ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ކަނޑު މަގުންވެސް ކުލަ ގަދަ ހަރަކާތްތަކެއް ހިންގަން އެމްޑީޕީން ތައްޔާރުވެއްޖެއެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހިންގަން ނިންމާފައިވާ ހަރާތްކާތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދަށް މާލެ ވަޑައިގަންނަވާއިރު ކަނޑު މަގުން މަރުހަބާ ދެންނެވުމަށް ބޭނުންވާ އުޅަނދުތަކަށް އެ ފުރުސަތު މީގެ ދެ ހަފްތާ ކުރިން ހުޅުވާލާފައިވާ ކަމަށެވެ.
"ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު ކަނޑު މަގުން މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ އުޅަނދުތަކެއް މިހާރު ވަނީ ރެޖިސްޓްރީ ކޮށްފައި. އަޅުގަނޑުމެން މި ފުރުސަތު ބަންދުކުރުމަށް ގަސްތު ކުރަނީ 31 ވަނަ ދުވަހުގެ ނިޔަލަށް. ދެން އަޅުގަނޑުމެން އެއް ވަނަ ދުވަހުގެ މެންދުރު 1:30 ވާއިރު ހުޅުލޭ ބޭރުގައި އަޅުގަނޑުމެން އެމްޑީޕީ ދިދަ ނަގާ ޒީނަތްތެރި ކޮށްފައިވާ ބޮޑު ދޯންޏެއް ބާއްވާނަން. ދެން ބައިވެރިވާ ހުރިހާ އުޅަނދުތަކެއް ދާން ޖެހޭނީ އެ ދޯނި ކައިރިއަށް" އަންވަރު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން މާލެ އާއި ހުޅުމާލެ އާއި ދެމެދު ކަނޑު މަގުން ވެސް ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައި ވާއިރު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެމްޑީޕީގެ 85 ދާއިރާއިން ވެސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.
" ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިއާ ޝިއުޒް ވެސް ވަނީ ރައީސް ނަޝީދު ވަޑައިގަންދަވާ ދުވަހާއި ދިމާކޮށް ހާއްސަ ލަވައެއް ތައްޔާރު ކޮށްފައި. ރައީސް ނަޝީދަށް މާލެއިން މަރުހަބާ ދެންނެވުން އޮންނާނީ ޗާންދަނީ މަގު ރީފް ސައިންޑުން ފެށިގެން މަޖީދީ މަގުން ގޮސް އެމްޑީޕީ ހަރުގެއާއި ހިސާބަށް. ރައީސް ނަޝީދުގެ ހާއްސަ ތަގުރީރެއް ދިނުންވެސް މި މައިދާނުގައި އޮންނާނެ" އިންތި ވިދާޅުވިއެވެ.
އަންނަ މަހު ފުރަތަމަ ދުވަހު ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ނިންމަވާފައި ވާއިރު އެދުވަހުގެ ހަރަކާތަކުގެ ސަލާމަތީ ކަންކަން ސިފައިންނާއި ފުލުހުން ބަލަހައްޓަވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ، ތިން އަހަރާއި ނުވަ މަހާއި 10 ދުވަސް ވަންދެން އަމިއްލަ ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާއި ގުޅޭގޮތުން އެމްޑީޕީން ބުނެފައި ވަނީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މަދަނީ، ސިޔާސީ ހައްގުތައް ބޭނުން ކުރުމުގައި އެއްވެސް ހުރަހެއް އެދުވަހު ނޯންނާނެކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް 13 މާރިޗް، 2015 ވަނަ ދުވަހުއެވެ. ނަމަވެސް ޖަލުގައި ހުންނަވަނިކޮށް މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ދޭތެރެ ދޭތެރެއިން އަވައްޓެރި ސްރީ ލަންކާއަށް ވަޑައިގެން، އެގައުމުގައި ހުންނަވައިގެން ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.
ކަޑުގެމަސްމަހާމެހި ލައްވާ ނެށުމެއްބާވަމާބަހީ ދޯ
އުއްމީދަޚީ ތިކަލޭގެ ޔައް މިދިވެހި ރާއްޖެ ނަދެވުން
ޑރ އުގެއިލުގެ އެހީތެރިކަމާއި އެއްކޮށް ނާސާއާއި ގުޅިގެން ޖައްވުގަވެސް ހަރަކާތެއްބޭއްވުމަށް ފެނޭ.
