އައްޑޫ ސިޓީގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅިއާއި، އެތަން ވަށައިގެންވާ ކަނޑާއި، ފަރާއި، ފަޅާއި އެއްގަމުގެ ސަރަހައްދު، އަދި އައްޑޫ ސިޓީގެ އެތެރެވަރިއަށް ފެތިފައިވާ "ބްރިޓިޝް ލޯޔަލްޓީ" ނައު އޮތް ސަރަހައްދު ޤުދުރަތީގޮތުންނާއި ޠަބީޢީގޮތުން އޮތްގޮތަށް ދެމެހެއްޓުމަށްޓަކައި، އެ ސަރަހައްދުތައް ހިމާޔަތް ކޮށްފިއެވެ.
އީޕީއޭ އިން ވިދާޅުވީ އެސަރަހައްދުތަކަކީ ހިމާޔަތްކޮށް ރައްކައުތެރިކުރަންޖެހޭ ސަރަހައްދެއްކަމުގައި ކަނޑައަޅައި، އެ ސަރަހައްދުގެ އިންތައް ވަކިކޮށް، އެ ސަރަހައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކައުތެރިކުރުމާއި، ބެލެހެއްޓުމާއި، އެ ސަރަހައްދުގެ ޤުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން "އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާއިބެހޭ ގަވާއިދު އެކަށައަޅާ މިސަރަހައްދުތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި 13 އޮކްޓޯބަރ 2018 ން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
މިގަވާއިދުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަހައްދަށް ފީނުމަށާއި، ސްނޯކްލްކުރުމަށާއި، މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމަށް، ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދުގެ މާހައުލަށާއި ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެފަދަ ހަރަކާތްތައް ހިންގުމަށް ސަމާލުވުމަށް އީޕީއޭ އިން އެދިވަޑައިގަންނަވައެވެ.
އަދި، މިގަވާއިދުގެ ދަށުން ފީނުމަށާއި، ސްނޯކްލްކުރުމަށާއި، މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމަށް ހަމަސްދުވަހުގެ ފަހުން ވިޒިޓަރ ފީއެއް ނަގަން ފަށާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ. މިނެގޭ ފީ ޓްރަސްޓް ފަންޑަކަށް ޖަމާކޮށް، ޚަރަދުކުރުމަށް ނިންމާފައިވަނީ އެސަރަހައްދު ބެލެހެއްޓުމަށާއި ސިޓީގެ ތިމާވެށީ ހިމާޔަތްކުރުމަށާއި އިޖްތިމާޢީ އެކިއެކި ހަރަކާތްތައް ހިންގުމަށް ކަމަށް އީޕީއޭ އިން މައުލޫމާތު ދެއްވައެވެ.
ބްރިޓިޝް ލޯޔަލްޓީ ނައު އަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސި ސިފައިން ބޭނުން ކުރި ނަވެކެވެ. އެނައު ފެތިފައި ވަނީ ޖަޕާން ސިފައިން ދިން ހަމަލާއެއްގެ ސަބަބުން ހަލާކުވެގެން އައްޑޫ ސިޓީއަށް ގެންގޮސްފައި ވަނިކޮށެވެ.
ފެތުނީއޭ ؟
އެ ބޯޓް އެތަނަށް ގެންގޮސް އިނގިރޭސިން ފައްތާލީ.
ތިބުނާ ސަރަހައްދުގައި އަދިވެސް ހުންނާނެ އިނގިރޭސިން ޑަމްޕްކޮށްފައި ހުރި އެތައްބައިވަރު ބެޓްރީ ތަކެއް. އެވެސް ހިމާޔަތް ކުރީތަ ؟
ޢެއީ ޓޭންކަރެކެވެ...
އަދި އަލަށް ތި އީޕީއޭ އެއްގެ މަސައްކަތް ތި ފެށީ މި އަހަރުވެސް، މިވީހާ ދުވަހު ނިދާފަ ތޯއްޗެއް ތިބީ
އިނގިރޭސީންގެ އެއްޗެއް ވެއްޖިއްޔާ ވީހާވެސް އަވަހަކަށް އެ އެއްޗެއް ނައްތާލަން ޖެހޭނެ ( އެއީ ފަލަސްޠީނރ ގެ ބިމުގައި އިޒްރޭލަށް ދައުލަތެއް ޤާއިމް ކޮށްދީ އެތަކެއް އިންސާނުންނެއް މަރަމުންދާ ބައެއް )