ވާރޭ ވެހުމުން ބޮޑުވާ ފެން ހިންދުމަށް މާލޭގައި ބޭނުން ކުރާ ޕަމްޕް ސްޓޭޝަންތަކަށް ބަޔަކު ގަސްދުގައި ގެއްލުން ދީފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ޕަމްޕް ސްޓޭޝަންސްތަކުގެ ޕެނަލް ބޯޑަށް ވަނީ ގެއްލުންދީ ހަލާކު ކޮށްލާފައި ކަމަށެވެ. އަދި ބައެއް ޕަމްޕްސްޓޭޝަންތަކުގެ ކަރަންޓް ސަޕްލައި ވަނީ ކަނޑާލާފައި ކަމަށެވެ.

"މިކަން ކުރި ފަރާތްތަކުގެ ނާތަހުޒީބް އަމަލު ކުށްވެރިކުރަން. އަދި ރައްޔިތުންނަށް ދިމާވާ އުނދަގުލަށް މަޢާފަށް އެދެން." މިނިސްޓަރ ވިދާޅުވިއެވެ.

ޕަމްޕްތަކަށް ދީފައިވާ ގެއްލުންތައް ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރިއަށްދާ ކަމެއް ނުވަތަ ނޫން ކަމެއް ހައުސިން މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ. އަދި ގެއްލުން ދީފައި ވަނީ ކޮން އިރަކު ކަމެއް ވެސް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.

މިނިސްޓަރު މުއިއްޒު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ވާރޭގެ ސަބަބުން ބޮޑުވާ ފެން ހިންދާ ނިޒާމް ޑިޒައިން ކުރެވިފައި ވަނީ ވާރޭ ހުއްޓާލާތާ ތިން ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިނދޭ ގޮތައް ކަމަށެވެ. ސިސްޓަމަށް އެއްވެސް ސަބަބަކާއި ހުރެ ދިމާވާ ގެއްލުމަކުން ނުވަތަ މައްސަލައަކުން މިނަތީޖާ ހާސިލެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި ދެތިން ދުވަހު މާލެ އަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ރޭ ވެހުނު ބޯ ވާރޭގެ ސަބަބުން މިއަދު ވެސް މާލޭގެ ގިނަ ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ މާލޭގެ އެކި މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފެން ބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗެއްސާއި ހިނގާފައި އުޅޭ މީހުންނަށް ވަނީ ގިނަ ދަތިތައް ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Dhen

    ޓތީ ސަރުކާރައް މޑޕ އެކްޓިވިސްޓުން ގަސްތުގ ދޭ ގެއްލުން

  2. އަހްމަދު އިސްމާއަޅް

    ތިޔަވިދާށުވަނީ ސެޕްޓެމްބަރ ގަ ޅީވޯޓުގެވާހަކަ ދެއްތޯ.އެއްއިރަކުަވެސް މާރަނގަށަށް ކުރެވިފަ އޮތް ކަމެއްނޫން އެއީކީ

  3. ދާއިމް

    ޖަޒީރާ ރާއްޖެ ޔަޢުނީ ފަނާކުރަނިވި ފިކުރު! ވަރަށް ސަލާމް

  4. ފޮންބެ

    ދައްޖާލު އެރުމުގެ ކުރިން އޭނާޔައް ތަބާވާ މީހުން ކުރާ ކަން ތައް

  5. ިއިބްރާހީމް

    މިލިޔަން މިލިޔަނުން ރުފިޔާ ނުކަޓުވާ އެމްއެންޑީއެފް އަށް ހެޔޮވަރު ފަސް ޕަމްޕް ގަތްނަމަވެސް މާ ރަނގަޅުވީސް.. ސޭވް މަނީ....

    • Anonymous

      ތިޔަށް ވުރެ މާރަނގަޅެއްނު ކޮންމެ ގެޔަކަށް 3 ބާލިދީ ދިނިއްޔަ!! ގަމާރު

  6. ޑިމޮކްރަޓިސްޓް

    ނޮވެމްބަރ 17 ގެ ފަހުން މަގުތަކަށް ދޮންވެލިލީމަ ރަނގަޅުވާނެ.. މިކަހަލަ ކަންކަން ރަނގަޅުކުރަން ފެއިލްނުވާ ބަޔަކު މިހޮވީ.. ރަނގަޅުކުރަން ނޫޅުނިއްޔާ އެކަންދައްކާލާނަން ނޮވެމްބަރ 17ގެ ސަރުކާރަށް..

    • ޖިލޭބީ

      މަގުތަކަށޤ ވެލިއަޅައިގެން ހަމަ އިނބަގެ ސައިކަލު ނުދުއްވިގެން އިނބަ ހަމަ ދެންވެސް އައިސް މިތާ ތިހަޅޭކެއް ލަވާނީ

      • ޑިމޮކްރަޓިސްޓް

        ބަލަ މީ މަމެންދައްކާ ވާހަކަތަ؟ ޖަޒީރާވާންއުޅޭ އާލތން ދައްކާވާހަކަމީ.. ތަރަށްގީ ބޭނުންނުވާމީހުން، ސިމެންތިޔާ ތާރު އެއީ ތަރަށްގީގަ ބޭނުންނުވާއެއްޗެއްކަމަށް ވާހަކަ ދައްކާމީހުން ދައްކާ ވާހަކަމީ..

  7. އާޒިމާ

    ކީވެތަ ހަބަރާއި ނުގުޅޭ ފޮތޯލަނީ..ތީ ދެން ވަރަށް ވަތުނު ނޫސް ގެ އާއްމުކަމެއް.