ތިސަޕޯޓަރުން ދީނުގެ ކަންކަމާ ހިތްހަމަނުޖެހި އެންމެންތެރޭ ފާޅުގަ ގޮވާމީހަކު ނަރަކަޔަށްދާކަން އެނގުނީމަވެސް ދާނަންދޯ ރެޑްކާރޕެޓް އަޅަން. ސިރާތުމަގުވެސް ކަވަރު ކުރައްޗޭ ކާރޕެޓުން. މަހުޝަރު ދުވަހު ވަށައީގެންނަަ މަތީން ހިމާޔަށްދޭންވެސް ނުކުންނާތި. ތީނަޔަކާހެދިއުޅެގެން އަމިއްލަމީހާގެ ނަފްސްވެސް 2ދުނިޔެއިން ގެއްލުވަަލާ. ވާގިދީ ތިވަރުކުރާވަރުގެ މީހެއްނޫންތީ.
.ކަނޑު އަޑިއަށް ވެސް ދާން ވާނެ ކަނޑު ރަސްގެފާނު ވެސް އެބަހުރި ދިދަނަގައިގެން އެހެންނޫނަސް ކަނޑު ައަޑީގަ ކެބިނެޓު ސޮއި ކުރި ރައީސަކީ ތިއީތާ ކަަނޑު ރަސްގެފާނު ވެސް މިކަމާ ވަރަށް ފޫހިވި ކަނޑު އަޑިއަށް ނުގޮސް ކަކޫތާފެނުގައޯ ތިބީ
މިއީ ފަހު ޒަމާނުގަ ފާޅުވާ ދައްޖާލު ތޯއްޗެއް.
ދައްޖާލުގެ ނިތުގައި ކަޑާނަގާފައި ވާނެ ކާފިރު މިހެން. ނެތިއްޔާ އެއީ ދައްޖާއްލެއް ނޫން.
ދިވެހިރާއްޖޭގެ ފިރުއައުނު ރާއްޖެ ގެންނަން ވެގެން އެމްޑީޕީން ތެޅިމަރުދެނީ .
އިބޫއަކަށްވުރެން އިސްމީހެއް ކޯލިޝަނަކު ނުހުންނާނެ. މިގައމުގެ ރައީސްކަމަށް ކުރިންވެރިކަން ކޮށްފައުވާ އެއްވެސް މީހަކު ގެންނާކަށް ބޭނުމެއްނޫން. ޢަދި މިހާރު ޕާޓީތަކުގެ އިސް ސަފުތަކުގައި ތިބި މީހުބްވެސް ޒުވާނުންނާއި އައު މީހުންނަށް ފުރުސަތު ދިނުމަށް ފެނޭ.
ޙަސަދަ ވިޔަސް ބޮދުވަރު
ޖަލުގަތިބި ހުރިހާކުދިންވެސް މައިބަދައަށް ކޮންމެވެސް ގޮތެއްހަދައިގެން ބޭރައްދާންވީ މީ މޤައުމުގެ މިހާރު އިންސާފް ލިބޭގޮތަކީ.
ތިސަޕޯޓަރުން ދީނުގެ ކަންކަމާ ހިތްހަމަނުޖެހި އެންމެންތެރޭ ފާޅުގަ ގޮވާމީހަކު ނަރަކަޔަށްދާކަން އެނގުނީމަވެސް ދާނަންދޯ ރެޑްކާރޕެޓް އަޅަން. ސިރާތުމަގުވެސް ކަވަރު ކުރައްޗޭ ކާރޕެޓުން. މަހުޝަރު ދުވަހު ވަށައީގެންނަަ މަތީން ހިމާޔަށްދޭންވެސް ނުކުންނާތި. ތީނަޔަކާހެދިއުޅެގެން އަމިއްލަމީހާގެ ނަފްސްވެސް 2ދުނިޔެއިން ގެއްލުވަަލާ. ވާގިދީ ތިވަރުކުރާވަރުގެ މީހެއްނޫންތީ.
ކިތަންމެ ވަރަކަށް އެއްޗެއް ކިޔަސް ނަސީދު ވަރެއް ނޯންނާނެ އެދުވަހު ދައްކާލާނަން ސަޕޯޓް އޮންނަ ވަރު
ކުށުން ސަލާމަތްނުވާ ދޮގުހައްދަވާ ކުށްވެރިައަކު އައުމުންރަގަޅުވާނީ ކުރައްވާފައިވާ ޙުކުމް
ތަންފީޒް ކުރައްވަންއުޅުއްވުން ތިފަދަބޭފުޅަކަށް މަރުހަބާކިޔުމަށް އިތުރުކޮށްލަންފެނޭ
ކަނޑުގެއަޑިންނާ، ޖައްވުގެތެރެއިން މަރުހަބާކިއުން އަދި ކަށިގިނަ ޖަންގަލިތަކުން މިއި
ހަމައެވަރުގެ .................