ރައީސް މައުމޫން އާއި ޕީޕީއެމް ހަވާލު ކުރުމަށް ސިވިލް ކޯޓަށް ޕީޕީއެމްގެ ދެމެންބަރަކު ހުށަހަޅާފައިވާ ދެމައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސް، އެމައްސަލަތައް ސިވިލް ކޯޓުން ބެލުން ހުއްޓުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޝަކުވާއެއްގެ ސަބަބުން ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން މިރޭ ވިދާޅުވީ ގދ.ތިނަދޫ/ ބީޗް ރެސްޓް، އަޙްމަދު ރަޝީދުގެ ފަރާތުން ޕީޕީއެމްގެ މައްޗަށް ދައުވާ ލިބޭ ގޮތައް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި ލ.ގަން/ތުނޑި، ހަވި، ޢަލީ އަޙްމަދުގެ ފަރާތުން ޕީޕީއެމްގެ މައްޗަށް ދައުވާ ލިބޭ ގޮތައް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ޝަކުވާގެ މައްސަލަތައް ބަލަމުންދާތީ، އެ ދެ މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު އެ ދެ މައްސަލައިގެ ފައިލް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮންކަހަލަ ޝަކުވާއެއް ކަމެއް، އަދި އެޝަކުވާ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ވެސް ސުޕްރީމް ކޯޓުން ވިދާޅުވެފައެއް ނުވެއެވެ. މިމައްސަލައިގައި ދެން އަމަލު ކުރާނެ ގޮތެއް ވެސް ސުޕްރީމް ކޯޓުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ޕީޕީއެމް ރައީސް ޔާމީން އާއި ހަވާލު ކުރަން ސިވިލް ކޯޓުން ކުރިން ކޮށްފައި އޮތް ޙުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ އަހަރު ތާއީދު ކޮށްފައެވެ. އެހެންކަމުން ޕީޕީއެމް އަނބުރާ މައުމޫނާއި ހަވާލު ކުރުމުގެ މައްސަލައެއް ސިވިލް ކޯޓަށް ބެލިދާނެތޯ ބައެއް ޤާނޫނީ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.

ޕީޕީއެމް އާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ބަލާ މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިޔަ އިރު ސިވިލް ކޯޓުން އޮތީ މައްސަލައިގެ ލިޔުންތައް ހަވާލުކޮށް ޝަރީޢަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އެކޮޅުގޭ މުޙައްމަދު

  ހަދާނެ ނަހަދާނެ ގޮތެއް ނޭންގިގެން އުޅޭހެން ހީވަނީ ކޯޓްތަކަށް ވެސް ކޮށްފަ އޮންނަ ހުކުމްތައް ދަމަހައްޓަން ނުކެރެންޏާ ހައްތަވެސް އަގުވެއްޓެމުން އިތުބާރު ގެއްލެމުން ދާނީ
  އަހަރެމެންނަށް މިހާރު އޮޅިއްޖެ ވާނުވާއެއް ނޭންގޭވަރަށް ކޯޓުންހުކުމެއްކުރީމަ އަހަރެމެން ލޮލުންބޮލުން ޤަބޫލުކޮށްގެންތިއްބާ ކުއްލިއަކަށް ދޫކޮށްލަން ޑުކޮށްލަން ނިންމުމާއި ބާތިލުކުރުމާއި މިކަހަލަ ސަކަރާތެއް ޖަހާތަން މިފެންނަނީ ކުޑަމިނުން ކުރިންހުކުމް ކުރެވުނީ ތިމަންނަމެން ހަމަހޭގައި ތިއްބަވައިގެން ނޫނެ ބުނެ ބަޔާނެއްވެސް ނެރެލާކަށް ނުކެރޭ ރަނގާޅި ކޮންގޮތެއްކަމެއް މިހާރަކު ނޭންގޭ

 2. ސޯލިހު

  ލިއުންތައް މީސްމީޑީޠައަށް ލީކްނުވީކީއްވެބާ މިހާރަކަށްއައިސް ސަރުކާރުއޮފީހަކަށް ވަންނަ ކޮންމެސިޓީއެއް ލީކުވޭ

