އައްޑޫގައި ފުރަަތަމަ ފަހަރަށް ހުޅު ބަދަލުކުރުމުގެެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަން ކާމިޔާބު ވެފައިވާއިރު، މިއީ އަތޮޅު ތެރޭގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަންކަން ފާހަގަކޮށްލެވެއެވެ.

މި އޮޕަރޭޝަން ކުރުމުގައި ޑރ. އަލީ މުޒްނީ އާއި ޑރ. ފައިސަލް އާއި ޑރ. ހަބީބްގެ އިތުރުން އައިޖީއެމްއެޗްގައި ޕިޒިކަލް ރިހެބިލިޓޭޝަން ސްޕެޝަލިސްޓު ޢަބްދުﷲ ރާފިއު ބައިވެރިވެފައިވެއެވެ.

މިފަދަ އޮޕަރޭޝަންތައް މަހަކު އެއް ފަހަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މި އޮޕަރޭޝަނަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުޒްނީ ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ އިތުރުން އަންނަ މަހުގެ ތެރޭގައި ގދ.ތިނަދޫގައި ވެސް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް މިފަދަ އޮޕަރޭޝަނެއް ކޮށްފައިވާއިރު ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް ވަނީ ކަކުލު ހުޅު ބަދުލުކުރުމުގެ އޮޕަރޭޝަންގެ ޚިދުމަތް ފަށާފައެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއިއެކު މިމަހުގެ 15 ގައި ވަނީ ކޮށްފައެވެ.

މީގެއިތުރުން 2008 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އައިޖީއެމްއެޗްގައި ވެސް ދަނީ ހުޅު ބަދަލުކުރުމުގެ ކްލިނިކެއް ހުޅުވައި ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮޑު ދެލޯ

    ސާބަސް! އަންނަން އުޅޭ ސަރުކާރަށް! ޝުކުރިއްޔާ! ދާންއޮތް ސަރުކާރަށް، ތިފަދަކަމެއް މި ވީތަނަށް ކޮށްދެވިފައެއް ނުވޭ!! މިވަރުންވެސް އަންނަން އުޅޭ ސަރުކާރުގެ އިންސާފު ވެރިކަން ޤަބޫލު ކުރެވެން ނުވޭތޯއެވެ.!!!!

    • ޙަސަން

      އަންނަން އުޅޭ ސަރުކާރު އަދި އަދި ނާދޭ، އަދި މިއޮތީ މިސަރުކާރު، މިސަރުކާރުގައި އެއޮތީ އެކަންވެސް ފެށިފައި ދެން އަތްޖަހާ

  2. ތަކުރު

    ބަޔަކު ޙައިރާނެއް ފަހެ ނުވާނެތަ؟ އިތުރު ޚިދްމަތްތައް ނުފެށުމަށާއި ފަށާފައިހުރި މަސައްކްތްތައް މަޑުޖައްސާލުމަށް އަންނަން އުޅޭ ސަރުކާރުން އަންގާފައިވަނިކޮށް ހަމަ ބޯ ހަރުކަން ދައްކަންވެގެން އުަލެނީ ދޯ؟!!

  3. ަަަަަައައްބުދުﷲ

    މީހަކުހައިރާންނުވާނެތޯ ދުވާލުމިބުނަނީ މީރޭގަޑޭ ޔާމީނުގެސަރުކާރުން މާކުރިންރާވާއިގެން ކުރިއައްގެންދާ ޕޮރޮޖެކުޓުތައްމިހިރީ އަދިވުޖޫދުގައިނެއްސަރުކާރަކުން ކުއްލިއަކައްފެއްޓި މަސައްކަތެކޭ ތިކިޔަނީ.

  4. ހަސަން ފުޅު

    ސާބަސް ޔާމީން
    ތިޔައީ ޚިދުމަތުގެ ކުރިއެރުމަކީ،
    އަނަނަންއޮތް ސަރުކަރުގެ ޞިއްހީ އެގެންޑާއެއްނެތް، ކުއްވެރިން ހިމާޔަތުގައި އެވރިން އުޅެނިކޮން އެސަރުކަރު ނިމިގެން ދާނީ،