ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުރިހަމަ އަށް ބަލަހައްޓަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ މަސީހު މަގާމުން ދުރުކުރުމަށްފަހު އެ މަގާމު ގާސިމަށް ދިނުމަށް ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެންނަން ގުޅިފައިޥާ އިދިކޮޅު އިއްތިހާދުގެ މެމްބަރުން ވޯޓު ދެއްވުމަށް އެއްބަސްވެފައިވާ ކަމަށާއި މަޖިލީހުގެ ރިޔާސަތު ގާސިމް ވަރަށް ފުރިހަމަ އަށް ބަލަހައްޓަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދިނުމަށް ނިންމާފައިވާއިރު، މަސީހު މަގާމުން ދުރުކޮށްފިނަމަ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އިއުލާން ކުރައްވާފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 51 މެމްބަރުންގެ ސޮޔާއެކުއެވެ. މަސީހު މަގާމުން ދުރުކުރަން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވައެވެ.

މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަހު

    ބާޣީއަށް ގޮވާފަ މިހާރު އެވަރެއް ނެތް ދޯ

  2. ލަޔާލު

    ކުރިޔަށްއޮތް މަޖުލިސްއިންތިޚާބު ނިމެންދެން ރަގަޅަށް ހައްދާފަ ބަހައްޓާ! ހުންނާނެ ހެދިފަ. ފަހަތުން އެ އަންނަނީ ކަނޑިއެތިފަހަރެއްކަންވެސް ނޭގޭނެ.

  3. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    މިރާއްޖޭގައި މިހާރު ހިނގަމުން މިދާ ކަންކަމަށް، ފެށުނީއްސުރެ ނިޔަލަށް، އިންޞާފުގެ ހަމަތަކުގެ މަތީން ބަލައިލާއިރު، ގުޅިފައިވާ ޕާޓީތަކުގެ މައްޗަށް އުފެދިފައިވާ ކޯލިޝަނަކީ، މުޖުތަމަޢު ބޭނުންވާ ޞައްޙަ، ރަނގަޅު، ކަންކަމުގެ މައްޗަށް، ބައިޢަތު ހިފާފައިވާ ހަރުދަނާ ކޯލިޝަނެއް ކަމަށް ޤަބޫލުކުރެވެއެވެ.

  4. ޜަަފި

    ޢާ މީހުން ގަނެގެން ރިޔާސަތު ބަލަހައް ޓާނެ

  5. ހާޖީ

    ރަގަޅަށް ހިންގަވާނެ ކަރަޕްޝަން ހިންގާމީހުން ދެން ފިލްމު ބަލަމަން ތިބެމާ .މީހާރުވެސް ކޯޓްތައް އަތްދަށުލައިގެން ހިންގާ ޖަރީމާތައް ކުޑައީތޯ

  6. ާަެރަމއު

    ފުރަތަމަ ވެރިކަމަށް ތި އަންނަނީވެސް ނުބައިކޮށް ވޯޓްން ވައްކަން ކޮއްގެން ދެން ހުރިހާ ކަމެއް ދާނީ ތިހެން ކޯޓް ތަކުން ކުރާ ހުކުމް ތައް ރަނގަޅު ކަމާ ބުނާއިރު ޑޮލަރު ހުކުމް

  7. ވިސްނާ

    ނަޝީދު ގާސިމްހައްދަވަނީތޯ ހީނުވޭ ނަޝީދު ދައްކަވާ ވާހަކަފުޅެއްގަބޫލްކުރައްވާނެހެން
    ވުމާއެކު ގާސިމް ނަޝީދު ވިދާޅުވެލައްވާގޮތާ އިދިކޮޅަށް މަސައްކަތްޕުޅު ކުރައްވާފައިވާނެ
    ކަމަށް ޝައްކުކުރެވޭ އެއީ ގާސިމް ރަގަޅަށް މަސައްކަތްކުރައްވަނީ ނަޝިދުވިދާޅުވެގެން
    ކަމުގައިތިބޭފުޅާގެސަޕޯޓަރުންގެކުރިމަތީ ވިދާޅުވެ ލައްވާނެކަމަށް ހީފުޅުވާތީ ވީމާ ދެންވެސް
    ރައްޔިތުންނަށް ފައިދާއެއްކުރައްވާނީ ހިމޭނުންހުންނެވިއްޔާ ގާސިމްހީނުވޭނަޝީދަށް އިތުބާރު
    ކުރައްވާނެހެން އެއީ ގާސިމްޢާ ކޯލިޝަން ހައްދަވައިގެން ނަޝީދު ވެރިކަންކުރެއްވި
    ދުވަސްވަރުގައި ގާސިމަށް ހެއްދެވިގޮތުންނުރުހި ގާސިމްވިދާޅުވެ ލައްވާފައިވޭ ނަޝިދު
    މޮޔަފުޅުވެލައްވާފައިވާކަމަށާ މުއުމިނެއްގެގަޔަށް އެއްހަރަކުން ދެފަހަރު ކަށިނުޖެހޭނެކަމަށް