ވެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޔާމީން ރަޝީދުގެ ބަހުގެ ހަމަލާތަކެއް ސަރުކާރުގެ މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންނަށް އަމާޒުކުރައްވައިފިއެވެ.
އެގޮތުން މެންބަރު ޔާމީން ކޮށްފައިވާ ޓުވީޓެެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އުފުއްލަވަމުން ގެންދަވަނީ އެ މެމްބަރުންގެ ޒިންމާ ކަމަށާއި ސަރުކާރުގެ މިނިސްޓަރުންނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން ސަރުކާރު ކުންފުނި ތަކުގެ މެނޭޖިންގ ޑިރެކްޓަރުން ނިންމަވާ ނިންމެވުން ތަކަށް މަޖިލިސް މެންބަރުން މާބޮޑަށް ބެހި ނޫޅުއްވާ ކަމަށެވެ. އެހެންކަމުން މަޖިލިސް މެންބަރުން އުފުއްލަވަމުން ގެންދަވާ ޒިންމާތަކާއި ނުބެހުމަށް މެންބަރު ޔާމީން ވަނީ ގޮވާލައިފައެވެ.
ޔާމީން ރަޝީދު މިފަދައިން ޓުވީޓު ކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލިސް ރައީސް މަސީހް ގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ އާއި ރައިސް ނަޝީދު މިނިވަންކުރުމުގެ ޤާރާރުގައި ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެންބަރުން ސޮއިކޮށްފައިވާތީ އެ މެންބަރުންނަށް ވަރަށް ބޮޑެތި ފާޑުކިޔުންކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިފަހަކާ ޖެހެނެދެންވެސް ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވި މެންބަރު ޔަމީން ހިމެނޭހެން ރައީސް ނަޝީދު މިނިވަން ކުރުމާއި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގައި ސޮއިކުރި ޕީޕީއެމްގެ މެންބަރުންނަށް ފާޑު ކިޔުން އަމާޒުވުމުން މެންބަރު ޔާމީން އަންނަނީ މީސް މީޑިއާ މެދުވެރިކޮށް ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު މުއާޒް ހިމެނޭހެން ޕީޕީއެމްގެ އެކި ފަރާތްތަކަށް ބަހުގެ ހަމަލާ ދެއްވަމުންނެވެ.
ވެލިދޫ ދާއިރާގެ މެންބަރު ޔާމީނަކީ އެމްޑީޕީގެ ޓިކެޓް ގައި މަޖިލީހަށް ވާދަކޮށް ހޮވިފައިވާ ފަރާތެކެވެ. އަދި ވެލިދޫ ދާއިރާ އަކީ އެމްޑީޕީ ގެ މެޖޯރިޓީ އޮންނަ ދާއިރާއެއްކަން ވެސް މެއެވެ.
" ހުންނަ މަތިވެރި ބަސްތަކުން އަމުނައިލެވޭ މާފަތިތަކޭ ހުންނައިރު މަތިވެރި މަޤާމެއްގައި ކަރަށް އުކެމުންދަނީ "
" ގަސްދުގައި ބުނެ އިއްވަމޭ ފަސްފަހެއް ނުޖެހޭނަމޭ މަސްދުވާނީ ފެންބޮޑަށް އޮތް ކޯރަށޭ ބުނެ އަންގަމޭ"
ކޮލުބަދަލުވުމުގެ އަލާމާތް، މެމްބަރު ކަން ލިބުނީ ވަކިޕާޓީއެއްގަ ހުއްޓަ، ކުއްލިއަކަށް ބަދަލުވެ ޕެނަޑޯލް، މާސްޗޮކްލެޓް ޕާރސަލްކޮއްދޭންވެސް ވަރަށް ބާރުސުޕީޑްގައި އުލުނު. 2019 ކައިރިވެއްޖެ. ޓީކެޓް ވަރަށް މުހިއްމު. (ސޮރީ)
މިއޮތް ހުރިހާ ދުވަހު ނުކިޔާ އެއްޗެއް ކުއްލިއަކަށް ކިޔަން ފެށީ، މީނައަށްވެސް އެއްޗެއް ކެވިގެން އުޅެނީތާ! ނުބައި ކަމެއް ތިމާއަށް ކުރެވުނީމާ އެކަން ޖަސްޓިފައި ކުރަން ފާޑު ފާޑުގެ އުޒުރު ދެއްކުމަކީ އިންސާނީ ޠަބީޢަތެއް!! އެކަން ގިނަ މީހުން ކުރާނީ އެހެން މީހުންގެ ކުށް ދައްކައިގެން!!
ކޮންމެ މީހަކަށްވެސް ފަސޭހަވާނެ ހިހޫތަނުން ކާލައިގެން އުޅެން
ދެން މެންބަރުކަމެއް ނުލިބޭނެ ކަށަވަރު. ދެންހުރޭ އަދީބުގެ ބޯއީއަކަށް. ދޯކާދީގެން އުޅެފަ ޔާމީނު ބޮލަށް ގުއިރުނީ މޮޅުތަކެެއްވާނެކަމަށްތަ؟ ނުވާނެ ކަށަވަރު. އެތަނުން މިތަނުން ދަވާލައިގެން ތެޅިބާލަނީ މެންބަރުންތައް. މަސީހު ވަކިކުރަނީ ރާއްޖޭގަހުރި އެންމެބޮޑު ކޮރަޕްޓް މީހާޔާ ހަވާލުކުރަންދޯ. ވަރަށް ތާހިރުވަނެ. އެކަން ފެނިގެން ދިޔަހަނދާން ޔާމީނެއް ނުހުންނާނެ. ޚާއްސަ މަޖިލީހަށްވީ ކިހިނެއްކަން. އައްބާސް ކަމުނުގޮސްގެން އެންމެން ދިޔައީ މައުމޫނުގާތަށްގޮސް ނޮހޮރުއްޕާންކުރީ ރައީސްއޮފީސްދޮށަށް އައިސް. އެވެސް ދުވަހެއް. އޭގެ ހިތި ތިފެންނަނީ މޮޅުގާނޫނު އަސާސީން. ދެންވެސް ވާނީ އެހެން. މަސީހެއްނޫން ކަމުނުދަނީ.
އޮއިކުންޏަކީ އަބަދުވެސް އޮޔާ އެއްކޮޅަށް ލައްވާ އެއްޗެއް.
ކަލޯ ތިގޮތަށް އުޅެގެން، މައުމޫނަށް ވީހެން އިތުބާރު ގެއްލިދާނެ، އެމީހަކު އަމިއްލަޔަށް ރައްކާނުކުރާ އަބުރެއް އެހެން މީހަކު ރައްކާކޮށްދޭނެ ކަމަށް ހީނުކުރާތި، ދެކޮޅުންކުރެ ކޮޅަކުނުޖެހި ބަކީވެދާނެ، ފަހަރެއްގައި ތިމަންނަމެން މޮޅުގޮތްތަށް ފަހިކޮށްދޭނަމޭ ބަޔަކު އަމިއްލަ އެދުމުގައި ބުނެފާނެ، ކުޑަކުޑަ ސޮރެއްވީމަ ދިން ނަޞޭހަތެއްމީ
މަސް އަބަދުވެސް ދާނީ ފެން އޮންނަ ތަނަކަށް. މެންބަރ ޔާމީނަަކަށް ދެން އިތުބާރެއް ނުކުރެވޭނެ. ވ.ސަލާމް