ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު (އަބުޅޯ) އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ސުޕްރީމް ކޯޓުން މިއަދު ވަކިވަކިން އިއްވި ޙުކުމުގައި ވިދާޅުވީ ސައުދުﷲ އާއި އަބްދުﷲ އާއި ސިނާން އަދި އިލްހާމް މެންބަރު ކަމުން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވީނަމަވެސް އެބޭފުޅުންނަކީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނެރުނު 17 ވަނަ އަމުރުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ފެތޭ ބޭފުން ނޫން ކަމަށެވެ.

ޤާނޫނު އަސާސީގެ 74 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، މިއީ ހަމައެކަނި ސްޕްރީމް ކޯޓަށް ބަލައި ގޮތެއް ކަނޑައެޅޭނެ މައްސަލައެއް ކަމަށާއި، ގޮނޑި ގެއްލިއްޖެ ކަމާމެދު ޚިލާފެއް އުފެދިއްޖެ ޚާލަތެއްގައި މިކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު ސްޕްރީމް ކޯޓު ފިޔަވައި، ދިވެހި ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއެއް އަދި އިދާރާއަކަށްވެސް ލިބިގެން ނުވާ ކަމަށް ޙުކުމުގައި ވިދާޅުވިއެވެ.

ޤާނޫނީ ހަމަތަކުން ބަލާއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ސ) އިން ބާރު ލިބިފައިވާ، ޕީޕީއެމްގެ އަސާސީ ގަދާއިދުގެ 20 ވަނަ މާއްދާގެ (ހ) އިން ބަޔާންކޮށްފައިވާގޮތަށް 2017 ޖުލައި 10 ވަނަ ދުވަހު މެންބަރުކަމުން ވަކިވުމަށް ޕީޕީއެމް އިން ވަކިވުމަށް ހުށަހެޅި ހިސާބުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް ބަލަންޖެހޭއިރު، އަލުން ޕާޓީއަށް ވަނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތައް ފުރިހަމަ ކޮށްފައި ނުވާކަން އެނގެން އޮތް ކަމަށް ޙުކުމުގައި ވެއެވެ.

ސްޕްރީމް ކޯޓުގެ 17 ނަންބަރު ހުކުމްގެ ފަހުން މެންބަރު ޕާޓީއިން ވަކިކުރަން ނިންމާފައިވަނީ 2017 ޖުލައި 3 ވަނަ ދުވަހު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކޮށްގެންކަން އެނގެން އޮންނަ ކަމަށާއި، އެ ތާރީޚަކީ ހުކުމުގެ ކުރީގެ ތާޜީހެއް ކަމަށްވާއިރު އެ ހުކުމް މާޒީއަށް ރުޖޫއަވާގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.

ޕާޓީއިން ވަކިވާން އަމިއްލައަށް އެދިފައިވަނިކޮށް، އެކަންކަމަށް ރިއާޔަތް ކުރުމެއްނެތި ސުލޫކީ މައްސަލައެއް ބަލައި ޕާޓީއިން ވަކިކުރުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމް އިން އެންގުމުން ޕާޓީގެ ދަފްތަރުން އުނިކޮށް މެންބަރުކަމުން ވަކިވިކަމަށް ކަނޑައަޅާފައިވަނީ ދުސްތޫރީ ހަމަތާ އެއްގޮތަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ޙުކުމުގައި ވެއެވެ.

މިއަދު ސުޕްރީމް ކޯޓުން އިތުރު ދެމެންބަރެއްގެ މެންބަރު ކަމާއި މެދު ވެސް ގޮތެއް ނިންމާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރައްޔިތުން

    މެމްބަރުންނާއި އެދާއިރާ ތަކުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް އެންމެހާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ސުޕްރީމް ކޯޓަށް ހަރު އަޑުން ގޮވާލަން.

    • އަލީގެ މަލީ

      ޙާދަ އެކްޓިވް ދުވަސް ކޮޅެކޭ ގެ ދޮރުގެ މައްސަލަ ތައް ވެސް ތިހާ އަވަހަށް ނިމޭނަމަ ދޯ....