  8. އަބީދު

    މިނިސްޓަރަން މިކަން އިގޭއިރު ކީއްވެއް ރަގަޅު ނުކޮށް ބަހައްޓާފައި ހުރީ. ރައީސް ޔާމިން ފޭއިލްވީ މާތޯ. ރިއްޔިތުންނަން މިހާރު ހަރާންކޯރުވަނީ. 44 ހަރަު މިލިޔަނުން ރުފިޔާ މީހުންނަން ދެވޭ ބައި އަޅާގޮތަށް. ބޯޑުވަރު މިއީ

  9. ޖަހާންގީރު

    އެމް ޑ ޕ ގިނަ މީހުން ، މުއިއްޒު ދެކެ އަންނަ ރުޅީގަ ހުންނަނީ ކުފުރު ވެފަ އަބަދު ކިޔާނީ '' މުއިއްޒު ވެފަ '' މީ ދެން ބޮޑުވަރު … އެމީހުން ކިތަންމެ ރުޅި އަޔަސް މުޢިއްޒަކީ ކުރީގެ ވަޒީރު ޢުމަރު ޒާހިރު ކަހަލަ ހިންގުންތެރި ވަޒީރެއް !

  10. ކާފު

    ކޭކޭ ތި ކިޔަނީ ހަޖަމ ކޮއބަލަ

  11. މުއިޒްވުން

    ދެން ތިމާއައް ކުރެވިފައިހުރި ގޮތް ކަޑަވީމަ ، ކޮންމެވެސް މީހެއްގެ ބޮލުގައި އަޅުވާލާ

  12. Anonymous

    މިއީ އުރިހާ ޕާޓީގެ ރައްޔިތުން ވެސް އުޅޭ ރަށެއް. ދަތިއުނދަގޫ ވީމަ ހަމަ ކޮންމެރައްޔިތަކުވެސް އެއުނދަގޫ ތަހަންމަލް ކުރަންޖެހޭނެ. ބުއްދީގެބޭނުން ނުހިފޭނަމަ ﷲ މާތްކުރެއްވި އިންސާނާ ގެބޭނުންކޮބާ؟ ކުރާއެއްވެސް ނުރަނގަޅު ކަމަކުން ރަނގަޅެއް ނުނިކުންނާނެ. ހަމައެފަދައިން ކުރާއެއްވެސް ގޯސްވިޔާނުދާ ކަމަކުން ރަންގަޅުނަތީޖާއެއް ނުފެންނާނެ. ދިވެހިރައްޔިތުންނަކީ ޒަމާނުއްސުރެން ހިތްހެޔޮއަޚްލާގް ރަންގަޅު ބައެއްގެ ގޮތުގާ އޮތްއޮތުން މިވަނީ ބޭރުގެ އެކިޖަމާތްތަކާ ޖަމިއްޔާތަކުގެ އެހީގަ ދިވެހިންނައް ހަދިޔާކުރި ދިމާކުރާތީ ސިސްޓަމް ބަލައިގަނެ އެއިތެރެއިން އއންމެހާ ރަންގަޅު ރީތިއާދަތައް ފުހެވި އިޢާދަނުކުރެވޭ ވަރުނިކަމެތި ދަރަޖައަކަށް ވެޓިފަ. ދިވެހިންގެ އޭރުގެހަނދާންތައް ހިތައްވެރިވާ ކޮންމެވަގުތަކު ހިތްބުނަނީ މިފަދަ ކެހިވެރި ތަރއްގީއެއް މިގައުމައް ނުގެނައިނަމަ މާރަންގަޅުވީހޭ.ވާރޭވެހި މަގުތަކަކުގަ ހެދިފަ އޮތްޗަކަގަނޑުގެތެރޭ ހިނގާލާފަ ރައްޔިތުން އުޅުނީ މާއުފަލުގަ ހިތްހަމަޖެހުމުގަ ހިނިތުންވުމާއެކު. ތަރއްގީއާއެކު ވެސް އެދުވަސް އާނަމަ އެއީކުރެވޭއުންމީދު. އިންޝާﷲ

  13. ނީބުމަ

  14. ހަސަދު

    އަމިއްލަ އަށް ފޭލުވީމާ ދެން އެހެން މީހުންގެ ބޮލުގައި ކަންކަން އެޅުވުމަކީ އަދި ވެސް ބޮޑަށް ފޭލް ވުން. މުއިއްޒު މެންނަކީ މިގައުމުގެ އެއްވެސް ވަޒީފާ ދޭވަރުގެ މީހެއްނޫން.

  15. ސާން

    މެއިންޓެއިން ކޮށް ނުބެލެހެއްޓުނީއޭ ބުނަން ލަދުގަންނަނީތޯ؟

  16. ދދދދދ

    އަޅައެއް ލާނެ ކަމެއް ނެތް ބަހައްޓާ. އިންތިގާލީ ރައީސްގެ މިނިސްޓަރު ފޯނު ބިލް ވަގު ތި ހަދަން ޖެހޭނީ.

  17. Anonymous

    މުއިޒު މިހާތަނަށް ކުރިކަމެއް ނެތް ދެ ފަހަރަށް ކުރަން ނުޖެހި. ތިމާ ފެއިލް ވީމައި މީހުންގެ ބޮލުގައި އަޅުވަނީ . ކޮބާ ރަސްފަންނު ގިރަނީ ، ކޮބާ އެތާ ހެދި އައުޑޯ ޖިމް ، ކޮބާ ފެން ހިންދަން ހިންގި 8 މިލިޔަން ރުފިޔާގެ ޕްރިޖެކްޓް،