއީ މިއަދު މި ފެންނަނީ ހުސް ހަސަނުން.. އާޚިރަތަށް ބިރުގަންނަ މީހުން އިސްމަޤާމް ތަކުގައި ނެތީމާ ދަށު މަޤާމްތަކުގައި ތިބޭމީހުންގެ ޙާލަތުވެސް އެގޮތަށް ބަދަލުވެފައި މިވަނީ.. ތައުބާވެ ހެޔޮމަގު އިޚްތިޔުާރު ކުރޭ.. މިންޖުވާނީ އޭރުން..
ހަމަ ހިނި އަންނަނީ ޖަރީމާހިންގަނީ
މާތް ރަސްކަލާނގެ ކުޅަދުންވަންތަކަން.
ކަލޭމެން ނެގިހައި ފައިސާކޮބާ ؟
ކުޑަކުދިންނަށް މިނިސްޓަރުކަމާއި، ޕޖ ކަމާއި މޑ ކަން ދީގެން އެކުދިން އޮޅުވާލައިގެން ހިންގި ޖަރީމާތަށް ކޮބާ ؟
ކަޑަވީތަ...
ކަލޭ އެންމެ ރަނގަޅީ ތިވާހަކަ ދައްކަން..
އަޅުތަކުންގެ ތަދުބީރަށްވުރެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތަޤުދީރުކުރެއްވުން ގަދަފަދަވެގެންވެއެވެ. ނުބައިމީހުނަށް އެބައިމީހުންގެ ނުބައިކަން އިތުރުކުރުމަށް އިތުރު ގޮތްތަކާ ފަހިގޮތްތައް މެދުވެރިކުރައްވާ އެފަދަމީހުން އިމްތިޙާނުކުރައްވައެވެ. ލިބުނުފަހިގޮތްތަކުގެބޭނުންހިފައި ޖަހާލަތުގެތެރޭގައި އެބައިމީހުންތިއްބައި މާތްﷲގެ ޙުކުމްފުޅު އަތުވެދެއެވެ. އެހިނދު އެފުށްމިފުށަށްޖެހި ޖާހިލުންގެ ބާރާ ޖާހުގެ ނިމުން އަތުވެދެއެވެ. މިއަދު ފެންނަމުން މިދަނީ މިފަދަ އިމްތިޙާނެއްކަން ކަށަވަރެވެ. ފައިސާގެ ބާރުގައި މާތްﷲގެ ޙުކުމްފުޅުތަކާ އަޅުތަކުންގެ ޙައްޤުތައް އެދަނީ މުގުރަމުންނެވެ. ބޮޑަތި ފާސިޤުންނާ މުޖްރިމުންނަށް އެދަނީ ބިރުވެރިވާ ފެންވަރަށް ނަޞްރުލިބެމުންނެވެ. މިއީ އާދައިގެކަމެއްކަމުގައި ނުދެކުމަށް ނަޞޭޙަތްތެރިވަމެވެ.
މުއާ މުއާ މުއާ
ގެއްލިއްޖެ އަބުރަކީ، އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަކީ، ޤާނޫނުގެ އިމުގެތެރޭގައި މަސައްކަތް ކުރަމުންގެންދާ ބަޔަކަށްވާނަމަ، ރައީސް ޔާމީނުގެ ވެރިކަން މުޅިން ނިމުމާއި، ރައީސް އިބޫގެ ވެރިކަން އަލުން ފެށުމާއި ދެމެދުގައި މި ހިނގާ މުއްދަތުގައި ހަނުހުރުމުގެ ފުރުޞަތު ބޭނުންކުރީހެވެ. ޔަޢުނީ، ރައީސް ޔާމީނުގެ ޤާނޫނީ ޙައްޤުތަކަށް ކަމޭހިތާނެއެވެ.
ތިމާމީހާގެ އަނގަމަޅާފައި ވަނީވެސް ފައިސާގެ ސަބަބުން.
ދެން އޮތީ ފައިސާއިން ބަސް ބުނުވައިގެން މި ގައުމުން ގެއްލުވާ ލާފައިވާ އަދި މަރާލާފައިވާ މީހުންގެ ޝަރީޢަތް އިންސާފު ކުރުން، ފައިސާ އާއި ގުޅިފައިވާ މީހުންނާއި އެކަން ކުރި މީހުން އެނގިގެންދާނެ
މުއާޒު ލަދު ކޮބާ؟؟؟
ރާއްޖޭގެ ރައްޔިތުން ވިސްނާ ވަޑައިގަންނަވާށެވެ. މި ޤަރާރުތަކުގައި ސޮއިކުރި ޕީޕީއެމް ގެ މެމްބަރުން ދެން އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެއްވެސް ހިސާބަކުން ނުހޮވާށެވެ. ތެދުވެރިކަމެއް، ވަފާތެރި ކަމެއް އަދި އިޚްލާސްތެރިކަމާ އަމާނާތްތެރި ކަމެއްވެސް ހުންނާނެ ކަމަކަށް ނުފެނެއެވެ.
ކަލޯ މުއާޒު ކަލޭގެ ލަދު ކުޑަކަމާ މެދު ހައިރާން ވެއްޖެ
ދައްތަ އެއް ހުވާކޮއްފަޔޯ ،
އަމިއްލަޔަށް ތިކަހަލަ ކަންތަށް ކުރަމުން ގޮަސް ކުރަލީމާ ދެން އެކަން އެހްންބަޔަކު ދަސްކުރާނެތާ ދެްން ހަމަ ެކަން އެގޯސް ވީ ކިހާ ސަޅި
ތިކަންކަން ފަށާދީފަ ދެން ކީކޭކިޔަން ތިއުޅެނީ.އަމިއްލަޔަށް ގުދޯގުދޯ ގޮވަނީ ތި މިހާރު.
ކަލޭމެންގެ ބާރުއޮތްއިރު ކަންތައްތައް ކުރަން އެކި ކުންފުނިތަކަށް މިލިއަނުން ބިލިއަނުން ފައިސާދިން އިރު އެހެން މީހުނަށް އެގޭ ފައިސާއިން ކަންތަށް ކުރެވޭކަން ! މިހާރު ކަލޭމެންގެ ބާރުކެޑުނީމާ ފައިސާއަށް ކަންތައް ކުރަނީއޭ ކިއަން ކަލޭމެން ލަދުގަންނަން ޖެހޭނެ !
އައި ނީޑް ސަމް ކޭޝް.?