  2. ޖަލީލާ މުޙައްމަދު

    މިހުރީ ލަދުވެތި ޙުކުމްތަކެވެ. އެހެނަސް އަޅުތަކުންގެ ބަރެއް ނެތެވެ. ބާރުވެރިކަން މިލްކުވެވޮޑިގެންވަނީ ބާރުވެރިވަންތަ ﷲ އަށެވެ. މި ކުރެވޭ ޙުކުމްތަކާމެދު ވިސްނައިލިޔަސް ފާޅުގައި އެގިގެންދަނީ މިއަދު ދިވެހިރާއްޖެ ރާއްޖޭގެގޮތުގައި ނެތްކަމެވެ. ޢަދުލުވެރިކަމުގެ ކުނޑިފަށެއްވެސް ފަނޑިޔާރުންގެކިބާގައި ނެތްކަމެވެ. ވަﷲ އަޢުލަމް

    • ޙައްގުބަސް

      ތާއީދު!! އަދުލުވެރިކަން ވެއްޔާއި މޮޑެވި ނިމިއްޖެ!! ފައިސާއަށް ، ނުފޫޒަށް އަދި ބާރުވެރި ފަރާތްތަށް ބޭނުންވާހާ ގޮތަކަށް ކޯޓުތަކުންނާ މުއައްސަސާތަކުން ކުރަމުންދާތަން މިފެންނަނީ!! ވަޒީފާގައި ދެމިތިބެންވެސް ކޮށްފަ ނުކުރާނެ ކަންތައްތައްވެސް ހުންނާނެ!! މީދެން ތަންފުކެއް ބޮޑުވަރު!! މިއީ ހިތާމަ ހުރިކަމެއް!! ގައުމުގެ ހަލާކުގެ ފެށުން މިފެންނަން ފެށީ!!

  3. ތިނަދޫ ހަސަނު

    ޢަބުޅޯ ރިޝްވަތުގެ ގޮތުގަ ދެމިލިއަން ރުފިޔާ ނެގި މިއެއްނޫން އުޅެންއޮތްދުނިޔެއަކީ ހަރާންއަލިފާން ކައިގެން ތިހިރީ

  4. މާމަ

    މިގޭގަ މިހުރި ގޮނޑި ސަލާމަތްކޮށްދީބާ ދުވަސްވެގެން މިހާރު ބޭނުން ނުކުރެވޭވަރުވަފަ ހުރީ

  5. ޙައްވަ

    ކޯޓުން ސަލާމަތް ކޮށްދޭންޖޭހޭނެދޯ އެއީ ނުހައްގުން ގެއްލުވާލާފަހުރި ގޮނޑިވީމަ. ކޯޓުތައްވެސް ނުވިކި ހުކުމްތައް ކުރާނެ ދުވަހެއް ފެންނާނެބާ؟ ދުވަހެއް އޮތްކަން ވިސްނާބަލަ

  6. ލާމު

    ކޯޓުން ގޮނޑި ސަލާމަތްކޮށްދިނީއެއްނޫން. ކޮންގޮތަކަށް ސޔރުޚީލިޔާ ބައެއްތަ.

  7. ހައްގުބަސް

    ހަމަ އެ ސުޕްރީމް ކޯޓް ހަމަ އެ ފަނޑިޔާރުން ހަމަ އެ މެމްބަރުން މީ ދެން ވަރަށް ވާހަކަ ހަމަ ޔަގީނުންވެސް އިނގޭ އެއް ކަމެއް އެބަ އޮތް ސުޕްރީމް ކޯޓުގެ އެތިބަ ނުބައި ޖާހިލް ފަނޑިޔާރުން ކޮންމެސް އެއް ފަހަރަކު ހުކުމް ކުރީ ނުބައިކޮންކަން އެ ނުބައި ޖާހިލުންނަށް ޔަގީންވާނެ އެ މީހުނަށް ﷲ އަޒާބު ދެއްވާނެ ކަމީ ޔަގީންވާ ކަމެއް

  8. ކޮންމެސްމީހެއް

    ޙަރާން ޙަލާލް ވަކިވާ މީހެއްނެއް

  9. މަރީ

    މިންބަރުންނާއި ރައްޔިތުންގެ ހައްގުތަކަށް އަރާގަތުމުގެ ސްޕްރީން ކޯޓްވެސް ހިމެނޭ ، މިއޮތްހާދުވަހު ބަޔަކަށް އޮޅުންނުފިލާގޮތަށް ހުކުމްތަށް ނެރެ އެމިންބަރުންގެ ގޮނޑީގެ މައްސަލަ 1 އަހަރުވަންދެން ދިގުދެންމީ ހަމަ ތިޔަސްޕްރީންކޯޓްގެ ތިފަނޑިޔާރުވެސް ބައިވެރިވެގެން

  10. ފަޅުވެރިން

    ސަލާމަތްކޮށް ދިނީކީ ނޫން، ވިއްކީ!! މިއީ ހުރިހާ އެއްޗެއްވެސް ވިއްކާ މޫސުމެކޭ!! ވޯޓުވެސް ވިއްކަނީ، އިންޞާފުވެސް ވިއްކަނީ!!