ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލަ ރިވިއުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފިއެވެ.

ރައީސް ނަޝީދުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްސަލަ ރިވިއުކޮށްދޭން އެދި ހުށަހެޅި މައްސަލަ ވެސް ބަލައިގަންނަން ނިންމާފައެވެ.

ރައީސް ނަޝީދުގެ މައްސަލަ ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އިމްރާން އާއި ނާޒިމްގެ މައްސަލަ ރިވިއުކޮށްދޭން އެ ކޯޓަށް ހުށަހެޅުއްވީ އެ ބޭފުޅުން އަމިއްލަ އަށެވެ.

މި ތިން މައްސަލަ ވެސް ސުޕްރީމް ކޯޓަށް ބަލައިގެންފައިވަނީ ރިވިއު ކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބެލުމަށްފަހުއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ އިއްޔެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ވީހާވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ޝައިހް އިމްރާން 12 އަހަރަށް ޖަލަށްލާފައިވަނީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަސް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. މީގެއިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ނާޒިމް 25 އަހަރަށް ޖަލަށް ލާފައިވަނީ މަކަރާއި ހީލަތުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ނަމަވެސް އެ ހުކުމް އިއްވާފައިވަނިކޮށް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ނާޒިމް ވަނީ ދިރިއުޅުއްވަން ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރިޒް

    ހަސްންލަތީފް ބުނާގޮތައްމިހާރު ހުކުންއިއްވަނީ.. މާކުރިން ބުނެފި މިނިވަން ވާނެވާހަކަ..

  2. އަން

    ތިހުރިހާ މީހުންނަކީ ކުށަކާނުލާ ޖަަލައްލާފައި ތިބި ބައެއް. އަދުލު އިންސާފް ގާއިމް ކުރެވޭނީ ތިމީހުން ދޫކޮއްގެން

  3. Anonymous

    އަވަސް ކުރޭ ކުރިއަށް އޮތީ 2 ދުވަސް. ކޭޝް ކޭޝް މިސީޒަންގަ ހޯދިއްޔާލިބޭނީ...

  4. ފަސްއެނބުރި

    މިހާރު މިގައުމުގާ ރ ޔާމިނާ އެއްކޮޅަށް ތިބޭނީ ހުސްކުއްވެރިން ދެން ތިބޭނީ ދުވަހަކުވެސް ކުށެއްނުކޮށް ހުދުކާފޫރަށްވުރެންވެސް ސާފް މީހުން ބޮޑެތި ވަގުންނާ މީހުންކިޑްނެޕްކުރިމީހުންނާ ބޮޑެތިފަސާދަވެރިންނާ ބޮޑެތި މުޖްރިމިންވެސް މިހާރު އެހަރަ މިނިވަންވަނީ ހަމައެއްލަމައެއްނެތި ރ ޔާމިނަށްތާއިދު ކުރާމީހެއް ވިއްޔާ މިހާރު ވާނީ ބޮޑް ކުއްވެރިޔަކަށް މީ މިއަދުގެ ހަގީގަތް ސްޕްރިން ކޯޓުން ހަމައެއް ލަމައެއްނެތި ބާރުކެނޑި ވަކި ބަޔަކު ބޭނުންވާގޮތަށް ހުނުން ކުރަމުންއެދަނީ ސަދޫމުގެ ރަސްކަން މިއަންނަނީ ބަލަންތިބެ

  5. ޢަބްދުﷲ

    ޒަމާނުގެ ޕަބްލިކް ބަލައި ގަންނާނީ، ޒަމާނުގެ ޕަބްލިކަށް ނެރެ ހާމަކުރުމުންނެވެ. އެހެނީ، މިކުރެވޭ ކަންކަމަށް ބާރު ލިބިދޭ ޝަރުޢީ އަދި ޤާނޫނީ މަސްދަރުތައް ވަރަށްގިނައެވެ. އޭގެތެރޭގައި لقوله عليه الصلاة والسلام: ((الحاكم إذا اجتهد فأصاب فله أجران وإن أخطأ فله أجر)) މި ޙަދީޘްފުޅު ހިމެނެއެވެ.

  6. މީޙުން

    ދިވެހި ސުޕުރީންކޯޓު އަކީ ކަކުނިހޮރު ފަދަ ތަނެއް. ދިއަވަރު ހިކެމުން ދާވަރަކަށް ކަކުނިތައް ހޮރުތަށް ކޮންނަމުންދެއެވެ. ދިއަވަރު ބޮޑުވަމުން ދާވަރަކަށް އެ ހޮރުތަކަށް ރާޅު އައިސް ފަސްލަމުން ދެއެވެ،

  7. ގައްޑާ

    ތިދަނީވަރަށް ވަރަށް ބަރާބަރަށް. މިހާރު ތިކޯޓްހުންނަމަގުން ދާއިރު ކިތަންމެބޯކޮށް ވެހުނަސް ނުވެސްތެމޭނެ. ބޫމް ބޫމް. ކިރިޔާ ނުކިއަސަރު ގޮތެއްދައްކާލިޔަސް ނިމުނީ މިފަހަރު އަޅުވާލާނީ އެމެރިކަން ސްޓޭންޑުގެ ތަޅު.

  8. މީޙުން

    ދިވެހި ސުޕުރީންކޯޓު ރިސްވަތުން ފުރި ފިތި ބާރުވެފާ. ،ޢެމްޑީޕީ އެޅިހާބަތަކަށް ރިހަވެ ހަޖަމުނުވެވިފާ

  9. ޙަނާ

    އަވަހައް ދޮވެލާފަ ނެރެ ދޫކޮއްލާ. ހީވަނީ ލޯންޑްރީ އެއްހެން.

  10. ޙަސަން

    ތިދެން ނިމުނީ. އެއީ ދުވަހަކު ކުށެއް ނުކުރާ، ކުށެެއް ނުވެސްކުރާނެ، ކުށެއްކުރަން ނުވެސް ދަންނަ، ސާފު ބޯކިރުފަދަ، ބޭފުޅެއްކަމަށް ޙުކުމްކޮށް ނިންމާނެ.

  11. ހަސަން

    އިންސާފު ހޯދާދާދެނީ ބެއެއް މީހުންނަށްތޯ މޭޑޭގައި ހައްޔަރު ކުރި ހުރިހާމީހުންވެސްވަނީ ދޫކޮއްޅާފައި އެހެންނަމަވެސް ސ ، ހުޅުދޫ އޮޝްޓްރޭޅިޔާ އިބްރާހިމް އިބާދް އެކަނި ދޫނުކޮށް ހުރީ އިބާދު އެކަނިތޯ ޕޮޅިސް މީހާއް އަނިޔާކުރީ ކޮބާ ޕޮޅިސް މީހާ ފާއިއަޅުވާފަ ވެއްޓި މީހާ ކޮބާ އޭނަގެސަބަބުން ނޫންތަ މީހުންނަށް ޕޮޅިސް މީހާގެގަޔައް އަތްޅެވުނީ މީނޫންތަ ހަގީގަތަކީ އެމްމެ ބޮޑު ކުއްވެރިމީހާވެސް ދޫކޮާޅާ މީތަށް އިންސާފަކީ

  12. އަހަންމާ

    މީނަދޫކޮށްލީމަ މިގައުމަށްޖެހޭނީ ވަރަށްބޮޑުބަލާއެއް އެކަންއެގި ތިބެ ކޯޓުތަކުން މިހުރިހާކަމެއްތިކުރަނީ

  13. އ.ށ

    ޙަސަންލަތީފްއަކީ މިހާރު ހުރިހާކޯޓް ތަކެއްގެ ވެރިޔާ