 3. ބުރޯ

  މިއީ ކޮންމެ ކޯޓަކުން ބެލިކަމުގާ ވިޔަސް ހެޔޮ . މިއީފާރިސްމައުމޫނަށް އިލެކްސަނުން ދެއްވި ހުއްދައިގެ މައްޗަށް އުފެއްދި ޕާޓީ އެއް މިޕާޓީ ދަމައިގަނެގެން އުޅެނީ ޕީއޭ ހަދައިގެން 3000 ހަމަނުވެގެން ޕާޓީ އުވާލަންޖެހުނު ބަޔަކު . މިއިހަގީގަތަކީ ވީމާ ޕާޓީ ޖެހޭނީ އަބުރާހަވާލުކުރަން.

 4. ނުރަބޯ

  ހަމަ ތިޔަގޮތަށް ވޯޓުގެ ނަތީޖާ ބާޠިލް ކުރަން އެދި ޕީޕީއެމްގެ ފަރާތުން ޝަކުވާ ހުށަހެޅިނޫންތަ؟ އެކަން ހުށަހެޅީ ވޯޓުގެ ކަންތައްތަކުގައި ބޮޑެތި ފުށުއެރުން ތަކެއް ހުރުމުން ނޫންތަ؟ އެކަމަކު ރައީސް ޔާމީންގެ ފަރާތުން ބަޚްޝީޝް ނުލިބޭނެތީ އެމައްސަލަ ދިޔައީ ފުށްވަޅުން ނޫންތަ؟ މިއަދު ކަލޭމެންގެ ޙުކުމް ކުރުން ތިޔަހަރީ ޢަދުލު އިންސާފުން ކަމަކަށް ހަމަހިލާ ނުވާނެއެވެ. ތިޔައީ ނިޔާއެއްނޫނެވެ. އަނިޔާއެވެ.....!!!

 5. ބުރިގާޑިޔާ

  ސޭޓްމެން އެތިބީ ސްޕްރީމް ކޯޓާއި ވަރަށް ރުހި ހިތްފުރިފަ، ސްޕްރީމް ކޯޓަށް ތިޔާގި މޫސުމެއް މިއީ، ތިވާނީ ކޮންމެވެސް މީހަކު ބުނެގެން އެމީހަކު ބޭނުންވާގޮތަށް ތިމައްލަސަ ނިންމައިދިނުމަށް ކުރާ ކަމަކަށް،

 6. ޒާހިރު

  ޓްރެފިކްޕިކް ޕޮލިހުގެ ސަމާލުކަމަށް

  ބްރިޖާއި، ހައިވޭ، އަކީ ދިވެހިންނަށް އާ ތަންތަނަށް ވާއިރު ޓީވީ ރެޑިއޯ ސޯސަލް މީޑިއާ މެދުވެރިކޮށް މިހާރަށްވުރެ ފުޅާދާއިރާއެއްގަ ޤަވާޢިދުތައް ޢާއްމުންނަށް ހިއްސާކޮށް މީހުން ހޭލުންތެރި ކުރުވިއްޖެނަމަ ....................

 7. ބޮލި މުލައް

  ރައްޔަތުންނޭ ސަމާލުވޭ ދިވެހި ރާއްޖޭގެ ޝަރުޢީ ނިޡާމު ބަޔަކު މިތިބަ ފުނޑާލަނީ ތިމާމެންގެ ޖީބަށް ވަންނަ ކަޅު ފައިސާކޮޅަށް ޤާނޫނު އަސާސީއާއި ޤާނޫނުތަށް މިތިބަ ފުނޑާލަނީ، މިކަން ބަލަން އޮތް އޭސީސީވެސް އޮތީ ހަމަ މިހާލަތުގަ.

 8. ކެރޭ އަބްދުﷲ

  މީގެކުރިން ކޮފަވާ ހުކުމް ދަމަހަޓާ. ޕީ ޕީ އެމް އަކީ ރައީސް ޔާމީންގެ ޕާޓީއެއް.