ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމް އަކީ ދުރު ވިސްނޭ އަދި ދައުލަތަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ކުރީގެ ރައީސް ނަޝީދު ސިފަކުރައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސްރީލަންކާގައި އިލްޔާސް އާއެކު މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓުގައި ރައީސް ނަޝީދު އިލްޔާސް އަކީ ހިދުމަތްތެރި ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައެވެ.

އިލްޔާސް އިބްރާހިމް ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ސިފައިންގެ ނައިބު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ލ.އަތޮޅު ގޮނޑި ތަމްސީލް ކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އިސްވެ ކުރިން އުފެއްދެވި ޑީއާރުޕީ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ވެސް ކުރެއްވި އިލްޔާސް ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމް އިން ވަކިވެ ވަޑައިގެންފައެވެ.

އިލްޔާސަށް ރައީސް ނަޝީދު ތައުރީފު ކުރެއްވިއިރު، ރައީސް މައުމޫން ވެރިކަމުގައި ހުންނެވިއިރު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި ބޭފުޅުންގެ ތެރޭގައި އިލްޔާސް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތަބީ

    ދުރު ވިސްނޭކަން އިނގުނު އެސް ޓީ އޯގައި އުޅުއްވި އިރު، އަދި ކިހާ ޤައުމަށްވެސް ވަފާތެރިކަން އިނގިފައިވަނީ

  2. ކުމާރު

    އަދި އެފްޑީއައިގެ ހިޔާނާތުގެ ބޮޑު ވަގެއްވެސްމެ

  3. Anonymous

    ތިޔަ އިލްޔާސް ކޮންދައުލަތަކަށް ވަފާތެރިވީ ވާހަކައެއްތަ ރ.ނަޝީދު ތިބުަނަނީ؟؟ ރ.މައުމޫނު ވެރިކަމުގަ ރައްޔިތުންގެ/ ދައުލަތުގެ ޚަޒާނާ އެއްކޮށް ދިރުވާލާފައި އަދި ސިހުރުހަދައިގެން މައުމޫނުގެ ވެރިކަން ވައްޓާލާފަ ވެރިކަމަށްވެސް އަރަންއުޅުނު، މިކަންތަޢް ފަޅާއެރީމަ މަގާމުން ވަކިކޮށްފަވެސް އަނެއްކާވެސް ފެމިލީ މީހާވީމަ މަގާމު ދީފި، މިއީ މައުމޫނުގެ ރަނގަޅު އިންސާފު، ތިކަލޭގެ ބަނޑަށް ބެލީމަވެސް އެބައިގޭ އެފްޕީއައިޑީ ގެ ފައިސާގަނޑު ކާލާފަހުރިވަރު،

  4. ގާސިމު

    ވަފާތެރިންނާ ހިޔާނާތްތެރިން ނޭގޭނެ އިރުއިރުކޮޅާ ހިނދުކޮޅު އަންނަންޏަ

  5. ޖައުފަރު

    މާލޭ ގެ ބޮޑެތި ބިންތައް ގަނެގެން އުޅުއްވާ ބޭފުޅެއް

  6. އަން

    މޑޕ ކަހަލަ މުނާ ފިގެއް

  7. ބާނިޔޫސޭ

    ޤަވްމަށް އެހާ ވަފާތެރި ބޭފުޅެއްގެ އިސްތަށިފުޅުގައި ވަގުބަދުނާމް އަޅުވައިގެން ސަންގުނޫހާ ހުކުރު ނޫހުގައި ( ތިޔަ ދޮގެއް ހަދަން ނުވެސްދަންނަ ކެރަފާ މުގާބޭ) 1990 ގެ އަހަރުތަކުގައި މުއްކަވަރޭތަ ލިޔެބޭލީ. އެމަނިކުފާނުގެ އަމާނާތް ތެރިކަން މަވެސް ދުށިން. އެމަނިކުފާނުގެ އަމިއްލަފުޅު ކުންފުނި ސީޓްރެކްސް ކްރޫޒިންގ އަށް ފައިސާ ދައްކާ މުދާ ދޫކުރަނީ އެސްޓީއޯ ގުދަނުން.

  8. މާރިޔާ ފުތާ

    ކަލޭމެން ތިހުރިހާ އެއްޗެއްވެސް ތިކިޔަނީ، އަހަރުމެން މީހަކަށް ވަގަށް ނުގޮވާނަން